އައްޑޫސިޓީ ހިތަދޫގައި ހަދާފައި ހުންނަ ކޮވިޑް ފެސިލިޓީގައި އޮތް އުމުރުން ދުވަސްވީ މީހަކު ބަނުމަށް އެތަނުން މަސައްކަތް ކޮށްފިއެވެ.

”ވަގުތު” އަށް މައުލޫމާތު ދެމުން އުމުރުން 85 އަހަރުގެ އެބަލި މީހާގެ ދަރިފުޅު ބުނީ، ބައްޕަ އެނދުމަތި ކޮށްފައިވަނީ މީގެ 13 ދުވަސް ކުރިން ކަމަށެވެ. އޭރު ވެސް ބައްޕައާއި އެކީ އާއިލާގެ އެހީތެރިއަކު ބަހައްޓައި ދިނުމަށާއި ބައްޕަގެ ހާލު އެމީހުންނަށް ކިޔައިދިން ކަމަށް އޭނާ ބުނިއެވެ.

“ބުނިން އާއިލާ މީހަކު ނެތި ބައްޕަ ނުކާނެއޭ. ބައްޕަ މެންޓަލީ އެހާ ފިޓެއް ނޫނޭ. އެތަނުގެ ހާލަތުފެނި ވެސް ބައްޕަ ސަކަރާތްވާނެ. އެހެންވެ އާއިލާއާއި ގުޅިގެން ބައްޕަގެ ފަރުވާގެ ކަންކަން ކުރުމަށް އެދުނީ. އެކަމަކު އެއްބާރުލުމެއް އެމީހުން ނުދޭ“ އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އޭނާ ބުނީ، ބައްޕަ މިހާރު ފެސިލިޓީގައި އޮންނަތާ 14 ދުވަސް ވެފައިވާ ކަމަށާއި މިއަދު ކުއްލިއަކަށް ހޮސްޕިޓަލުން ގުޅާފައި "ބައްޕަ ބަންނަން އާއިލާގެ ހުއްދަ ބޭނުންވެޔޭ" ބުނި ކަމަށެވެ. އެގޮތަށް ބުނުމުން އާއިލާއިން އެކަމާއި ދެކޮޅު ހެދި ކަމަށް އޭނާ ބުންޏެވެ.

"އެމީހުން އުޅެނީ ބައްޕަ އެތަނުގެ އެނދުމަތީ ބަނދެފައި ފަރުވާ ދޭން. އެގޮތެއް އަޅުގަނޑުމެން ބޭނުމެއް ނޫން" އޭނާ ބުންނެވެ.

އޭނާ ބުނީ، އެމީހުން ބައްޕަ ބަދެގެން ފަރުވާ ދޭން ބުނީ، މިއަދު އެތަނުގައި އޮތް މީހަކު ނިޔާވުމާއި ގުޅިގެން އެކަމުގެ ބިރު ބައްޕަގެ ހިތު ތެރޭގައި އުފެދި ގަދަ ހަދައި މާސްކު ނަގައި ނަމާދު ކުރަން ބުނެ ގެއަށް ފޮނުވާލަން އެދުމުން ކަމަށެވެ.

އޭގެ ފަހުން މިއަދު މެންދުރު ފަހުގެ ވަގުތެއްގައި އަނެއްކާ ވެސް ހޮސްޕިޓަލުގެ ނަރުހަކު އާއިލާއަށް ގުޅާފައި އެއްޗެއްގައި ސޮއިކޮށްލަން ބޭނުންވާ ކަމަށް ބުނި ކަމަށް އޭނާ ވަނީ ބުނެފައެވެ. އެގޮތުން ނަރުސް ކުއްޖާ ބުނުމުން އެއީ ކޯއްޗެއްތޯ ސުވާލުކޮށް އެތަނަށް ދިއުމުން އެނގުނީ އެއީ "ޔޫރިން" ހޮޅި ގުޅަން ހުއްދައަށް އެދޭ ފޯމު ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި އެ ފޯމުގައި ވެސް އާއިލާއިން ސޮއި ނުކުރާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

މިކަންކަން މިހެން ހިނގާފައިވާތީ ހޮސްޕިޓަލުގެ ޑޮކްޓަރަށާއި ފޯކަލް ޕޮއިންޓުގެ އިސްވެރިޔާއަށް ގުޅުއްވުމުން އެކަކު އަނެކެއްގެ ބޮލަށް އެކަން ޖަހާކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ. އަދި މިހާރު އެމައްސަލަ ކަމާއި ބެހޭ އިދާރާތަކަށް ހުށަހެޅުމުގެ ކަންކަން ކުރަމުން އަންނަ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ސޮއި

    އަައްޑޫ ހޮސްޕިޓަލްގައި މިހާރު ކުރާހާވެސް ކަމަކީ އިންޖެކްޝަން ޖެހުމާއި ސްކޭން ކުުރުން. ތަނެއް ދޮޮރެއް އިނގޭ ޑޮކްޓަރެއްނެތް.
    ސީއީއޯ އުޅެނީ ބަލިމީހުން ބަލަން ކްލިިނިކްތަކުގައި. އެސިސްޓެންޓް ސީއީއޯ އުޅެނީ އެހެން ކްލިނިކްތަކާއި ހޮސްޕިޓަލްތަކުގެ ލެބް ބެލެެހެެއްޓުމުގައި.

    15
    1
  2. Anonymous

    ހަސްފަތާލުތަކުގެ ހަކީމުން، ބަލިމީހާގެ ޙައްޤުތަކަށް މިގޮތަށް އަރާ ކަމަށް ވަނީ ނަމަ އެއީ ބޮޑު މައްސަލައެއް. ތަނުގެ ޤަދަރުވެއްޓި ޢާންމުން ގެ ރުޅިވެރިކަމާ ނަފްރަތު ލިބޭނޭ ކަމެއް. ވީމާ މައްސަލަ ބަލަން ކަމާބެހޭ އިދާރާތަކަށް ވަރަށް ހަރުއަޑުން އަޑަށް ބާރުލާ ހަޅޭލަވައިގަންނަން.

    14
  3. އަލިބެއްޔާ

    އައްޑޫ ހޮސްޕިޓަލުން ހުއްދައަށްވެސް އެދެފިތާ.. އައިޖީއެމްއެޗް ނަމަ މަރާލާނެ.. މާ މޮޅެތި ބައެއް..

    17
    3
  4. ކުއވެރިޔަ

    އަސީފާއިން އީވާއިން އެގްނެސްއިން ސަފިއްޔާއިން މރިޔަމުން ގޮސް ޝިދާތާއިން ގޮސް ދުންޔާއާ ހަމަޔަށް އެއަށް ފަހު ޚަދީޖާ އާމިނަތު އަށް ބަދަލުވި ގޮތް ލުއިސް ސޮލާއަހަރެމެންނަށް ބުނެދޭން ވެއްޖެ

  5. My Body My Choice

    ހެލް ދާއިރާ އަށް އެއްވެސް އިތުބާރެއް ނެތް . ހިތާމަކުރަން! އަދިތިޮއތް އެޗް ޕީ އޭއެކޯ

    2
    1
  6. އަހުމަދު

    ބަންނަން ޖެހޭ ހާލަތުވެސް އަންނާނެ. އާއިލާގެ ހުއްދަ އާއި އެކު ބަނުން އެއީ މައްސަލައެއް ނޫން. ކަންތައް ކޮށްފައި ތިއޮތީ ރަނގަޅަށް

  7. ރަން ރީނދޫ

    ސާބަހޭ. މި އޮތީ ވާ ސަރުކާރެއް. އެ ބޭ މަރު މަތީ ޝަހާދަތް ވެސް ކިޔުނަ ނުދޭތި. ޕަކާސް،ކޮބާ ވަގު ސިއްކަ.

  8. ނިޒާރު

    މިސަރުކާރުގެ ޙާލަތު، އިތުރު އެއްޗެއް ބުނާކަށް ނެތިން

  9. ވަރަށް ދެން

    މިއީ ދުނިޔޭގަ އަލަށް ކުރާ ކަމެއް ނޫން. އެހެންތަން ތާ ގަ ވެސް، އަދި ރާއްޖޭގަ ވެސް ފަރުވާ ދިނުމަށް ބަލިމީހާ ރީސްޓްރެއިން ކުރަން ޖެހިއްޖެ ޙާލަތުގަ އެކަން ކުރަމުން ދަނީ