އދ. ފެންފުށިން ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެއެވެ.

އިއްޔެ ހަވީރުން ފެށިގެން އެމްެއެންޑީއެފް އާއި ފުލުހުން އަދި އާއްމުންގެ އެހީގައި ހޯދަމުން ދިޔައީ އދ.ފެންފުށީ ޕޭންޒީގޭ، އުމުރުން 29 އަހަރުގެ އަދުނާން އަޙްމަދުއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އޭނާ ފެނިގެން އެމްއެންޑީއެފް އަށް ރިޕޯޓްކޮށްފައި ވަނީ މިރޭ 19:16 ހާއިރު ކަމަށެވެ. އެ މީހާ ފެނިފައި ވަނީ އެރަށު ހުޅަނގު ދެކުނުން 20 ނޯޓިކަލް މޭލު ބޭރުގައި ޑިންގީއެއްގައި ހުއްޓާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އޭނާ ފެނިފައި ވަނީ ރާސްތާ2 ނަމަކަށް ކިޔާ އަލިފުށި ދޯންޏަކަށެވެ.

އޭނާ ގެއްލިގެން އެމްއެންޑީއެފްއަށް ރިޕޯޓްކޮށްފައި ވަނީ އިއްޔެ ހަވީރު 17:15 ހާއިރުކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މި މީހާ ފެނުނުއިރު ހާލު ރަނގަޅު ކަމަށެވެ.

ފުލުހުން ވިދާޅުވީ، އެ މީހާގެ ސިއްހީ ހާލަތު ބެލުމަށް އދ. ފެންފުށީ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙައު ފެންފުށި

    ގެންދިޔައީ އދ، މާމިގިލީ ސިއްހީމަރުކަޒަށް، ފެންފުޓަކަށް ނޫން، ހަބަރު އޮޅުން ފިލުވައިގެން ލިޔެބަލަ