މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ އަމާޒަކީ ދިވެހިން ފުދުންތެރި ބަޔަކަށް ހެދުން ކަމަށާއި، އެ ޕާޓީން މަަސައްކަތްކުރާނީ އެ އަޒުމުގައި ކަމަށް ޕާޓީގެ ރައީސް ކާނަލް (ރިޓަޔާޑް) މުހައްމަދު ނާޒިމް މިރޭ ވިދާޅުވެއްޖެއެވެ.

އެމްއެންޕީ އުފެއްދުމަށް ބޭއްވި ޖަލްސާގައި ދަނގެތި ދާއިރާގެ މެންބަރުކަންވެސް ކުރައްވާ ނާޒިމް ވިދާޅުވީ 2023ގެ ރިޔާސީ ރޭހަށް އެމްއެންޕީން ނިކުންނަނީ އިންތިހާބު ކާމިޔާބުކޮށް "ދިވެހިން ފުދުންތެރި" ބަޔަކަށް ހެދުމަށް ކަމަށެވެ. އޭނާ ސިފަކުރެއްވި ގޮތުގައި ފުދުންތެރި ދިވެހިންނަކީ މިނިވަންކަން ކަށަވަރުވެ އަމިއްލަ ވަންތަކަން ދެމެހެއްޓިފައިވާ އަދި އަދުލު އިންސާފު ކަށަވަރުވެފައިވާ ބަޔެކެވެ.

އެމްއެންޕީ ލީޑާޝިޕްގެ ބޭފުޅުން ކުރީ ސަފުގައި - ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު

"ފުދުންތެރިން ދިވެހިންނަކީ ސަރުކާރުގައި ސަލާން ޖަހަން ނުޖެހޭ މީހެއް. ފުދުންތެރި ދިވެހިންނަކީ ބޯހިޔާވަހިކަން ކަށަވަރުވެފައިވާ ފުރިހަމަ ސިއްހަތުގެ ހިދުމަތް ކައިރިން ލިބެން ހުންނަ މީހެއް" އެކަންތައްތަކަކީ ގައުމުގައި ކޮންމެހެން އޮންނަ ޖެހޭ ކަންކަން ކަމަށް ނާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ނިކުތީ ފުދުންތެރި ދިވެހިންނަށް އެންމެންވާން"

އެމްއެންޕީގެ ބައެއް ވައުދުތަކާއި ސިޔާސަތުތައް:

  • ރާއްޖޭގެ އަމިއްލަވަންތަކަން ހިފަހައްޓައި ހަމަހަމަ ސިޔާސަތުތައް ގާއިމްކުރުން
  • ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ބޭރުގެ ސިފައިންނަށް ނުތިބެވޭ ގޮތް ހެދުން.
  • ފަނޑިޔާރުގެ މިނިވަންކޮށް އަދުލު އިންސާފު ގާއިމްކުރުން
  • ޖޭއެސްސީ ސިޔާސީ ވަކިތަކުން ސަލާމަތްކުރުން
  • އައިޑީ ކާޑު އޮޓޯއިން އާ ކުރެވޭ ނިޒާމެއް ތައާރަފްކުރުން
  • ހުރިހާ ދިވެހިންނަކީ ބޯހިޔާވަހިކަން ކަށަވަރު ބަޔަކަށް ހެދުން
  • ފަސް ސަރަހައްދެއްގައި އާބަން ސެންޓަރުތަކެއް ހެދުން
  • ކިޔޫގައި ނުޖެހި ހިދުމަތް ލިބޭނެ ގޮތްތައް ގާއިމްކުރުން
  • 99 އިންސައްތަ ނަރުހުންނަކީ ދިވެހިންނަށް ހެދުން

ދެ ދަންފަޅިއަކަށް ބަހައިގެން ކުރިއަށް ގެންދިޔަ އެމްއެންޕީ އުފެއްދުމުގެ ޖަލްސާގައި ޕާޓީގެ އެކްޒެކްޓިވް ކޮމިޓީ، ޕާޓީގެ ކުލަ، ނިޝާން އަދި ލޯގޯ ވަނީ ފާސްކޮށްފައެވެ.

އެމްއެންޕީގެ ދިދަ - ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު

އެމްއެންޕީއަކީ ނާޒިމްގެ އިތުރުން ކުރީގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަދި ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒް އިސްވެ އުފައްދާ ޕާޓީއެކެވެ.

އެ ދެބޭފުޅުންގެ އިތުރުން އެމްއެންޕީގައި ދެން ހިމެނެނީ ނާޒިމްއާ އާއިލީ ގުޅުމެއް އޮންނަ ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް އެވެ. ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އާއި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހްސިން ހަމީދު (ޖޭފޯ) ވެސް އެމްއެންޕީ އުފެއްދުމުގެ މަސައްކަތް ފެށިއިރު ބައިވެރިވިއެވެ. ނަމަވެސް ދެބޭފުޅުން ވަނީ އެޕާޓީ އާއި ދުރަށް ދިޔަކަން އިއުލާންކޮށްފައެވެ.

އެ ޕާޓީގެ އަޒުމަކީ މިއަހަރު ނިމުމުގެ ކުރިން 10،000 މެމްބަރުން އެޕާޓީއަށް ހަމަކުރުމެވެ. އަދި 2023 ކާމިޔާބުކުރަން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް އެޕާޓީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. އަލްޖިބްރާ

    ކަލޭގެ ވާހަކަތަކުގައި އިތުރު އާ ވާހަކަތަކެއްނެތް ! ވެރިކަމަށް އަންނަން ވެގެން އެހެންމީހުންވެސް ދައްކާފަހުރި ނުކުރެވޭނެހާ ކަންތަކުގެ ވާހަކަ ކަލޭވެސް ތިޔަދައްކަނީ ! ތިޔަވާހަކަތަކެއް މިހާރު ދިވެހިންނަކަށް ނުވިއްކޭނެ ! އެހެންނޫނަސް ކަލެއަކީ ބޮޑު ބާޣީއެއް ! ބާޣީންނާއި ވަގުންނާއި އަނިޔާވެރިކަމުގެ ހައްދުން ނައްޓާފަ ތިބޭ މީހުންނާއި ހުރިހާ ވައްތަރެއްގެ ޖަރީމާ ހިންގާމީހުން ޤައުމެއްގެ ވެރިކަމަށް ގެންނަންވެއްޖެނަމަ މިހާރު މިޤައުމު އޮތް ޙާލުގަވެސް ނޯންނާނެ !

    10
  2. ޙސހ

    ފުދުންތެރިކަން ގެންނަން އަންނަ މީހުން ގައުމު ވިއްކާލަން ކޯލިޝަން ހަދައިގެން އަތްޖަހާން ތިބީ. ނާޒިމް ސަރ ޔަކީ އަޅުގަނޑު ވަރަށް އިޙްތިރާމް ކުރި މީހެއް. ޢެކަމު ގައުމު ވިއްކާލި އިރު އަމިލަ އަނބޮޑި ބޮޑު ކުރަން އަނގައިިންވެސް ނުބުނެ މިހުރިހާ ދުވަހު. މިހާރު ގައުމު ވިއްކާ ހުސްކޮށްްފަ އޭގެން ކަޓުވެސް ނަގައިގެން ނުކުމެ މިކިޔަނީ ގަައުމަށްޓަކަޔޭ މިހުރީ. ޥަރަށް ސަލާން.

    ރ.ޔާމީން ނޫން މީހަކަށް ނެތް ޗާންސެއް ދެވޭކަށް.

    10
  3. ދުއްރަ

    ތިޔައީ ފޭކުޕާޓީއެއް ގައުމަށް ތިޔަޕާޓިީންކޮށްދެވޭނީ ކޮންކަމެއް ފުރަތަމަ 20000 ހާސްވެސް ހަމަނުވޭ ލަދެއްބޮލުގަ އެޅުން ނޫންކަމެއް ނުވާނެ 😂😂.

  4. ކާފަބޭ2020

    ތިޔަބުނާފުދުންތެރިބަޔަކަށްވެވޭނީ ސޯފާއެގްރިމެންޓުގައި ސޮއިކޮށްގެންނޫތޯ؟ އޭރުންއަމާގެފައްޓަރުބައިވެސް އޮންނާނީ އިންޑިއާގެބާރުގެދަށުގަނޫންތޯ؟ ފުރިހަމަމިނިވަންކަންނެތް ފުދުންތެރިކަމެއްބޭނުމެއްނޫން! ތިޔަޑީލުގައިބައިވެރިވެވޭކަށް އަދީތާއީދުކުރެވޭކަށްނެތް ސޮރީބްރޯ؟! 😆😆😆😆😆

  5. Anonymous

    ބާޢީނާޒިމަކީ މިހާރު ރައީސް

    5
    1
  6. އޭއެމް

    ނާޒިމްއައްވެސް އިތުރު ވައުދެއް ނުވެވުނު !!!! ކުރީގެ ވެރިންވެސް ނުފުއްދުނު ފެއިލްވެފައިވާ ވައުދު !! ޖުމްލަކޮއް ބުނާނަމަ ފުރަތަމަ ޖަލަސާއިންވެސްފުނުނީ ބޯޑާކަމާކިބުރުވެރިކަން

  7. ވާނުވާ

    ހުޅުމާލެއިން ފުލެޓް އަޅަން ހަވާލުކުރުމުން ތިޔަހަދަނީ ކިހިނެއްތޯ؟ ހަމަހަމަކާމާއެކު ޕްރޮޕޯސަލާއި ޚިލާފަށް ރައްޓެހިންނާއި ގާތްމީހުންނަށް އެހެންކުންފުންޏެއްގެ ނަންމަތީގައި ފައިސާނަގާފައި ނާޖާއިޒް ފައިދާ ހޯދަނީތޯ؟؟؟؟ ކަލެއަށް ޤައުމު ހަވާލުކޮށްފިނަމަ ކިހާވަރެއްވާނެތޯ. ؟؟؟؟ ނާޒިމްބެއަށް މަވާ ސަލާމް!! ގައިގާ ދުރު!

  8. ނޫމަރާ

    ބަޑިޕާޓީ ؟

  9. ނިކް

    ކޮންމެ ގޮލަޔަކުވެސް ބޭނުންވަނީ ވެރިކަން މިނޫން ގޮތްގޮތައްވެސް ރައްޔިތުންނައް ހިދުމަތް ކޮށްދެވޭނެ އެކަމަކު އެއީ އިހްލާސްތެރި ކަމެއް ހުރިއްޔާ

  10. ޑައެލޯގް

    ވައުދުގައި "ފަނޑިޔާރުގެ މިނިވަންކޮށް ޢަދުލު ގާއިމްކުރުން" ބުނެފައިވެއެވެ. ފުރަތަމަ ތިޕާޓީ ފެއިލްވީއެވެ. އެހެނީ ނާޒިމަކީ ފަނޑިޔާރުގެއަށް ރިސްވަތުދީގެން މިނިވަންވެފައިވާ ބާގީއެކެވެ.

  11. އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް

    ކަލޭމެން ދައްކާވާހަކަ މިހާރު ގަބޫލުކުރަންވެސް ނުވާނެ ތިމީހުންނަކީ ބަހާ އަމަލު ދިމާ ނުވާބައެއް ވެރިކަން ނުލިބޭ ހާހިދު ކެޑުނުހާ ފޮންޏެއް ކަނޑާނެ

  12. އެބަޖެހޭ

    އިންޑިއާ އަތް ދަށުން މާލެ ސަރަހައްދު އުތުރު ތިލަފަޅު ސަލާމަތް ކުރުމަށް ޓަކައި އެބަޖެހޭ އުތުރު ތިލަފަޅު ހިއްކާލާ އެތަނުން ރާއްޖޭގެ ވިޔަފާރި ވެރިންނަށް ގޯތި ދޭނެ ކަމަށް އެމްއެންޕީން އިއުލާން ކުރަން އެއިރުން ޔަގީނުން ވެސް ރާއްޖޭގެ ވިޔަފާރިވެރިން އިދިކޮޅުވާނެއޭ އުތުރުތިލަފަޅު އިންޑިއާ އަށް މިހާރު އޮތް ރައީސް އިބޫގެ ވަގު ގޮނޑިކޮއްކޮ ސަރުކާރުން ދޭން އުނދަގޫވާނެއޭ އަދި ހަނިމާދޫ އެއާރޕޯރޓް އެއްބަސްވުމާއި އުތުރު ތިލަފަޅު އެއްބަސްވުމުގައިވާ އެއްޗެއް ރައްޔިތުންނަށް ހާމަކޮށް ނުދޭތީވެ އެމައްސަލަ އެބަޖެހޭ އެކަން ކުރަން...

  13. އަޙްމަދު

    ދިވެހިން ފުދުންތެރި ބަޔަކަށް ހަދުމުގެ ކުރިން ތިމާ މީސްމީހުންގެ ދަރަނިން ސަލާމަތް ވުމަކީ މުހިންމުކަމެއް!

  14. ދިސްވޭ

    ރާއްޖޭގެ ސިޔާސީ ޕާރޓީ ތަކުގެ ތެރޭން އެންމެ ބޮޑަށް އިތުބާރު ކުރަނީ ހަމަ އެކަނި ޕީޕީއެމް އަށޭ ސަބަބަކީ ޕީޕީއެމްގެ ވެރިކަމުގައި އެމެން ވެފައިވާ އެންމެ ބޮޑެތި ވައުދު ތައް ކަމުގައިވާ މާލެ ސަރަހައްދުން ބޯހިޔާ ވަހިކަން އެންމެނަށް ހޯދާ ދޭން ގިނަ ގުނަ މަސައްކަތް ތައް ކޮށްފައި އެބަހުއްޓޭ ދެން ނެތޭ ރާއްޖޭގައި ރައްޔިތުން އިތުބާރު ކުރާ ޕާރޓީ އެއް ވަކިން ޚާއްސަ ކޮށް އެމްޑީޕީ އަށް މިހާރު ރައްޔިތުން އެއްވެސް އިތުބާރެއް ނުކުރެއޭ އެއީ ކެނެރީގެ ނަޝީދާއި ރައީސް އިބޫގެ ރަށްޓެހިންނަށް ގައުމުގެ ޚަޒާނާ ބަހާލާ ރައްޔިތުން ބިކަކޮށްފައިވާ ޕާރޓީ އަކަށްވާތީއޭ ދެން އެމްއެންޕީ މިގޮޅި އަށް ނުފެތިވާނެ ގޮތަށް އެމްއެންޕީގެ ކަންކަން ޕްރެކްޓިކަލް އުސޫލުން ކުރަންވީއޭ ރާއްޖޭގައި 5 ސަރަހައްދަށް ބަހާލައިގެން ރާއްޖެ ތަރައްގީ ނުކުރެވޭނެއޭ މާލެ އަށް ބަދަލުވާ ބަޔަކު ދެން ރާއްޖެތެރެއަށް ދިރިއުޅެން އެމެން ރުހުމުގައި ނުދާނެއޭ މާލެ ސަރަހައްދުން ގޯތި އަދި ފްލެޓްސް ދޭންވީ އެ ބޭނުންވާ އެންމެނަށް އެލިބި ނިމެންދެން އޭގެ ފަހުގައި ދެން ބަލާނީ ރާއްޖެތެރެ 5 ސަރަހައްދަށް ބަހަން ޖެހޭތޯ ނުވަތަ ނޫންތޭ...

  15. ހާމަކުރޭ

    އިންޑިއާ ސިފައިން އެބަތިބި ކަމަށް ސަރުކާރުން އެއްބަސް ނުވެެގެން އުޅެނީ ކިއެއްވެތޭ ހުރިހާ ސިޔާސީ ޕާރޓީ ތަކުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލަން ޖެހޭނެ ކަމަށް އަދި އުތުރު ތިލަފަޅު އިންޑިއާ އަށް ދީގެން ނުވާނެ ކަމަށް ބުނެ ބުނެ ތިއްބާ ރައްޔިތުންގެ އެދުމާއި ދެކޮޅަށް ސަރުކާރުން ކިއެއްވެތޭ އުތުރު ތިލަފަޅު އެއްބަސްވުމުގައި ސޮއިކުރީ އެ އެއްބަސްވުމުގައި އޮތް އެއްޗެއް ސަރުކާރުން ހާމަ ކުރަން ފަސްޖެހެނީ އެއީ ކިއެއްވެތޭ ގައުމީ ސަލާމަތަށް ނުރައްކާވާ އެއްބަސްވުމުގެ ތަފްސީލް ރައްޔިތުންނަށް ހާމަކުރާށޭ އެކަން ސިއްރުނުކުރާށޭ ރައީސް އިބޫގެ ވެސް އަމއިްލަ ތަރިކަ މުދަލެއް ނޫނޭ ރާއްޖެ އަކީ އަދި އުތުރު ތިލަަފަޅަކީ ވެސް...

  16. އެބަޖެހޭ

    ރާއްޖޭގައި އިންޑިއާ ސިފައިން ތިބެމެ އެކަން ރައްޔިތުންގެ މަޖްލީހަށް ނާންގާ ދައުލަތުގެ ބަޖެޓުން އިންޑިއާ ސިފައިން ނަށް ކާން ދިނުމާއި މުސާރަ ދިނުމާއި ވާރކް ވިސާދިނުމަކީ އެއީ ސީދާ ރައީސް އިބޫ ގާނޫނު އަސާސީ އާއި ޚިލާފަށް ކުރާ ކަމެކޭ މިކަން ބަލަން އެބަޖެހޭ އެމްއެންޕީން އިސްނަގަން އެންއެންޕީން މިކަމަށް އިސް ނުނަގާނަމަ މިކަން އެބަޖެހޭ ޕީޕީއެމް އިން އިސްނަގައިގެން ކުރަން ކޯޓަށް އެބަޖެހޭ މިމައްސަލަ ހުށައަޅަން ރާއްޖޭގައި އިންޑިއާ ސިފައިން ތިބި އަދަދު ހާމަކޮށްދޭން ކޯޓު އަމުރެއް ޑިފެންސް މިނިސްޓްރީ މައްޗަށް ނެރެން އެބަ މަސައްކަތް ކުރަން ޖެހެއޭ...

  17. ކޮބާތޭ

    އެމްއެންޕީއަށް ތަފާތެއް ދެއްކޭނެ ކަމަށް މަމެން ގަބޫލުކުރާނީ 5 އަހަރު ދުވަހުން ނެރެދޭ ނަތީޖާ ތަކަށޭ އެގޮތުން ފުރަތަމަ އަހަރު މާލެ ސަރަހައްދުގައި 10 ހާސް އަކަމީޓަރުގެ 1 ލައްކަ ގޯތި އަދި 10 ހާސް އަކަމީޓަރުގެ ފުޓް ޕްރިންޓް ހިމެނޭ ގޮތަށް 1 މިލިއަން ފްލޯރ ސްޕޭސް ހިމެނޭ ގޮތަށް 2 ކިލޯ މީޓަރު ދިގު 2 ކިލޯ މީޓަރު ފުޅާމިނުގެ 10 ހާސް އިމާރާތް 150 ބުރިއަށް ނަގާ އެތަން ތަނުން ފްލޯރ ސްޕޭސް ދޭންވީ އަކަމީޓަރަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ކުއްޔެއްގެ ގޮތުގައި ދައްކާ ގޮތަށް މާލެ ސަރަހައްދުން ފަޅު ތަކެއް ހިއްކައިގެން މާލެ ސަރަހައްދުގެ ބިން ތައް ކުއްޔަށް ދީގެން ސަރުކާރަށް އާމްދަނީގެ ގޮތުގައި މަހަކު 1 ޓްރިލިއަން ރުފިޔާ ލިބޭނެ އުސޫލުން މާލެ ސަރަހައްދުގެ ބިން ތައް ހިއްކާ ފްލެޓްސް ތައް އިމާރާތް ކޮށް ކުއްޔަށްދޭންވީއޭ މަހަކު 1 ޓްރިލިއަން ރުފިޔާގެ އާމްދަނީ ލިބުމުން ޖީއެސްޓީ އެއްކޮށް އުވާލާ ހަމައެކަނި ޓީޖީއެސްޓީ ނަގާނީ %5 ގައޭ އެއިރުން ރާއްޖެ އަށް އިންވެސްޓަރުން ވެސް އޮއްސާލާނެއޭ ކޮބާތޭ މިފަދަ ތަފާތު ޕްލޭނަކީ..

  18. ޖެހޭނެއޭ

    އެމްއެންޕީން މާލެ ސަރަހައްދަށް ގެންނަން އުޅޭ ތަރައްގީ އާއި ގުޅޭ އެއްވެސް ވާހަކަ އެއް ރޭގައި އިއުލާން ނުކުރުން އެއީ ހިތާމަ ކުރާ ކަމެކޭ އަދި އެމްއެންޕީ އެއް ނެތޭ މާލެ ސަރަހައްދުގަިއ ދޮރުން ދޮރަށް ގޮސް އާންމުން އުޅޭ ހާލު ވެސް ބަލާފައި އެކަން ނުބެލޭއިރު ދެން ރައްޔިތު ބައްދަލު ވުން ތަކެއް އެމްއެންޕީން މާލެ ސިޓީ ކައުންސިލުން ބޭއްވި ގޮތަށް ބާއްވަންވީ ނޫންތޭ އެމްއެންޕީ ޖެހޭނެއޭ ރައްޔިތުންނާއި ގާތުން މަސައްކަތް ކުރަން އެއިރުން ރައްޔިތުން އެމްއެންޕީ ބަލައިގަންނާނީ އެމްއެންޕީން މާލެ ސަރަހައްދު ރަނގަޅަށް ކަވަރުކުރަންވީއޭ މާލެ ސަރަހައްދު ކަވަރު ކުރުމުން އަޑު އަރާނެއޭ މާލެ ސަރަހައްދުން ގޯތި ދޭން ނިންމުމުން އަޑު އަރާނެއޭ މާލެ ސަރަހައްދުގެ ވިޔަފާރިވެރިންނަށް ގޯތި ދޭން ނިންމުމުން އަޑުއަރާނެއޭ އެއަޑު އަހާނެއޭ ރާއްޖެތެރޭ ވަރަށް ގިނަ މީހުން މިކަން އެމްއެންޕީން ދަންނަން ޖެހޭނެއޭ...

  19. ދަންނާތި

    އެމްއެންޕީގެ ޅަފަތުގައި އެމްއެންޕީ އެބަޖެހޭ އެމްއެންޕީ އަކީ އެއީ ރައްޔިތުންނާއި ގުޅިގެން މަސައްކަތް ކުރާ ޕާރޓި އެއް ކަން ސާބިތު ކޮށްދޭން އެކަން ނުކުރެވޭނެއޭ މީޑިއާ ތަކަށް އިންޓަވިއު ދީގެން އެކަން ކުރެވޭނީ ސީދާ ރައްޔިތުންނާއި އެކު ބައްދަލުވުން ތަކެއް މެދުނުކެނޑި ދެން ބާއްވަންވީ 2023 ވަނަ އަހަރާއި ޖެހެން ދެން އެކަން ކުރަން ކޮންމެހެން ރާއްޖެތެރެއަށް ބޮޑު ޚަރަދުކޮށްގެން ދަތުުރު ކުރަން ވެސް ނުޖެހޭނެއޭ އެކަން ކުރަންވީ މާލެ ސަރަހައްދުގައި އެއިރުން މާލެ ސަރަހައްދުގައި ފުނި ޖެހިފައިވާ މައްސަލަަ ތަކަށް ހައްލު ލިބޭނެއޭ މާލެ ސަރަހައްދުގައި ހުރި ހުރިހާ މައްސަލަ ތަކަށް ހައްލު ލިބެން އޮތީ މާލެ ސަރަހައްދުން މާލެ ސަރަހައްދުގައި ދިރިއުޅޭ ބަޔަކު ނޫޅެއޭ ރާއްޖެތެރޭ އެއްވެސް ދިމާލަކަށް އެމެންގެ ދިރިއުޅުން ބަދަލު ކުރަން ވެސް އަދި ވިޔަފާރި ވެސް ބަދަލު ކުރަން އައްޑޫ އަކީ އެއީ ވިޔަފާރި އަށް ނުރައްކާ ތަނެއް ކަން މިހާރު ބަލާލި ކޮންމެ ދިމާލަކުން ވެސް ފެންނާނެއޭ ރާއްޖެތެރޭގައި މާލެ ސަރަހައްދުގެ ވިޔަފާރިވެރިންނަށް ވިޔަފާރި ނުކުރެވޭނެއޭ އެއީ ވާނޭ ކަމެއް ނޫނޭ އެކަން އެމްއެންޕީން ދަންނަން ޖެހޭނެއޭ..

  20. ތަކުރު

    ތީ މިހާރު އާވަހަކައެއްނުން.ތިހެންކިޔާފަ އެމްޑީޕީއިންވެސް ވެރިކަމަށްއައީ.އެކަމަކު ރައްޔިރުންމިދަނީ ބަނޑަށްޖެހެމުން.ޖެހުނުތަނަކުން ކަނީ.ކަރަޕްޝަން އިންތިހާއަށް.ފިޔަވަޅެއްނޭޅޭ.ތިމީހުންމިއަށްވުރެން ހީލަތްތެރިކަން ބޮޑުވާނެ.ސޮރީ ވޯޓެއް ނުދޭނަން.ޔާމީން ވަރެއްނެތް.ޔާމީން ރަނގަޅީ.