އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖަށް ކަނޑައެޅި މިންވަރު ބޮޑުވެގެން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި ޝަކުވާ ނުކުރައްވާ ކަމަށް ޖޭޕީން ބުނެފިއެވެ.

ގާސިމް، ރައީސް ސޯލިހަށް ޝަކުވާ ދަންނަވާފައިވާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ދޮގުކޮށް އެޕާޓީގެ އިސްތަރުޖަމާނު އަލީ ސާލިހު ވިދާޅުވީ، އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ މައްސަލައިގައި ޖޭޕީގެ ލީޑަރުގެ ކަންބޮޑުވުމެއް ނެތް ކަމަށެވެ. އަދި ރައީސް ސޯލިހުގެ އަރިހުގައި ޝަކުވާއެއް ވެސް ކުރައްވާފައި ނުވާ ކަމަށެވެ. އެހެންކަމުން ފެތަރަމުން އަންނަ ވާހަކަތަކަކީ އެއީ ދޮގުވާހަކަތަކެއް ކަމަށް އަލީ ސާލިހް ވަނީ ވިދާޅުވެފައެވެ.

އަލީ ސާލިހް ވަނީ ސިޔާސީ ބޭނުމަށްޓަކައި ބުހުތާނު ދޮގު ހަބަރު ފެތުރުން ހުއްޓާލަންޖެހޭ ކަމަށް ވިދާޅުވެފައެވެ.

"މިއީ ރައްޔިތުންގެ ތެރޭގައި ގާސިމް އިބްރާހިމަށް ފަހަކަށް އައިސް އިތުރުވަމުންދާ ލޯތްބާއި އިހުތިރާމްފެނި ހަޖަމް ނުވެގެން ލިޔެފައިވާ ލިޔުމެއް ކަމީ އެއްވެސް ޝައްކެއް ނެތް ކަމެއް" އަލީ ސާލިހު ވިދާޅުވިއެވެ.

އަލީ ސާލިހު އިތުރަށް ވިދާޅުވީ، އެފަދަ ގޮތަކަށް ލިޔެފައިވާ ހަބަރާއި ގުޅިގެން ޖޭޕީގެ ބަހެއް ނުވަތަ ގާސިމްގެ ބަހެއް ހޯދަން ނޫސްވެރިޔާ ގުޅާފައި ވެސް ނުވާ ކަމަށާއި އެކަން އެގޮތަށް ދިއުމުން އެނގިގެން ދަނީ އެއީ ވަކި އަމާޒަކަށް މީހުން އަނބުރާލުމަށް ނޫސްވެރިޔާ ކޮށްފައި އިން ކަމެއް ކަމަށެވެ.

އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖުގެ ގޮތުގައި 7،000 ރުފިޔާ ކަނޑައެޅުމަށްފަހު އެކަން ތަންފީޒުކުރުމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަށް ވަނީ ލަފާ ދީފައެވެ. އެ ލަފާގައި ޓޫރިޒަމް ދާއިރާގެ އެންމެ ދަށް މުސާރައިގެ ގޮތުގައި 10،000 ވަނީ ކަނޑައަޅަން ލަފާދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ލުބާ

    ކޮސް ކޮއްފި އިނގޭ.. ރައްޔިތުންގެ މެދުގައި ލޯބި ހަމަ އުތުރިއރާވަރުން ކެތް ނުވެގެން އެ އުޅެނީ.. އެހެންނުވާނީ ބޮޑު މުސާރަ ކައިފަ ހާޟިރުނުވާ މީހެއްތީ.

  2. ހުސޭނުބޭ

    އެހެންވިއްޔާ ދެން ސާވިސްޗާޖް އެއީ ލިބޭނެ އެއްޗެއްނޫން! އަތުން އުނިވާބައި އަނެއްކޮޅުން ނަގާނެ!

    1
    1
  3. ހިބަރު ވަދު

    ޝަކޮވާ ދަންނަވާ ވަރެއް އަދިނުވޭ މިނިމަމް ވޭޖަށް-/10000ރ ދޭންބުނި ކޯލިޝަން ސަރުކާރުން.

  4. މުފައްކިރު.

    ޢެންމެ ކުޑަ އުޖޫރައަކީ ދެވޭ މުސާރަ ނަމަ އެއީ ބަދަލެއް. މުޠުލަގަށް މުސާރަ ދިހަހާސް ރުފިޔާ ދޭންޖެހޭނެ ކަމަށް ނުބުނާހާ ހިނދަކު އެންމެ ކުޑަ އުޖޫރަ މާނަ ކުރާނީ ވަޒީފާ އަދާކުރުމުން މަހަކު ލިބޭ ޢަދަދު ދިހަހާސް ރުފިޔާ ކަމަށް.

    1
    1
  5. ޒަހީނޫ

    އަދިވެސް ހަމަ މުސާރަވެސް ނުދޭ ކީކޭބުނާނީދޯ

  6. ކަލޯގަޔާ

    އަހަރެމެންގެ މުސްކުޅި ކާބަފައިންވެސްބުނޭ އަޑެއްކިއްޔާ ރެދެއްލާނެޔޭ ވީމާތިސަކުވާއަކީ ކޮންމެވެސް ވަރަކައްކު ރެވިފައިވާ ސަކިވާއެއްކަމައް ބުރައްބުރަވެވެނީ

  7. ޢަލިބެ

    ޝަކުވާ ކުރިއަސް ނުކުރިއަސް ބަރާބަރަށް މުސާރަ ނުދޭނެ. މިހާރުވެސް ނުދޭ.

  8. އަހްމަދު

    ޢަލީސޯލިހް ތިވިދާޅުވާ ލޯތްބާ އިހްތިރާމަކީ ރިސޯޓުތަކުގެމުއައްޒިފުންނާމެދު ކަންކުރެއްވިގޮތުން އިތުރުވި ލޯތްބަކާ އިހްތިރާމެއްތޯ