މިއަދު ފާހަގަ ކުރަމުން އަންނަ ޓީޗަރުންގެ ދުވަހުގެ މުނާސަބަތާއި ގުޅުވާފައި މާލޭ ސަރަހައްދުގެ ސްކޫލްތަކުގައި ކިޔަވައިދޭ ޓީޗަރުންނަށް އެސްޓީއޯއިން ހަދިޔާ ބަހައިފިއެވެ.

އެސްޓީއޯއިން ވަނީ ޓީޗަރުންގެ ދުވަހާއި ގުޅިގެން މާލެ ސަރަހައްދުގެ ސަރުކާރު 16 ސްކޫލެއްގެ ކޮންމެ ޓީޗަރަކަށް 250 ރުފިޔާގެ ވައުޗަރަކާއި މާބޮނޑިއެއް ހަދިޔާ ކޮށްފައިވެއެވެ.

އެސްޓީއޯއިން ބުނީ، ޓީޗަރުންނަށް ހަދިޔާއަށް ދިން ވައުޗަރު ބޭނުން ކޮށްގެން އެސްޓީއޯގެ ކޮންމެ ފިހާރައަކުން ވެސް ވިޔަފާރި ކުރެވޭނެ ކަމަށެވެ.

އެސްޓީއޯއިން ބުނީ މިއީ ޓީޗަރުން ކުރަމުން އަންނަ ބުރަ މަސައްކަތް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދީފައިވާ ހަދިޔާއެއް ކަމަށާއި ޓީޗަރުންނަކީ ގައުމުގެ މުސްތަގުބަލް ބިނާ ކުރުމުގައި އެންމެ ބުރަކޮށް މަސައްކަތް ކުރާ ބައެއް ކަމަށެވެ.

އަދި ހުރިހާ ޓީޗަރުންނަށް ވެސް ޓީޗަރުން ދުވަހުގެ ތަހުނިޔާ ކިޔާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ހުޅުމާލޭގައި ހުންނަ ރެހެންދި ސްކޫލްގެ ޓީޗަރުންނަށް ހަދިޔާ ހަވާލު ކޮށްދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރުއެވެ. އެހެން ސްކޫލްތަކުގައި ހަދިޔާ ހަވާލު ކުރީ އެ ކުންފުނީގެ މުވައްޒަފުންނެވެ.

ޓީޗަރުންގެ ދުވަހާއި ގުޅިގެން ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ސްކޫލްތަކުގައި މިއަދު އަންނަނީ އެކިއެކި ހަރަކާތްތައް ބާއްވަމުންނެނެވެ. އަދި ބައެއް ސްކޫލްތަކުގައި މާދަމާ ވެސް ހަރަކާތްތައް ބޭއްވުމަށް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މޮރިލް ،،

    މިސްޗަނަްދްރާ ‘ އަމަރްސޭނާ ‘ މިސްޖޯޖް ‘ ޢައުޓްސްކޫން ‘ ސިނގިންގް މިސް ‘ މިސްވިސާކާ ‘ ސޯދުބެ މިޓީޗަރުން މަތިން ހަނދާންވެ ޟުކުރާއި ވްރަށް ތަހުނިޔާ ))

    4
    2
  2. ޟާމާ

    ފާމަސިސްޓް ދުވަހު ހަދިޔާ ދިންނަމަ ފާމަސިސްޓުނައްވެސް.

  3. ދެމޮރިލް

    މޮރިލް މި ނަމުގައި ކޮމެންޓުކުރި މީހާޔަށް ބުނަމެވެ. ތިތަނުން އައުޓުސްކޫންގެ ނަން ނަގައިފިއްޔާ މަވެސް ލައިކު ދޭނަމެވެ. އެކަމަކު އައުޓޭ ކަހަލަ މުއްސަނދިންގެ ދަރިންނަށް ފޭވާ ކުރި މީހެއްގެ ނަން އޮއްވާ ސޮރީ