އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބޭނުން ކުރަމުން ދަނީ ރާއްޖެއަށް ދީނީ މިނިވަންކަން ގެންނަން ކަމަށް އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ އެކްޓިން ލީޑަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ޕީޕީއެމްއާއި ޕީއެންސީ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި އަދުރޭ ވާހަކަ ދައްކަވަމުން ފުރަތަމަ ވެސް އިޝާރާތް ކުރެއްވި ކަމަކީ އދ.ގެ އާންމު މަޖިލީހުގެ ރައީސަކަށް ހަވާލުވެވަޑައިގަންނަވަން ޝާހިދު ކުރެއްވި ދަތުރުފުޅުގެ ތެރެއިން ނަޞާރާ ދީނުގެ ފައްޅިއަކަށް ކުރެއްވި ޒިޔާރަތަށެވެ.

އަދުރޭ ވިދާޅުވީ އެފަދަ އަމަލެއް ކުރައްވާފައިވާ ޝާހިދަށް ނިޝާން އިއްޒުއްދީން ވެރިޔާގެ ލަގަބު އެރުވީ ރާއްޖެ މި އޮތީ ތަފާތު ދީންތަކަށް ހުޅުވާލި ކަމުގެ މެސެޖް ދެއްވަން ކަމަށެވެ. "އަަޅުގަނޑަށް މީގެއިން ނެގުނު މެސެޖަކީ ދިވެހިރާއްޖެ މި އޮތީ މި ސަރުކާރުން ތަފާތު ދީންތަކަށް ހުޅުވާލައިފައޭ. އެ ކަން ރަސްމީކޮށް ރައީސް އިބްރާޙީމް މުހައްމަދު ސޯލިހް މި އިއުލާން ކުރެއްވީ." އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ، އދ.ގެ މަތީ މަގާމަށް ޝާހިދު ވަޑައިގަތީ އިންޑިއާގެ އެހީ މެދުވެރިކޮށް ކަމަށާއި އިންޑިއާއިން ބޭނުންވާ ގޮތަށް ދީނީ މިނިވަންކަން ބޭއްވުމަށް މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށެވެ.

"އަބްދުﷲ ޝާހިދު ލައްވާ އެ މީހުން އެ ކުރުވަނީ އެ މަސައްކަތް. އަބްދުﷲ ޝާހިދު އެ ބޭނުން ކުރަނީ ރާއްޖެއަށް ދީނީ މިނިވަންކަން ގެންނަން އެޖެންޓެއްގެ ގޮތުގައި. އަބްދުﷲ ޝާހިދު ބޭނުންކުރަނީ ރާއްޖެ އަޅުވެތި ކުރަން އެޖެންޓެއްގެ ގޮތުގައި." އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ އަބްދުﷲ ޝާހިދު މަޖިލީހުގެ މެންބަރުންނާއިއެކު ބޭއްވި ބައްދަލުވުމުގައި އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ މެންބަރުން ބައިވެރިވެވަޑައިނުގަތް ކަމަށް ޓަކައި ސެލިއުޓް ކުރައްވާ ކަމަށެވެ. "އަބްދުﷲ ޝާހިދު ބައިވެރިވާ ޖަލްސާއެއްގައި އެއްވެސް ދިވެހި ރައްޔިތަކު ބައިވެރިވާކަށް ނުޖެހޭ، އޭނާއާ އެއްވެސް މުއާމަލާތެއް ކުރާކަށް ނުޖެހޭ، އޭނާ އެ ހުރީ ގާނޫނު އަސާސީއާ ޚިލާފުވެފަ،" އަދުރޭ ވިދާޅުވިއެވެ.

އަބްދުﷲ ޝާހިދު ގާނޫނު އަސާސީއާ ޚިލާފުވެއްޖެ ކަމަށް އަދުރޭ ވިދާޅުވި ސަބަބަކީ ވަޒީރުގެ މަގާމުގައި ހުންނަވައިގެން އެހެން އެއްވެސް ވަޒީފާއެއް އަދާ ނުކުރެވޭނެ ކަމަށް ގާނޫނު އަސާސީގައި ބަޔާން ކޮށްފައި އޮތުމުންނެވެ.

"ދީނީ މިނިވަންކަން އޮންނާނެ ކަމަށް ވެފައިވާ ވައުދު ފުޅާ ދާއިރާއެއްގައި ފުއްުދުމުގެ އަލާމާތްތައް މި ފެންނަނީ. އަޅުގަނޑުމެންގެ ތެރޭގައި އޮތް ހަމަޖެހުމާއި އެކުވެރިކަން މި އޮންނަނީ މާތް ވެގެންވާ އިސްލާމް ދީނުގެ ސަބަބުން." އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ މި ސަރުކާރުން ކަމެއް އިސްލާހު ކުރަން ބޭނުންވާނަމަ ދެ ކަމެއް ކޮށްލުމުން ވާނެ ކަމަށެވެ. އެއް ކަމަކަށް ރައީސް ސޯލިހް މަގާމުން އިސްތިއުފާ ދެއްވުން ކަމަށް ވިދާޅުވިއެވެ. ދެވަނަ ކަމަކަށް ވިދާޅުވީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ސސ

  ދިވެހި ޤައުމުގެ މިއަދުގެ ހާލަތު :
  1. 2008 ގައި ބޭއްވުނު ރިޔާސީ އިންތިހާބުގައި ސިޔާސީ ޕާޓީ ( ޤަބީލާ ވެރިކަން ) ގެތެރެއިން އުފެދުނު ސަރުކާރާއި އެކު ދިވެހިރާއްޖެވަނީ އިގިރޭސި އިންޑީޔާގެ އަޅުވެތިކަމުގެ ތެރޭގައި ތާށިވެ މިނިވަންކަން ގެއްލިފައި !
  2. ދައުލަތް ހިންގަންތިބީވެސް ނަފުސާނީގޮތުން ބަލިކަށި ކޮންމެގޮތެއްވެސް ވަރިހަމަ ބޭރުގެ މާލީއެހީތެރިކަން ލިބުނީމާ ކޮންމެ ގޮތެއްވެސް ވަރިހަމަ ބަޔެއް !
  3. ދައުލަތް ހިންގަންތިބި މީހުން މިވަނީ ދައުލަތް ހިންގަން ބޭރުމީހުނާއި ހަވާލުކޮށްފައި ދިވެހިންގެ ތެރޭގައިވެސް ޤައުމުގެ ކަންކަން ހިންގޭވަރުގެ މީހުންތިއްބާވެސް !
  4. 2010 ގައި އައްޑޫއަތޮޅު އިންގީރޭސި އިންޑިޔާ ގެ މިލިޓްރީ ބޭސް ހަދަން އެވަނީ އެތަން ވިއްކާލާފައި !
  5. 2020!ގައި ހަނިމާދޫ ވަނި އިގިރޭސި އިންޑިޔާ މިލިޓްރީ ބޭސް ހަދަން ވިއްކާލާފައި !
  6. ޤައުމު މިވަނީ ޤައުމު އިސްލާހު ކުރާނެ ލީޑަރުން ތަކަކަށްބޭނުން ވެފައި !

  7
  1
 2. ތެދު

  ކެތަލިކް ނަސޯރާދީނުގެފައްޅިޔަކައްވަދެ އަޅުކަންކޮއްފަ މިތަނައްއައިސް ސްކޫލްތަކަށާތަންތަނައްގޮސް ހުރިހާބަޔަކާއެއްކޮންއުޅެންވާނޭބުނުމުން ހަނދާންވަނީ ސައުދީގެ ރައްބާނީއަލްމްވެރިޔާ ޝޭހްފައުޒާ ވިދާޅުވެފަވޭ އިސްލާދީން ނޫންދީންތަކައް އުޅެވެންޖެހޭނޭ ބުނެފިމީހާ ސަރީހަބަހު ކުފްރުވާނެކަމައް..ވައިޔަޒްބިﷲ ދެން ފައްޅިޔައްވަދެއަޅުކަންކުރީމަ....؟! ﷲއަށްބިރުވެތިވޭ ރައްޔިތުންވިސްނާ އައިސްދާނެ ކޯފާއައް.

  • އއ

   ރަނގަޅު، ތިޔަބުނާ އޯޑިޔޯގައި ސުވާލަކަށް ޖަވާބުދެއްވަމުން ޝައިޚް ޞާލިޙުލް ފައުޒާން ވިދާޅުވަނީ ހުރިހާ ދީންތަކަކަށް އުޅެވެންޖެހޭނެކަމަށް ބުނާމީހާގެ ބުނުމަކީ ކުފުރާއި އެތީޒަމްކަމަށް ނުވަތަ އިލްޙާދުކަމަށް. އެހެނަސް ޝަރުޢީ ޙުދޫދުގެ ތެރެއިން އެންމެހާ މީސްތަކުންނާ މުޢާމަލާތުކުރުމަކީ އޮންނަކަމެއްކަމަށް، ނަމަވެސް ހުރިހާ ދީންތަކަކަށް މުސްލިމަކު އުޅެވޭނެކަމަށް ބުނެފިނަމަ އެއީ ޞަރީޙަކުފުރުކަމާއި އަދި އިލްޙާދުކަމަަށް. ސަބަބަކީ الله ވަޙީކުރައްވާފައިވާކަމަށް (الله ގެ ޙަޟްރަތުގައި ދީނަކީ އިސްލާމްދީންކަން).

  • އއ

   މިތަނުގައި މިދައްކަނީ ހުރިހާދީނެއް އިސްލާމްދީނާ އެއްފަދަކުރުމުގެ ވާހަކަ، އަދި ހުރިހާ ދީނަކަށް އުޅެވޭނެޔޭ ބުނުމަކީވެސް އެފަދަ ބީދަޔަކުން މާނަނެގޭނެ ބުނުމެއް، އިސްލާމްކަން ގެއްލޭ ކަންތައްތަކުގެ ޝަރަޙަ މިދަރުސްގެ 6 ވަނަ ކެސެޓުގައި މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޝެއިޚް ޞާލިޙުލް ފައުޒާން ވިދާޅުވީ ހުރިހާ ދީނެއް އެއްފަދަ ކުރުމަށް ގޮވާލާމީހަކު ކުފުރުވާނެކަން އެއީ އެމީހާއަށް އިސްލާމްދީން ނޫން އެހެންދީންތަކަކީ ބާޠިލު މަންސޫޚުވެގެންވާ ދީންކަން އެނގޭހާ ހިނދަކު، އެހެނަސް މިކަން ނޭނގި އެހެން ބުނެފިމީހާ އެކުރެވުނީ ކުށެއްކަމާއި އެކަން އޭނާއަށް ބަޔާންކޮށްދެވޭނެކަން.

 3. ޢަހޫ

  ޥައްކަން ކުރުމަކީ ދީނީ މިނިވަންކަންތޯ. ޢަދުރޭމެން ގެ 2އަތްވެސް މިހާރުނުހުންނާނެ ދީނު ގެ ހުކުމް ތަންފީޒު ކޮއްފިއްޔާ.

  3
  4
  • ކަހޫ

   ވައްކަންކޮށްގެން އަތް މަދުވާނަމަ އަދުރޭގެ އެކަނިތައް އަތް މަދުވާނީ؟ މިވެރިކަމުގަ ތިބި ކިހާ ބައެއްގެ އަތް މަދުވާނެކަން ނޭނގޭތަ؟

 4. ބަދަންއަލީ

  ކަލޭދެން މާދީނީވެގެން ތިއުޅެނީ ކަލޭތީ ވަގެކޭ ދީންވެރިން ވައްކަންކުރޭތަ ޝާހިދު ނުދައްކާ ދީނީވާހަކައެއް ކަލޭދެން ހަމަ ޖޭވަނީދޯ ޝާހިދު އދ ގެ ރައީސްކަން ކުރާތީ ކަލޭދެން ކީއްކުރާނީ ކަލޭގެ ފެންވަރަކީ ވަގެއްގެ ފެންވަރުވިއްޔާ

  1
  1
  • ބަދަންކައިބަލަ

   ބަދަން އަލީމެންނަށް ވަރިހަމަވާނެ ޝާހިދު ފައްޅިއަށް ވަދެ އެންމެ އިސް ފާދިރީންގެ ޕްރެޔަރސްގަ ބައިވެރިވިއަސް. ފެންކަމަށް ހަދައިގެން ފާޅުގަ އެއްޗެއް ބޯން އިންނަ ފޮޓޯއެއް ފެނުނަސް އެއީ ކޮން އެއްޗެއްތޯ ބަލާލާނަމޭ ހިތައް އަރައިގެން ވާނުވާ ބަލައިލި ނަމަވެސް ބުނާނީ ހަމަ ތިހެން ދީނެކޭ ނުކިޔައޭ. ދީނަށް ކޮންމެ ގޮތެއް ހެދިއަސް ކަލޭމެން ކަހަލަ މީހުންނަށް ވާވެސް ކަމެއް ނޫން އެއީ.

 5. ގޮވާ

  ތަފާތު ފިކުރުތަކުގެ މީހުންނާއެކު އުޅެން ދަސްކުރަން އެ ގޮވާލަނީ އެމީހުންގެ އަސްލު ފިކުރު މިގައުމުގައި ފާޅުކުރަންވާއިރަށް އެހެން މީހުން އެކަމަށް ހާނުވައި އެއީ ޖާގަދެވެންވާނެ ކަންކަން ކަން ބުނެދޭންވެގެން. އެމީހުންގެ ތެރޭ ތިބި ރާބޯ މީހުންނާ އެއްޖިންސުން ގުޅުން ހިންގަން ބޭނުންވާ މީހުންނާ މި ދީނަށް އުޅެން ބޭނުންނުވާ މީހުން މިގައުމުގައި އެކަންކަމައިގެން ފާޅުގަ ނިކުތަސް އެމީހުން ބަލައިގަންނަންވާނެ ކަމަށް ކުރީބައިގަ އެ ކިޔައިދެނީ.