ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އިއްޔެ އައްޔަން ކުރި އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސާދިގު (ސޯބެ) މަސައްކަތްކުރައްވާނީ އެ ރަށުގައި ހުންނަވައިގެން ކަމަށް ރައީސް އޮފީހުން މިއަދު ހާމަކޮށްފިއެވެ.

މިއީ ސަރުކާރުގެ ސްޓޭޓް މިނިސްޓަރަކު މާލެ އިން ބޭރުގައި ގާއިމްވެގެން މަސައްކަތް ކުރައްވާ ފުރަތަމަ ފަހަރެވެ.

ރައީސް އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އައްޑޫގައި ސަރުކާރުން ވަރަށް ގިނަ މަޝްރޫއުތަކެއް މިހާރު ވެސް ހިންގަމުން ގެންދާ އިރު، ގިނަ މަޝްރޫއުތަކެއް ފަށަން ތައްޔާރުވަމުންދާ ކަމަށެވެ. އެހެންވެ އެ ތަނުގައި ހިންގާ މަޝްރޫއުތަކަށް ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް (ޕީއެމްޔޫ) އުފައްދައި އެ ތަނުގައި އެންމެ އިސްކޮށް ހުންނަވާ ބޭފުޅަކަށް ސޯބެ ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި އަތޮޅުތެރޭގައި މިފަދަ ޔުނިޓްތައް ގާއިމުކޮށް އެ ތަންތަނަށް ބޭފުޅުން އައްޔަން ކުރެވިގެންދާނެއެވެ.

"ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓްތައް ގާއިމު ކުރެވޭ މިންވަރަކަށް ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން އައްޔަން ކުރަމުން ދާނެ. ލާމަރުކަޒީ ނިޒާމުގެ ތެރެއިން މަސައްކަތްތައް މޮނިޓަ ކުރެވޭ މީހުން މި ތަންތަނަށް އައްޔަން ކުރާނީ،" އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި އެ ބޭފުޅުންގެ މަސައްކަތަކަށް ވާނީ މަޝްރޫއުތައް ހިންގުމުގައި އެހީތެރިވުމާއި ކަންކަން ބަލައި މޮނިޓަ ކުރުމެވެ.

"މިހެން ފާހަގަ ކުރިއަސް، މިނިސްޓަރު އަންގަވާ ގޮތެއްގެ މަތިން މަސައްކަތް ކުރައްވާނެ،" އޮފިޝަލް ވިދާޅުވިއެވެ.

ސޯބެ ވަނީ އޮސްޓްރޭލިއާގެ ޔުނިވަސިޓީ އޮފް ސައުތު އޮސްޓްރޭލިއާ އިން ބެޗެލަ އޮފް ސައިންސް އިން އެޕްލައިޑް ސައިންސް އެންޑް ކެމިކަލް ޓެކްނޮލޮޖީ ސަނަދު ހާސިލްކުރައްވާފައެވެ. މި މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން ސޯބެ ވަނީ އައްޑޫ ސިޓީގެ މޭޔަރު ކަމުގެ ތިން ދައުރު ފުރިހަމަ ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ހަވާސާ ހަމީދު

    ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގެ ބޭފުޅާކު ކޮންމެ އަތޮޅެއްގައި އަދި ކޮންމެ ސިޓީއެއްގައި ބަހައްޓަންޖެހޭނެ އޭރުން ސަރުކާރުގެ ސިޔާސަތުތަށް ރަގަޅަށް ހިންގާނުހިންގާގޮތްބެލޭނީ!

    2
    1
  2. ބައިޔާ

    ހައްހައް،، ލާމަރުކަޒީ ދޮންވެ ފައްކާ ވެ ނިމުނީ،،، އައްޑޫ ރައްޔިތުން ބުނީ ސޯބެ ފެއިލް ވެފަޔޯ ހުރީ،،، އެކަމަކު ލާދީނީ ސަރުކާރުންބުނީ ކަލޭމެންނަކަށް ނޭންގޭނޭ،،، ސޯބެ ހުންނާނީ ނިޒާރު ސައިޒު ކުރަންށޭ،،،، ނަމުން ވޯޓުން ކަންކަން ނިންމުން،، ކަމުން ޙުދުމުޙުތާރު،،، ލާހޫރޭ

  3. އަހްމަދު

    ސޯބެއަކީ އައްޑޫގަ ނަޝީދުގެ ސަޕޯޓުކުޑަކުރުމަށްޓަކާ އައްޑުއައް އުފެއްދިމަގާމެއް

  4. ޙހހހ

    ޙެހެހެހ ، ތިދެން މަޖާކަމެއް ، ރައްޔިތުން އޭނާބަލާނުގަނެ ނިޒާރު ހޮވީ އައްޑޫގެ ވެރިއަކަށް ، ދެން ނިޒާރު މައްޗަށް ރައީސް ގެ ސޯބެ ، މިދެން ދެރަކަަންކަން

  5. ހުސޭނުބޭ

    ތިއަށްވުރެ މާ ތާހިރުވީސް ސޯބެގެ ބަލަދު އަރާތީ ގޭގައި ބައިންދާގެން ދައުލަތުން މަހަކު 40000 ރުފިޔާ ދެނިއްޔާ ބުނިނަމަ

  6. ދަރަނި ދަންތުރަ

    އައުވާނުން ބަހާ ހަޒާނާ ދަވާލައިފި

  7. ކެރަފާ

    މިއަދު މިއީ ސޯލިބޭގެ ދުވަސް 2023 އެއީ ރައްޔިތުންގެ ދުވަސް

    15
    2
  8. އަބުދުﷲ

    ރައީސް ކަމައް އަންނަމީހުން ހީކުރަނީ ބައިތުލްމާލުގަ ހުންނަނީ ތިމަންނަގެ ވާރުތަ މުދާކަމުގަ !!!!!!!..ހިތައް އެރިމީހަކަށް ހިތަށް އެރިވަރަކައް ވަޒީފާގެ މުސާރައޭ ކިޔާފަ މިބަހަނީ. މިޔައްވުރެ ހަރާން އެއްޗެއް މީހަކު ނުދޭނެ މީހަކު ނުކާނެ.

  9. މެކް

    މަވެސް ބޭނުން މަށަކީކީވެސް ދިވެހި ރައްޔިތެއް ސޯލިހު އަމިއްލައެއްޗިސްނޫ ތިބަހަނީ ގިޔާމަތްދުވަހުން ސޯލިހުއާ ސުވާލުކުރާނެ.

  10. އޭކު ސަވާލް

    ހުރިހާ ސްޓޭޓް މިނިސްޓަރުންވެސް އެމީހެއްގެ އަމިއްލަ ރަށުގައި މަސައްކަތް ކުރައްވާ ގޮތަށް ހަމަ ޖައްސަން ވީ ނޫންތޯ؟

  11. ނަން

    އެއްވެސް ކަމެއް ނުކޮށް ސަރުކާރުން ބޮޑު ލާރި ކާލަ ކާލާ މޭޔަރަކަށް އުޅުނު އިރު ފަރުމަހަށާ ޕާޓީ ހަދަން ކައިރީ ގެންގުޅުނު ކުދިންކޮޅު ގޮވާގެން މަޖާކޮށްލަން ރަށުގަ އޮތީމަ ނިމުނީނު.

  12. މަބޭ

    ރައީސްނަށީދު ވެރިކަމުގަވެސް ޕްރޮވިންސް އޮފީސްތަކެއް އުފައްދާ ސްޓޭޓްމިނިސްޓަރު ފެންފަރުގެ މަގާމްގަ ބޭފުޅުންތަކެއް އެތައްތަނައްލި އަދި ކައުންސިލްތަކުގެ ބާރުއެއްކޮއް ކަންޑުވާލި އަނެއްކާ އެކުޅިވަރުފެށީ

  13. ޢިޔާބު

    އެއްވެސް ޢަރުލުވެރިކަމެއް ނެތް ރައީސެއް މޑޕ މީހަކަށް މަގާމެއް ދޭންވީމާ ހިތުހުރިގޮތެއް ހެދޭ

  14. ނާދިރާ

    އެއްވެސް މަޝްރޫއެއް ނުހިގަ. މޑޕ ރޯނުއެދުރުންނަށް ވަޒީފާތައް ދޭންވެގެން ދައްކާ ވާހަކަ

  15. އަހައްމާ

    ތިޔަމީހާ އައްޑޫގައި ކުރާނީ ކޮންކަމެއް؟ ބޮޑަށް ބެލެވޭގޮތުގައި މިހާރުއޮތް ކައުންސިލަށާއި މޭޔަރަށް ނުހޮރުއްޕާނުކުރަން އައްޑޫގައި ބަހައްޓާ މީހެއްތިޔައީ. އެހެނީ މިހާރު އޮތް ކައުންސިލާއި މޭޔަރަކީ ހަމަ މީހަކު ބުނާއިރަށް ގުދަށް ތިބޭނޭ ބައެއްނޫންކަން އިބްރާހީމް އާއި ނަޝީދަށް އެނގޭނެ. ދެން މިހާރު އައްޑޫގެ ގިނަރައްޔިތުންވެސް ވާނުވާ އެބައެނގޭ ކަންކަން އެބަފެނޭ. ޖެހިގެން އޮންނަ ދެރަށުގައި އެއާޕޯޓްހަދަން ބަޖެޓް ހުންނައިރުވެސް އައްޑޫގައި ކަމެއްކުރަން ބަޖެޓެއްނެތް. ދެން ތިޔަމީހާ އައްޑޫގައި ބަހައްޓައިގެން ސަރުކާރުގެ ފަރާތުން ތިޔަމީހާ ބުނާނެ އެވެނިމިވެކަމެއް ނުވެގެން އުޅެނީ ކައުންސިލާއި ހެދިގެންނޭ، ދެން މިކަހަލަ ގޭސްގަނޑެއް އަނބުރައިގެން ކައުންސިލާއި ރައްޔިތުން ޖައްސައި މިކަހަލަ ސަކަރާތެއްޖަހަން ތިއުޅެނީ.
    ތިހުރިހާއެއްޗެއްނަހަދާ ސޯބެ ގެންގޮސް މާލޭގައި ބަހައްޓާ. މިހާރުވެސް ތިކަހަލަ ކުރާނެކަމެއްނެތި ގިނަވެފައިތިބި ސްޓޭޓް މިނިސްޓަރުން ބައިވަރު އެބަތިބިއެއްނު މާލޭގައި. އައްޑޫ ރައްޔިތުން އެވެރިންގެ ކަންކަމަށް ސޯބެ ބޭނުންނުވާތީ މަގާމުން ދުރުކުރީ، ދެން ރައްޔިތުންގެ ނިންމުމަށް އިހްތިރާމްކޮށް އައްޑޫގެ ކަންކަން ހިންގުމަށް ރައްޔިތުން ހޮވާފައި ތިބި މީހުންނަށް އެމީހުންގެ މަސްއޫލިއްޔަތަށް ފުރުސަތުދީގެން އުޅުނީމައި ރަނގަޅުވާނީ. ރައްޔިތުން ނޯބުނާމީހާ ވެރިކަމުގެ ބާރުގައި ގެނެސް އަނެއްކާވެސް އެރައްޔިތުންގެ ކަންކަމަށް އިސްކުރުމަކީ މިލިޓަރީ އުސޫލެއް.

  16. ރަން ރީނދޫ

    ތޭ އައްޑޫ ތަރައްޤީ ގެ ބާނީ. ހަޖާމު ބޭބެ.

  17. ބޮޑު ކަތީބު

    މީގެ ފަހުން މިނިސްޓަރު ގެ ލަފާ މަތިން މޭޔަރު މަސައްކަތް ކުރަން ޖެހޭނީ

  18. ަސަޖޫ

    (ޕީއެމްޔޫ) ކަލޭ މެންކުރިޔަށް އޮތް 2 އަހަރު މި ގައުމަށް މޮޅުނަން ކިޔާގެން އޮފީސް ހަދާ ބޮޑު މުސާރަދީ ޕާޓީ ކުދިންކޮޅު ހިއްަހަމަ ޖެއްސޭތޯ ބަލާ. އޭރުން ދެންވެސް ވެރިކަމަށް އަލިފާން ޖަހާފަވެސް އާދެވޭނީ! ސޯލޭ އަކީ ފައްކާ ނަންބަރ ވަން ގަމާރެއް! ނަޝީދު ރުއްސާލަން ކަމެއްކޮށްލީ! ދައުލަތް އޮރިޔާން މިވީ ،