ސަރުކާރުގެ މަޝްރޫއުތައް ނިންމަން ކަނޑައަޅާފައި ހުންނަ ޓައިމްލައިންތަކާ އެއްގޮތަށް މަސައްކަތް ނިންމަން ޖެހޭނެ ކަމަށާއި، ލަސްވާ ނަަމަ، މަޝްރޫއުތައް ހިންގަން ހަވާލުކޮށްފައި ތިބޭ މުވައްޒަފުންނާއި މެދު ފިޔަވަޅު އަޅާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ވޯލްޑް ބޭންކުން ބޭއްވި "ޕޯޓްފޯލިއޯ ޕާފޯމަންސް ރިވިއު" ނިންމުމުގެ ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ، ކަނޑައަޅާ ޓައިމްލައިންތަކާ އެއްގޮތަށް މަޝްރޫއުތައް ނިންމަން ޖެހޭ ކަމަށެވެ. އެ ކަން އެ ގޮތަށް ނުވާ ނަމަ ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓް (ޕީއެމްޔޫ) ގައި ތިބޭ މުވައްޒަފުން ވަކިކޮށް، އާ މުވައްޒަފުންނާ އެ ޕްރޮޖެކްޓެއް ހިންގަން ހަވާލު ކުރާނެ ކަމަށް އަމީރު ވިދާޅުވި އެވެ.

"ކުރިއަށް ދިޔުމަށް މިއީ ކުރަންޖެހޭ ކަމެއް. ޓައިމްލައިނަށް ނުނިމޭ ނަމަ، ޕީއެމްޔޫ ސްޓާފުންނާ މެދު ފިނޭންސުން ފިޔަވަޅު އަޅާނަން. މަސައްކަތްތައް ނިންމައި ކުރިއަށްދާން ބޭނުން ނަމަ، މަސައްކަތްތައް އަވަހަށް ނިންމަން ޖެހޭ. އަވަސްކުރަން ޖެހޭ. ފިޔަވަޅު ނާޅާ ނަމަ ކަމުގެ މުހިއްމުކަން އެކަން ކުރަން ތިބޭ މީހުންނަކަށް ނުވިސްނޭނެ،" އަމީރު ވިދާޅުވި އެވެ.

ރާއްޖެ އާއި ސްރީ ލަންކާ އަށް ވޯލްޑް ބޭންކުން ކަނޑައަޅާފައި ހުންނަވާ ކަންޓްރީ މެނޭޖަރު ކިޔޯ ކަންޑާ މިއަދުގެ ރަސްމިއްޔާތުގައި ވިދާޅުވީ، މިދިޔަ ދެ އަހަރުގެ ތެރޭގައި ރާއްޖޭގައި ހިންގާ ޕްރޮޖެކްޓްތައް ދެ ގުނަ އިތުރު ކޮށްފައިވާ ކަމަށެވެ. މިހާރު 10 މަޝްރޫއެއް ކުރިއަށްގެންދާއިރު އެ މަޝްރޫއުތަކުގެ އަގު 182 މިލިއަން ޑޮލަރަށް އަރަ އެވެ.

ސަރުކާރުގެ މަޝްރޫއުތައް ލަސްވާ ނަމަ މެނޭޖުކުރާ މުވައްޒަފުން ވަކިކުރާނަން ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވިއިރު ރައީސް ސޯލިހް ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި ފަހުން ސަރުކާރުގެ މަޝްރޫއުތައް ކުރިއަށްދާ ސްޕީޑް ލަސްވެ ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. ސަރުކާރުގެ ވެރިން ވެސް ވަނީ މަޝްރޫއުތައް މިހާރު ލަސްކަމަށް މީޑިއާގައި ވެސް އިއުތިރާފުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ސަހޭލު

    އަސްލަންޓޭގެ ވާހަކަތަ؟

  2. ދިވެހި ރައްޔިތުން

    މަޝްރޫޢުތައް ހިންގުމަށް ކަނޑައެޅިފައިވާ ފައިސާ އެމަޝްރޫޢެއް ހިންގާ ފަރާތަށް ޖަމާ ކުރުމާއި އަދި ކޮންޓްރެކްޓަރުންނަށް ފައިސާ ލިބުން އިންތިހާއަށް ލަސްވެ އެމީހުން ގެންޅޭ މުވައްޒަފުންނަށް މުސާރަ ދިނުމަށާއި އަދި ތަކެތި ހޯދުމަށް އިންތިޖާއަށް ދަތިވޭ މިކަމުގެ ހައްލު މިނިސްޓަރ ގެންނަވާނީ ކިހެނެއްތޯ ؟؟؟ ކާކުތޯ މިކަންކަން ލަސްވާތީ ކަނޑާލާނީ، ތިޔަ މިނިސްޓްރީ އިން؟؟

    11
  3. ވަހީދު

    ތިޔައީ ހުސް ވާހަކަ، ވަކިކޮށްފަ ދައްކަބަލަ މިހާރުވެސް ލައްކަ މަޝްރޫއު ތައް އޮތީ ފިސާރި ލަސްވެފައި

    11
  4. އ

    ބޮޑޭ ނުވޭ އެކަކުވެސް ކަލެއަކަށް ވަތްކެއް ނުކުރެވޭނެ ކަލޭގެ މިނިސްޓަރ ކުމުގައި ދެން ބާކީ އޮތީ 700 ދުވަސް އެއް ފަހު ގެއަށް ދާންޖެހޭނީ މަޖްލިސް މެންބަރުކަން ހޯދަން ދެން ކެންޕޭނު ކުރޭ ހީވަނީ ފޭލް ވާނެހެން ... އިންޑިޔާ މުސްކުޅި އަކު އެޑްވަރޒަރަކަށް ލައިގެން ދައުލަތުގެ މުވައްޒަފުންނަށް ދުވަހަށް މުސާރަ ނުދެވޭ މިކަމާ މަޖްލިހަށް ކުއްލި މައްސަލައެއް ހުށަހަޅަން ފެނޭ

    12
  5. ހުސޭނުބޭ

    ކަލޭތަ މިހާރު ސަރުކާރުގެ ބޮޑަކީ! އެހެންވިއްޔާ އެންމެ ފުރަތަމަ ސްލޯލިހްބޭ ވަކިކުރޭ! އެއްވެސް ކަމެއް ކުރިޔަކަށްނުދޭ! ހުރިހައި ކަމެއް 2023 ވަނަ އަހަރުގެ އިންތިޚާބުގެ ހާރުދަމަށް ފަސްކޮށްފައި ހުރީ!

    10
  6. މުހައްމަދު

    ސަރުކާރުގެ ޕްރޮޖެކްޓްތައް ކާމިޔާބު ކަމާއެކު ކަނޑައެޅިފައިވާ ގަޑިއަށް ނިންމާފަ ކޮންޓްރެކްޓަރުން ހުށަހަޅާ ބިލްތަކަށް މިނިސްޓްރީ އޮފް ފިނޭންސް އިން ފައިސާ ނުދީ އެތައް ދުވަހެއް ވަމުންދާތީ އެކަމަށް ޒިންމާވާންޖެހޭ މީހާވެސް ވަޒީފާއިން ވަކިކުރަން ފެނޭ!

    12
  7. އަލީ

    މިހާރު ދެން ހަމަ ރަނގަޅަށްވެސް އަތަށް ގޮވީ

  8. ޚަދީޖާ

    މަސައްކަތްތައް އަވަހަށް ނިންމައި އިންވޮއިސް ހުށަހެޅުމުން ފިނޭންސް މިނިސްޓްރީން ކޮންޓްރެކްޓަރަށް ފައިސާ ދެނީ ކިތައް މަސްދުވަސް ފަހުންތޯ އަމީރު ބުނެބަލަ. ކަލޭގެ ލަދުހަޔާތް ކޮބާ؟

  9. ފާނަ

    ރަނގްޅު، ފިނޭންސާ ހަވާލުކުރެވޭ އަދި، ކުރަންޖެހޭ ކަންކަން ލަސްވެ ނުކުރެވެންޏާވެސް އެކަންކަމާއި ހަވާލުވެ ތިބި މީހުން ވަކި ކުރާތި.

  10. ފަހުދު

    ކަލޯ ހޭދެބައިނުވޭ.. ވަކި ކުރެވޭނީ ވަޒީފާއާއި ބެހޭ ގާނޫނާއި އެއްގޮތައް .. ކަލޭމެން ހިތުހުރިގޮތަކައް ވަކި ނުކުރެވޭނެ. ތަންތަނައް ވެރީންނައް ކަނޑުކޮހުންލާފަ މެނޭޖް ކުރާ މުއައްޒަފުންނަކައް ހިތު ހުރިހާގޮތެއް ނެހެދޭނެ. ފުރަތަމަ މުއައްސަސާތަކައް އެކަށީގެންވާ ފެންވަރާއި މެޗޫރިޓީއާއި ހިންގުމުގެ ދާއިރާގަ އެ މުއައްސަސާއަކާއި އެކަށީގެންވާ ވަރައް ތަޖުރިބާހުރި ވެރިންކަނޑައަޅާ. ރަނގަޅު ވެރިން ލައިގެނއ ބާރު ސުޕީޑުގަ ކަންކަން ކުރެވޭކަން ޔާމީނު ސަރުކާރުގަ އެއޮތީ ދައްކާފަ. ކަލޭމެން ހީކުރަން ގާތްތިމާގެ ކޮންމެވެސް ހުސްބޮލެއް ނޫނީ ރައްޓެއްސެއް ނޫނީ ޕާޓީ އެކްޓތިވިސްޓަކައް މުއައްސަސާއެއް ހަވާލުކުރާއިރައް އެތަން ހިނގައިގަންނާނެކަމަށް. ޢަމީހު ޚުދުކަލޭވެސްތީ ތިޔަ މަގާމައް އެއްވެސް ކުފޫއެއް ހަމަވާ މީހެއް ނޫން. މިބުނީ ޒާތީކޮށެއް ނޫން.. މިބުނީ ހިއުމަންރިސޯސް ސިލެކްޝަން ގެ ޕުރޮފެޝަނަލް މިންގަނޑުތަކާއި ހެޑްހަންޓިންގ އުސޫލުތަކައް ބަލާއިރު ކަލޭ ތިޔަ ޕޮޒިޝަނަކައް ޕުރޮފެޝަނަލީ އެކަށީގެން ނުވާވާހަކަ. އެއީ ކޮލިފިކޭޝަނާއި.. މެނޭޖްމަންޓުގެ ތަޖުރިބާ އަފި އެކުސްޕޯޝާލެވެލް އާއި ކެރިޔާއަށް ބަލާފަ މެޗޫރިޓީއަށް ބަލާފަ. ތިޔަ މަގާމުގަ ތިޔަ ހުރެވެނީ އެއްވެސް އުރައްޕަތެއް ނެތި މީހަކު ތަބަކަކައް ލާފަ ދިނީމަ. ސަރުކާރުގެ އެކި މުއައްސަސާތަކުގަ މެނޭޖްމަންޓުގަ ރަނގަޅު އެތަކެއް ފަރާތްތަކެއް މާ ވަރުގަދަ އެކްސްޕީރިއަންސާއި އެކުސްޕޯޝާލިބިފަ އެބަތިބި. ވީމާ އެމީހުންނައް އަމާޒުކޮއް ވާހަކަ ދައްކަން ކަލޭތީ ކާކު.

  11. ހަވާސާ އިބޫ

    ބިރުދެއްކިޔަސް ކުރެވޭނެކަމެއްނެތް މިހާރު ތިޔަ ބައިމީހުންގެ އިރުއޮއްސެނީ ފޮށިތަންމަތި ބަންދެގެން ރާޖޭންބޭރަށްދާންތައްޔާރުވޭ ނޫނީ މާފުށީ ޖަލުގައިތިބޭނީ!

  12. ގެދަބުޅި

    ލަދުކޮބައިތޯ ބޭފުޅާ. ދައުރުހަމަވާން ކައިރިވީމާ ކޮންމެހެން އެހެން މީހުންގެ ބޮލަށް ކަނޑާލާނެކަމއެއްނެތް. ރައީސްޔާމީން މުޅިދިވެހިރާއްޖެ ތަރައްގީކުރައްވަންފެއްޓެވީމާ މުޅިދިނިޔޭގައި އެކަންވިޔަނުދޭން ކެމްޕޭންކުރިހަނދާންއެބަހުރިތަ. ނޫސްވެރިން ނިކަންހަނދާންކޮށްދީބަލަ.ތަރައްގީގެކޮންމަޝްރޫެއެއްތަ ހިންގަނީ. މުޅިންވެސްރައީސްޔާމީންކުރައްވަފަހުރިޕްލޭންތައް. ނަންބަދަލުކޮށްއިންޑިޔާމީހުންނަށްނުއަގުގައިދީކޮލިޓީއެއްނެތި ހިންގަނީ. ފެއިލްޑްސްޓޭޓްގެފެއިޑްފައިނޭނސްމިނިސްޓަރު.