ލ. ގަމުން ކޮވިޑް-19 ގެ ވޭދަނަތަކެއް ފެނުމާ ގުޅިގެން އެ ރަށަށް އަރައި ފޭބުން މަނާކޮށްފިއެވެ.

އެރަށަށް އަރާ ފޭބުން މަނާކޮށްފައި ވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. އެރަށުން ކޮވިޑުން ފެށިގެން ބަންދުކޮށްފައިވާއިރު، އެރަށާއި ގުޅިފައިވާ ފޮނަދޫން ކޮވިޑް ފެނިގެން ބަންދު ކުރީ މި މަހުގެ ތިން ވަނަ ދުވަހުއެވެ.

ލ.ގަން ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރު އަލީ ނަޝީދު "ވަގުތަށް" ވިދާޅުވީ، އެ ރަށް ބަންދުކޮށްފައި ވަނީ އިއްޔެ ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑަށް ފައްސިވެގެން ކަމަށެވެ. އަދި މިހާރު އެ ވޭދަނައާ ގުޅިގެން އޭނާއާ ގާތުން އެެއްތާވި މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، އެރަށުގައި މިހާރު ބަލި ޖެހިފައި ތިބި ފަސް މީހުން އެބަ ތިބި ކަމަށެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑާއި ގުޅިގެން ބަންދުކޮށްފައި ވަނީ 16 ރަށެކެވެ. ޭގެ ތެރޭގައި މި މަހު މިހާތަނަށް ބަންދު ކުރި ހަތަރު ރަށެއް ހިމެނެެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދަރުމައަށްޓަކާ

    ކޮވިޑެއްނޫ ލާދީނީންގެ ސުންޕާކަން ލާދީނީ ފިކުރަށް ތަބާވާމީހުން ގިނަކަމުން ހަރާން އެއްޗެހިކާމީހުން ގިނަކަމުން ވައްކަން ކުރާމީހުން ގިނަކަމުން އީމާންތެރިކަމެއްނެތް ބައިގަޑެއް އުޅޭތަނެއްގައި މުސީބާތްތައް ޢާމުވާނެ!