އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ހުންނެވީ ގާނޫނުއަސާސީ ސަސްޕެންޑް ކުރައްވައިގެން ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާއީލް (އިބްރާ) ވިދާޅުވެއްޖެއެވެ.

އިބްރާ އިއްޔެ ކުރެއްވި ޓްވީޓެއްގައި ލިޔުއްވާފައިވަނީ "ރައީސް ސޯލިހް މިއަދު އެ ހުންނެވީ ގާނޫނުއަސާސީ ސަސްޕެންޑް ކުރައްވައިގެން" ކަމަށެވެ.

އިބްރާ މިހެން ވިދާޅުވި ސަބަބެއް ޓްވީޓްގައި ފާހަގަ ކުރައްވާފައި ނެތް ނަމަވެސް، އެ އިޝާރާތް ކުރެއްވީ ވަޒީރުގެ މަގާމުގައި ހުންނަވައިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމު ވެސް ފުރުއްވަމުން ގެންދެވުމަށް ކަމަށް ބެލެވެއެވެ.

ގާނޫނުއަސާސީގައި ބަޔާން ކޮށްފައި އޮންނަ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ވަޒީރުންގެ މަޖިލީހުގެ ވަޒީރަކު އެ މަގާމުގައި ހުންނަވައިގެން އިތުރު އެއްވެސް ވަޒީފާއެއް އަދައެއް ނުކުރެވޭނެއެވެ.

އެހެންވެ ފޮރިން މިނިސްޓަރުގެ މަގާމު ފުރުއްވަމުން ޝާހިދަށް އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމު ނުފުރެއްވޭނެ ކަމަށް ގާނޫނީ ގިނަ ބޭފުޅުން ވިދާޅުވެއެވެ.

އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ ވެސް މި ކަމާ ދެކޮޅުކަން ވަނީ ހާމަކޮށްފައެވެ. ރޭގެ ވަގުތުގައި ޝާހިދުގެ ގެކޮޅު ކައިރީ ބައެއް ދިވެހި ރައްޔިތުން އެ ކަމާ ދެކޮޅަށް މުޒާހަރާ ވެސް ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ފަރުދާ

    އެއްވެސް ބޭފުޅަކަށް ޤާނޫނު އަސާސީއާ ޚިލާފަށް ޢަމަލެއް ނުކުރެވޭނެއެވެ. ޤާނޫނު އަސާސީގެ އެއް މާއްދާ އަށް ޢަމަލުކޮށްފަ އަނެއް މާއްދާއަށް ޢަމަލު ނުކުރުމަކީ އެންމެ ބޮޑު ޖަރީމާ! ސުވާލަކީ ދިވެހިރާއްޖޭގެ ރޫލް އޮފް ލޯއާ ޚިލާފަށް ޢަމަލު ކުރަމުންދާއިރު، ރައްޔިތުން ބައިތުލްމާލުން މުސާރަދީ އުފައްދާފައިވާ މުއައްސަސާތައް ކޮބައިތޯއެވެ؟

  2. އިބްރީމް މުހައްމުދު ސޯލިހާ

    ގާނޫނު ނޭގޭ މީހަކު ކޮންމެ ފަދަކަމެއްވެސް ކޮށްފާނެ

    10
  3. އަބްދޫ

    ގާނޫނުއަސާސީ ނެތް ނަމަ ރައީދސުލްޖުމްހޫރިއްޔާގެ މަގާމް އޮންނާނީ އުވިފަ.އެމަގާމެއް ނޯންނާނެ އެމަގާމަކު މީހަކުވެސް ނުހުންނާނެ. ގާނޫނުއަސަސީގަވާގޮތަށް އަމަލުކުރަމުން ނުދާނަމަ ރައީސް މަގާމުން ދުރުކުރުމުގެ މަސައްކަތް މަތިކޮށްފަ ވަނީ ރައްޔިތުންގެ މަޖިލީހާއި . ރައްޔިތުންގެ މަޖިލީހުން އެކަމަށް އަމަލު ނުކޮށްފިނަމަ ގާނޫނުއަސަސީގަ ބުނަނީ ބާރުތައްވަނީ ރައްޔިތުންގެ ކިބައިގައވެއް އެބާރުތައް ދެމިއޮންނާނީވެސް ރައްޔިތުންގެ ކިބައިގާ ކަމުގާ . ވީމާ މަޖިލީހަށް ދީފައިވާ ބާރު ރައްޔިތުން އަތުލުމަށްފަހު ޑިކްޓެޓަރު އަޒުލުކުރަންވާނެ،

  4. ލލ

    މީގެ ކުރީގައި ވެސް އދ އާންމު މަޖިލިސްގެ ރައީސުކަން ކޮށްފައިވަނީ ޤައުމުތަކުގެ ފޮރިން މިނިސްޓާރ ކަން ކޮށްފައިވާ މަޤާމުން ވަކިވެ ވަޑައިގެންފައިވާ ބޭފުޅުން ސީދާ އެއްވެސް ޤައުމެއްގެ ފޮރިން މިނިސްޓާރ އދ ގެރައީސުގެ މަޤާމެއް ނުފުރުއްވާ !

  5. އަރީފް

    ނުކިޔަވާ ސަންގޯރަކަށް ކޮން ގާނޫނު އަސާސީއެއް އެނެގޭނީ. އެމްޑިޕީއަށް އިބުރާމެން ތިޔަ ވައްދާގެން އުޅުނީ ލާދީނީ ބައިގަނޑެކެ! ދީނެއް މިއްލަތެއް ނެތް. ދެން ކޮން ޑިމޮކްރެސީއެއް، ކޮން ގާނޫނެއް އޮންނާނީ. ދެން ތި ބެއްޔާގަނޑު އޮވެ މުސްކުޅިވެ ބަލިވެ އެނދުތަންމަތިވީމަ ތާހިރު ވާހަކަ ދައްކަން އުުޅުނަސް ވާނީ ނުތާހިރު. މީ ތާހިރުދިރިއުޅުން ގެނެސް ދެން ބުނި ނުތާހިރު ސަރުކާރު، އޭގައި އޮންނާނީވެސް މުޑުދާރު ނަޖިސް