އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ގިނަ މަސައްކަތްތަކެއް ކުރުމަށް ރޭވިފައިވާ ކަމަށާއި އެންމެ ބޮޑު އެއް އަމާޒަކީ 2022 ގެ ނިޔަލަށް ދުނިޔޭގެ އެންމެނަށް ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިން ދިނުން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޝާހިދު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެރުއްވި ޖާފަތުގައި ބައިވެރިވެވަޑައިގެން ޝާހިދު ވަނީ އދ. ގައި ކުރަން ހުރި ބައެއް މަސައްކަތްތައް ހާމަކުރައްވައިފައެވެ.

އަހަރު ދުވަހުގެ ދައުރަކަށް އދ. އާންމު މަޖިލީހުގެ ރިޔާސަތު އޮންނައިރު، ޝާހިދުގެ ދައުރުގެ ތެރޭގައި އެންމެ ބޮޑު ކަމަކަށް އޮންނާނީ ވެކްސިންއާ ގުޅޭ ގޮތުން އަންނަ އަހަރުގެ ކުރީކޮޅު ބާއްވާ ބައްދަލުވުމެއް ކަން ޝާހިދު ފާހަގަ ކުރެއްވިއެވެ.

"އެ ބައްދަލުވުމުގެ މަގްސަދުގައި 2022 ވަނަ އަހަރުގެ ނިޔަލަށް ދުނިޔޭގެ އެންމެނަށް ވެކްސިން ދިނުން. މިއީ ކުރެވޭނެ ކަމެއް، ނުވާނެ ކަމެއް ނޫން، ބޭނުން ވަނީ އެ ގޮތަށް ދުނިޔޭގެ ވެރިން މަސައްކަތް ކުރުން،" ޝާހިދު ވިދާޅުވިއެވެ.

ރާއްޖެއަކީ މުސޫމީ ބަދަލުތަކުގެ އަސަރުގެ އެންމެ ބޮޑު އަޑު ކަމުގައި ވިދާޅުވެ ޝާޙިދު ވަނީ ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތަކާ ގުޅޭ ގޮތުން ދެ ބައްދަލުވުމެއް ވެސް ބާއްވާނެ ކަމަށް ވިދާޅުވެފައެވެ.

"މި އަހަރުގެ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހު ބާއްވާ ބައްދަލުވުމަކާއި މި އަންނަ އަހަރުގެ ޖުލައި މަހުގެ ފަހުކޮޅު ބާއްވާނެ ބައްދަލުވުމެއް. މިއީ އަޅުގަނޑުގެ ރިޔާސަތުގައި ކުރަން ގަސްތު ކޮށްފައިވާ ބައެއް ކަންކަން،" ޝާހިދު ވިދާޅުވިއެވެ.

"މިއިން ކޮންމެ ބައްދަލުވުމެއްގައި ވެސް ރާއްޖޭގެ އެންމެ މަތީ ވެރިޔާ އަޑުފުޅު އިއްވައިދެއްވުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް." ރައީސް ސޯލިހް އެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަންނަވަން ދައުވަތު އަރުވަމުން ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ އދ. ގެ އާންމު މަޖިލީހުގައި އެންމެ ފަހުން ރައީސް ތަގުރީރު ދެއްވި ވަގުތުކޮޅަކީ އދ. ގެ ރިޔާސަތުގައި އިންނެވިއިރު ލިބުނު އެންމެ ފަޚުރުވެރި ވަގުތުކޮޅު ކަމަށެވެ.

"ހިތަށް އެރީ، އަބްދުﷲ ޝާހިދުއޭ، ނިކަން ދެކިބަލާށޭ، އިއްތިފާގުން ވީ ގޮތް، ދިވެހި ބަހުން ދިވެހި ދައުލަތުގެ އެންމެ މަތީ ވެރިޔާ ދުނިޔެއާ މި މުޚާތަބު ކުރަނީއޭ، އދ. ގެ އެ މަޖިލީހުގެ ރިޔާސަތުގައި އިނީ ދިވެއްސެކޭ، އެ ދުވަހަކީ އދ. ގެ މެންބަރަކަށް ރާއްޖެ ވިތާ 56 އަހަރު ފުރުނު ދުވަހޭ،" ޝާހިދު ވިދާޅުވިއެވެ.

އދ. ގައި ދިވެހިންނަށް އެހާ ބޮޑު ކާމިޔާބީއެއް ލިބުނު ސަބަބަކީ ރައީސް ސޯލިހްގެ ޚާރިޖީ ސިޔާސަތުތަކުގެ ވަރުގަދަ ކަމާއި ދުނިޔެއާ ގުޅުން ބަދަހި ކުރުމަށް އެމަނިކުފާނުގެ ވެރިކަމުގައި ކުރަމުންދާ މަސައްކަތުގެ ނަތީޖާ ކަމަށް އެ ހަފުލާގައި ވެސް ޝާހިދު އެކި ފަހަރު މަތިން ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. Anonymous

  ބަލަގަ މިހިރަ މީހާ. ކަލޭތީބއިންސާނުންގެ އަށިގަނޑުގެ މައްޗަށް ބާރު ހިންގަން ލާފަ ހުރިމީހާތަ؟ ވެކްސިން ޖަހަން ބޭނުންވާ މީހަކު ޖަހަންވީ. ކަލޭނުޖެހޭނެ ވެކްސިން ޖަހަން މަޖުބޫރު ކުރުވާކަށް.

  21
 2. Anonymous

  އިންސާނީ ހައްގެއް އެމީހާ އެދޭނަމަ ބޭސްފަރުވާ ލިބިގަތުމަކީ. ގަދަކަމުން މަޖުބޫރުން ތި އެއްޗެއް ތި ޖައްސުވަނީ ތީގައި ގޯހެއްވާތީ. ވަކިދީނަކަށް އުޅެން މަޖްބޫރު ނުކުރައްވާ ﷲ ތއާލާވެސް. އެއީ އެމީހާ އަމިއްލަ ނަފުސާ ހިސާބުގައި އެކަންވާހާ ހިނދަކު. އެކަމަކުބއަހަރެމެން ގަޔަށް ޒާތްޒާތުގެ ވިހަ މިފޮނުވަނީ މަޖުބޫރުން.

 3. އަލީމޫސާ

  ހިތްތިރިކޮށްލައްވާ. އިންސާނާ އަށް ކަންކަމުގެއި މަގުފަހިވަނީ އިމްތިހާނަކަށް.

  11
  1
 4. Anonymous

  ބަލަ ދިވެހި ގައުމުގެޢައްދާރު ދުނިޔޭގެ ސިއްހްތު ޖަމުއިއްޔާ އޮވޭ ކަލޭތިއުޅެނީޢޕޅިގެން ޢައްދާރު

 5. ހެހެބީފާނު

  އެއީ ޔޫއެންގެ ޖަލްސާގެ ރައީސްކަމާއި 1 އަހަރަށް ހަވާލުވެ ހުރި މީހެއްގެ ބާރު ހިނގާ ކަމެއް ނޫން. މީނާ މިއުޅެނީ ދިވެހީން މޮޔަހައްދަން ކަމަށް

 6. މަ ބުނީ

  ވެކްސިން ހުރިހާ ގައުމަކަށް ފޯރު ކޮށްދެވިދާނެ. އެކަމަކު ވެކްސިން ޖަހަން ހުރި މީހެއް ނޫނީ ނުޖަހާނެ ހަމަ.

 7. ޕީޗެސް

  ރާއްޖޭގެ ފޮރިންގް މިނިސްޓަރު ކަމުގައި ޝާހިދު ހުރެގެން ރާއްޖެ އާއި އަރަބި އަދި އޭޝިއާގެ މުއްސަނދި ގައުމު ތަކާއި މެދު އޮތް ބައިލެޓްރަލް ކަނެކްޝަން އަޕަރ ސްޓްރީމް އަށް ގެންދަން އެމެންނަށް ނޭގެއޭ ގަތަރު އަދި ކުވޭތު އަދި ބުރުނާއީ ގެ އެމްބަސީ ތައް ހުޅުމާލޭގައި ހުރި ނަމަ މަމެންނަށް ޔަގީނޭ އެގައުމު ތަކުގެ އިންވެސްޓްމެންޓް އަންނާނެ ކަން ރާއްޖެއަށް އައި ގޮޓް ނަތިންގް ފްރޮމް ދިސް ޖީވަނޭ އައި ގޮޓް ނަތިންގް ފްރޮމް ދިސް ގަމާރު ސަރުކާރު ޔޭއް ދެޓްސް އިޓް އެން އައި ސީ ޔޫ ލޫޓިންގް ސްޓޭޓް ފަންޑް އެން އެންޖޯއިންގް އައި ގޮޓް ނަތިންގް ފްރޮމް ދިސް ކޮރަޕްޓް ޖީވަނޭ އައި ގޮޓް ނަތިންގް ފްރޮމް ދިސް ގަމާރު ދަހިންނަވަރޭ ޔޭއް ދެޓްސް އިޓް އައި ގޮޓް ނަތިންގް ފްރޮމް ދިސް ޖީވަނޭ އައި ގޮޓް ނަތިންގް ފްރޮމް ދިސް ގަމާރު ދަހިންނަވަރޭ ޔޭއް ދެޓްސް އިޓް...

 8. Anonymous

  ކަލޭ މޮޅިއްޔާ 2022 ގެ ކުރިން މިދިވެހި 3 ލައްކަ މީހުން ގަޔައް ތިޔަޖަހާބަލަ އޭރައް ބުނާނަން ތިޔައީ މޮޅު މީހެކޭ.

  2
  1
 9. ހަސަން

  މިއީ ކާކުތަ؟ ދިވެހިރާއްޖޭ އިންޑިއާއަށްވިއްކާލުމުގައި އެއްމެބޮޑު ރޯލެއްެއަދާކުރި މައި ވަގު!