ހއ.ދައްޕަރު، ފިއްލަދޫ ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި އަނބުރާ ހިމެނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވިއިރު އެ ރަށް އޮތީ އިންޑިއާއަށް ވިއްކާލާފައި ކަމަށާއި، އޭގެ ބަދަލު ހޯދަން އިންޑިއާއިން އަންނާނެ ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ލާމަރުކަޒީ ގާނޫނުގެ ދަށުން ދައްޕަރަކީ ފިއްލަދޫ ކައުންސިލްގެ އިހްތިސޯސްގެ ހިމެނޭ ސަރަހައްދެއްގެ ގޮތުގައި ރައީސް ސޯލިހް ނެރުއްވި ގަރާރަކުން ފުރަތަމަ ކަނޑައެޅުއްވިއެވެ. އެކަމަކު ފަހުން ގަރާރުން އެ ބައި އުނިކޮށް ފިއްލަދޫގެ އިހްތިސޯސްއިން ދައްޕަރު ނެގިއެވެ.

އެ ނިންމުމާ ދެކޮޅަށް ރަށު ރައްޔިތުން ނިކުމެ އަޑުއުފުލާއި ސަރުކާރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް ފިއްލަދޫގެ އިހްތިސޯސް ތެރޭގައި ދައްޕަރު ހިމެނުމަށް ރައީސް ނިންމަވާފައިވާ ކަމަށް މި މަހުގެ ހަތަރު ވަނަ ދުވަހު ޓްވިޓާ މެދުވެރިކޮށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވަނީ ވިދާޅުވެފައެވެ.

ސަރުކާރުގެ ވިސްނުމަކަށް އޮތީ ދައްޕަރުގައި އަގުބޮޑު ގެތަކެއް އެޅުމަށް ފަހު، ގެތައް ގަންނަ ބިދޭސީންނަށް ރެސިޑެންސީ ވިސާ ދޫކުރުމެވެ. "ސެކަންޑް ހޯމް ޓޫރިޒަމް" ނަމުގައި އިއުލާން ކުރި އެ މަޝްރޫއު ވެސް މިހާތަނަށް އައިއިރު އެއްވެސް އަމަލީ މަސައްކަތެއް ކުރެވިފައެއް ނެތެވެ.

ރޭ ޕީޕީއެމް ޖަގަހައިގައި ބޭއްވި ޖައްސާއެއްގައި އެކަމަށް އިޝާރާތް ކުރައްވާ ނައިފަރު ދާއިރާގެ މެންބަރު ޝިޔާމް ވިދާޅުވީ ނޫއިގްތިސާދުގެ ދަށުން އިންޑިއާ ސަރުކާރުގެ އެހީގައި ދެފެކްޓްރީ ތަރައްގީކުރަން އިއުލާން ކުރި ކަމަށާއި އޭގެ ބަދަލުގައި ރާއްޖޭގެ ހަތަރު ސަރަހައްދު އިންޑިޔާއަށް ލިޔެފައިދިން ކަމަށެވެ.

ފިއްލަދޫއަކީ ގުދުރަތީ ގޮތުން އުފެދިފައި އޮންނަ ތަފާތު ރަށެކެވެ. ރަށުގެ އުތުރަށް އޮންނަނީ "ދައްޕަރު" ކިޔާ މީހުން ދިރިނޫޅޭ ސަަރަޙައްދެކެވެ. ފެށުނީއްސުރެން ވަކި ރަށެއްގެ ގޮތުގައި އެ ރަށް ކިޔައި އުޅުނު ނަމަވެސް އެއީ ގުދުރަތީގޮތުން އެއްރަށެކެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެއީ ވަކި ފަޅު ރަށެއްގެ ގޮތުގައި ރަސްމީކޮށް ކަނޑައެޅިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސްނޭޕް

    ކަލެއާ ކީއް؟ ކަލޭ ގައުމެއްތަ؟ ކަލޭތަ ބަދަލު ދެނީ؟؟

    15
  2. އަބްދޫ

    ގެރެންޓީ ދީނީ ރައްޕަރު މޯގޭޖް ކޮށްފަ.ސީސަލްގަ ހިންގާ އިންޑިޔާ ކުންފުންޏަކަށް .ފައިސާނެގީ އިންޑިޔާ އެގްޒިމް ބޭންކުން އިންޑިޔާ ކުންފުންޏަކުން. 600 މިލިއަންރުފިޔާ ނުވަތަ 40 މިލިއަނޑްލަރު ދަރަނި ނަގައިގން ފުޓްބޯޅަ މުބާރާތަށް ހަރަދު ކުރަނީ.

  3. ޢަބްދުއްލަޠީފު

    ސަރުކާރުގެ ވިސްނުމަކަށް އޮތީ ދައްޕަރުގައި އަގުބޮޑު ގެތަކެއް އެޅުމަށް ފަހު، ގެތައް ގަންނަ ބިދޭސީންނަށް ރެސިޑެންސީ ވިސާ ދޫކުރުމެވެ. "ސެކަންޑް ހޯމް ޓޫރިޒަމް" ނަމުގައި އިއުލާން ކުރި އެ މަޝްރޫއު ވެސް މިހާތަނަށް އައިއިރު އެއްވެސް އަމަލީ މަސައްކަތެއް ކުރެވިފައެއް ނެތެވެ. الحمد لله . اللهم امين

  4. މަކަރުވެރިން

    ކޮންމެފަހަރަކު ރައްޔިތުންގެ މުދާތައް ގާނޫނުތަކާ ހިލާފައް ވިއްކާފަ ރައްޔިތުން ޓެކްސްގެ ގޮތުގަ ދައުލަތައް ދައްކާ ފައިސާއިން މަކަރުވެރި ރޭވުމުގެ ތެރެއިން ރައްޔިތުންގެ ފައިސާ ކެއުން ހުއްޓާލަން ޖެހޭ. ޒިންމާވާންޖެހޭނީ ގާނޫނާ ހިލާފްވި ބަޔަކާދެކޮޅައް. ރައްޔިތުންގެ

  5. އަލީ

    އަބުދުއްﷲޝާހިދު އެއައީބަދަލުދޭން ބަދަލުހިފާގެން