ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްވެ ހުންނަވާ އުފައްދަވާފައިވާ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އަކީ ވަކި އާއިލާއެއްގެ ސިޔާސީ ޕާޓީއެއް ނޫން ކަމަށް އެމަނިކުފާނުގެ ދަރިކަލުން އަދި އެމްއާރުއެމްގެ ރައީސް އަހްމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

އެމްއާރުއެމްގެ ފުރަތަމަ ކޮންގްރެސް މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނުން ފެށިގެން އިރުއޮއްސެން ދެން ކުރިއަށް ގެންގޮސްފައިވެއެވެ. ކޮންގްރެސްގެ ތެރެއިން ޕާޓީގެ ފުރަތަމަ ލީޑާޝިޕް ވަނީ އިންތިޚާބުކޮށްފައެވެ.

އެމްއާރުއެމްގެ ރައީސްއަކަށް ފާރިސް އެކަނި ކުރިމަތިލެއްވިއިރު، އެމްއާރުއެމްގެ ޒައީމަކަށް ކުރިމަތިލެއްވީ މައުމޫން އެކަންޏެވެ. ނައިބު ރައީސްއަކަށް އައިމިނަތު ނާދިރާ އަދި މޯލްޑިވްސް ގޭސްގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ސިޔާމް ވަނީ އިންތިޚާބުކޮށްފައެވެ.

މިއަދު އެމްއާރުއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ރައީސް ފާރިސް ވިދާޅުވީ އެ ކޮންގްރެސްގެ ހުރިހާ ކަމެއް ވެސް ހިންގާފައިވަނީ ވަރަށް ޑިމޮކްރެޓިކް ހަމަތަކެއްގެ މަތިން ކަމަށެވެ.

"ކަން ދިމާކުރި ގޮތުން އޮންލައިންކޮށް ބާއްވަން ޖެހުނީ، 145 މަންދޫބުން ބައިވެރިވި، އެ މަންދޫބުންގެ ވޯޓުން ކޮންމެ ކަމެއް ވެސް ނިމިގެން ދިޔައީ،" ފާރިސް ވިދާޅުވިއެވެ.

އެމްއާރުއެމްގެ ލީޑާޝިޕްގައި މައުމޫންގެ އާއިލާއާއި އާއިލާއާ ގުޅުން ހުރި މީހުން އެކަނި ތިބުމުން ނޫސްވެރިޔަކު އަމާޒު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފާރިސް ވިދާޅުވީ "މިއީ ވަކި އާއިލާއަކަށް، ވަކި ބަޔަކަށް، ވަކި ނަސްލަކަށް ނިސްބަތްވާ ޕާޓީއެއް،" ނޫން ކަމަށެވެ.

ފާރިސް ވިދާޅުވީ ޕާޓީއަށް މެންބަރުން އިތުރު ކުރަން ބޭނުންވާ ކަމަށާއި އެހެންވިޔަސް އެއީ މި ވަގުތު މާ ޚާއްސަ ކަމެއް ދޭނެ ކަމެއް ވެސް ނޫން ކަމަށެވެ. އޭގެ ބަދަލުގައި މަސައްކަތް ކުރާނީ އެމްއާރުއެމްގެ ސިޔާސަތުތައް އޮޅުންފިލުވައިދީ އެ ކަމަށް ތާއީދު ކުރާނަމަ އެ ބަޔަކު ގެނައުން ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެން އަބަދުވެސް އެއް ވިސްނުމެއްގައި، ރޭވުންތެރި ވިސްނުމެއް އަބަދުވެސް އޮވެ އެ ބުނާ ބަހުގައި ހިފަހައްޓައިގެން ކުރިއަށް ދާން، އޭރުން އިޚްލާސްތެރިކަމާއެކު އަޅުގަނޑުމެންނާ ގުޅޭ ބަޔަކު ގުޅޭނީ ވެސް،" ފާރިސް ވިދާޅުވިއެވެ.

ފާރިސް ވިދާޅުވީ އެމްއާރުއެމްގެ ޒައީމްގެ މަގާމަކީ ޕާޓީ ހިންގުމުގައި މާ ބޮޑު ދައުރެއް އޮތް މަގާމެއް ނޫން ކަމަށެވެ. އެއީ ލީޑާޝިޕްގެ މަގާމެއް ގޮތުގައި ވެސް ނުބެލޭނެ ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް އުފާވޭ ރައީސް މައުމޫން ހުންނެވިކަން. މިހާރު ވެސް ރާއްޖޭގެ އެންމެ ގިނަ ރައްޔިތުންގެ ތާއީދު މި އޮތީ ރައީސް މައުމޫންއަށް. ޒައީމްގެ މަސްއޫލިއްޔަތަކީ ވެސް [ހަމައެކަނި] އަޅުގަނޑުމެން މަގުން ކައްސައިލީމަ އެ ލަފައެއް ދިނުން،" ފާރިސް ވިދާޅުވިއެވެ.

އެމްއާރުއެމްއަކީ ރައީސް މައުމޫން އުފެއްދެވި ތިންވަނަ ސިޔާސީ ޕާޓީއެވެ.

މައުމޫން ފުރަތަމަ އުފެއްދެވި ޑީއާރުޕީން ވަކިވީ ވެސް ޕާޓީގެ އޭރުގެ ލީޑަރު އަހްމަދު ތަސްމީން އަލީއާ އުފެދުނު ޚިޔާލު ތަފާތުވުމެއްގެ ތެރެއިންނެވެ. ދެން އުފެއްދެވި ޕީޕީއެމް އިން އެމަނިކުފާނު ވަކިކޮށްލީ ކޮއްކޯފުޅު އަދި ރައީސް އަބްދުﷲ ޔާމީންއާއެކު އުފެދުނު ޚިޔާލު ތަފާތުވުންތަކާ ގުޅިގެނެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. އިބޫ

    މައުމޫނިޒަމަށް މި ޤައުމުގަ ޖާގައެއް ނެތް

  2. ނުރަބޯ

    ވަކި މީހެއްގެ ނަން ލައިގެން ނުހަދާނެ ރައްޔިތުންގެ ޕާޓީއެއްނަމަ

  3. Anonymous

    ތީކަލޭ ބަފާޕަާޓިީ ކޮން ދޮގެއް 3 ޢަހަރު ފަހުން

  4. ރާއްޖެތެރެ

    ޕީޕީއެމްގެ ލީޑަޝިޕް ނުދީގެން ޕީޕީއެމް ފްޑާލަން ހެދި ޕާޓީއެއް ތީ. 2ހާސް މީހުން ޕާޓީގަ ނެއް.

  5. ޙުސޭނު

    އާއިލީ ޕާޓީއެއް ނޫނޭ ބުންޏަސް ތިކަން ގަބޫލުކުރަން ހިތައްވެސް ނާރާ.. ޔަގީންކޮށް ކަށަވަރުވަނީ މައުމޫނުގެ އަމިއްލަ އާއިލީޕާޓީއެއް ކަމަށް.. ސުކުރިއްޔާ

  6. މަސްއޫދު

    ކަލޭ ދައްކާހާ ވާހަކައެއް ދިވެހިން ގަބޫލެއް ނުކުރާނެ! ތިޔައީ ޔާމީނުގެ ވެރިކަން ވައްޓާލަން ދިވެހިންގެ ބަޑުފުރާނެމުއްތިރަން ރާއްޖެ ގެންނަ ހަޑޫ ހަކުރު ފުށް ހުއްޓާލަން އިންޑިޔާ ސަރުކާރުގައި އެދުމީހާއެއްނޫން! ކަލައާ ކަލޭގެ ބައްއަކީ މިގަމައްއޮތް ބޮޑު މުސީބާތެއް ޔަތީމުންނަށް ދޭންހުރި ފައިސާކޮޅުން މުސާރަ ނަގާ މީހެއް ކަލޭގެ ބައޕައަކީ!ތިރީސް އަހަރުވަންދެން ރައްޔިތުން މާލިއް ދަވާ ހުސްކޮށް އދިސް ކައިހަދަނީ ރައްޔިތުންގެ ޓެކުސް ފައިސާއިން!

  7. ނާދިރާ

    އޯ ސޮރީ މޭން. ތިޔައެއް ދެނެއް ބޭނުމެއް ނޫން. ތީ މިގައުމު މޑޕ އަށް ވިއްކާލި މީހުން

  8. ހުސޭނުބޭ

    ތިދެން ހުދުކުލައަކީ ކަޅުކުލަކަމަށް ބުނުންފަދަ ކަމެއް!

  9. ޢހ

    މިހާރު ރާއްޖޭގެ އެއްމެގިނަ ބަޔަކު ތާއިދުކުރާ ރައީސަކީ ޔާމިން. އިތުރުފުޅު ނަހައްދަވާ. ބައްޕަޔާ ،ކަލެއަކަށް އިތުބާރު ކުޜާބައެއްނެތް.

  10. ޙހހހ

    ކިހިނެއް ޤަބޫލުކުރާނީ ، މަތިފަޑީގައި ތިއޮތީ ބޮޑުކާފަ ކުޑަކާފަ ، އާނ ދެން ބޯ ހަމަކޮށްލަން އެހެންބަޔަކުން ލާގެން ދޯވާނީ ، އެކައްޏެއް ނުވާނެތާ ،

  11. ސޫއޫދު

    2023ގަފެއްނާނެތިޕާޓީގެޒައިޒް ކުރިކެޓް ޓީމަކައްބަދަލުވެފަވަނިކޮއް ޑރޕއާއެކް މެޗްކުޅޭތަން ދިވެހިންބަލާނުގައްނަކަންއެގޭ އިންތިހާބީގޮނޑިއެއް ވޯޓުންކާމިޔާބުވެފަ ނެތުމުންގާނޫނުހަދާމަޖިލީހުގެ ޕީޕީއެމްނޫނީ ދެންހުރިބައެއް ޕާޓީތަކުގެރިމޯޓްބެޓަރި ބަދަލުކުރެވޭނީ ނަށީދުހުއްދަދިނުމުން މީމިއަދުގެހަގީގަތަކީ އަގުހެޔޮބެޓެރި ދިނުމުންވެސްހިފަންމަޖުބޫރުވެފަ

  12. ޚަލީލް

    ކާކު މިހާރު ކަލޭގެ ބައްޕައަށް ތާއީދުކުރަނީ؟ މިހާރުވެސް 3000 މީހުން ޕާޓީގައި ހަމަނުވޭ.

  13. ޕަޕަރާޒީ

    ތީ މުސްތަގްބަލް ގަ މިގައުމުގެ ވެރިއެއް ،،،،،

  14. ރައްޔިތުއަހަންމަދުބޭ

    ޕާޓީހެދީމަވެސް އަންނަނީ ހިނި އެއީ މިގައުމުއޮއްކަމައްބުނާ 98 އާގްބޯޓާއި މުޅިގައުމުގެ އިޖްތިމާއީފޭރާމާ 3ޖީލްގެ ދަރިފަސްކޮޅު އައްޑަބަހައިގެންނައްތާލާ އެވަރުންނުވެގެން ބިންތައް ހިސޯރްކޮއް ގޯތިނުދީ މުޅުިރާއްޖޭގެ ހުރިހާރަށެއްގެ ރައްޔިތުން އަޅުވެތިކޮއް ފުލެޓް އަޅައިގެން މަޖްބޫރުން ފުލެޓް އައްވައްދާ ރައޔިތުމީހާ ގުދުބިންދައިގެންހޯދާ މަދުފައިސާކޮޅު ފުލެޓްކުލީގެގޮތުގައި އަތުލާ ރައްޔިތުން ނިކަމެތިކޮއް ސުކުލްތަކުގައި ޑުރަގްއިސްތިހާރްކޮއް ޒުވާން ޖީލް އެވަބައިގައި ޖައްސާފައި އަނެއްކާޕާޓީއެއްއުފައްދައިގެން ކޮންކަމެއްތޯ ކުރަންމިއުޅެނީ މިގައުމުގަ

    2
    1
  15. ސަލީމް

    ކަލޯގެ ބައްޕައަށް އޮތް ތާއީދު ބޮޑުކަމުން މަޖިލިސްގަ ވެސް ހުސްތިޕާރޓީގެ ގޮޑިތައް އަދި ނިމިދިޔަ ކައުންސިލްގަވެސަ ކަލޯމެންގެ ޕާރޓީގެ ގޮޑިތައް ހެއްހެއް ރަގަޅު ވާހަކައެއް ސަރުކާރު ތެރޭގައި ވަކި ހިއްޕާފަ ކަލޯމެން ތިބީ އެއީ ރައްޔިތުންގެ ތާއިދެއް އޮވެގެން ކަލޯއާއި މައުމޫން ކުރާކަމެއް ނޫން

  16. ކާފަބޭ2020

    އަލުގަނޑަށްހީވަނީ ގުނބޯވެސް ތިޔަވާހާކާފުޅަށް ތާއީދުނުކުރާނެހެން!

  17. ކިނބިދޫ

    ވަރަށް ސަޅި ވާހަކައެއް. ތިޕާޓީ އަށް ކިޔަން އެންމެ ރަނގަޅީ ކިނިބިގަސް ޕާޓީ ( ކޭ.ޖީ ޕާޓީ) . ބައްޕާފުޅު ވާދަކުރާނެ މީހެއްނެތި ޒައީމް ކަމަށް . ދެން ފާރިސް ވާދަވެރިއެއްނެތި ޕާޓީ ގެ ރައީސް ކަމަށް. ޕާޓީ ގެ ރައީސަކަށް ހުންނެވީ މައުމޫން ގެ ބޭފުޅުންތެރެއިން މީހުންނާއި އެންމެ ނުގުޅޭ ކިބުރުވެރި ބޭފުޅާ.

  18. Anonymous

    ލޮލް...ގޭމް ބޯ އި

  19. ހާމިދު ޝާހިދު

    މިއީ ހާޖަރާގޭ ލުތުފީތޯ! ވައްތަރުކަމުން އަހާލެވުނީ!

  20. ޒަޢީމާ

    ތިޔަ ޕާޓީ އަށް ކާކުތަ ވަންނާނީ..... ވަރަށް ސަލާމް

  21. ނަޒީ

    ހުސް ފެއިލަރުން އިސްވެތިބެ ފެއިލަރުންލައިގެން ހެދި ޖަމާޢަތެއް ތީ! އަހުރެމެން ސަލާން

  22. އިނގެރޭސި

    ޔޫ ޑޯންޓް ސޭ!