ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ މިއަދު ހއ. އިހަވަންދޫއަށް ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުން މުޒާހަރާކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެރަށުގެ ރައްޔިތުންގެ މި މުޒާހަރާއަކީ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިނިވަން ކުރުމަށް ކުރިއަށް ގެންދިޔަ މުޒާހަރާއެކެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން އިހަވަންދޫ ކައުންސިލްގެ މެމްބަރު އަހުމަދު ރިލްވާން ވިދާޅުވީ، ހޯމް މިނިސްޓަރު އިހަވަންދޫ އަށް ވަޑައިގަތުމުން ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ގުޅިގެން އަޑުއުފުލައި މުޒާހަރާ ކޮށްފައިވާ ކަމަށެވެ.

"ރަށުގެ ރައްޔިތުން މުޒާހަރަކުރި. އަޑު އުފުލީ ރައީސް ޔާމީން މިނިވަން ކުރުމަށާއި އަދުލުވެރިކަމާއި އެކީ ހުކުމްތައް ނުހިނގާތީ އާއި ގެއްލުވާލާފައިވާ ނުވަތަ މަރުވެފައިވާ މީހުންގެ ތަހުގީގުތައް ނުނިމި ލަސްތަކެއް ވެގެންދާތީ" ރިލްވާން ވިދާޅުވިއެވެ.

އިހަވަންދޫގައި މިއަދު ކުރިއަށް ދިޔަ މުޒާހަރާގެ ތެރެއިން-- ފޮޓޯ: އިހވަންދޫ ކައުންސިލް

ރިލްވާން ވިދާޅުވީ، އެއީ ރަށުގެ ރައްޔިތުން ކުރިން ރާވައިގެން ކުރި މުޒާހަރާއެއް ނޫން ކަމަށާއި ރައްޔިތުންނަށް މިނިސްޓަރ އެރަށަށް ވަޑައިގަންނަވާކަން ކުރިން ނޭނގޭ ކަމަށެވެ. އެހެން ނަމަވެސް ކުޑަ ވަގުތުކޮޅެއް ތެރޭ މިނިސްޓަރ ރަށަށް ވަޑައިގަތްއިރު ބަނދަރުމަތީގައި ރައްޔިތުން މުޒާހަރާ ކުރި ކަމަށް ރިލްވާން ވިދާޅުވިއެވެ.

ރިލްވާން އިތުރަށް ވިދާޅުވީ، މިނިސްޓަރ ރަށަށް ވަޑައިގަތް ނަމަވެސް، ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ޝަކުވާތައް އަޑުނަހާ ކަމަށެވެ. އެހެން ކަމުން މިނިސްޓަރުގެ އެ ދަތުރުފުޅަކީ އެއީ "ޕިކްނިކް" ދަތުރެއް ކަމަށް ރިލްވާން ތުހުމަތު ކުރެއްވިއެވެ.

"ރައްޔިތުންގެ އެއްވެސް ޝަކުވާއެއް މިނިސްޓަރ އަޑު ނާއްސަވާ. މުޒާހަރާއާއި ގުޅިގެން ކައުންސިލާއި ބައްދަލުކުރުމުން އަޅުގަނޑުމެން ދެންނެވިން ޕޮލިސް ސްޓޭޝަންގެ ވާހަކަވެސް. އެތަން އަޅަން އެންމެ ރަނގަޅު ދިމާލަކީ ރައްޔިތުން އެދޭ ގޮތަށް ބަނދަރު ސަރަހައްދުކަން" ރިލްވާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ފައިބާ

    ބޭރި އަރާހެންދޯ ތަންތަނައް މިއަރަނީ

    28
    1
  2. ކިންގް

    އޭނާރަނގަޅީ ދޮގުހައި ވެރިކަމުގެ ދަހިވެތިކަމުގައި ހުރުން އިންސާފުން ކަންކަން ކުރާމީހެއްނޫން

  3. އ. ޖ. އ

    އިމްރާމް އަކީ ކޮން އެއްޗެއް؟

  4. ޑައެލޯގް

    އިމްރާންމެންކަހަލަ ދެފުށްކެހެރިނާހެދި މިގައުމު ހަލާކުވެއްޖެއެވެ.