ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރުގެ މެއި މަހުގެ 01 ވަނަ ދުވަހު އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގައި ފުލުހަކަށް ހަމަލާދިން ގޯލްކީޕަރު އިބްރާހިމް ލަބާން ޝަރީފަކީ ބަޠަލެއް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވުމުން އެކަމަނާ އަށް ގިނަ ބަޔަކު ފާޑުކިޔައިފިއެވެ.

ލަބާނަކީ ބަޠަލެއް ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވީ އިއްޔެ ކުރެއްވި ޓްވީޓެއްގައެވެ. ލަބާނަކީ ބަޠަލެއް ކަމަށް ވިދާޅުވެ މާރިޔާ ވިދާޅުވީ ޔާމީންގެ ވެރިކަމާއި ދެކޮޅަށް ކުރި ސުލްހަވެރި މުޒާހަރާގައި ލަބާން ބައިވެރިވުމުން އޭނާ އަށް އިއްވި ހުކުމަކީ ރަހުމުކުޑަ ހުކުމެއް ކަމަށެވެ.

މާރިޔާގެ ޓްވީޓާއި ގުޅިގެން އެކަމަނާ އަށް ފާޑުކިޔައި ޓްވީޓް ކުރި މީހަކު ބުނީ ފުލުހަކަށް "މަރުގެ ހަމަލާއެއް" ދިން މީހަކު ބަޠަލަކަށް ހަދަން މާރިޔާ ކިތައްމެ މަސައްކަތެއް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށެވެ. ލަބާނަކީ ބަޠަލެއްގެ ގޮތުގައި މާރިޔާ ސިފަ ކުރުމަކީ ލަދުވެތި ކަމެއް ކަމަށް ޓްވީޓް ކުރި މީހަކު ބުންޏެވެ.

އިތުރު މީހަކު ބުނީ ދިވެހި ސިފައިންނަކީ ފިނދަނަތަކެއް ކަމަށް މާރިޔާ ކުރިން ވިދާޅުވެފައިވާ ކަމަށާއި އެހެންކަމުން ފުލުހަކަށް ހަމަލާ ދިން މީހަކު ބަޠަލެއްގެ ގޮތުގައި މާރިޔާ ސިފަ ކުރެއްވުމުން ހައިރާން ނުވާކަމަށެވެ.

މޭޑޭ މުޒާހަރާގައި ފުލުހަކު ދުވެފައި ދަނިކޮށް ލަބާން ފުލުސް މީހާގެ ފަޔަށް ޓެކްލް ކޮށް ފުލުސް މީހާ ވައްޓާލިއެވެ. ފުލުސް މީހާ ވެއްޓުމާއިއެކު ފަހަތުން ދުވެފައި އައި އިދިކޮޅު ސަޕޯޓަރުން ފުލުސް މީހާއަށް ހަމަލާދީ ވަރަށް ބޮޑަށް އޭނާ ޒަހްމަކޮށްލިއެވެ.

ފާޑުކިޔުންތަކާއި ގުޅިގެން ލަބާން ކުރި ޓްވީޓެއްގައި ބުނީ އޭނާ އަށް ކުރެވިފައި އޮތް ކަމަށް ބަލާއިރު އޭނާ އަކީ ބަޠަލެއް ކަމަށް ގަބޫލުނުކުރާ ކަމަށެވެ. ޖަލު ހުކުމަކީ ވަރަށް ރަނގަޅު އިބުރަތެއް ކަމަށް ބުނެ ލަބާން ބުނީ މީހަކަށް އަނިޔާއެއް ދިނުމަކީ އޭނާގެ މަޤުޞަދެއް ނޫން ކަމަށެވެ.

ލަބާން ފުލުހަކަށް ހަމަލާ ދިން މައްސަލައިގައި ފަސް އަހަރަށް އޭނާ ޖަލަށް ލާން ހުކުމް ކުރިއެވެ. ނަމަވެސް ޖަލު ހުކުމުން ތިން އަހަރު ތަންފީޒު ކުރުމުން ޔާމީންގެ ސަރުކާރުން ވަނީ އޭނާ ޕެރޯލްގެ ދަށުން މިނިވަން ކޮށްފައެވެ.

ލަބާން މިނިވަން ކުރި ފަހުން އޭނާ އަންނަނީ ފުރަތަމަ ޑިވިޝަންގައި ފުޓްބޯޅަ ކުޅެމުންނެވެ. އޭގެ ފަހުން އޭނާ ގައުމީ ޓީމްގެ ސްކޮޑްގައި ވެސް ހިމެނުނެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

 1. މުހަންމަދު

  މި ގައުމުގެ މީހުން ތަރައްގީ ނުވެގެން މިއުޅެނީ މާރިޔާމެންކަހަލަ ދެ އަގައިގެ ވެރިންގެ އަދި ނާގާބިލް މީހުން މިތާގަ އުޅޭތީއެވެ.

  11
  1
 2. ހުސޭނުބޭ

  އަވަހަށް ތިސޮރަށް ދައުލަތުގެ އެންމެ މަތީ ޝަރަފު އަރުވާ! ހުސް މިކަހަލަ ހިކަނދި މި މީހުންގެ ތެރޭގައި މިތިބީ

  13
  1
 3. Anonymous

  މިކަހަލަ ވާނުވާ ނޭގޭ ލާދީނީ މީހުންނާއި ހެދި މި ގައުމު ހަލާކުވެގެން މިދަނީ

  13
 4. މޮރިލް

  މިޤްއުމަށް ޤްއްދާރުވި ޙާއިނުންނާ ބައިވެރި ވެގެންއުޅޭ މީހަކު // މިޤައުމުދުށް އެންމެ ބިރުވެރި 19 ދިވެހީން ޝައިދު ކޮށް މިމިބަށް އެލޭ އޮހޮރުވި 3 ނޮވެމްބަރ 1988 ) ބަޑި ބުރާސްފަތި ޖަރީމާގައި. ބަައިވެރިވި މީހުންގެ އާއިލާ މީހަކުގެ ބަސް ހުންނާނީ ތިހެން !!
  އުމަރު ޖަމާލު އެއީ ކާކުތޯ ! ޢެއީވެސް ހީރޯ އެއް ނޫންތޯ ؟؟

  10
 5. އައްޒަ

  ލަބާން އަށް ވިސްނި އެބަސް ބުނީތީ ރަގަޅު / ދިރިޢުމުމުގާ ތިމާއަށް ކުރެވޭތަޖްރިބާ ހެޔޮގޮތުގަ ހޯދާ ބޭނުންހިފާތި ))
  އެދުވަސް އެހެން ނުވިނަމަ ))

  33
 6. އާސިދާ

  މާރިއާ އެކަނިއެއްނޫން ތިހެން ވުނާނީ މިހާރު ގިނަބަޔަކު ބުނާނެ ތީ ބަތަލެކޭ އެއީ ފުލިހުން މީހުނައް ކުރާ އަނިޔާވެސް މަދެއްނޫން..

  8
  15
 7. ކުނޑި

  މާރިޔާއަށް ޤައުމީ ބަތަލުންވެސް ނޭގެއި މީހުންނަށް އަނިޔާދިީ، މީހުނަށް ފިދަނަތެކޭގޮވައި، ތަންތަންރޯކޮށް ޤައުމު އހެންޤައުމުތަކަށް ވިއްކާ ވަގުންނަކަށް އެގިނުލައްވާނެ ޤައުމީ ބަތަލުންނެއް

  31
  1
 8. މުޑުވައް

  ކަމަނާ ތިޔަފަދަ މަޤާމެއްގައި ހުރެ ތިޔަމޭރުމުން ވާހަކަ ދެއްކެވުމީ އަދާކުރާ މަސްއޫލިއްޔަތާއި ފުށުއަރާ ކަމެއް.

  33
  1
 9. ބަބޫ

  ގާނޫނު އަސާސީ މައްޗަށް ކޮޅަށްއަރާ ހުރި މީހަކަށް ކުއްވެރިން ވާނީ ބަތަލުންނަށް.

  32
  1
 10. އިންޑިއާ އައުޓް

  ޙާއިނުންގެ އަމާތީ ޤާނޫނުގައި ކޮޅުފައިން ޖަހާ ގައްދާރުން ނަށް ގޯސްކަންތައްކުރާމީހުން ރަނގަޅުވެފަ ރަނގަޅުކަތައްކުރާމީހުން ގޯސްވާނެ 19 ދިވެހީން ޝަހީދު ކޮށްލި ކެރަފާ އާއިލާގައިވެސް ތިބީހުސްބަޠަލުން ނޭބުނޭ ގާނޫގައި ކޮޅުފައިޖެހީވެސް ބަޠަލެއް ދޯ ލަދުހަޔާތްކުޑަ އަންހެނުންވެސްއުޅޭ އެކަމަކު މިރަންޑިމާ ހާހަޔާތްކުޑަ އަންހެނެތްމަނުދެކެން ތީއަންހެނުންނަށް ހުތުރުކަން ބޮޑުނަޖިހެއް މާތްﷲ މިލާދީނީންގެ ނިމުން ހިތިގޮތަކަށް އެމްޑީޕީގެ އެބައިގަނޑަށް ދައްކަވާށި އާމީން

 11. ކާޅު

  ވޯޓުން ވައްކަންކޮށް ވޯޓުކަރުދާސްތަ އަންދާލާފަ ތިމާއަށް ހަލާލު ނޫން ހަރާން މަޤާމެއްގައި ހުރެ ބޮޑު މުސާރައިގެގޮތު ހަރާންލާރި ތިމާގެ މުޅިއާއިލާއަށް ކާންދެވިދާނެ މިއަދު ރައްޔިތުން ބަލައިގަންނަ ފެންވަރެއް ތިމާގަޔަކުން ފެންނާކަށްނެތް މަބޮޑުވެފަ ލާދީނީވެފަ ތިބޭބައިގަނގެއް ބަލައިގަންނަ ރައްޔިތަކު ނޫ ޅޭ !

 12. ކާފަބޭ2020

  މިނިސްޓަރުމައިރިޔާތިޔަހާމަކޮށްދެއްވީ ޤައުމުގެޙާލަތުވެއްޓިފަވާ ދަށުދަރަޖައިގެމިންވަރު! ކޮންމެސިފައެއްގަނަމަވެސް ޤައުމު ޙިމާޔަތްކުރަންﷲގަންދީހުވާކޮށްގެންތިބިބަޔަކަށް އަނިޔާކުރުންއެއީ ފަޚުރެއްކަމުގައިތިޔަދެކެނީހަމަﷲގަންދީ ހުވާކޮށްގެންހުރި މީހެކެވެ. އެކުރިހުވާފައިދަށުލީމީހަކީ މިއަދު އާރާބާރުއޮތަސް އެބާރުވެރިކަންދެއްވެވިފަރާތާއި ކުރިމަތިލާ ޖަބާބުދާރީވާންނުޖެހޭނެކަމުގައިދެކެނީތޯ؟ ﷲއަށްބިރުވެތިވާށެވެ.

 13. ބަހާ ބެހޭ ބަހެއް

  އަޅުގަނޑު މާރިޔާއަށް ފާޑެއް ކިޔާލުމުގެ ކުރިން ބަހާ ބެހޭ އެއްޗެއް ދަންނަވައިލިޔަ ދެއްވާ!
  ބަޠަލަކީ ޢަރަބި ބަހުން ދިވެހި ބަހަށް އައި ބަހަކަށް ވީތީ މާނަ ދެނެގަތުމަށްޓަކާ ދާންޖެހެނީ ޢަރަބި ބަސްފޮތާ ދިމާލަށް. ޢަރަބި ބަސް ނޭނގޭތީ ދިވެހި ބަސްފޮތަށް އެނބުރުނިން.
  ރަދީފު ބުނެދިން ގޮތުގާ ބަޠަލަކީ ދީނާއި ޤައުމަށްޓަކައި ބޮޑެތި ޤުރުބާނީތަކެއް ވެފައިވާ މީހުން. ނުވަތަ ފިލްމާއި ތަމްސީލުތަކުގައި އެންމެ މުހިންމު ބައި ކުޅޭ މީހުން. މާރިޔާގެ ބުނުން މި ދެ މާނައިން އެއް މާނައަކަށް ވެސް ނުފެތުމަކީ ލަދުގަންނަން ޖެހޭ ސަބަބެއް.
  ޤައުމުގެ ދިފާޢީ ވަޒީރު ވާންޖެހޭނީ ދިވެހި ބަސް ވެސް ދިފާޢުކުރާ މީހަކަށް. ދިވެހި ބަހުން ބަސް ބުނެ އުޅޭ ގޮތްތައް ބަލާ އެ ގޮތުގާ ހިފުމަކީ ބަސް ކުރިއެރުވުމަށްޓަކާ ކުރާން އޮތް ކަމެއް. އެކަން ނުކުރިއްޔާ ބަނބުކޭލަށް ރޮށި މޭވާ ކިޔޭން ފަށާފާނެ ކަމަށް ދިވެހި ބަހުގެ އެދުރު ޖަމީލްދީދީ ވެސް ވިދާޅުވެފާ އެބަ އޮތް.

 14. އާސިދާ

  ކަމޯން މާރިއާ...ކީޕްއިޜްއަޕް...

  2
  21
 15. އަބުދުﷲ

  މީ ހަގީގީ ފެންވަރު.

  20
 16. ފެއްްސާއިރަތުން

  މިއީ އަނިޔާވެރިން ހީރޯއިން ނަށްވެ، ވަގުން ވެރިންނަށްވާ ޒަމާން! ސީދާ ހަގީގަތް އިނގޭ އިރުވެސް އެއީ ގަބޫލުކުރަން ބޭނުންވާ ގޮތް ކަމަށްް ނުވާތީ ހުކުމް ބަދަލުކުރަނީ…ވެރިންނަށްވެސް ތިބީ ހަމަ މާރިޔާ ބުނާކަހަލަ ހީރޯއިން! ޥެރިންނަށް ވާން ތިބީވެސް ހަމަ މާރިޔާބުނާ ހީރޯއިން… ހަގީގަތަކީ ރަތްކުލަ ލައިގެން މީމަގޭ ގައުމޭ ކިޔާއިރު ނުވިސްނެނީ ގައުމު ވީތަނެއް!! ކޮންމެ ހޮޓަލެއްގެ ކަންމަތިންވެސް ގައުމު ފެންނަ ކަހަލަ!! ހުުރި ހިތާމައެއްގެ ބޮޑުކަމާއެ!

 17. މުބީނު

  މާރިޔާ އަކީ ޤާނޫނު އަސާސީ އަށް ކޮއްޅުން އަރާފަ ހުރި މީހެކެވެ. ވީމާ އޭނާ ގެ ވިސްނުން ހުންނާނީ ލަބާން ފަދަ ކުށްކުރާ މީހުން އެއީ ބަތޮލުން ކަމަށެވެ. ނަޝީދު ގެ މަރުގެ ޙަމާލާ އެބަ އާދޭކަން މާރިޔާ އަށް އެންގިއެވެ. ނަމަވެސް މާރިޔާ ކުރިކަމެއްނެތެވެ. އިންޑިއާ އާއި ހަދާ އެގްރީމެންޓް ތަކަކީ ވެސް މާރިޔާ ދެނެހުރި ކަންކަމެއް ނޫނެވެ. ސިޔާސީ މަޤާމެއް ޢަދާކުރާ ވަރަށް މާރިޔާގެ ވިސްނުމެއް މިހާރަކު ނުފޯރައެވެ. ވަރަށް ކޮށި ވެއްޖެއެވެ. މުސްކުޅިވީ ކަންނޭންގެއެވެ. މާރިޔާ އާއި ޤާނޫނު އަރާ ހަމަ ކުރާނެކަން ކަށަވަރެވެ.

 18. ޢަހޫ

  ބަލަލުންނަށްވާނީ 3 ބިލިއަން ރުފިޔާ ކާލައިގެން މަނީލޯންޑަރ ކުރާ މީހުންދޯ.

  2
  15
  • ހަތަރެސް

   ތިޔަ ކިޔަނީ ހިންނަވަރު ކުޑަ މޯދީ ނެގި 35 މިލިޔަން ވާހަކަ ތަ. އާ އަދި ވެންޓިލޭޓަރު ކަޓް ވެސް އިންނާނެ ދޯ. ޕަކާސް

 19. ނާދިރާ

  ތިމީހާގެ ބަހުރުވަޔަކީ ދިވެހިންނާ ބީރެއްޓެހި ބަހުރުވައެއް

  17
 20. ވަކީލު

  ،،ޖަލަށް ލައިގެން ރަނގަޅުވި ކުއްޖެއްތީ

  21
  1
 21. މަންސޫރު

  އިބޫސޮހުލުގެ ވެރިކަމުގައި މިފަދަ މަގާމުތަކުގައި ގިނައިންތިބީ އެފަދަ އަނިޔާވެރި ނުބައި ނުލަފާ ޖާހިލު އަނިޔާވެރިން އެގޮތުން ރާއްޖޭގެ އެންމެ އިސް މިނިސްޓަރުންގެ ތެރޭގައިހިމެނޭ އަމާރިޔަލާ ސޭކު ޢިމްރާން މިއީ ދިވެހިންނަށް ގައްދާރުވެފައިވާ ދެ ގައްދާރުން މާތްﷲ އިރާދަފުޅުން އެބައިމީހުން ދުވަހެއްދުވަހަކަށް ބޭޒާރުވެ ފަލީހަތް ވަމުން ދާކަމީވެސް މިކަމުގެ ހެއްކަކަށް ފުދޭނެ

 22. ސްނޭޕް

  ފުރަތަމަ ފުލުހަކަށް ޝަރުތު ހަމަވޭތޯ ބަލަންވީނު ދޯ.. ހަމަ ތަބަކަށް ލާފަ ދީފަ ހުރި ވަޒީފާ.

  14
  3
 23. ހަވާސާ އިބޫ

  މާރިޔާ އަކީވެސް ކިޔަވައިގެނ ްހުރި މީހެއްވިޔަސް ހިލްމު ލުބިފައި ހުރި މީހެއްނޫން މާލޭގެ ބައެއް މީހުން (ބޭފުޅުންނޭ މިކިޔާ މީހުން) ނަކީ ތިމާމެންވަރު ނެތިގެން އުޅޭ ބައެއް މިހާރު ބޭފުޅުންނަކީ ކިޔަވައިގެން އިލްމާއި ހިލްމު ލިބިފައިތިބިމީހުން !

 24. އިބްރީމް މުހައްމުދު ސޯލިހާ

  މިހާރު މިގައުމުގައި ގައުމީ ބަތަލުންނާއި ގައުމަށް ގައްދާރުވާ މީހުން އޮޅިއްޖެ

  25
  1
 25. މުހުތާޒު

  ކޮބާ މާރިޔާގެ އެއްވެސް ކިހަލަ އަގެއްނެތްކަން މިއަދުއެހީމަވީ އަގެއްހުރި މީހަކުނަމަ އެފަދަ ވާހަކައެއްނުދައްކާނެ އަދި އަމުދުން ޑިފެންސް މިނިސްޓަރަކަށް ހުންނަވާބޭފުޅަކު ދައްކައިގެންވާނެ ވާހަކައެށް ނޫން އެއީއަކީ ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާ ރައްޖާތެރިކަމަށް އެއްމެންވެސް ބާރު އަޅަންވީ

 26. މޮރިލް

  19 ދިވެހީން ޝަހިދު ކޮއްލި 3 ނޮވެމްބަރ ގެ ހަދިސާގެ ބާްޤީންވެސް ކަމަނާ އަށް ވާނީ ހީރޯއިނަން // ލަނޑަޔާ ވާނީ ލަނޑަޔާ /

 27. އަދުހަމް

  މާރިޔާ އަކީ ސިޔާސީ އެކްޓިވިސްޓެއް.ރައްޔިތުން ބައިބައިކޮށް ނަފުރަތު އުފެދުމުގެ ވާހަކަ ދައްކާ ދެއުޅިއެއް ނުވާ މީހެއް. މިފަދަ މީހުން ޑިފެންސް މިނިސްޓަރުގެ މަގާމުގައި ބެހެއްޓުމަކީ ގައުމީ ސަލާމަތައް އޮތް ބިރެއް