ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ނުގެންދަން ކްރިމިނަލް ކޯޓަށް އަންގައި, ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރެފި އެވެ.

މިއަމުރު ނެރުއްވާފައި ވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ ހުސްނުއްސުއޫދާއި އަލީ ރަޝީދު އަދި މުހައްމަދު އިބްރާހިމްއެވެ.

ސުޕްރީމް ކޯޓުގެ އަމުރުގައި ވަނީ އަލީ ވަހީދުގެ މައްސަލަ އޮންލައިންކޮށް ކުރިއަށް ގެންދިއުމާއި މެދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން، ކްރިމިނަލް ކޯޓުގައި ދައުވާ އުފުލާފައިވާ އަލީ ވަހީދުގެ މައްސަލަތަކުގެ އެއްވެސް އަޑުއެހުމެއް، އަދި ކްރިމިނަލް ކޯޓުން ބަލަމުން ގެންދާ އެނޫން މައްސަލައެއްގެ އަޑުއެހުމެއްވެސް ދައުވާ ލިބޭ ފަރާތް ދިވެހިރާއްޖޭގެ ސަރަހައްދުން ބޭރުގައި ވަނިކޮށް، އޯޑިއޯ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ނުގެންދިޔުމަށް އަންގާ ކަމަށެވެ.

އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދިޔުން ހުއްޓުވައިދިނުމަށް އެދި ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފަވާ މައްސަލައިގެ އަޑުއެހުންތައް މިހާރު ވަނީ ފަށާފައެވެ.

އަލީ ވަހީދުގެ މައްޗަށް ކުރެވޭ ދައުވާތަކަކީ، ޖިންސީ ގުނަވަން ދެއްކި ކަމުގެ ދައުވާއާއި، ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާއާއި، ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާއާއި، ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާގެ އިތުރުން، ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާ ހިމެނެއެވެ. ނަމަވެސް އެމައްސަލައިގެ ޝަރީއަތްތައް އޮންލައިންކޮށް ކުރިއަށް ގެންދެވިދާނެތޯ ދައުލަތާއި ކްރިމިނަލް ކޯޓާއި ދެމެދު ވަނީ ދެބަސްވުން އުފެދިފައެވެ.

މިއަހަރުގެ ކުރީކޮޅު އިނގިރޭސިވިލާތައް ވަޑައިގެންނެވި ގޮތައް އަދިވެސް އަލީ ވަހީދު ހުންނެވީ އެގައުމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ރީތި މޫސަ

    އޭނަ ގިނަވާހަކަތަކެއް ދައްކަފާނެތީ ބިރުން އޮންލައިންކޮން ޝަރީއަތް ނުބޭއްވުމަކީ ވަރައްބޮޑު ފިޑިއަމަލެއް

  2. ޓުވީޓް ރިޕްލައި

    އިހަކަށް ދުވަހަކު ސަމީމު ޓުވިޓާރ ގައި ލިޔެފައި އޮތް އިންސާފު ގާއިމްކުރެވޭނެއޭ ކެތްތެރިވާށޭ އެއީ އުނދަގޫކަމެއްކަމުގައި ވިޔަސް، އަދި މިސާލްއެއްގެ ގޮތުން ބުނީ މިހާރު އޮތް ސުޕްރީމްކޯޓަށް މީހުންގެ ނުފޫޒް ނުފޯރުވޭކަމަށް. އެހެނަސް މިއަދު މިއޮތީ ހަމަ އެކޯޓުން ވަކިއަމުރެއްނެރިފައި. ފަހަރުގައި އެބުނީ ސުޕްރީމް ކޯޓަށް ސަމީމުނޫން އެހެން މީހުނަށް ނުފޫޒްނުފޯރިވޭނެކަމަށް ވެދާނެ

  3. ނުވާނެ

    ޕޖ އަށް އިނގޭ މި އަމުރު ނެރޭނެކަން މީގެ 2-3 ކުރިން. އެހެންވެ ކެތްމަދުވެގެން ޓުވީޓް ރިޕަލައިވެސް ކޮށްފަ އެބައޮތް. ނުވާނެ އިސްލާހެއް

  4. ބާޗި

    2 އޮކްޓޯބަރުގައި ޝަމީމު އެބައިން މީގެއްގެ ކޮމެންޓްއަކަށް ޖަވާބުދީ ބުނެފައި ސުޕްރީމް ކޯޓަށްއެވެސް މީހެއްގެ ނުފޫޒް ނުފޯރުވޭނެއޭ. އިންސާފުގާއިމްކޮށްދޭނަމޭ އެކަމުގެ ހެޔޮފާލުފެނެއޭ.އެހެންވީމާ ޝަމީމަށް މާކުރިން އިނގޭ ސުޕްރީމްކޯޓުން މިއަމުރު ނެރޭނެކަން އަދި ދެއްކުންތެރިމީހަކަށް ވީމަ ކެތްތެރިކަމެއްނެތި އެވާހަކަބުނެވުނީ އޭނާގެ ނުފޫޒް އެކަނު އެކޯޓަށް ފޯރުވޭތީ.

    2
    1
  5. ތޯތޯ

    ރޯޔަލް ސަފާރީ ރޭޕްކޭސް ނުބަލާ ފްރޭމް ކޭސްއެއް ފަހަތުން މިދުވަނީ ދައުލަތް ބޭޒާރުވެދާނެތީ