ފުވައްމުލަކު ހޮސްޕިޓަލުން ޖެހި އިންޖިިކްޝަނަކުން ސަދާ ސައުދުﷲ އަހުމަދު ނިޔާވި މައްސަލައިގައި އެ ހޮސްޕިޓަލުގެ އިހުމާލެއް އޮތްކަމަށް ގަބޫލުކުރެވޭތީ އިހުމާލުވި މީހުންނާ މެދު ގާނޫނީ އޮތުން ފިޔަވަޅު އަޅައި ދިނުމަށާއި، ދައުވާކޮށްދޭން އެދި ކޯޓަށް މައްސަލައެއް ހުށަހަޅަން މަސައްކަތްކުރަމުން އަންނަ ކަމަށް އާއިލާއިން ބުނެފިއެވެ.

ފުވައްމުލަކު ފުނާޑު، ނޫރިފެހި ގޭގެ އުމުރުން ހަ އަހަރުގެ ސަދާ ނިޔާވީ މި މަހުގެ ތިންވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ސަދާގެ ބައްޕަ އަދި ގެސްޓްހައުސް އެސޯސިއޭޝަންގެ ރައީސް ސައުދުﷲ އަހުމަދު ވިދާޅުވި ގޮތުގައި އިންޖެކްޝަން ޖެހިތާ ފަސް މިނިޓް ތެރޭގައި ދަރިފުޅުގެ ހަރަކާތް ހުއްޓުނެވެ. އޭގެ ފަހުން ސީޕީއާރް ދެމުން ދަނިކޮށް އޭނާ ނިޔާވެފައިވަނީ އެރޭ 19:08 ހާއިރުއެވެ. އެކަން ހިނގައި ދިޔަގޮތް ހެލްތުން ދަނީ ތަހުގީގު ކުރަމުންނެވެ.

ސައުުދު "ވަގުތު"އަށް މިއަދު ވިދާޅުުވީ ސަދާ ނިޔާވުމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ނައިބް ރައީސް ފައިސަލް ނަސީމް ގުޅުއްވާފައިވާ ކަމަށެވެ. އަދި އެކަން ހިނގައި ދިޔަގޮތް ތަހުގީގު ކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސް ދެއްވާފައިވާ ކަމަށް ސައުދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކަން ހިނގި ގޮތުގެ ފުރިހަމަ ތަފްސީލީ ރިޕޯޓަކަށް ހެލްތުގައި އެދިފައިވާނެ ކަމަށެވެ. ބައެއް ޑޮކްޓަރުންނާ މަޝްވަރާ ކުރުމަށްފަހު، އެ މައްސަލާގައި ހެލްތާ ދެކޮޅަށް ދައުވާކުރުމާއި ބެހޭ ގޮތުން ވަކީލުންނާއެކު ދިރާސާތަކެއް ކުރެވެމުންދާ ކަމަށްވެސް ވިދާޅުވިއެވެ. މައްސަލަ ކޯޓަށް ހުށަހަޅާނެ ސީދާ ދުވަހެއް ސައުދު ވިދާޅެއް ނުވެއެވެ.

ސަދާގެ މަރުގެ މައްސަލައާ އެކު ފުވައްމުލަކު ހޮސްޕިޓަލްގެ ދޯދިޔާކަމުގެ ވާހަކަަތައް އަނެއްކާވެސް މި ވަނީ ފެންމަތިވެފައެވެ. ހޮސްޕިޓަލުން ދެމުންދާ ހިދުމަތްތަކާއި މެދު ކަންބޮޑުވުން ފާޅުކޮށް ދެ ދުވަހެއް ކުރިން ހޮސްޕިޓަލް ކުރިމަތީގައި އިހްތިޖާޖުވެސް ކޮށްފައެވެ.

ފުވައްމުލަކު ހޮސްޕިޓަލް ބޮއްސުންލާފައި އޮންނަތަ އެތައް ދުވަހެއް ވެއްޖެއެވެ. އެކަން ރަނގަޅުކުރަން އެއްވެސް ސަރުކާރަކުން މާބޮޑު ސަމާލުކަމެއް ނުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މުފައްކިރު.

    ޔާމީންގެ ވެރިކަމުގައި ހޮސްޕިޓަލްގެ ޙާލަތު ރަގަނޅު ކުރުމަށް ގިނަ މަސައްކަތް ތަކެއް ކުރެވުނު. ޢިމާރާތަށް ބައެއް އިތުރުކޮށް އިތުރު ޚިދުމަތް ދިނުމަށް މަސައްކަތް ކުރެވުނު. ކަރަންޓްގެ ޙާލަތު ރަގަނޅު ކުރުމާއި އިންފްރާސްޓްރަކްޗަރ ވަރުގަދަ ކުރުން ފަދަ ކަންކަން ފެށުނު. ޑޮކްޓަރުންގެ ފެންވަރުވެސް ރަގަނޅު. އޭރު ހުރި މާބަނޑު މީހުންގެ ޑޮކްޓަރަކީ ވެސް ވަރަށް ރަގަނޅު ޑޮކްޓަރެއް. މަދުޑޮކްޓަރެއްގެ ފެންވަރު ދަށް ވާހަކަ ދެކުނަސް ޖުމްލަކޮށް ޚިދުމަތްރަގަނޅުވެ އަތޮޅު ފެންވަރުގައި ރައްޔަތުން ޚިދުމަތް ބަލައިގަތް. މިފަހުން ފެންމަތިވި ފަދަ ކޭސްތައް މަދު. އެހެންވިމާ އެއްވެސް ސަރުކާރަކުން މަސައްކަތް ނުކުރެވެއެކޭ ނުބުނެވޭނެ. މިސަރުކާރުން ވަޢުދުވިގޮތަށް ސިއްޙީ ޚިދުމަތް ފުޅާ ކުރެއްވި ނަމަ ރައްޔަތުން ތަކުލީފު އުފުލަން ޖެހުމަކީ ދުރުކަމެއް. އެއްކަމެއްގެ ވާހަކަ ދަންނަވާލާން. ލޭގެޕްރެޝަރ މަތިވެގެން މިފަހުން ދިޔަމީހެއް ދެގަޑިއެއްހާއިރު އެދުމަތި ކުރި . ބަލިމިހާގެ ފަރާތުން އެދުނީ ޕްރެޝަރ މަތިވާންޖެހޭ ސަބަބު ހޯދުން. ޑޮކްޓަރ ބުނި ކަމަށް ވަނީ ހޮނިހިރު ދުވަހު އެތެރެހަށީގެ ޑޮކްޓަރަށް ދައްކާ ޓެސްޓްތައް ހެދުމަށް. އަމިއްލަ ކަމެއްގެ ގޮތުގައި. މިކަހަލަ ބޭސިކް ކިތައްމެ ކަމެއްވެސް މިހާރު ހިގާ. ޔާމީން އަށް 5 އަހަރުގެ އިތުރު ދައުރެއް ލިބުނު ނަމަ ހޮސްޕިޓަލްވީހީ ޚިދުމަތްތެރި ތަނަކަށް.

    10
    2
  2. ހގފދދ

    ދައުލަތާ ދެކޮޅަށް ކުރެވޭނެ. ސްޕްރީމް ކޯޓުން ދިޔަ އޮތީނކަނޑައަޅާފަ. ޕްރިސީޑެންޓްގައިވަނީ 1 ކަންފަތަށް 9 މިލިއަން. އެގޮތަށް ބަލާއިރު މީހެއްގެ 5 ހިއްސާ ފުރާނައަށް 30 މިލިއަން މިހާރު އެއޮތީ ކަނޑައެޅިފަ.
    ދައުލަތުން އިހުމާލަށްބއޮތީ އިއުތިރާފުވެފަ. ނޫސްތަކުގަ އެހުރީ ހެކި.

  3. ކިޔުންތެރިއެއް

    އެންބިއުލެސް ނުފޮނުވާގެން ނިޔާވި ކުއްޖާގެ އިހުމާލުވި މީހުން މިހާރު ކޮބައިތޯ؟

  4. މަރީނ

    ކާކު ހިނަގަން ހަވާލު ވެގެން ހުރީ؟