ދިވެހިންގެ މެދުގައި އެންމެ މަގުބޫލް ވެބްސައިޓްގެ މަގާމު މިހާރު ވެސް ދަމަހައްޓަމުން އަންނަ ރާއްޖޭގެ ވެބްސައިޓް ކަމަށްވާ "ވަގުތު" އިން އަނެއްކާވެސް ވެބްސައިޓްތަކުގެ ރޭންކިންގައި ބޮޑު ކާމިޔާބެއް ހޯދައިފިއެވެ. "ވަގުތު" އިން ހޯދި ކާމިޔާބަކީ ބޭރުގެ ވެބްސައިޓްތައް ހިމަނައިގެން ދިވެހިން ހަވަނައަށް އެންމެ ގިނައިން ޒިޔާރަތް ކުރާ ވެބްސައިޓްގެ މަގާމު "ވަގުތު" އިން ހޯދުމެވެ.

ވެބްސައިޓްތައް ރޭންކް ކުރާ އެމެރިކާގެ ސިމިލާ ވެބް އިން އާއްމު ކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ކުރިން އަށް ވަނައިގައި އޮތް މިހާރު ނޫސް ވަނީ ދިހަވަނަ އަށް ވެއްޓިފައެވެ. ސަން އޮންލައިން 12 ވަނައިގައި އޮތްއިރު އަވަސް އޮތީ 14 ވަނައިގައެވެ. ދެން އޮންލައިން 39 ވަނައިގައި އޮތްއިިރު ދިޔަރެސް ނޫސް ވަނީ 42 ވަނަ އަށް ޖެހިލާފައެވެ. ސީއެންއެމް އަށް 43 ވަނައިގައި އޮތްއިރު ރާއްޖެ އެމްވީ އޮތީ 61 ވަނައިގައެވެ. އަދަދު ނޫސް އޮތީ 64 ވަނައިގައެވެ. ވަން އޮންލައިން 65 ވަނައިގައި އޮތްއިރު ދަ ޕްރެސް އޮތީ 81 ވަނައިގައެވެ. ދުވަސް އެމްވީ އޮތީ 141 ވަނައިގައެވެ.

އެންމެ ގިނަ މީހުން ވަނަ ރާއްޖޭގެ ވެބްސައިޓްގެ މަގާމު ދަމަހައްޓަމުން އަންނަ "ވަގުތު" އަށް ދުވާލަކު ދޮޅުލައްކައަށްވުރެ ގިނަ ގިނަ މީހުން ޒިޔާރަތް ކުރެއެވެ.

އެންމެ އަވަހަށް ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ ޚަބަރުތައް ކިޔުންތެރިންނާއި ހަމައަށް ގެނެސްދިނުމުގައި ކިޔުންތެރިންގެ އިތުބާރު ހޯދާފައިވާ "ވަގުތު" އަކީ ވިޔަފާރިންގެ މެދުގައި ވެސް މަގުބޫލް ވެބްސައިޓެކެވެ. ވިޔަފާރިވެރިންގެ ތަފާތު އުފެއްދުންތަކާއި ބެހޭ މައުލޫމާތުތައް ކަސްޓަމަރުންނާއި ހަމައަށް ގެނެސްދީ، ވިޔަފާރިތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްދިނުމުގައި "ވަގުތު" އަކީ ރަނގަޅު ބައިވެރިއެއްކަން ވަނީ ސާބިތުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މުހައްމަދު

    ވަގުތު ނޫސްނޫނީ ދެން ހުރިހާ ނޫސްތަކަކީ ވަކިބައެއްގެ މުށުތެރޭ ފިތި އެބަޔަކަު ބޭނުންވާކުލަޔެއްޖެއްސުމަށްފަހު ލިޔާޚަބަރުތަކަށްވާތީ ހަމަކިޔަހިތްނުވަނީ. ވަރަށްފޫހި، އެމީހުނަށް ހުދު ކުލަވެސް ފެންނާނީ ކަޅުކުލަޔަށް.

    3
    4
  2. މަރުހަބާ

    މަރުހަބާ! ވަގުތުގެ ހުރިހާ ކުދިން އަށް! އަޅުގަނޑުމެން ރައްޔިތުން ވަގުތު ބަލައިގެންފި

    24
    5
  3. ބަކުރު

    ވަގުތު ނޫހަކީ އަޅުގަނޑުމެންގެ އެންމެގާތް އެކުވެރިޔާ އަދި ދުނިޔެއާއި ރާއްޖޭގެ ހުރިހާހަބަރެއް އެންމެތާޒާ ކަމާއިއެކު ގެނެސްދޭ ނޫހެއް ވަގުތުނޫހަށް އަށްސަރިބަހާއި ސާބަސް އަރިޝްކުރަން ޝުކުރިއްޔާ ވަގުތުނޫހުގެ ހުރިހާ މުއަށްޒަފުންނަށް.

    4
    2
  4. މައިބަދަ

    ސާބަހޭ ވަގުތު އޮންލައިންގެ މައިބަދައަށް މަރްޙަބާ މަރްޙަބާ ފަށްފަށުން މަރްޙަބާ

    4
    2