އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާންގެ ގެކޮޅުގައި ހަރުކޮށްފައި ހުރި ސީސީޓީވީ ކެމެރާތަކަކާ ކުޅުމަށްފަހު އެ ގެކޮޅަށް ބަޔަކު ވަދެގަތުމަށް މަސައްކަތްކުރީ އެމަނިކުފާނަށް ހަމަލާ ދިނުމަށް ކަމަށާއި، އެއީ ޝަރީއަތުގައި ހުރި ހައްސާސް މައްސަލަތަކަށް ނުފޫޒު ފޯރުވަން ކުރި ކަމެއް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެއް) ތުހުމަތުކުރައްވައިފިއެވެ.
އުއްތަ މަފަނޑިޔާރުގެ ސެކިއުރިޓީ ފޫއަޅުވާލައިގެން އެ މަނިކުފާނުގެ ގެކޮޅަށް ވަނީ މަސްތުގެ ހާލަތުގައި ހުރި މީހެއް ކަމަށާއި އެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުންނާއި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވެސް ވަނީ ވިދާޅުވެފައެވެ. ނަމަވެސް މިއަދު މަޖިލީހުގައި މެމްބަރު ހަލީމް ދެއްކެވި ވާހަކައިގައި ވަނީ އެ ވާހަކަތަކީ ރައްޔިތުންނަށް އެ މައްސަލައިގެ ހަގީގަތް އޮޅުވާލުމަށް ދައްކާ ވާހަކައެއް ކަމަށް ތުހުމަތުކުރައްވާފައެވެ.
އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް މީހަކު ވަތް ދަނޑިވަޅަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތާއި، ގައުމީ ސަލާމަތާއި ގުޅޭ މައްސަލަތައް ޝަރީއަތުގައި ހިނގާ ދަނޑިވަޅަކަށް ވާއިރު، މި ދަނޑިވަޅުގައި އެފަދަ ކަމެއް ހިނގުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އަދި އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް ވަނުމަކީ އުއްތަމަފަނޑިޔާރަށް ބިރުދައްކަން ކުރި ކަމެއް ކަމަށް ބެލެވޭ ކަމަށާއި، އެކަމަކީ ނުރައްކާތެރި ކަމެއް ކަމަށް މައުލޫމާތު ލިބިވަޑައިގަންނަވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް އެ މައުލޫމާތު ލިބުނު ގޮތެއް އަދި އެކަމާއި ގުޅޭ އިތުރު ތަފްސީލެއް އޭނާ ހާމައެއް ނުކުރައްވައެވެ.
"އުއްތަމަ ފަނޑިޔާރަށް ހަމަލާދޭން ވަނީ އެތަނުން އެއްޗެއް ވަގަށް ނަގަން އުޅުނު ކުއްޖެއް ކަމަށް ހަދާފައި މުޅި ރާއްޖޭގެ ރައްޔިތުންނަށް އޮޅުވާލަނީ ހޯމް މިނިސްޓަރު. އެހެން ހައްދަވައިގެން ކަމަކު ނުދާނެ. ހަގީގަތަކީ އެއެއް ނޫން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އުއްތަމަ ފަނޑޔާރަށް ހަމަލާދޭން އެ އުޅުނީ. ޝަރީއަތުގެ މަރުހަލާގައި ހުރި ވަރަށް ހައްސާސް މައްސަލަތަކަށް ނުފޫޒު ފޫރުވަންކަމަށް އަޅުގަނޑު ގަބޫލުކުރަނީ." ހަލީމް ވިދާޅުވިއެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ނިރުބަވެރި ހަމަލާއެއް ދިނުމާއި، އުއްތަމަ ފަނޑިޔާރުގެ ސެކިއުރިޓީ ފޫއަޅުވާލުމަށް ފަހު އެ މަނިކުފާނުގެ ގެކޮޅަށް ފަސޭހަކަމާއެކު މީހަކު ވަނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަލާމަތީ ކަންކަމާއި މެދު ސުވާލު އުފެދޭ ކަމެއް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާންގެ ގެކޮޅުގައި ހަރުކޮށްފައިހުރި ސީސީޓީވީ ކެމެރާތަކަކާ ކުޅުމަށްފަހު އެ ގެކޮޅަށް ވަތް މައްސަލައިގައި 47 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާަމަށް ފުލުހުން ވިދާޅުވެއެވެ.
ކަލޭމެންނަށް ޔާމީނޭ ނުކިޔައި ނުވަނީތަ؟ އުއްތަމަ ފަނޑިޔާރު އެންމެ ފަހުން ބެލި މުހިއްމު މައްސަލައަކީ ޔާމީނާ ގުޅުންހުރި މައްސަލައެއްތަ؟ ޔާމީނަށްވުރެ އަމީނުގެ މައްސަލައިގަ ފަނޑިޔާރަށް ނުފޫޒު ފޯރުވަން ބިރުދެއްކެން މާ ގާތްކަމަށް ހަމަ ނުވިސްނެނީތަ؟ ހަރުކަށި ފިކުރޭ އަބަދު ކިޔާއިރު އެފަދަ މީހުންގެ ބޮހެއްގެ މައްޗަށް ދައުވާ ކުރެވޭނެ ކަމަށް ބުނާ ފަނޑިޔާރުގެ ގޭގެ ކެމެރާއާ ބެހުނީމަ އެކަމުންވެސް މިމީހުންނަށް ކިޔެނީ ޔާމީނާ ގުޅުން ހުރި ކަމެއްކަމަށް.
ތިޔަކަމުގެ ފަހަތުގައިވެސް ތިބޭނީ ހަލީމުމެންކަހަލަ ހަޔާތްކުޑަ މީހުން!
ޔާމީނުގެ މައްސަލަ ބަލާ ބެންޗުގައި އުއްތަމަ ފަނޑިޔާރެއް ނީންނަވާ، ބުރާންޗާ.
ތިވާނީ އެމްޑީޕީ މީިހުން ބޭނުން ގޮތް އަންގަން / ބިރުދައްކަން ވެއްދި މީހަކަށް ))
މީހެއްގެ ބޮލުގައި އަޅުވާލީދޯ
ދޮންބިލެތުން ނޫން ބިލެތްކޮޅެއް ކަލެއަށް ދުވަހަކުވެސް ކެވުނުތަ، އަބަދު ތިއުޅެނީ ތިހާލުގަ، އެހެންތާވާނީ އެމީހެއްގެ ޢަމަލާއި އެމީހެއްގެ ސިކުނޑި ހުންނާނީ އަބަދުވެސް ގުޅިފައި