މާލޭގެ މަޝްހޫރު ގަރާޖެއް ހިންގަމުން އަންނަ ހަސަން ގާސިމް (ހަސަންފުޅު) ނިޔާވެއްޖެއެވެ.

މާލެ އަށް އުފަން އުމުރުން 76 އަހަރުގެ ހަސަންފުޅު ނިޔާވީ ރޭގެ ވަގުތެއްގައެވެ. އޭނާގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު އާސަހަރާ މިސްކިތުގައެވެ. އޭނާ ނިޔާވެފައި ވަނީ ވަރަށް ގިނަ ދުވަހު، ބަލިވެ އުޅުމަށް ފަހު ކަމަށްވެއެވެ.

ހެންވޭރުގެ ހަނިގޯޅިއެއްގައި "ވޮންޑަ ވޯކްޝޮޕް" ނަމުގައި ހިންގަމުން އައި ގަރާޖަށް މިހާރު 47 އަހަރުވީ އިރު، ހަސަންފުޅަކީ އެ ގަރާޖުގައި މަސައްކަތް ކުރަމުން އައި އެތަނުގެ ވެރިޔާއެވެ. އެކަމަކު، އުމުރުން ދުވަސްވެ ގައިބާރު ދެރަވީ ވަރަކަށް އޭނާ ކުރާ މަސައްކަތް ވަރަށް ބޮޑަށް މަދުވިއެވެ.

އެންމެ ފުރަތަމަ ގަރާޖު ހުޅުވައިގެން ހަސަންފުޅު އަމިއްލަ އަށް މަސައްކަތް ކުރީ ބައިސްކަލު މަރާމާތު ކުރުމުގެ ހިދުމަތް ދޭށެވެ. އެކަމަކު ދިވެހިން ބައިސްކަލްތައް ގެންގުޅުން ނިމުމަކަށް ގެނެސް ސައިކަލް ގެންގުޅެން ފެށުމުން ހަސަންފުޅުގެ ގަރާޖުން ސައިކަލަށް ޖެހޭ މައްސަލަތައް ހައްލުކޮށްދޭ ތަނަކަށް ހެދިއެވެ. އެންމެ ގިނަ ބަޔަކަށް މިތަން މަޝްހޫރުވެގެން ގޮސްފައި ވަނީ ވެސް ސައިކަލަށް ހާއްސަ ގަރާޖެއްގެ ގޮތުގައެވެ.

މީގެއިތުރުން ސައިކަލަށް ވައި ޖަހައި ދިނުމާއި ލޯގަނޑު ބަދަލުކޮށް ދިނުމާއި، މި ނޫނަސް، ކުދި ކުދި ހިދުމަތްތައް ހަސަންފުޅުގެ ގަރާޖުން ހިލޭކޮށްދެއެވެ.

މާލޭގައި މި ގަރާޖު ހުޅުވީއްސުރެ ހަސަންފުޅު ގަރާޖުގައި މަސައްކަތް ކުރަމުން އައިއިރު، ފަހުން އައިސް ގައިބާރު ދޫވެ އެއްޗެހި އުފުލުމުގައި އުނދަގޫތައް ދިމާވާތީ ބިދޭސީންނަށް މުސާރަ ދީގެން ގަރާޖުގައި އެމީހުން ގެންގުޅެން ފެށިއެވެ. އެކަމަކު ކޮންމެ ދުވަހަކު ހެން، ކުދި ކުދި މަސައްކަތްތަކުގައި އޭނާ ދިޔައީ ބައިވެރިވެ ބިދޭސީންނަށް އެހީތެރިވަމުންނެވެ. ގިނަ ބަޔަކު ފާހަގަ ކުރާ ގޮތުގައި ހަސަންފުޅަކީ ހިތްހެޔޮ މިޒާޖެއްގެ މީހެކެވެ.

"ސައިކަލަށް ކަމެއް ދިމާވެއްޖެ ނަމަ، އެ ވަރި ހަމަ ހުޅުމާލޭގައި ހުއްޓަސް، އަޅުގަނޑު ދަނީ ހަސަންފުޅުގެ ގަރާޖަށް. ހަސަންފުޅު ގަރާޖަށް އަބަދު ދާތީ އަޅުގަނޑާއި އޭނާއާ ދެމެދު ހާއްސަ ރަހްމަތްތެރިކަމެއް އޮވޭ. ހަސަންފުޅަކީ ވަރަށް ހިތްހެޔޮ، ވަރަށް ބަރާބަރު މީހެއް. އެކަހަލަ ހިދުމަތްތެރިއަކު ރާއްޖޭގައި މަދުވާނެ،" ހަސަންފުޅު ގަރާޖުން ގަވައިދުން ހިދުމަތް ހޯދަމުން އަންނަ ދިވެއްސަކު ކިޔައި ދިނެވެ.

ހަސަންފުޅުގެ ގަރާޖުން ހިދުމަތް ހޯދަން އަންނަ އިރު ގިނަ ފަހަރު، އެ ގަރާޖު ކުރިމަތީގައި ގޮނޑިއެއްގައި އިށީނދެގެން އޭނާ އިންނާނެއެވެ. އަދި ބިދޭސީންނަށް ކަންކަން ކުރަންވީ ގޮތާއި ބޭނުންވާ ހިދުމަތެއް އޮޅުން ފިލުވައި އަގުތައް ފަދަ މައުލޫމާތުތައް ދޭނެއެވެ.

"ހަސަންފުޅު ވަރަށް ތަފްސީލްކޮށް ކިޔައި ދޭނެ، މިވެނި ކަމެއް ވެގެންނޭ ސައިކަލް ހަލާކުވެފައި ވަނީ. މިވެނި އެއްޗެއް ލެއްވީމަ ވަރަށް ރަނގަޅުވާނެއޭ. ވަރަށް ހިތްހެޔޮ، އެކުވެރި އަދި މަޑުމައިތިރި މީހެއް އެއީ. ވަރަށް ހިތްވަރު ވެސް ކުރި މީހެއް،" މީސް މީޑިއާގައި ޝުއޫރު ފާޅުކުރި އެކަކު ލިޔެފައިވެއެވެ.

އެންމެންނާ ގުޅޭ ހަސަންފުޅު އަބަދުވެސް ބުނާ ވާހަކައެއް އޮވެއެވެ. އެއީ "މަރުދުވަހާ" ޖެހެން ދެން ވެސް މި މަސައްކަތުގައި އުޅޭނެ ކަމެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. މޫސަ

    މާތްﷲ އެމަރުޙޫމުގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި އާމީން

    59
    1
  2. ނޫރު

    މަދުން ނޫނީ މިޒަމާނުގެ ދިވެހިންގެ ތެރެއިން ނުފެންނަ ފަންނުވެރި ހިތްހެޔޮ ލަފާަދާރު ރުޅިމަޑު އެންމެންގެ މިތުރެއް. މަރުހޫމް އަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށި. އާމިން.

    51
  3. ގައުމު

    إنّا لله وإنّا إليه راجعون
    މާތްﷲ، މައްޔިތާގެ ފާފަ ފުއްސަވައި, ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި. އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި!
    آمين يارب العالمين 🤲

    47
  4. އަލިބެއްޔާ

    ކުޅަ ހެޔޮ ޢަމަލަކުން ނޫނީ ފައިދާއެއް ނެތެވެ. ފުރާނައަށް ސުވަރުގޭގެ މަތިވެރިވެގެންވާ ނިޢުމަތް މިންވަރު ކުރަށްވާށިއެވެ.

    46
  5. there

    إنّا لله وإنّا إليه راجعون

    28
  6. ޟުރަގު

    ސަޜުކާރުން މިކަހަލަ މީހަކަށް އިނާމު ދޭތޯ

  7. ހެންވޭރު ކުދިން

    إنّا لله وإنّا إليه راجعون
    މާތްﷲ، މައްޔިތާގެ ފާފަ ފުއްސަވައި, ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި. އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި!
    آمين يارب العالمين 🤲

  8. ސައީދާ

    މާތްﷲ އެމަރުޙޫމުގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި އާމީން

  9. ހަސަ

    إنّا لله وإنّا إليه راجعون

  10. ސައީދާ

    إنّا لله وإنّا إليه راجعون
    މާތްﷲ، މައްޔިތާގެ ފާފަ ފުއްސަވައި, ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި. އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި!
    آمين يارب العالمين 🤲

  11. ސައީދާ

    إنّا لله وإنّا إليه راجعون
    މާތްﷲ، ހަސަނފުޅުބޭގެ ފާފަ ފުއްސަވައި, ކައްވަޅުގެއަޒާބުން މިންޖުކޮށްދެއްވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި. އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި!
    آمين يارب العالمين 🤲

  12. މުޞްޠަފާ މުޙައްމަދު

    ޙަސަންފުޅުބެއަކީ ވަރަށް ހިތްހެޔޮ މީހެއް. އަޅުގަނޑު ބައިސްކަލް ދުއްވި އިރުވެސް، ސައިކަލް ދުއްވަން ފެށިފަހުން ވެސް ގިނައިން ދަނީ ޙަސަންފުޅުބެ ގަރާޖަށް. މާތްﷲ ޙަސަންފުޅުބެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވާ ޖަންނަތުލް ފިރުދައުސް މިންވަރު ކުރައްވާށި.