އދ. އަށް އިސްލާހުތައް ގެންނަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އާއި އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މަޝްވަރާ ކުރައްވައިފިއެވެ.

ރައީސް ސޯލިހް އާއި އދ. ގެ ރައީސް ޝާހިދު ގުޅިގެން ދެއްވާ ބަޔާނުގައި ރައީސް ވިދާޅުވީ އދ. ގެ އާންމު މަޖިލީހާއި އދ. ގެ ސަލާމަތީ މަޖިލީހަށް ގިނަ އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށާއި އެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވާނެ ކަމަށެވެ.

ކޮންމެ ގައުމަކަށް ވެކްސިންގެ އެހީ ދިނުމަށް ޝާހިދު މިހާރު ވެސް ގެންގުޅުއްވާ ސިޔާސަތަށް ތާއީދު ކުރައްވައި ރައީސް ސޯލިހް ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގައި އިގްތިސާދީ ތަދުމަޑުކަމާ އެންމެ ބޮޑަށް ކުރިމަތިލާން ޖެހުނީ ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް ކަމަށެވެ.

ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުން ދައްކަން ޖެހިފައިވާ ލޯނުތަކަށް ލުޔެއް ހޯދައިދޭން މަސައްކަތް ކޮށްދޭން ވެސް ރައީސް އެދިވަޑައިގެންނެވިއެވެ.

"އދ. ގެ މެންބަރަކަށް ރާއްޖެ ވެގެން ދިޔަ ފުރަތަމަ ދުވަހުން ފެށިގެން އަދާ ހަމައަށް ވެސް ކުދި ގައުމުތަކުގެ ހައްގުތަކުގައި އަޑު އުފުލި ގައުމެއް. މަނިކުފާނުގެ ޒައާމަތުގައި މި މަސައްކަތް ގެންގޮސްދޭނެ ކަމަށް އުއްމީދު ކުރަން." ރައީސް ވިދާޅުވިއެވެ.

ޝާހިދުގެ ޒައާމަތުގައި ރާއްޖޭގެ ޒުވާނުންނަށް އިތުރު ފުރުސަތުތައް ފަހިވެ، އދ. ގެ އޮފީސްތަކުގައި ދިވެހި ޒުވާނުންނަށް ފުރުސަތު ލިބިގެން ދާނެ ކަމަކަށް އުއްމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ ދިވެއްސަކަށް އެފަދަ އިސް މަގާމަކާ ހަމައަށް ވަޑައިގަނެވުނީ ރައީސް ސޯލިހްގެ ޚާރިޖީ ސިޔާސަތާއި ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކަށް އެމަނިކުފާނު ކުރެއްވި މަސައްކަތްޕުޅާއި ޚިދުމަތުގެ ސަބަބުން ކަމަށެވެ.

"ބައިނަލް އަގްވާމީ މުޖުތަމައުގައި ބަސް ބުނެވޭނެ ގައުމަކަށް ރާއްޖެ ހެދުމަށް ކުރި މަސައްކަތުގެ ސަބަބުން. މި ވެގެން ދާނީ ވެސް އދ. ގެ އާންމު މަޖިލީހަށް އިސްލާހީ ހެޔޮ ބަދަލުތަކެއް ގެންނާނެ ފަހަރަކަށް،" ޝާހިދު ވިދާޅުވިއެވެ.

ރައީސްގެ އިތުރުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި، ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ގެ އިތުރުން އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު މުއުތަސިމް އަދުނާނާއި ވެސް ޝާހިދު ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޝާހިދު ރާއްޖެވަޑައިގަތުމަށް ދައުވަތު ދެއްވީ އދ.ގެ އާންމު މަޖިލީހުގައި ތަގްރީރު ކުރެއްވުމަށް އެމެރިކާއަށް ރައީސް އިބުރާހިމް މުހައްމަދު ޞާލިޙް މި ދިޔަ މަހު ކުރެއްވި ދަތުރުފުޅުގައި ޝާހިދާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްގެ މަގާމަށް ޝާހިދު ހޮވިވަޑައިގަތީ މި އަހަރުގެ ޖޫން މަހުގައެވެ. އާއްމު މަޖިލީހުގެ ރިޔާސަތާ އެމަނިކުފާނު ހަވާލުވެވަޑައިގެންނެވީ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ. މިއީ އަހަރު ދުވަހުގެ ދައުރެއް އޮންނަ މަގާމެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ައަހުމަދު

    އދ. ޚާއްސަމަޖިލިސްގެ ރައީސް ރާއްޖޭގެ ޚާރިޖީވަޒީރާ ބައްދަލު ކުރެއްވުން ޚާއްސަމަޖިލިސް ރައީސް ހުންނަވާ ގަނޑުވަރު ހ.ރަބީއީމަންޒިލްގާ ބާއްވާގޮތައް ސަރުކާރުން ހަމަޖައްސަވައިފި. މިބައްދަލުކުރެއްވުމުގާ ޚާރިޖީވަޒީރުގެ އަނބިކަބަލުންނާ އދ. ޚާއްސަމަޖިލީހުގެ ރައީސްގެ އަނބިކަނބަލުން ވެސް ބައިވެރިވަޑައިގަންނަވާނެ. އަދި ޚާރިޖީވަޒީރުގެ އަނބިކަނބަލުން ދެއްވަވާ މެންދުރުގެ ފަރީއްކޮޅެއްގާ މިހުރިހާ ބޭފުޅުންވެސް ބައިވެރިވެ ވަޑައިގަންނަވާގޮތަށްވެސ ވަނީހަމަޖެހިފާ.

  2. ޖަޒީރާމަނިކު

    އދ އިސްލާހު ކުރާށެ!؟ އދ އެއްވެސް ނޫން ތިޔަދެބުރާންޗަށް އިސްލާހު ކުރެވޭނީ. މުޅިދުނިޔެ އިސްލާހް ކުރެވޭނީ. މަޝްހޫރުވާން ސުރުޚީ އެއްއަޅާލީދޯ؟

    12
    • Anonymous
  3. ކިނބޫ

    ރާވެރި ފަތިސް
    އަނެއް އަލިފުދާލު
    ޖަޒިރާ އަލިދުދާލު
    މިތަނުން ކޮންނަމެއް ދެން އޮންނާނީ އދ ގެ ނަން

    • Anonymous

      ޖަޒީރާ އދ. ހެޑްކުއާޓަރ ނިއުޔޯކުން ބަދަލުވެ، އިލުމިނާޓީންގެ އަތްދަށުން އދ ދަނީ؟ އެމީހުން މިހާރު ތިބޭނީ ބިރުން. މުޅި ދުނިޔެބކޮންޓްރޯލް ކުރި ޓޫލް ޝާހިދު މިއުޅެނީ އެމީހުންގެ އަތްދަށުން ދަމައިގަންނަން. ޝައިތާނިކް ރިޗުއަލްއަށްވުރެ އިބޫގެ ބުއްދި މާވަރުގަދައޭ.

  4. ޙަސަން

    ވަރަށް ރޭވުންތެރިކަމާއެކީ ކުރާކަމެއްކަމަށް ފެނޭ. ބައެއް މަސްދަރުތަކުން ދައުރުވާ މައުލޫމާތުން ބާރުދެނީ 2023 ކެމްޕޭން ފެށިގެން ދާކަން. 2023 ގެ ކެޑިޑޭސީ މިހާރު މިވަނީ އަބުދޫﷲ ސާހިދުއަށް ލިބޭގޮތަށް މަގުތަށް ކޮށާފަ.

  5. ހުސޭނުބޭ

    ކަލެޔަށް ކުރެވޭނީ އެންމެ ކަމެއް! އެއީ ޝާހިދު ކުރަމުން އަންނަ ވައްކަންތަކުގެ ތެރެއަށް ވައްކަމެއް އިތުދުކޮށް ޝާހިދަކީ ދެކޮޅުން މުސާރަލިބޭ ވަގަކަށް ހެދުން. މިހެން ހައދައިގެން ަދ އިސްލާޙް ވާނެނަމަ ކަލޭތީ ޖޯޖްވޮޝިންޓަނުގެ މާމަ!........ ކެކެކެކެކެކެކެކެކެކެ

  6. މަސްއޫދު

    އިސްލާހުގެންނަނީ ރާއްޖޭގެ ޖުޑިސަލް ސަރވިސްއަށް ގެނައިކަހަލަ އިސްލާހުތޯ؟ މުޅި ދުނިޔެ ހިމެނޭ ޖަމާއތެއްގެ އިސްލާހު ކުރުމުގެ ވާހަކަ ތިޔަދައްކަނީ އިބޫގެ ކިބައިގައި އެފަދަ އިސްލާހެއްގެނެވޭ ފަދަ ތައުލީމަކާ ތަޖުރިބާއެއް އިބަހުރިތޯ؟ތިޔައުޅެނީ އެންމެ ތިންލައްކަ މީހުންހެ އާބާދީއެއްއޮތް މިދިވެހިރާއްޖެއަށް އެއްވެސް އިސްލާހެއް ނުގެނިވެގެން! ފޮނިކަޑާނިކަމެއްނެތް!

  7. ބާބޫ އަލް އަނގޮޅިތީމީ

    ދެން ތިޔަ އިސްލާޙުވީ! ކަލޭމެން ދެމީހުން މަޝްވަރާނުކޮށްގެން އިސްލާޙް ނުވެފަ އޮތް ތަނެއް އ.ދ އަކީ................ބޯހަލާކު.........

  8. Anonymous

    މިއީ އިބޫއަށްބކުރި ފުރައްސާރައެއް.
    މާލޭ 4 މަތިފުށު ބޭފުޅާ ހިންނަވަރު ނުކިޔަވާހުރި އިބޫކައިރިން މަޝްވަރާ ހޯދާނެ ކަމަށް ދެކުމަކީވެސް ތަންދޮރު ނޭނގޭމީހުން ގަބޫލުކުރާނެކަންތައް.

  9. ޝަމްސީ

    ކަލޯ މީނާއަކީ އަލިފުދާލުގެ ސެކުރެޓެރީ ޖެނެރަލް ކަމުގައި ކަލޭމެން ދެކެންފެށީތޯ..