ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަޙުގައި މިހާރު ހިނގަމުންދާ ކަންތަކާ ގުޅިގެން އިންޑިއާ ސަރުކާރުން ޝާޢިޢުކުރައްވާ ޕްރެސް ސްޓޭޓްމަންޓްތަކާ މީޑިއާތަކަށް ދެއްވަމުންގެންދަވާ މަޢުލޫމާތު ދިވެހި ސަރުކާރުގެ ސަމާލުކަމަށްވަނީ އައިސްފައި ކަމަށާއި މިހާރު ބޭނުން ވަނީ ބަޔާންތައް ނެރުމުގެ ބަދަލުގައި މަޝްވަރާ ކުރުން ކަމަށް ވިދާޅުވެ ދިވެހި ސަރުކާރުން އިންޑިއާ ސަރުކާރަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ފޮރިން މިނިސްޓްރީ އިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މިފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ދިވެހި ސަރުކާރުން 15 ދުވަހުގެ މުއްދަތަށް އިޢުލާނު ކުރި ކުއްލި ނުރައްކަލުގެ ޙާލަތު، މިއަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހު، 30 ދުވަހުގެ މުއްދަތަށް ރައްޔިތުންގެ މަޖިލީހުން އިތުރު ކުރެއްވުމާ ގުޅިގެން، އެ ނިންމުމަކީ ޤާނޫނު އަސާސީއާ ޚިލާފަށް ނިންމަވާފައިވާ ނިންމެވުމެއްކަމަށް އިންޑިއާ ސަރުކާރުން ކަނޑައަޅުއްވާފައި ވަނީ، ހަޤީޤަތާ ހިލާފަށް، ފެންނަހުރި ހެކިތަކަށް ބެއްލެވުމެއްނެތިކަމުގައި ދިވެހި ސަރުކާރުން ދެކެމެވެ.

"5 ފެބްރުއަރީ 2018 ގައި ރައީސުލްޖުމްހުރިއްޔާ ކުއްލިނުރައްކަލުގެ ޙާލަތު އިއުލާންކުރެއްވީ، ގާނޫނުއަސާސީގެ ބާރުތައް ހިޞާރުކުރާ ހިސާބަށް ކަންކަން ދިޔުމުން، ޤައުމީ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަމަށް ބުރޫއަރާ ހިސާބަށް ޤައުމުގެ ޙާލަތު ގޮސްފައިވާކަމަށް ޤައުމީ ސާލާމަތާބެހޭ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއަރުވާފައިވާތީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 253 ވަނަ މާއްދާއަށް ރިޢާޔަތްކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ރިޔާސީ ޤަރާރަކުންނެވެ." ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

މި ޤަރާރު 20 ފެބްރުއަރީ ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ ބޭރުން ބޭއްވުނު ޚާއްސަ ޖަލްސާގާއި ވަނީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން އިސްލާހުތަކަކާއެކު ފާސްކޮށް، 30 ދުވަހުގެ މުއްދަތަށް އިތުރުކުރައްވާފައި ކަން ބަޔާނުގައި ވަނީ ފާހަގަ ކުރައްވާފައެވެ.

"މި އިސްލާހުތަކުގެ ތެރޭގައި ހިމެނެނީ ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން، ހިފެހެއްޓިފައިވާ ޤާނޫނު އަސާސީގެ ބައެއް މާއްދާތައް، ރައްޔިތުންގެ މަޖިލީހުން މިހާރު ދޫކޮށްލާފައިވާ ކަމާއި، އަދި ކުއްލި ނުރައްކަލުގެ ހާލަތަށް ޢަމަލުކުރުން މިހާރު ލާޒިމުވެގެންވަނީ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގާފައިވާ ފަރާތްތައް އެކަނި ކަމާއި، އެ ޙާލަތުގެ އިޙުތިސާސްގެ ތެރޭގައި ހިމެނެނީ އެފަދަ ފަރާތްތައް ދިރި އުޅެފައިވާ ތަންތަން އެކަނި ކަންވެސް މި ފުރުސަތުގައި ފާހަގަކުރަމެވެ." ބަޔާނުގައި ވެއެވެ.

"ރައްޔިތުންގެ މަޖިލީހުގެ މި ނިންމުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިޝްތިޝާރީ ލަފައެއް ހޯއްދެވުމަށް ހުށައެޅުއްވުމުން 21 ފެބްރުއަރީ 2018 ގައި އެ ކޯޓުން ވަނީ މަޖިލީހުގެ ނިންމުން ކުރިއަށް ގެންދިއުމަށް އަމުރު ނެރުއްވާފައެވެ." ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވީ ދިވެހިރާއްޖެ މިހާރު ދެކެމުން މިދަނީ ދެކެފައިނުވާފަދަ ދަތި އުނދަގޫ ދަޑިވަޅެކެވެ. އަދި މި ހުތޫރަތްތެރި ދަނޑިވަޅުގައި އިންޑިއާއާއި ބައިިނަލްއަޤްވާމީ މުޖުތަމަޢުން އެއްބާރުލުން ދެއްވައި ޤައުމީ ސަލާމަތަށް ނުރައްކާވެފައިވާ މި ދަނޑިވަޅުގައި ދިވެހިރާއްޖޭގައި ސުލްޙަމަސަލަސްކަން ޤާއިމުކުރުމަށް އެއްބާރުލުން ދެއްވުމަށް ދިވެހި ސަރުކާރުން ގޮވާލަމެވެ.

އަދި ޤައުމީ މަސްލަހަތު އިތުރަށް ގޯސްވެދާނޭފަދަ ޢަމަލުތައް ނުކުރެއްވުމަށާއި، ރާއްޖޭގެ ޢާއްމު ޙާލަތު ޢިޢާދަކުރުމަށް ދިވެހި ސަރުކާރުން ކުރާ މަސައްކަތްތަކަށް ހުރަސްއެޅޭފަދަ ކަންތަކުން އެއްކިބާވެތިއްބެވުމަކީ ވެސް ދިވެހި ސަރުކާރުގެ އެދުމެއް ކަމަށް ބަޔާނުގައި ވެއެވެ.

ރާއްޖޭގެ މިހާރުގެ ޙާލަތާ ގުޅޭގޮތުން، އުފެދިފައިވާ ކަންބޮޑުވުންތައް ޙައްލުކުރުމަށްޓަކައި، ބައިނަލްްއަޤްވާމީ މުޖުތަމަޢުއާ ގުޅިގެން މަސައްކަތްކުރުމަށް ދިވެހި ސަރުކާރުން ތައްޔާރަށްއޮތްކަން މި ފުރުޞަތުގައި ފާހަގަކުރާކަމަށް ވެސް ހޯމް މިނިސްޓްރީ އިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. ާްއެކަމަކު

    ސާބަހޭ

  2. Anonymous

    ސާބަސް ރައީސު ޔާމީނު، ތިޔަގޮތުގާ ހަރުދަނާކަމާއެކު ކުރިއަށް ވަޑައިގަންނަވާ، ﷲގެ އިރާދަފުޅުން 2018ގެ ރިޔާސީ އިންތިޚާބުވެސް މަނިކުފާނަށް ކާމިޔާބުކުރަށްވާށި އާމީން

  3. އަހޫ

    ސާބަސް ރައީސު ޔާމީނު، ތިޔަގޮތުގާ ހަރުދަނާކަމާއެކު ކުރިއަށް ވަޑައިގަންނަވާ، ﷲގެ އިރާދަފުޅުން 2018ގެ ރިޔާސީ އިންތިޚާބުވެސް މަނިކުފާނަށް ކާމިޔާބުކުރަށްވާށި އާމީން

  4. ސައިނީ

    ސައިޒް ކޮށްފަ ބަހައްޓައި ކުރެވޭނެ ކަމެއް ނެއް ހިލައާއި ފިޔާ ލިބިދާނެ ޕްލާސްޓިކުން ވެސް ޗައިނާއިން

  5. ރޭޕިސްޓްއިންޑިއާނޯ

    ތަންކޮޅެއް ތިލަކޮށް ތިޔަފޮނުއްވީ! އިންޑިޔާގެ ނުފޮރުއްޕާން މާމައްޗައްތިޔަގެންދަނީ!!! އަމިއްލަ ގައުމުގަ ކޮންމެދުވަހަކު އެތައްބަޔަކު ރޭޕްކޮށްމަރަމުން ދާއިރު އެކަންތައް ނުހުއްޓުވާ އެހެންމީސްމީހުންގެ ކަންތަކާނުބެހުމަށް ދިވެހި ރައްޔިތެއްގެ ހައިސިޔަތުން އިންޑިޔާއަށްގޮވާލަން!!!

  6. Anonymous

    ގަމާރުކަންމަތީ އަބަދައް

  7. މަންހަޖު

    ޤައުމީސަލާމަތަށް ނުރައްކާަވާފަދަ ދަރަޖައަށް ވައްޓާލީ ސަރުކާރުގެ ދޯދިޔާ އަނިޔާވެރި ސިޔާސަތުގެ ސަބަބުން. ހިތުހުރިގޮތަކަން އަނިޔާވެރިކަން އިސްކުރީމަ ވާނެގޮތް މިފެންނަނީ.

    • ހަމަވެއްޖެ

      ތިޔަބުނާ އަނިޔާވެރިކަން ނިމުމަކަށް އަންނާނީ މޑޕއަންވެރިކަންލިބި ގާސިމު ބޭނުންވަރަކަށް ރައްތަކާ ފަޅުތައްދީ ދައުލަތުގެ ނަމުގަލޯނުލދީ ހިތްފުރޭވަރުވީމަ.. ދެންއޭރުންއޮންނާނީ ބަރާބަރު ހާއުހާވެރި ވެރިކަމެ.. ރައްޔިތުން ނުތާހިރުކޮށްތިއްބަސް ތިމީހުންތިބޭނީ ތާހިރު ދިރިއުޅުމެއްގަ.... ގުލްޒާރުގަ ފޮޅޭހުރިހާ މަލަކާ ފޮޅެންތައްޔާރުވާން ހުންނަމަލެއްވިޔަސް ހުންނާނީ ތިބާއިގަޑުގެ ބަގީޗާގަ... ބަގީޗާތަކުގަ ފޮޅުނު ނޫރާނީމާ ފެންނަހިސާބުގަ ތިބޭނީ އިންޑިޔާ އިގިރޭސިން.. ކޯޗެކޭކިޔާކަށް.. މިރާއްޖޭގަ މިހާ ހަމަހަމަ އިންސާފުވެރި ވެރިކަމެނުކުރޭ.. ހަޖަމުވަންޏާވޭ ނުވަންޏާނުވެތިބޭ...

  8. ޢައްސާނު

    ސްޓުޕިޑްއިންޑިޔާ. ދެން ވެސް ތިކުރާ ނޮހޮރޮއްޕާން ހުއްޓާލާފަ ހަމަބިމައް ތިރިވެބަލަ.

  9. ފެންނަގޮތް

    ސާބަހޭ ރައީސް ޔާމީން

  10. ޙުސެން.

    އިންޑިއާމީހުންނަކީ ގިރާވަރު މީހުން ކަމުގައި ނޫނީ ބިއްޖެހިފައި ތިބި ބަޔެއްކަމުގައި ހީކުރަނީ ތާ؟

    • ރޭޕިސްޓްއިންޑިއާނޯ

      އެކަންނޭގެނީތަ؟؟

    • ފަގިޑި

      ކަލޯ ވެސް އެފައްޅިތަކަށް ގޮސް ބިއްޖެހިގެން ''ރާމްގެ '' މަނަގަނަ ކިޔަމުދޯ!

  11. ހަނީފާ އަލީ

    ތީ ވަރުގަދަ ރައްދެއް.. ތީ ނޮޅާފަ އޮތް ކުކުޅަކައް ސީންގާއަކު ދޭ ކަހަލަ ރައްދެއް.. މީހާރު އީންޑޔާ ބީރުންގޮސް ރަޖާލައީގެން އޮވެ ތުރު ތުރު ލާނެ..

  12. ނަމްބަރ

    މަޖިލީހުގެ ނިންމުން ސައްހަ ނޫން ކަމަށް ޕީޖީއަކަށް ނުނިންމޭނެއޭ ސަބަބަކީ ޕީޖީ އަކީ އެއީ ޝަރުއީ ހުކުމް ބުނަން ހުންނަ ކޯޓެއް ނޫނޭ. ޕީޖީ އަކީ އެއީ ދައުލަތުގެ ބަންޑާރަ ނައިބް ފޮނުވާ މައްސަލަ ތައް ކޯޓް ތަކުގައި ދައުލަތުގެ ފަރާތުން ވަކާލާތު ކުރަން އިންނަ މީހެކޭ ދެން އެހެންވީއިރުން ކިހިނެއް ވެގެންތޭ ޕީޖީ އަށް ޕޮލިހަށް ސިޓީ މަތިން ބައިން ޖެހިގެން ފޮނުވެން ޖެހޭނީ ފުލުހުން ޕީޖީ ގާތުން ނޭދެނީސް. ޔަގީނޭ ޕީޖީ އަށް ވެސް މިލިއަނުން މޭޒު ދަށުން ދަމާ ކުޅެގެން މާރކްސް ދިނީތޭ ކިތައް ފްލެޓްްސް ތޭ ގަންނަން ބުނެދިނީ. ކޮރަޕްޓް މަނީ އޮން ދަ ޑާންސް ފްލޯރ. ޖަސްޓް ކަޓް ކާލާ ކާލާ ކާލާ ކާލައިގެން ވެސް ބަލަންވީ ގައުމު ރޭޕް ކޮށްގެން ވެސް އަމިއްލަ އަން ބޮނޑި ބަނދެވޭތޯއޭ. ކޮރަޕްޓް މަނީ އޮން ދަ ޑާންސް ފްލޯރ. ހޯއް ހޯއް ހޯއް ކޮރަޕްޓް މަނީ އޮން ދަ ޑާންސް ފްލޯރ.

  13. މައުސޫމް

    ބަރާބަރު ނާޅިއަކަށް ނާޅިއެއް އަހަރުމެންނަކީވެސް މިނިވަން ބައެއް

  14. ދިވެއްސެއް

    ތިޔަހުރި އުރިހާކަންކަން ހަމަރަންގަޅައް އިންޑިއާއާށް ވެސްއެނގޭނެ. އެހެނެއްކަމަކު ހަޖަމް ނުވެފަ އޮތްކަންކަމާހެދި އާއި އަދި ގނޖބ ގެއެހީތެރިކަމާމަދަދު ގެފައިދާނަގާ ހަސަދަފިލުވާލަން ލިބޭދަނޑިވަޅު ގެބޭނުން ހިފުމައް ފާޑުފާޑުގެ ބަޔާންތައް ނެރެނީ. ހަމަހޭގަހުރެ ދެނަކުން ތިޔަ އިންޑިއާއަކުފައިތިލަވެސްނުޖައްސާނަން.

  15. ޙަފްޞާ / މާލެ

    ޖަލްސާއަށް ދަޢުވަތުލިބި ޖަލްސާއަށް ނުގޮސް ޢަދަދު ހަމަނުވެޔޭ ކިޔުން އެއީ ގޯހެކެވެ. އިދިކޮޅުފަރާތްތަކަށް އަޣުލަބިއްޔަތު އޮތްނަމަ ބައިވެރިވެ ޖަލްސަގައި ވޯޓުދީ ޤަރާރު ބޭރުކޮށްލުމުން އެ ނިމުނީއެވެ. މިހެން ނުހަދާފަ އަގަތެޅުމަކުން ނުފުދެއެވެ. ޢަދަދު ހަމަނުވާކަން ވެރިކަންކުރާޕާޓީއަށްވެސް އެގެއެވެ. އެހެންވެ ވަގުތުން ފިޔަވަޅުނާޅާ ސްޕްރީމްކޯޓުގެ ލަފާ އެހިއެވެ. އެކޯޓުން އެ ޤަރާރު ބާޠިލުކޮށްފިނަމަ ސަރުކާރުން ބޯލިަބާނެއެވެ. ބާޠިލު ނުކޮށްފިނަމަ އިދިކޮޅުންވެސް އެކަން ޤަބޫލުކުރަންވާނެއެވެ. ޑިމޮކްރެސީއަކީ މިއީއެވެ.

    • ޥެދުން

      12 މެންބަރުންނަށް ވަދެވޭ ގޮތައް އޮތްނަމަދޯ، ސޯޓް ބޭލުނިސް އޭރުން. އެހެންވެ ވަނަނުދީ ހިފާއްޓަނީ. ހިއްވަރު އެބަހުރިތަ މި ކޮމެންޓް ޖަހާލަދޭން

  16. ނަމްބަރ

    ޕީޖީ އަކީ އެއީ ވެރިކަން ކުރުމުގެ ބާރު ތެރެއަށް ނުފޫޒު ފޯރުވަން ހުންނަ މީހެއް ނޫނޭ ފުލުހުންގެ އިދާރާ އަކީ އެއީ ޕީޖީގެ ބެލުމުގެ ދަށުން ހިންގާ ތަނެއް ނޫނޭ ޕީޖީ ޕޮލިހަށް ސިޓީ ފޮނުވަން ޖެހޭނެ ހައިސިއްޔަތެއް ނޯންނާނެއޭ. އިޓްސް ދަ ކޮރަޕްޓް އެކްޝަން ކޮރަޕްޓް ނަމްބަރސް އާރ އެޕިއަރިންގް. ކޮރަޕްޓް ނަމްބަރސް އާރ އޮން ދަ ޑާންސް ފްލޯރ. ޖަސްޓް ކާންޓް ޓޭކް ދިސް ނަމްބަރ.

  17. ރައްޔިތުން

    .ރާއްޖޭގެ އަސްކަރިއްޔާ އޮތީ އިންޑިޔާއިން އަތުވެދާނެ ކޮންމެ ހަމަލައަކުން ރާއްޖެ ދިފާއުކުރުމަށް ފުރިހަމައަށް ތައްޔާރަށް.

  18. ނޫރު

    މިއީ ވަރަށްރަގަޅު ރައްދެއް؛ އިންޑިއާގެ ބޭނުމަކީ މިނިވަން ޤައުމެއްގެ ކަންކަމުގެ ތެރެޔަށް އެއްވެސް ގައްގެއްނެތި ބޭނިގަންނަނީ ކީއްކރަންތޯO ސުވާލް އުފެދޭ.

  19. އެކޮޅުގޭ މުހައްމަދު

    ސާބަސް ރައީސު ޔާމީނު، ތިޔަގޮތުގާ ހަރުދަނާކަމާއެކު ކުރިއަށް ވަޑައިގަންނަވާ، ﷲގެ އިރާދަފުޅުން 2018ގެ ރިޔާސީ އިންތިޚާބުވެސް މަނިކުފާނަށް ކާމިޔާބުކުރަށްވާށި އާމީން

  20. އއ

    ސާބަހޭ. އިންޑިޔާ ދޭ މަހަށް.

  21. ބިޮންދު

    އިންޑިޔާ އުނގަށް މިދިޔަ 33 އަހަރުތެރޭ ވެއްޓީފަ ތިބީމަ އިންޑިޔާ ހީކުރަނީ އެހެން ރައީސުންވެސް ތިބޭނީ އެގޮތުގައިކަމަށްތަ! ގެރިޔަށް އަޅުކަންކުރާ މީހުންނަކީ ތަންދޮރުނުދަންނަމީހުންކަމަށް މިވަނީ! އިންޑިޔާ ބުނާހާ ގޮތަކަށް ކަންތައްތައް ކުރާނީ މައުމޫނާއި، ނަޝީދު! އެއްމެ ކުޑަމިނުން ވަހީދުބޭވެސް އިންޑިޔާ ބޮލާލާޖަހާލީ!!!

  22. ގުލްފީޝަން

    1000 ގެރީ ކަތީލާފަ އީންޑީޔާގެ ނީކަމެތީންނައް ޖާފަތެއް ފޮނުވައީ ދީނުމައް ރައީސް ޔާމީނައް ލަފާ އަރުވަން..