މާލެ ފަޅުތެރޭގައި އޮތް ލޯންޗެއް އަޑިއަށް ގޮސްފިއެވެ.

އެމްއެންޑީއެފް އިން ބުނީ މާލޭގެ އަތޮޅުވެއްސާ ދިމާލު ފަޅުތެރޭގައި އަޅާފައި އޮތް "ބްލެކް ޕާލް" ނަމަކަށް ކިޔާ ލޯންޗެއް އަޑިއަށް ދިއުމާ ގުޅިގެން އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިއު ސާވިސްގެ އެހީތެރިކަމާއެކު މިއަދު ފެންމަތިކޮށްފައިވާ ކަމަށެވެ.

އެ ލޯންޗު ނެގީ މިއަދު 10:30 ހާއިރު ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މި ހާދިސާގެ ރިޕޯޓު ލިބިފައި ވަނީ މިއަދު ނުވައެއް ޖަހަން އުޅެނިކޮށް ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު