ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ މާބަނޑު އަންހެނަކަށް އެތައް އިރެއް ވީއިރުވެސް އެކަށީގެންވާ ފަރުވާއެއް ނުދިނުމުން އޭނާގެ ހާލު ސީރިއަސްވެ، މިއަދު އޮޕަރޭޝަނެއް ކުރަން ޖެހިއްޖެއެވެ.

ގަމުން "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ މާބަނޑު މީހާ އިއްޔެ ޑޮކްޓަރަށް ދެއްކުމުން ވެސް އޭނާގެ އެއްވެސް މައްސަލައެއް ނެތް ކަމަށް ބުނެ ގެއަށް ދޫކޮށްލި ކަމަށެވެ. "ގެއަށް އައިފަހުން ބަނޑުގައި ރިއްސާފައި، އިތުރު އުނދަގޫތަކެއް ވާތީ އަނެއްކާ ވެސް ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކީ. އެފަހަރު ވެސް ސްކޭންތަކާއި ޓެސްޓްތައް ހަދާފައި ބުނީ އެއްވެސް މައްސަލައެއް ނެތޭ. ދެން ދަންވަރު ގެއަށް ދޫކޮށްލުމުން ގެއަށް ދާން ޓެކްސީއަށް އަރަން އުޅެނިކޮށް އަނބުރައިގަނެގެން ވެއްޓުނީ." މައުލޫމާތު ދިން މީހާ ބުންޏެވެ

މައުލޫމާތު ދިން މީހާ ބުނިގޮތުގައި މާބަނޑު މީހާގެ ހާލަތު އިއްޔެ އާއި އަދި ރޭވެސް ބެލީ ދާދިފަހުން ފުވައްމުލަކު ހޮސްޕިޓަލްގައި މާބަނޑު އަންހެނުންނަށް އިހުމާލު ވާތީ އެރަށު ހޮސްޕިޓަލުން "ބޭރުކުރި ޑޮކްޓަރެވެ." "އެޑޮކްޓަރު މިހާރު ހުރީ ގަން ރީޖަނަލް ހޮސްޕިޓަލަށް ބަދަލުކޮށްފައި. އޭނާ މިބުނަނީ އެއްވެސް މައްސަލައެއް ނެތޭ." މައުލޫމާތު ދިން މީހާ ބުންޏެވެ.

މާބަނޑު މީހާ އަނބުރައިގަނެގެން ވެއްޓުނު ފަހުން އިތުރު ޑޮކްޓަރަކު އޭނާ ބެލުމަށް ފަހު ވަރަށް ބޮޑަށް ލޭ މަދުވެފައިވާ ކަމަށާއި އޮޕަރޭޝަނެއް ވަރަށް އަވަހަށް ކުރަން ޖެހޭ ކަމަށް ބުންޏެވެ. މާބަނޑު މީހާގެ ނާރެއް ދުޅަވެ، ބަނޑަށް ލޭ އެޅިފައިވާ ކަމަށް ވެސް މައުލޫމާތު ދިން ފަރާތުން ބުންޏެވެ. މިހާރު އޭނާގެ އޮޕަރޭޝަނެއް ހޮސްޕިޓަލްގައި ވަނީ ކޮށްފައެވެ.

މިކަމާއި ގުޅިގެން ހޮސްޕިޓަލްގެ ބަހެއް އަދި ނުލިބެއެވެ.

މިދިޔަ މަހު ވެސް ގަން ރީޖަނަލް ހޮސްޕިޓަލަށް ދެއްކި މާބަނޑު އަންހެނަކާއި ދަރިފުޅުގެ ހާލު ރަނގަޅު ކަމަށް ބުނެފައި ވަނިކޮށް މާބަނޑު މީހާގެ ބަނޑަށް ދަރިފުޅު ނިޔާވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޑިމޯކްރޭޒީ

    ކޮބާހޭ ހިއުމަން ރައިޓްސް ކަމިސަން؟ މާބަނޑު މީހުންގެ ބަނޑަށް ކިތައް ކުދިން މަރުވީމަ ބާ ހިއުމަން ރައިޓްސް ކަމިސަން މިކަމާ އުޅޭނީ؟ އަދިވެސް ތިބޭ ތިޔަ ކަމިސަންގެ މައްސަލަތައް ލިޔާ ނޫސްވެރިން ފަހަތުން ބިސްމަޅި ދުއްވާ އެމީހުންނަށް ބިރުދައްކަން

    17
  2. މީވެސް ނޫސްވެރިކަން

    ކޮންކަހަލަ ބޭކާރު އާޓިކަލެއް..

    4
    7
    • ހަސަނު

      ބޭކާާރޭ ކަލެޔަށް ބޭކާރު ގެމާނަ އެނގޭތަ.... ތިޔެއް އެނގޭނެ ދޯ ކަލެޔަށް
      ިވަރުކަމެއް ދިމާވީމަ ހުންނާނެ ކޮޅުކޮޅު މައްޗަށް ދުވެލާފަ...އަނެކާއަށް ލިބުނަސް އެވެސް އަނިޔާއެއް.
      ތިކަހަލަ އަމިއްލަ އެދުމުން ފޯވެފަ ތިބެނީ އެމްޑީޕީ މީހުން...

  3. ގައުމީ

    ހުޅުމާލޭ ހޮސްޕިޓަލަށްވެސް ހަމަ ތިހެން، ހުންއައިސްގެން ހޮސްޕިޓަލަށް ގެންދެވޭ ކުޑަކުދިންވެސް އެތައް އިރެއް ވަންދެން ޑަކްޓަރައ ނުދެއްކި ހުންނަންޖެހޭ، މެނޭޖްކުރުން ވަރަށް ބޮޑަށް ދައް، ސްޓާފުން އެހާ ގިނައިރުވެސް.

  4. ގުބޭ

    އިހުމާލުވާ ސަރުކާރެއް ރަށްޔަތުންނަށް ލިބުނުހާ ހިލޭއެހީތަށް ބަށްކޮށްގެން 2023 ގެ ކެމްޕެއިނަށް ފައިސާފޮރުވައިގެން ރަށްޔަތުންނަށް ޖެއްސުންކުރަނީ ކީއްތަވާނީ ފެންވަރު ރަނގަޅު ޑޮކުޓަރުން ގެނައިއްޔާ..

  5. ރަން ރީނދޫ

    ތި ވާނީ ކުރީ ސަރުކާރުގެ ކަމަކަށް. ޕަކާސް.

  6. ރިޔާ

    ރައްޔިތުން ނިކުމެ ނެރެ އެއްލާާލިޔަސް ފާާފާމަ ވެރި ނުވާނެ. ހާދަ މައިންނެއް ހާދަ ދަރިންނެއް މިއަހަރު އެބަ މަރުވެޔޭ. ހަމަ މި ނުބައި މީހުންގެ ސަބަބުން