ވޭޖު ބޯޑުން ހުށަހަޅާފައިވާ މިނިމަމް ވޭޖުގެ ސަބަބުން ރިސޯޓު މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން (ޓީމް) އިން ބުނެފިއެވެ.

އެންމެ ކުޑަ މުސާރަ ނުވަތަ މިނިމަމް ވޭޖުގެ ގޮތުުގައި ކަނޑައަޅަން މިނިމަމް ވޭޖު ބޯޑުން ނިންމާފައިވާ ނިންމުންތައް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލަށް އިއްޔެ ވަނީ ހުށަހަޅާފައެވެ. ބޯޑުން މިނިސްޓަރަށް ލަފާ ދީފައިވަނީ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި 5،700ރ. އާއި 10،200ރ.އާ ދެމެދުގެ އަދަދުތަކެއް ދިނުމަށެވެ.

އެގޮތުން މިނިމަމް ވޭޖު ކަނޑައަޅާފައިވާ ހަތަރު ދާއިރާތަކުގެ ތެރޭގައި ސިވިލް ސާވިސް، ކުދި ވިޔަފާރިތައް، މެދުފަންތީގެ ވިޔަފާރީގެ އިތުރުން ބޮޑެތި ވިޔަފާރިތައް ހިމެނެއެވެ. އޭގެ ތެރެއިން ސިވިލް ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ކަނޑައަޅާފައިވާ އަދަދަކީ ހަ ގަޑިއިރަށް 7،000 ރުފިޔާއެވެ. ކުދިޔ ވިޔަފާރިތަކަށް އަށް ގަޑިއިރަށް 5،700، މެދުފަންތީގެ ވިޔަފާރިތަކަށް އަށް ގަޑިއިރުަށް 8،000 އަދި ބޮޑެތި ވިޔާފާރިތަކަށް 10،200 ރުފިޔާއެވެ.

ޓީމްގެ ޖެނެރަލް ސެކްރެޓަރީ އަދި މިނިމަމް ވޭޖު ބޯޑުގައި ވެސް ހިމެނިވަޑައިގަންނަވާ މައުރޫފް ޒާކިރު (މާއްޓެ) "ވަގުތު" އަށް ވިދާޅުވީ، ރިސޯޓުތައް ހިމެނޭނީ ބޮޑެތި ވިޔަފާރިތަކުގެ ކެޓަގަރީގައި ކަމަށާއި މިނިމަމް ވޭޖުގެ ބޭންޑުތައް ކަނޑައަޅާފައިވާ ގޮތަށް ބަލާއިރު، ރިސޯޓު މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ. ރިސޯޓުތަކުގެ ބައެއް ސެކްޝަންތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައަށް 100 އިންސައްތަ ކުރިއެރުމެއް އަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ނިންމުމާއި އެކީ ރިސޯޓް މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި އެންމެ ކުޑަކޮށް ދެވޭނެ ވަރަކީ ގަޑިއަކަށް 42.79 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެއީ 30 ދުވަހަށް ނުވަތަ މަހަކަށް 10،200 ރުފިޔާއެވެ.

މިނިމަމް ވޭޖް ބޯޑުން ނިންމާފައިވާ ނިންމުން ތަންފީޒު ކުރަން ފަށާނީ އިކޮނޮމިކް މިނިސްޓަރު އެ ލަފާ އެޕްރޫވް ކުރެއްވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޙަދިސައިބު

    މީގެ ސަބަބުން މެދުފަންތީގެ މީހުން ގޭގޭގައި ގެންގުޅެ މީހުންނަށް ބޮޑުއެއްޗެއްވދޭންޖެހި މެދުފަންތީގެވމީހުން ނިކަމެތިވާނެ

    3
    2
  2. ލަޔާލް

    އެހެންވީމަ ބޮޑެތި ކުންފުނިތަކާއި ފިހާރަ ތަކުގަ އަނބިދަރިން ދޫކޮށް އަރާމް ނިދި ދޫކޮށް ވޮޗަރުކަން ކުރާ މީހުންގެ މުސާރަވެސް ބޮޑުވާނެތާ ދޯ. ބައެއް ތަންތަނުން އެންމެ 2000ރފ ވޮޗަރުންނަށް ދޭ ތަންތަން އެބަތިބި.

  3. ޢަދުރޭ

    ޝުކްރިއްޔާ ސަރުކާރު .. ރާއްޖެއަށް އެންމެ ގިނަ ފައިސާ ވަންނަތަނެއް ކަމުގައި ރިޒޯޓްތައް ވެފައި އެ ފައިސާ ދިވެހިންނަށް ލިބޭނެ ގޮތަކަށް ރާވައި ރިޒޯޓްތަކުގެ މިނިމަމް ވޭޖުގެ ބޭނުން ރާއްޖޭގެ ރައްޔިތުންނަށް ލިބޭނެގޮތް ހެދިއްޖިއްޔާ ރާއްޖޭގައި ޑޮލަރު ތިޔާގިވެ ރައްޔިތުންގެއަތުގައި އެނބުރޭ ފައިސާ ގިނަވެ އިޤްތިޞޯދު ރަނގަޅުވެގެން ދާނެ. އެއާ ޚިލާފަށް މިނިމަމް ވޭޖް ބޮޑުކޮށްފައި ބޭރު މީހުންނަށް ރިޒޯަޓްތައް ޚާއްސަ ކޮށްފިއްޔާ ބަރަވެލީގެތޮށިގަނޑު ތެރޭގައި ކަކުނި އުޅޭހެން އިންޑިޔާ ލަންކާ ބަންގްލަދޭޝް ރާއްޖޭގެ ތޮށިގަނޑު ތެރޭގައި ތިބެގެން ރާއްޖޭ ރައްޔިތުންގެ ނަމުގައި އެ ހުރިހާ ފައިސާއެއް ކަމުން ގެންދިޔައިމަ ނަތީޖާ އަކަށް ވެގެން ދާނީ ވޯލްޑް ބޭންކުންނާ ދުނިޔޭގެ މާލީ އިދާރާތަކުން ރާއްޖެއަކީ މުއްސަނދި ޤައުމެއްގެ ގޮތުގައި ބަލާ ރައްޔިތުންނަށް ދޭ އެއްވެސް އެހީއެއް ނުލިބުން. މިހެން މިކަން ވަނީ ރާއްޖެއަށް ވަންނަ ފައިސާ ލިބެނީ ރާއްޖޭގެ ރައްޔިތުންނަށް ނޫންކަން އެ ތަންތަނަށް ނޭނގޭތީ .. މީ ދިވެހިން ކަންބޮޑުވާން ޖެހޭ ކަމެއް

  4. ޝާނީ

    ދެން އެއާރޕޯރޓް މުއައްޒަފުން ގެ ކުޑަ މުސާރައަކީ ކޮބާ

  5. ޢަލީ

    ސަޅި ގދަ ބުރޯ

  6. ހަސަދު

    ގައުމު ބިނާ ކުރާ ބަޔަކީ ޓީޗަރުން. ޓީޗަރުންނަށް ކިރިޔާ މިނިމަމް ވޭޖާ ހަމަވަނީ. ޔޫސެތް ހޯދައިގެން ރިޒޯޓަށްދާ ކުއްޖަކަށް 10،000. އޯލެވަލް، އޭލެވަލް ހަދާ ޑިގްރީ ހެދީމާ ކިރިޔާ މިނިމަމް ވޭޖާ ހަމަވަނީ. ޚިދުމަތް ތެރިން އަގު ވަޒަން ނުކުރާ ވެރިކަމެއްގައި ތިބެންވީބާ!!!!.

  7. ހަސަދު

    ރިސޯޓް ތަކުގަ އަނބިދަރިންނާ ދުރުގަ އުޅެލަން އަންނަން ވީ އެއްނު އެހެންވީމަ

  8. ހައި

    މިދިވެހިންނަ ރަނގަޅު އެއްގޮތެެއްވެސް ނެތް. މިނިމަމް ވޭޖް ކަނޑަނާޅައޮގެންވެސް އެހާވަރު. ކަނޑައެޅީމަވެސް. ޢެއްޗެހި ކިޔަނީ. ޓީޗަރުން ނޫނަސް ވަރަށްބުރަކޮށް މަސައްކަތްކުރާ ސިވިލް ސަރވިސް މުވައްޒަފުންނާއި އެހެނިހެން ދާޢިރާތަކުގައި މަސައްކަތް ކުރައްވާ މުވައްޒަފުން އެބަތިބި. ޢަމިއްލަ ޢާއިލާ ދޫކޮށް ރަށުންބޭރުގައި މަސައްކަތް ކުރާ މުވައްޒަފުންވެސް އެބަތިބި. ޢަބަދު ޓީޗަރުންގެ އެކަނި މުސާރަ ބޮޑު ކުރިޔަސް ނުވާނެ. ބުރަކޮށް މަސައްކަތް ކުރާ އެހެން މުވަައްޒަފުންނަށްވެސް މުސާރަ ބޮޑުވާންޖެހޭނެ.