އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ކުރެއްވި ބައްދަލުވުން އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ މެންބަރުން ބޮއިކޮޓް ކޮށްފިއެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވީ، އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގެންނެވި ސަބަބަކީ ރާއްޖޭގެ ގާނޫނު އަސާސީއާ ޚިލާފަށް ވަޒީރެއްގެ މަގާމުގައި ހުންނަވައިގެން ޝާހިދު އިތުރު ވަޒީފާއެއް އަދާ ކުރައްވާތީ ކަމަށެވެ.

ގާނޫނު އަސާސީގައި އޮންނަ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ ވަޒީރުންގެ މަޖިލީހުގެ ވަޒީރަކަށް އެ މަގާމު އަދާ ކުރައްވާ ދުވަސްވަރު އިތުރު އެއްވެސް ވަޒީފާއެއް އަދާ ނުކުރެވޭނެ ކަމުގައެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާއި، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއި، މަޖިލީހުގެ މެންބަރުންގެ އިތުރުން އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު މުއުތަސިމް އަދުނާނާއި ވެސް ޝާހިދު ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްގެ މަގާމަށް ޝާހިދު ހޮވިވަޑައިގަތީ މި އަހަރުގެ ޖޫން މަހުގައެވެ. އާއްމު މަޖިލީހުގެ ރިޔާސަތާ އެމަނިކުފާނު ހަވާލުވެވަޑައިގެންނެވީ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ. މިއީ އަހަރު ދުވަހުގެ ދައުރެއް އޮންނަ މަގާމެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. އަލްޖިބްރާ

  ކަލޭމެން ފޫ ކަހާފަ ޖަލްސާއަށް ނުދިއަސް މިޤައުމަށް ވާނެ ގެއްލުމެއް ނެތް ! ރަގަޅީވެސް ތިކަހަލަ ދެފުއްކެހެރިން މިކަހަލަ ބައްދަލުވުންތަކަށް ހާޒިރު ނުވިއްޔާ !

  6
  45
 2. ބޮކި

  ތަމެން ތިބެބަލަ ބޮއިކޮޓްކޮށްގެން ؟

  4
  12
  • ކާފަބޭ2020

   އަލިކަމެއްނެތިދުވަސްކޮޅެއްދިއުމަށްފަހު ކުއްލިއަކަށް ބޮކި ދިއްލުނީ އެތިކޮޅެއްލިބުނީތޯ؟

 3. ޝަޙީޑޫ

  މިކަން އަބަދު މިހެންނެތް ނޯންނާނެ، އެމްޑީޕީގެ ފަރާތުން އަންނަ ދައުރުގައި ވާދަކުރާނީ ޝާހިދު، ޝާހިދު އެއްވެސް ކަމަކާ ވިސްނާނެކަމެއް ނެތް. ނަސީބު ހަމަ ރަގަޅީ ޓިކެޓްވެސް ލިބޭނެ މަސައްކަތް ކުރަންފަށާ އަވަހަށް ކާމިޔާބު ވާނެ 2023 އަބްދުﷲ ޝާހިދު އެމްޑީޕީ

  2
  19
 4. ޞުރާ

  ބައްކައްކާ ކުޅެނީ

  11
 5. ޅަބޭ

  އެމްޑީޕީ އަބަދުއުޅޭނީ ޒުވާނުންނައް ޑުރަގު ތިޔާގިކޮއްދީފަ މިކަހަލަ ދެބޯގެރި ދުއްވައިގެން ރައްޔިތުން ގަޅި ހައްދަން.

  14
  2
 6. ހަލަމްގަން

  ޝިޔާމު ހިތްހަމަ ނުޖެހޭތީ ޝާހިދު އދ ގެ ރައީސްކަމުން އިސްތިއުފާދެއްވަން ނިންމަވައިފި

  3
  7
 7. ބޭހަބަރު

  ޖޭވިއަސް ދެން ތީ ފުކެއް ބޮޑުވަރު

  12
 8. ހަވާސާ ހަމީދު

  ޔޫއެންގެ ދިދަ ތިތާއިންނަންޖެހޭނީ ތިޔަ ސާހިދަކީ މިހާރު ދިވެއްސެއްވެސް ނޫންކމަށް އޭނާގަބޫލުކުރަނީ ބަފާސަލަވާތްކިޔައިގެން ހޯދިލާރީން ކިޔަވަދިނީމާ ގައުމަށް ވީ ބޭވަފާ!

  20
 9. މިވެރިންނާއި ދުވަހަކުވެސް ބައްދަލު ނުވަނީތޯ

  "ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާއި، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއި، މަޖިލީހުގެ މެންބަރުންގެ އިތުރުން އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު މުއުތަސިމް އަދުނާނާއި ވެސް ޝާހިދު ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ."