ޏ. ފުވައްމުލައް ސިޓީ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ކުއްލި ގޮތަކަށް ނިޔާވި އުމުރުން ހަ އަހަރުގެ ސަދާ ސައުދުﷲ އަހުމަދު ހަސަންގެ ގަޔަށް އިންޖެކްޝަން ޖެހިތާ ފަސް މިނެޓް ތެރޭގައި އޭނާގެ ހަރަކާތް ހުއްޓުނު ކަމަށް އާއިލާއިން ބުނެފިއެވެ.

ފުނާޑު އަވަށު ނޫރިފެހި ގޭގެ ސަދާ ނިޔާވީ ބަލިވެގެން ހޮސްޕިޓަލަށް ގެންދިޔަ ތަނުން އޭނާގެ ގަޔަށް ޖެހި އިންޖެކްޝަނެއްގެ ސަބަބުން ނޭވާލުން ހުއްޓިގެންނެވެ. ފުވައްމުލަކަށް އުފަން ސަދާ ނިޔާވީ ވަރަށް ގަދައަށް ބަނޑުގައި ރިއްސައި ހޮޑުލަވާތީ ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔަ ފަހުން ރޭ 19:08 ގައެވެ. އާއިލާ އިން ބުނާ ގޮތުގައި ސަދާ ކުއްލިއަކަށް ބަލިވީ މީގެ ދެ ދުވަހެއް ވަރު ކުރިންނެވެ.

"ވަގުތު"އާ ވާހަކަ ދެއްކި ސަދާގެ ބައްޕަ ސައުދުﷲ އަހުމަދު ބުނީ، ހޮސްޕިޓަލުން އިންޖެކްޝަން ޖެހިތާ ފަސް މިނެޓް ތެރޭގައި ސަދާގެ ހަރަކާތް ހުއްޓުނު ކަމަށެވެ. އަދި ސަދާގެ ހަރަކާތް ހުއްޓިގެން ތިން ފަހަރަށް ސީޕީއާރް ވެސް ދިން ކަމަށް ސައުދުﷲ ބުނެފައި ވެއެވެ.

ސައުދުﷲ ބުނެފައި ވަނީ، ކަން ހިނގި ގޮތުގެ ރިޕޯޓްތަކަށް ހެލްތް މިނިސްޓްރީގައި އެދިފައިވާނެ ކަމަށެވެ.

މިހާރު މިކަން ހިނގައި ދިޔަ ގޮތް ހެލްތް މިނިސްޓްރީންވެސް ދަނީ ބަލަމުންނެވެ.

މި ހާދިސާއާ ގުޅިގެން ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ލިރާރު "ވަގުތު" އަށް ވިދާޅުވީ، އެކުއްޖާއަކީ ބަނޑުގައި ރިއްސައި ހޮޑުލެވޭތީ އެ ހޮސްޕިޓަލަށް ގެނެސް ފަރުވާ ދޭން ފެށި ކުއްޖެއް ކަމަށާއި ކުއްޖާ ނިޔާވެފައިވަނީ ސީދާ އިންޖެކްޝަނެއްގެ ސަބަބުން ކަމަށް ވިދާޅުވާން ނޭނގޭ ކަމަށެވެ.

ސަދާ ނިޔާވުމުގައި ފުވައްމުލަކު ހޮސްޕިޓަލުގެ އިހުމާލުތަކެއް އޮތް ކަމަށް ބުނެ ހޮސްޕިޓަލް ހުންނަ ސަރަހައްދަށް ރޭ ބަޔަކު ޖަމާވެ މުޒާހަރާ ވެސް ކުރިއެވެ.

އެ ސިޓީގެ ހޮސްޕިޓަލްގެ ފަރުވާކުޑަކަމުން މީގެ ކުރިންވެސް އެތައް ހާދިސާތަކެއް ހިނގާފައި ހުރިކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. މެހުމާން

    މަށްސަލައިގެ ބާވަތުން އިންޖެކުސަންޖެހި މީހާ ނުބައި އިންޖެކުސަނެއް ޖެހި ނަމަ ހަށްޔަރުކޮށް ހެލްތު މިނިސްޓަރު ޒިންމާއަދާނުކުރެވުމުގެ ކުށުގައި ވަޒީފާއިން ވަކިކޮށް މަށްސަލަ ޝަރީއަތަށް ހުށަހެޅުމަށް އަޑުހަރުކޮށް ގޮވާލަން.

  2. ސިއްކަ

    ސިއްހީ ނިޒާމު ވެސް ފެއިލް ދެން ކީކޭ ބުނާނި

    50
    4
  3. ބެރެބެދި

    ކޮން ހެލްތަކުން ބަލާކަށް ނުވާނެއެއްކަމެއްވެސް ކޮބާ ކޮވިޑުގައި މަރާލި ކުއްޖާގެ ކަންތައް ނުވާ އެއްކަމެއްވެސް މީ މީހުންގެ ފުރާނައިން ވައްކަން ކުރި ސަރުކާރު ވަގަށް ފުރާނަތައްވެސް ގެއްލުވާލަނީ ނުހޯދޭނެ އަދަބެއްވެސް މިޤައުމުގެ ކޯޓަކުން ނުދޭނެ. ވައްކަންކޮށްގެން ލާރިލިބުނީމާ އެމީހަކަށް އިންސާފު ލިބޭނެ.

  4. ޤައުމު

    ނޫސްވެރިންވެސް އެބަޖެހޭތާ ޚަބަރުފަތުރާއިރުގާ ކިޔުން ތެރިންނަށް ކުޑަމިނުން ޖެހީ ކޮންވައްތަރެއްގެ އިންޖެކްޝަނެއްތޯ؟

  5. Anonymous

    މި ލާދީނީ ސަރުކާރުގެ ހުރިހާ ކަމެއް ބޮއްސުން ލައިފި

    38
    7
  6. ކިނބޫ

    މަރާލީ!
    ކުރީ ސަރުކާރު؟

  7. އިންޑިއާ އައުޓް

    ތިކަމާ މާގަދަޔައް ހިނގަންފަށައިފިނަ ތިއާއިލާއމްމެން ކުއްވެރިވެދާނެ މިގައުމުގެ މުއައްސަސާ އަކަށް ދުވަހަކުވެސް ގޯހެއް ހެދޭކަމަކަށްނުވާނެ

  8. މުފައްކިރު

    ރައްޔަތުންނަށް ސިއްޙީ ނިޒާމު ކަށަވަރު ކޮށް ދެމުން ގެނާ ސަރުކާރު ފެއިލްވީ ގޮތަށް ރައްޔަތުންގެ ފުރާނައާއި މެދު ޔަގީން ކަމެއްވެސް ނެތް. ކަމެއް ކުރަންޏާ ރައީސް ޔާމީން ވެރިކަމަށް ގެންނަންވީ.

  9. މުބީނު މާރނީ

    އިބޫ އުޅެނީ ބާޤީން ގޮވައިގެން ބާޤީން ގެ ގެސްޓް ހައުސް ހުޅުވާދޭން.

  10. ނަސީ

    ޙުރިހާ ކަމެއް ބޮކްސާތެރޭ ، ބޮއްސުން ލައިގެންކޮސް ނިމިހުސްވެފައި

  11. ޖުނުބު

    ޙޮސްޕިޓަލުގެ އިހުމާލު ނެތޭ ބުންޏަސް އެބައޮތް.ކޮންމެހެން ކަމުން ރެކޭކަށް އުޅޭނެ ކަމެއްނެތް.ވަރަށް ފަރުވާކުޑަ.އަދިވެސް އެލަވަންސް އިތުރުކުރަންވީ.ހޮސްޕިޓަލުގަ އުޅޭމީހުންނަށް ރަނގަޅުވާނީވެސް ބަޔަކު އެތަނަށް ނުގޮއްސިއްޔާ.ގޮއްސިއްޔާ ތިބޭނީ ތުންދަމައިގެން.

  12. ފެެޭކު

    އަދިވެސް ހޮވާ ‘ އެވަރެއްނެތްކަމަށް ،

  13. ލައިކަން

    ކޮންމެކަމެއްވާއިރަށްސަރުކާރުސަރުކާރުންތަމީހުންއިޖެއްކްށަން ޖަހަނީޑޮކްޓަރުންނާނަރުހުންނެތްނޫންތައެކަންކަންކުރަނީ ކޮންސަރުކާރެއްގަތަސިއްހީކަންތަށްތައްރަނގަޅަށްހުރީހަމަ ކޮންމެސަރުކާރެއްއޮތަސްހޮސްޕިޓަލްތަކުގަތިބޭމީހުންބަލަން ވީވަރަށްނުބަލާކަންކަންކުރަނޏާތި ފަދަދެރަކަންކަންހިނގާނެ އެޗްއައިވީޖެހި ފަހުރިމީހެއްގައިންލޭނަގާ ފަމީހެއްގެގަޔައްއެޅީ ވެސްއެއީއޭރުގެސަރުކާރުންކުރިކަމެއްބާހަމަރަނގަޅަށްއެކަން ކުރިމީހުނަށްއެނގޭނެއެއީއެޗްއައިވީޖެހެ ފަހުރިމީހެއްގެގައިން ނަގާ ފަހުރިލޭކަންއެެއީބުލެޑްބެންކުގަނުހުންނާނެއެޗްއައިވީޖެހި ފަހުރިމީހެއްގެގައިންނަގާ ފަހުރިލެއެއްޓެސްޓުކޮއް ފަނޫންގޮތަކައް އެހެންމީހެއްގައިންލެއެއްނުނަގާނެއެހެންމީހެއްގެގަޔަށްއަޅާކަށް ކުރޮސްމެޗްހަދާ ަފއެހެންމީހެއްގެގައިންނަގާލޭމީހެއްގަގަޔައްއަ ޅަނީ

    6
    11
  14. 💔

    😭😭😭

  15. ހުވަދޫ އަލިބެއްޔާ

    ބިދޭސީ ނަރުހެއް ވިއްޔާ ބޮޑު ކަމަކަށް ޑީޕޯޓް ކޮށްލާނީ.. ދިވެހި ނަރުހެއް ވިއްޔާ ނަސޭހަތާއި އިންޒާރު ދީފާނެ، ޑިއުޓީއަށް ބަދަލެއް ގެނެސްފާނެ.. ޢާއިލާއަށް ކެއްތެރިކަން ދެއްވާށި.. ހާދަހާ ބޮޑު ދެރައެކޭ.. ދިރިހުރުމެ ހިންހަމަ ޖެހުމަކީ ދަރިން..

  16. ދިވެއްސެއް

    މަވެސް ބަލިވެެގެން ޖެހި ވެކްސިނަކުން ކިރިޔާ މަރުނުވީ. މަގޭ ހިތްވަރުގަދަކަމުން ކުޑަ ވަގުތު ކޮޅަކުން ހޭއެރީ

  17. މަގޭ ހިޔާލު

    ނުބަލާނެ ތިކަހަލަ މައްސަލަ ތަކެއް.މިހާރުވެސް ތިކަހަލަ އިހުމާލުގެ މައްސަލައެއް ވާނީ ޖައްސާފަ. މިނިސްޓްރީން ދަނީ ބަލަމުންކަމަށް ބުނަނީ.އެކަމަކު ބެލޭތަނެއް ނާދޭ.އިހުމާލުވީ ފަރާތުގެ މަޤާމު މަތިވަނީ.މީ ޤައުމުގެ ހާލަތު