އިންޑިއާގެ ހޮސްޕިޓަލެއްގައި އޮޕަރޭޝަން ކުރި ދިވެހި ކުޑަކުއްޖެއްގެ އޮޕަރޭޝަން ކުރަން ޖެހޭ ފައި ނޫން އަނެއް ފައި އޮޕަރޭޝަނެއް ކޮށްފިއެވެ.

މިކަމާއި ގުޅިގެން މިހާރު ގިނަ ބަޔަކު ދަނީ އެ ހޮސްޕިޓަލް ކައިރިއަށް އެއްވެ ހިތްހަމަ ނުޖެހުން ފާޅުކޮށް އަޑުއުފުލަމުންނެވެ. މި ހާދިސާ ހިނގީ ޓްރެވެންޑްރަމްގައި ހުންނަ "ޖީޖީ ހޮސްޕިޓަލް"ގައެވެ. މި ހާދިސާ މިހާރު އިންޑިއާގެ މީޑިއާތަކުގެ ސަމާލުކަމަށްވެސް އައިސްފައިވާއިރު، އޮޕަރޭޝަން ކުރި ކުއްޖާގެ މަންމަ ވަނީ މީޑިއާތަކަށް އިންޓަވިއު ދީފައެވެ. އޭނާ ބުނެފައިވަނީ އެގޮތަށް ދިމާވީ ހޮސްޕިޓަލުން ފަރުވާކުޑަކުރުމުން ކަމަށެވެ.

އެކުއްޖާގެ މަންމަ ބުނެފައިވަނީ އަންހެން ކުއްޖާގެ ވައަތު ފަޔަށް މީގެ ތިން މަސް ކުރިން އަނިޔާވެފައިވާ ކަމަށާއި އޭރު ޑޮކްޓަރަށް ދެއްްކުމުން މައްސަލައެއް ނެތް ކަމަށް ބުނެފައިވާ ކަމަށެވެ. އޭނާގެ މަންމަ ބުނެފައިވަނީ ތަދު އިތުރަށް ބޮޑުވާން ފެށީ ސުކޫލަށް ގޮސް ސިނޑިން އަރާފައިބަން ފެށުމުން ކަމަށާއި އޭރު ޑޮކްޓަރުން ބުނެފައިވަނީ އެއީ ފައިގެ ލިގަމަންޓް ހަލާކުވުމުން ދިމާވާ ކަމެއް ކަމަށެވެ..

އެނގިފައިވާގޮތުގައި އުމުރުން 12 އަހަރުގެ އެ އަންހެން ކުއްޖާއަކީ އއ. ތޮއްޑޫއަށް ިސްބަތްވާ ކުއްޖެކެވެ. އެކުއްޖާއަކީ އިންޑިއާ އަންހެނަކާއި ކައިވެނިކޮށްގެން އުޅޭ ދިވެހި ފިރިހެނެއްގެ ދަރިއެކެވެ. އޭނާއަށް ފަރުވާދެމުން ދިޔައީ އާސަންދައިގެ ދަށުންނެވެ. މި ހާދިސާ އާއި ގުޅިގެން އިންޑިއާގައި ހުންނަ ދިވެހި އެމްބަސީގެ ބޭފުޅުން މިހާރު ދަނީ ޖީޖީ ހޮސްޕިޓަލަށް ދަތުރު ކުރަމުންނެވެ.

އެކުއްޖާއަށް ޖީޖީ ހޮސްޕިޓަލުގައި ފަރުވާދެމުންދިޔައީ ފައިގެ ލިގަމެންޓަށް ގެއްލުން ވެފައިވާ ކަމަށް ޑޮކްޓަރުން ބުނުމުންނެވެ. އެކުއްޖާގެ ފައި އޮޕަރޭޝަން ކުރުމަށް ޑޮކްޓަރުން ލަފާދިނުމާއި ގުޅިގެން ހޮސްޕިޓަލުގައި އެޑްމިޓްކުރީ ރޭގެ ވަގުތެއްގައެވެ. އަދި އެ އޮޕަރޭޝަން ކޮށްފައިވަނީ، މިއަދު ހެނދުނު 9:00 ހާއިރު ކަމަށް އާއިލާއިން ބުނެއެވެ.

މިކުއްޖާގެ މަންމަ ބުނެފައިވަނީ ނުބައިފަޔެއް އޮޕަރޭޝަން ކުރެވިފައިވާކަން އެނގިފައިވަނީ ދަރިފުޅު އެވާހަކަ ބުނުމުން ކަމަށެވެ.

މި ހާދިސާ ހިނގުމާއި ގުޅިގެން ޖީޖީ ހޮސްޕިޓަލުން ވަނީ މަޢާފަށްވެސް އެދިިފައެވެ. ނަމަވެސް އޭނާގެ މަންމަ ބުނެފައިވަނީ ނަމަވެސް އެހާ ފަރުވާ ކުޑަކޮށް އެކަން ހިނގަން މެދުވެރިވީ ކީއްވެކަން އެނގެން ބޭނުންވާ ކަމަށެވެ.

އިންޑިއާގެ ހޮސްޕިޓަލްތަކުގައި މީގެ ކުރިންވެސް ފަރުވާކުޑަވުމުގެ ސަބަބުން މިފަދަ ހިތާމަވެރި ހާދިސާތައް ހިނގާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. މޫސަ

    ތި ތަނަކީ މިދިޔަ އަހަރު އައްޑުސިޓީމަރަދޫ ޝަފީގް ކިޔާ ޒުވާނަކު ވެސް މަރައިލި ތަން

  2. ބޮޑު ދެލޯ

    ރޭޕް ކުރުވަން ނޫން ކަމަކު މިހާރު އިންޑިޔާއްށް ދާނެ ކަމެއް ނެތް! އިންޑިޔާގެ ސަގާފަތަކީ އެއީ!

  3. ޖީޖީ އަލީ

    ޖީ.ޖީ. ހޮސްޕިޓަލު އިމާރާތް ދުރުން ފެނުނު މީހަކު އެތަނަކަށް ނުދާނެ. އެހާވެސް ބާވެ، މުޑުދާރު ތަނެއް އެެއީ. ހެޔޮނުވާނެ ވަންނަންވެސް

    • Anonymous

      ކަލޭ މީގެ 15 އަހަރުކުރިން ތި ދިޔައީ!!!

      • Anonymous

        ދޯ

    • ޓަވިޔަނި

      ޢަދި ތިހިރީ މާފަހަތުގަ.

  4. ޝާލިޔާ

    ޔާ.. މިހާރު އިންޑިޔާ ކަޑަވާނެ. މަމެންގެ ކަންކަން ރަނގަޅު ކޮއްފަ ދޯ އަވައްޓެރިންގެ ކުށް ހޯދާނީ. ރާއްޖޭގެ ހޮސްޕިޓަލުތަކުގަ ދިމާވާ ކަންތަކުގަ ދިވެހި ސްޓާފުންގެ ފަރުވާކުޑަކަން ހުރެ، ބޭރުމީހާ ބަދުނާމުކޮށް ނިންމާލަނީ. ދިވެހިން ފަރުވާކުޑަކަންމަތީ އަބަަދަށް. ޚާއްސަކޮށް ނަރުހުން. ނަމަކަށް ކިޔަވައިގެން އުޅެނީ. މަސައްކަތައް ސިންސިއަރ އެއްނޫން.

  5. ބާރީ

    މަށަށް ދެރަޔީ ތިހާ ފަރުވާކުޑަ މައްސަލަ ބޮޑު ތަނަކަށް ފޮނުވާތީ. ވަރަށް ގިނަމީހުން ތިހޮސްޕިޓަލްގެ މައްސަލަ ޖައްސާ އަޑުއަހަން.

    • ާބަދުރު

      އެތަނަށް ދާން ބޭނުން ވެގެން ދާ މީހުން ވަކި މަދުބާ.

  6. ޢެޕަލް

    މީ ދެރަކަމެއް. މިކަމުގެ ޒިންމަ ހޮސްޕިޓަލް އިން ނަގަން ޖެހޭނެ. ޜަގަޅައްދިޔަކްންތައް ހަދާން ނައްތައްލާ އިންޑިޔާއަށް ހެއްދެވި ނެހެއްދެވި ގޮވަންވީކީވެސް ނޫން. ނަފްރަތުގެ ކޮމެންޓްކުރާ ބަޔަކަށް ދިވެހިން ނުވަމަތޯ.

  7. ހެހ

    މިވަރުގެ ގަމާރުން ލައިގެންނޭ މިއޮތްހާގުވަހު އައިޖީއެމް އެޗް އަދި އޭޑީކޭ ހިންގަނީ. އިންޑިއާ ގެރީގެ އަހުލުވެރިން ދިވެހިންނަށް ހެވެއް ނޭދޭނެ.

  8. ައެލެކްސަ

    ތިޔަށްވުރެ ރަނގަޅު ޓްރީ ޓޮޕް ވެސް.. މި ފަހުން އިންޑިޔާއަށް ގޮސް އަޅުގަނޑުގެ މަންމަ ފައިގައި ރިއްސާތީ އަދި ފައި ކަޅުވެފައިވާތީ ޑޮކްޓަރަށް ދެއްކީމާ ބުނީ ފައިގައި ލޭ ދައުރު ނުވަނީއޭ ދެން ޖެހޭނީ ބުރިކޮށްލަންށޭ ! އެމީހުން ދިން ޖަވާބުން ހިތްހަމަ ނުޖެހޭތީ މާލެ އައީ އަލުން ބެންކޮކްއަށް ދައްކަން ދިއުމަށް ! މަލެ އައިސް ބެންކޮކަށް ފުރުމުގެ ކުރިން ޓްރީ ޓޮޕަށް ދައްކާލެވުނީ ހަމަ ނަސީބަކުން.. އެތަނުން ބުނީ ބުރިކުރާކަށް ނުޖެހޭނޭ ! އޮޕަރޭޝަނެއް ކޮށްފައި ބަލާނީއޭ.. އޭެގެ ފަހުގައިވެސް ރަގަޅު ނުވަންޏާއޭ އިތުރު ވިސްނުމަކަށް ދާނީ.. އޮޕަރޭޝަން ކުރުމަށްފަހު ﷲ ގެ އިރާދަފުޅުން މިހާރު މަންމަގެ ފައި އަންނަނީ ރަގަޅުވަމުން ލޭވެސް ދައުރުވޭ

  9. ށަލްމާނު

    މިހާރު ބޭހަށް ދާންވީ ތައިލެންޑަށް.

  10. Anonymous

    ކުއްޖާގެ ރަނގަޅު ފާ އޮޕަރޭޝަން ކޮށްގެން ދީފައިވަނީ ކޮން ފަރުވާއެއްތޯވެސް ބަލަންޖެހޭ ނޫންތަ؟؟؟

  11. މުސްތަފާ

    އިންޑިޔާގެ ހޮސްޕިޓަލްތަކުން ގަސްދުގައި ކިތައް ދިވެހިން މާރާފައިވޭ... ތިޔަ ހޮސްޕިޓާ ތަކަކީ ދާން ހެޔޮވެސް ނުވާ ވަރު ތަންތަން...

  12. ޙައްވާ

    ނޫން އެއީ މިހާރު އަލަށްޢިމާރާތްކޮށްގެން 2017 ގައި ހުޅުވި ހޮސްޕިޓަލެއް، އިމާރާތެއް ނޫން ބޭސްފަރުވާ ކުރަނީ. ޢިމާރާތް ކިތައްމެ އަލަކަސް އަދި ބަލަކަސް ފެންވަރު ރަނގަޅު ދޮކްޓަރުން ބޭނުންވަނީ. ޢެތާ ކައިރީގައި ހުރި ކޮސްމޯ ހޮސްޕިޓަލުގައި ހުންނާނެ ސިރިނިވާސް ކިޔާ ކަށީގެ ޑޮކްޓަރެއް. ޓެރެވެންޑްރްގައި ތިބި އެންމެ މޮޅުކަށީގެ މީހުންގެ ތެރޭގައި ހިމެނޭމީހެއް

  13. ވިސްނާ

    މިއީވަރަށްބޮޑުކަމެއްހަމައެކަނި މައާފަށްއެދުމަކުން ނުފުދޭނެ މިއީ ބަލަންވީވަރަށް
    ނުބަލައި ފަރުވާކުޑަކަމުން ދިމާވިކަމެއް ވީމާ،ލިބުނުގެއްލުމުގެ ބަދަލުލިބެންވާނެ ކަމުގައި
    ދެކެން ފުރަތަމަ ގައުމުގެކަންކަން ރަގަޅުކޮށްފައި އެހެންގައުމެއްގެ ކަމެއްދެއްކުމަކީ ރަގަޅު
    ކަމެއް.

  14. ާއައިންތު

    އަސްލުވެސް ތީ ދާން ހެޔޮވާވަރުގެ ތަނެއް ނޫން . . . ވަރައް ފަރުވާކުޑަ ތަނެއް.

  15. ހެހޭ

    ކޮންމެ ތަނެއްގައިވެސް ހާދިސާއެއް ހިނގާފާނެ. ޖީޖީ ހޮސްޕިޓަލަށް ނުވަންނަން އެކަމަކު މިހާރު އެއީ ބާ އިމާރާތެއްނޫނެވެ. އިރެއްގައި ބާކޮށްހުރި މީގެ ދެތިން އަހަރުކުރިން.

  16. ފާތުމް

    އަަލުގަނޑުމެންގެ ގައުމުގެ ހޮސްޕިޓަލުން ހިދުމައް ރަނގަޅައް ދެވޭނަމަ ބޭރަށް ނުދާނެ.

  17. ނާނު

    އަހަރެމެން ބޭނުމެއް ނޫން އިންޑިއާ އައް ދާކައް.

  18. ޝާޝާ

    މި ރާއްޖޭގަ އެކަށީގެންވާ ފަރުވާއެއް ދެވެން ހުންނަނަމަ އިންޑިޔާއަށް ދާކައް ނުޖެހޭނެ.. ބޮލެއްގަ ރިއްސާލިޔަސް މި ޖެހެނީ އިންޑިޔާ އަށް ދާން..