އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާގެ މައްސަލައިގައި ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ގިނަ ސުވާލުތަކެއް އުފައްދައިފިއެެވެ.

ޓްރަންސްޕޭރެންސީ އޮފީހުން މިއަދު ނެރުނު ދިގު ބަޔާނެއްގައި ވަނީ ރައީސް ޔާމީން މައްޗަށް ސާބިތުވެފައިވާ މަނީލޯންޑަރިންގެ ހުކުމް އިސްތިއުނާފުކުރުމާއި ގުޅޭގޮތުންު ސުޕްރީމް ކޯޓުގައި ބޭއްވި ޑުއެހުމުގައި، ޕްރޮސެކިއުޓަރ ޖެނެރަލްގެ ވަކީލު ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ޝާމިލްވާ އެސްއެފްއޯގެ މައްޗަށް ދައުލަތުން ދައުވާނުކުރުމަށް ނިންމާފައިވާކަމަށް ހާމަކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް ފަހުން ޕީޖީ ހުސެއިން ޝަމީމް އެއޮފީހުން އެސްއެފްއޯގެ އިސްވެރިންގެ މައްޗަށް ދައުވާނުކުރުމަށް ނިންމާފައި ނުވާނެކަމަށާއި، އެފަދަ އެއްބަސްވުމެއް ވެފައި ވަނީ ކުރީގެ ޕީޖީ އާއިޝަތު ބިޝާމްގެ ދައުރުގައި ކަމަށް ބުނެފައިވާ ކަމަށެވެ.

އެ ޖަމިއްޔާއިން ބުނީ ކޮރަޕްޝަންގެ އަމަލެއް ހިންގުމުގައި ބައިވެރިވި ފަރާތްތަކާއި އެކު މިފަދަ އެއްބަސްވުމެއް އެއްވެސް އިރެއްގައިވެފައިވުމަކީ މިޖަމިއްޔާއިން ނުހަނު ކަން ބޮޑުވާ، އަދި ކުށްވެރިކުރާ ކަމެއް ކަމަށެވެ.

ޓްރާންސްޕޭރެންސީގެ ސުވާލު އުފެއްދި ކަންކަން

މި މައްސަލައިގައި ޓްރާންސްޕޭރެންސީ ސުވާލު އުފައްދާފައިވާ ކަންކަމުގެ ތެރޭގައި ދިވެހިރާއްޖޭގެ މަނީލޯންޑަރިން އަދި ޓެރަރިޒަމް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގައިމަނީލޯންޑްރިންގެ ކުށް ސާބިތުވާ ފަރާތްތަކާއި މަނީލޯންޑްރިންގެ ކުށުގައި އެއްވެސްގޮތަކަށް އެހީވެ ޖާމިނުވާ ފަރާތްތަކުގެ މައްޗަށް ހުކުމްތަކެއް ސާފުކޮށް ބަޔާން ކޮށްފައިވަނިކޮށް މިފަދައިން މުޅި ކުށުން ބަރީއަވާފަދަ އެއްބަސްވުމެއް ހެދުމަށް ގާނޫނުން ތަންދެނީ ކިހާ މިންވަރަކަށްކަން ހިމެނެއެެވެ.

"ދިވެހިންގެ މުދަލުން އެތައް ރަށަކާއި ފަޅުތަކެއް ނަހަމަގޮތުގައި އަދި ނުއަގުގައި ވިއްކައިގެން ދައުލަތުގެ މާލިއްޔާތައް ވަންނަންޖެހޭ 3.4 ބިލިއަން ދިވެހިރުފިޔާގެ މިހިޔާނާތުގައި ޝާމިލްވާއެއްވެސް ބަޔަކަށް ގާނޫނުގައި ކަޑައެޅިފައިވާ އެއްވެސް އަދަބެއް ނުލިބޭނޭގޮތަކަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އެއްވެސް އެއްބަސްވުމެއްވުން، ނުވަތަ އެފަދަ އެއްބަސްވުމެއްގެ ހިޔާލު ގެންގުޅުމަކީވެސް ޓްރާންސްޕޭރަންސީ މޯލްޑިވްސް އަށްއެއްގޮތަކަށްވެސް ބަލައިގަނެވޭ ކަމެއް ނޫން". އެ ބަޔާނުގައި ވެއެވެ.

އަދި މިބޮޑު ހިޔާނާތުގެ ޖަރީމާ ފަޅާ އެރި ފަހުން އަށް އަހަރުވުމާއި ގާތްވެފާއިރު، އެސްއޯއެފް މެދުވެރިކޮށް ދިވެހިންގެ އަތުން ފޭރިގަތްކަމަށްލިޔެކިޔުމުން ފެންނަންހުރި ފައިސާ ހޯދުމަށާއި އެކަމުގައި ޝާމިލުވާ ފަރާތްތަކާއި، އެ ކުންފުނީގެ އިސްވެރިންނަށްވެސް އެއްވެސްކަހަލަ ޝަރީއަތެއް ހިންގާ ނަތީޖާ ނުނެރެވިވާއިރު، އެހެނިހެން ގޮތްގޮތުން ގެއްލުވާލެވުނު ފައިސާ ހޯދުމުގައި އެއްބަސްވުމެއް ހެދުމުގެ މަގުސަދާއި މެދު ވެސް ސުވާލު އުފެދޭ ކަމަށް ބުނެފައި ވެއެވެ.

އެ ބަޔާނުގައި ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތުހުމަތުކުރެވޭ ފަރާތްތައްހޯދާ، ތަހުގީގުކޮށް، އަދުލުއިންސާފުގެ ކުރިމައްޗަށްގެނެއުމުގައި ބޮޑެތި ލަސްވުންތަކެއް ވަމުންދިއުން ފާހަގަކުރުމާއިއެކު، ދިވެހި ރައުސުލްމާލުން ގެއްލުނު ފައިސާއާއި ނުހައްގު ގޮތުގައި ދޫކުރި ރަށްތަކާއި ފަޅުތައްއަނބުރާ ހޯދުމުގެ މަސައްކަތް އަވަސްކުރުމަށް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. އަޙުމަދު

  ޓްރާންސްޕޭރެންސީ އަކީ ދައުލަތުގެ މައްޗަށް ބަސްބުނެ އުޅުމު ޙައްގު ނުވަތަ ކަންތައްތައް ކުރަންޖެހޭ ގޮތްބުނުމުގެ ޙައްގު އޮތް ބައެއްތޯ؟ އަދި ތިމީހުން އެދޭގޮތަށް ތޯ ދައުލަތުގެ ކަންތައް ކުރިއަށް ގެންދަން ޖެހެނީ، އަނެއްކާ ތިޔައީ ސިޔާސީ ޕާޓީއެއްތޯ؟

  19
  9
 2. ފާތިމާ

  ތި ޓްރާންސްފޭރެންސީއަކީ އިޙްލާތެރިކަމާއެކު މަސައްކަތް ކުރާބައެއްނޫން މިތިން އަހަރު މިގައުމުގެ ރައްޔިތުންނަށް އިހާނެތިކޮށް ސަރުކާރުން ކަންތަށްކުރިއިރު ޓްރާންސްޕޭރެންސީ މީހު ނަށް ނުފެނެ މިހާރު ދިވެހި ރައްޔިތުންނަށް އިނގޭ ޓްރާންސްޕޭރެންސީއަކީ އެމްޑީޕީ ގޮތްޕެއްކަން.

  33
  1
 3. އަބްދޫ

  ޗެކަކީ ދިވެހިރުފިޔާ ފަދައިން ވިޔަފާރީގަ ބޭނުންކުރެވޭ ރަސްމި ލީގަލް ޓެންޑަރެއް. އެއްވެސް މިހެއްގެ އެކައުންޓަށް ޗެކެއްޖަމާވުމަށްފަހު ބެލެވޭނީ އެޗެކްގެ ފައިސާއަކި އެކައުންތްގެ ވެރިފަރާތުގެ ފައިސާކަމަށް.އެގޭ ކަމަކީ އެސްއޮއެފްއަށް ޖަމާކުރި ޗެކްތަކަކީ އެސްއޮ އެފް އިން ވަގަށް ނެގިފަިއިސާ ނޫންކަން. ފައިސާ ޖަމާކުރަން އޮންނަ އުސޫލުގެ މަތީން އެސްއޯއެފްއަށް ޖަމާވިފައިސާކަން. ވީމާ އެސްއޯއެފް އެކައުންޓްގާހުރީ އެސްއޯއެފްގެ ފައިސާ. އެސްއޯއެފުން މީހަކަށް ދޫކުރާ ފައިސާއަކުން ބޭނުންކުރާމީހާ އެމްއެމްޕީއާރުސީން ވައްކަންކުރިޔޭ ބުނުމަކީ ބުނެގެންވާނެ ޖުމްލައެއްނޫން. އެސްއޯއެފް އެކައުންޓްގަ އެމްއެމްޕިއާރުސީގެ ފައިސާ ހުރިކަން ސަރީއަތަށް ސާބިތު ނުވަނީސް އެސްއޯއެފުން ދުކުރާ ޗެކަކަށް އެމްއމްޕިއާރުސީގެ ފައިސާއަސް ހިޔާނާތްވީކަމަށް ބުނެ ދަވްލަތުން ދައުވަ ކުރެވިދާނެކަމަށް ސަލާމަތް ބުއްދި ހުރި މީހަކަށް ގަބޫލުކުރެވިދާނެބާ؟

  4
  1
 4. ދުންމާރި

  ލާދީނީ އެމްޑީޕީގެ ހުވަނދުފުޅި ކީކޭތަ މިކިޔަނީ މާ އިންސާފުވެރިމާ ކަންކަން އިސްލާހުކުރާން އުޅޭޜޭ ބަޔަކަށްވެގެން މިޤައުމުގަ ލާދީނިއްޔަތު ފަތުރާބަޔަކު މިކިޔަނީ ކީކޭތަ؟ ބަލަ ތިޔަބުނާ އެސްއޯއެފުގެ ވެރިން ނުވަތަ ބޮޑު ޚިޔާނާތުގެ ގފއިސާ ބެހި މީހުން ބޭރުގަ ފިއްލުވައި އެމީހުންގެ ރެޑު ނޯޓިސް ބާތިލުކޮށް އެމީހުން ހިމާޔަތްކުރަނީ މި ލާދީނީ ސަރުކާރުން ކީއްވެގެން މައްސަލައިގެ ޙަޤީޤައތް ފޮރުވާފަ ވަކިބަޔަކު ބަދުނާމުކުރަނީ އެންމެ ގިނަ ފައިސާ ބޭނުންކޮށްފަވަނީ ލާދީނީ އެމްޑީޕީއަށް ނިސްބަތްވާ މީހުން

  3
  1
 5. ތޯލާބޯލާ

  ތިޔައީ ވަރަށް މުނާފިގު ވައްތަރުގެ 6 މީހުން ހަމަނުވާ ބައިކޯޅިއެއް. ތިމީހުންގެ ތޮށިއޮތީ ކުލަޔެލޯގަޖެހި މުޑިވެފަ. ފީވެފަ. ބާވެފަ. ބޯގޯސްބައެއް.

  4
  1
 6. ރިންގް

  ހަމައެއް އިންސާފެއްނެތްވަރު ސާބިތުވާ ކަންކަން އެމްއެމްޕީއާރުސީގެ މައްސަލަ ބަލަމުންދާއިރު ފާހަގަކުރެވޭނެ

 7. ފަވާޒް

  ކޮން ޓުރާންސްޕޭރަންސީއެއް.. ތިއީ އަންނިޕޭރަންސީ.. ތިކަހަލަ އެތައް ނާޖާއިޒު ވަގު ޕުރޮޕެގަންޑާ ޖަމިއްޔާތައް އުވާލަންވީ. މިހާރު ނަޝީދު ކުޅިވަރުކުޅެން ފެށީދޯ..

  5
  1
 8. ސސ

  މިހާ ދުވަސް ވަންދެކަށް މިބައިގަޑު އޮތީ ކޮންތާކުބާ ؟ ސުޕްރިމް ކޯޓުން ޔާމީނުގެ މައްސަލަ ނިންމުމަށް ލަފައެއް އެރުވީތޯ ؟

  3
  1
 9. އިބްރާ

  މި ސަރުކާރުން ކުރާކަމަކަށް ޓްރާންސް ޕޭރެންސީ ، މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް ފަދަ ޖަމްޢިއްޔާއަކުން ބަޔާނެއް ނެރުމަކީ ސަރުކާރު ފޭލިވެފައިވާކަމުގެ ހެއްކަކަށް ނުވޭތޯއެވެ؟

  4
  1
 10. ވަޒީރެއާލާ

  ޓްރާންސްޕޭރެންސީ މޯލްޑިވްސް ބައިވެރިވާ އެމްޑީއެން އިން ކީރިތިރަސޫލާއަށް ފުރައްސާރަކޮށް ކީރިތިޤުރްއާނަށް ހަޖޫޖަހާ ނެރުނު ރިޕޯޓާމެދު އެއްޗެއްބުނަންނުކެރުނު ބަޔަކު ނެރޭ ތިޔަ ކަހަލަ ބަޔާން ތަކަކީ އަހަރެމެން އެއްގޮތަކަށްވެސް ބަލާގަންނާނޭ ކަމެއްނޫން. ފަތުފޮޅިދަށުލާ ފަތްގަނޑަކަށްވެސް ތިޔަ ޕޭރެންސީ ބަލައެއްނުގަންނާނަށް.

  2
  1