މާލޭ ފްލެޓް ސަރަހައްދުގައި ހިންގި ފްލޫ ކްލިނިކް ކައިރީ ޕާކް ކޮށްފައި އޮތް ޕިކަޕެއްގައި ރޯވެއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ޕިކަޕްގައި އަލިފާން ރޯވާން މެދުވެރިވި ސަބަބެއް ނޭނގޭ ކަމަށެވެ.

އަލިފާނުގެ ހާދިސާގެ ރިޕޯޓް ކޮށްފައި ވަނީ 08:49 ކަންހާއިރުއެވެ. އަލިފާނުގެ ހާދިސާގައި ޕިކަޕަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފައެވެ.

މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.