މިއަދު ގައުމަށްޓަކާ ހިތުގައި ވިންދުގައި ޖަހާ ކޮންމެ ދަރިއަކީ ގައުމީ ފަހުލަވާނެއް ކަމަށް ހައުސިންގް މިނިސްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ.

މިރޭ ވެރިކަން ކުރާ ޕީޕީއެމް އިން " މަގޭ ގައުމާ މަގެ ދީނާ" މިނަމުގައި ކާނިވާ ސަރަހައްދުގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްރ މުއިޒް ވިދާޅުވީ މިގައުމުގެ މިނިވަން ކަމަކީ ދިވެހި އެންމެނާ ގުޅިފައިވާ ކަމެއް ކަމަށެވެ.

" އަޅުގަނޑުމެން ބޭނުންމެއް ނޫން މި ދިވެހި ފަސްގަނޑަށް ހަރާން ކޯރު ވާކަށް, އަޅުގަނޑުމެން ބޭނުމެއް ނޫން ހަސަން ރަސްގެފާނުގެ ވެރިކަން އަލުން އިޔާދަވާކަށް , އާދެ މަގެ ދީނާ މަގެ ގައުމާ މަގެ އަމްނާ ނުކުޅެއްޖޭ ތާރިހް ބަލާތިބެ ގައްދާރު ނުވައްޗޭ " މިނިސްޓަރ މުއިޒް ވިދާޅުވިއެވެ.

އިސްލާމް ދީން މިގައުމާ ވަކިކުރަން އުޅުމީ އަޅުގަނޑުމެންގެ ލޮލުގެ ނޫރު ވަކިކުރަން އުޅުން ކަހަލަ ކަމެއް ކަމަށް ވިދާޅުވެ މިނިސްޓަރ މުއިޒް ވިދާޅުވީ ފިލާތިބެ ޓުވީޓް ކުރާމީހުންނަށް ނުކުރެވޭވަރުގެ ބުރަ މައްސަކަތް މިގައުމުގެ ހައްގުގައި ކުރައްވާތީ ފަހުރުވެރިވާކަމަށެވެ.

" އަޅުގަނޑުމެންގެ އިސްލާމް ދީން މިގައުމާ ވަކިކުރަން އުޅުމީ އަޅުގަނޑުމެންގެ ލޮލުގެ ނޫރު ވަކިކުރަން އުޅުން ކަހަލަ ކަމެއް ފިލާތިބެ ޓުވީޓް ކުރާމީހުންނަށް ނުކުރެވޭވަރުގެ ބުރަ މައްސަކަތް މިގައުމުގެ ހައްގުގައި ކުރައްވާތީ ފަހުރުވެރިވޭ , ސާބަސް ރައީސް ޔާމީން " މިނިސްޓަރ މުއިޒް ވިދާޅުވިއެވެ.

މިނިސްޓަރ މުއިޒް ވިދާޅުވީ އިހު ފެނިގެން ދިޔައީ ބަޔަކު ވެރިކަމާހެދި ގައުމުގައި ބޮޑު ހުޅުޖެހިތަން ކަމަށާއި އަދިވެސް ފެނިގެން ދިޔައީ ވެރިކަމާހެދި ގައުމުގައި ހުޅުޖެހި މަންޒަރު ކަމަށެވެ.

" ދިވެހި ގައުމީ ކޮންމެ ދަރިއަކު މިއަދު އެދި ގޮވަނީ އޭމަގޭ ލޮބުވެތި ގައުމާއޭ ބޭނުމީ ކޮން ހިދުމަތެއްހޭ , މިއަދު ގައުމަށްޓަކާ ހިތުގައި ވިންދުގައި ޖަހާ ކޮންމެ ދަރިއަކީ ގައުމީ ފަހުލަވާނެއް" މިނިސްޓަރ މުއިޒް ވިދާޅުވިއެވެ.