މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ހ. ރަދުއާނިއާގެ ހަތަރު ވަނަ ފަންގިފިލާ އިން ދުން އަރާ ކަމުގެ މައުލޫމާތު ލިބިގެން ފަޔަ އެންޑް ރެސްކިއު ސާވިސް ޓީމުން ހަރަކާތްތެރިވި ކަމަށެވެ.

މިހާދިސާގައި މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

އަލިފާނުގެ ހާދިސާ ހިނގި ގެއަކީ މީގެ ދެ އަހަރު ކުރިން ހެންވޭރު އަބަދަށްފެހި މަގުގައި ހިނގި ނުރައްކާތެރި، ބޮޑު އަލިފާނުގެ ހާދިސާ އަށް ފަހު، ފަޅަށް ހުރި ގެއެކެވެ..

ރަދުއާނިއާގޭގެ ހަތަރުވަނަ ބުރިން ދުން އަރާކަމުގެ މައުލޫމާތު ލިބިގެން މިއަދު ހަވީރު ސިފައިންގެ ފަޔާ ޓީމުން ގޮސް ބެލިއިރު އެ ގޭގައި ރޯވީ ކުނިތަކެއްގައި ކަަމަށާއި އެ އަލިފާންގަނޑު ވަގުތުން ނިއްވައިލި ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

"އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ،" ސިފައިންގެ ތަރުޖަމާނު ވިދާޅުވި އެވެ.