މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގައި "ތަބަކަކަށް" ލާފައި ދޭނެ އެއްޗެއް ނޯންނާނެ ކަމަށް އެ ޕާޓީގެ މެދު ދެކުނު ޕްރޮވިިންސްގެ ނައިބް ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ރޭ ވިދާޅުވެއްޖެއެވެ.
އެމްއެންޕީ އުފެއްދުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ރިޔާޒް ވިދާޅުވީ އެމްއެންޕީގެ ސިޔާސަތުތައް ނިންމާނީ ތައުލީމާއި ތަޖުރިބާ އެކުލެވޭ މެންބަރުން ހިމެނޭ ޕާޓީގެ އެޑްވައިޒަރީ ބޯޑުގެ ލަފައާއެކު ކަމަށެވެ.
އެމްއެންޕީގެ ކައުންސިލްގެ ރުހުމާ ނުލައި އާންމު އެއްވެސް މެންބަރަކަށް ޕާޓީގައި ހުރުމުގެ ފުރުސަތު ނުދޭނެކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. ޕާޓީގެ އިންތިގާލީ އެގްޒެކްޓިވް ކައުންސިލަށް 21 މެންބަރަކު ވަނީ އިންތިހާބުކޮށްފައެވެ.
"ތަބަކަކަށް ލާފަދި ދޭނެ އެއްޗެއް މި ޕާޓީއަކު ނޯންނާނެ" ޖުމްހޫރީ ޕާޓީގައި ކުރިން މަސައްކަތް ކުރެއްވި ރިޔާޒް ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި އެހެން ޕާޓީތަކާއި ހިލާފަށް، ޕާޓީގެ ނުފޫޒުގަދަ މެންބަރަކު ބޭނުންވެގެން ސުލޫކީ ކޮމިޓީ މެދުވެރިކޮށް އިންތިހާބު ކޮށްފައިވާ މެންބަރު ވަތްކެއް ނުކުރެވޭނެއެވެ.
ރިޔާޒް ވިދާޅުވި ގޮތުން ނަމަ އެމްއެންޕީގެ އަސާސްތައް ބިނާކޮށްފައިވަނީ ގައުމުގައި މި ވަގުތު ހުރި ބޮޑެތި މައްސަލަތަކަށް އެކަށޭނެ އަވަސް ހައްލެއް ހޯދައި ދިނުމަށް ވިސްނުން ބަހައްޓައިގެން ކަމަށެވެ.
ސިޔާސީ ގޮތުން ކުރިއަށް ދާން ބޭނުންވާ ހުރިހާ ފަރާތްތަކަށް ވެސް އެމްއެންޕީއާއެކު ގައުމު އާރާސްތު ކުރުމުގެ މަސައްކަތް ކުރުމުގެ ފުުރުސަތު އޮންނާނެކަން ފާހަގަކުރައްވައި އެ ޕާޓީއަށް ގުޅެން ރިޔާޒް ވަނީ ދައުވަތު ދެއްވައިފައެވެ.
GALLERY: Maldives National Party (MNP) Ufehdhumah Beyvi Jalsa https://t.co/aJ2OI2hkhO pic.twitter.com/3fNY7tYwE2
— Vaguthu Online (@VaguthuOnline) October 9, 2021
އެމްއެންޕީއަކީ ރިޔާޒުގެ އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ރިޓަޔާޑް) އިތުރުން އިސްވެ އުފައްދާވާ ޕާޓީއެކެވެ.
އެ ދެބޭފުޅުންގެ އިތުރުން އެމްއެންޕީގައި ދެން ހިމެނެނީ ނާޒިމްއާ އާއިލީ ގުޅުމެއް އޮންނަ ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް އެވެ. ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އާއި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހްސިން ހަމީދު (ޖޭފޯ) ވެސް އެމްއެންޕީ އުފެއްދުމުގެ މަސައްކަތް ފެށިއިރު ބައިވެރިވިއެވެ. ނަމަވެސް ދެބޭފުޅުން ވަނީ އެޕާޓީ އާ ދުރަށް ދިޔަކަން އިއުލާންކޮށްފައެވެ.
އެ ޕާޓީގެ އަޒުމަކީ މިއަހަރު ނިމުމުގެ ކުރިން 10،000 މެމްބަރުން އެޕާޓީއަށް ހަމަކުރުމެވެ. އަދި 2023 ކާމިޔާބުކުރަން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް އެޕާޓީން ބުނެއެވެ. ރާއްޖޭގައި ސިޔާސީ ތިންވަނަ ފިކުރެއް އުފަން ކުުރުވަން ޕާޓީން ދަނީ ގަދައަޅާ މަސައްކަތް ކުރަމުންނެވެ. ސިޔާސީ މައިދާނުން ފެޔަށް ޖެހިފައި ތިބި މީހުން ވެސް ދަނީ އެ ޕާޓީއާ ގުޅެމުންނެވެ.
ރޭގަ. ޖަލްސާގައި ނާޒިމްއައް ބޮޑުކަންދިނީ ތަބަކަކަށް ލާފަނޫންތޯ. އެހެން މީހަކު އެމަގާމައް. ކުރިމަތި ލާފާނެތީވެ އެކަން އޮތީ މަނާކޮށްފަ ނޫންތޯ
މޮޅެތި ވާހަކަ ނުދައްކާ. މިހާރުވެސް ތަބަކަކަށް ލާފަ ތިދިނީ ޕާޓީގެ ރައީސްކަން
ލޮލް
ތީ މުޅި ފުލުސް އޮފީސް ހަލާކުރި މީހެއް! އާއިލާ ކުދިންނަށް ތަބަކަށް ނުލާތޯ ފުރުސަތުތައް ހުޅުވާލީ! ހިތައް އެރި މީހަކަށް ވަކި އުސޫލެއްނަތި ކުރިއެރުން ދިނީ ތަބަކަށް ނުލާތޯ! ކަލެއަށް ތަބަކަށް ލާފަ ﷲ އިރާދަފުޅުން އެކަން ދައްކަވާތޯ ދުއާކުރަން!
ތަބަކަށް ލާންކެރޭނެ ބަޔަކުވެސް ނެތްނުން )) ނޯ ފޮނި ޕްލީސް ،،،،
މުޅިންވެސް ރިޝްވަތުން ހިންގާ މީހުން ލައްވައި ސޮއިކުރަ ޕާޓީއެއް
ވުޖޫދުވާ ޕާޓީ އަކުން ވިޔަސް އަދި ސިޔާސީލީޑަރެއް ވިޔަސް ގައުމަށްޓަކައި ކޮށްދޭން ޖެހޭ އެންމެ ބޮޑު ކަމަކީ މިގައުމުގައި ތިބި އިންޑިއާ ސިފައިން ބޭރު ކުރުމާއި ސިއްރު ކުރަމުންދާ އެއްބަސްވުން ތައް ހާމަ ކުރުވުން. ގަޓެއް ހުރިއްޔާ މިކަން ކޮށްބަލަ.
ސިޔާސީ ޕާޓީއެއްގެ އިސް މަގާމަކަށް އެކަކު ކުރިމަތިލުން ތީ އަހަރެމެން ބަލައިގަންނަ ޑިމޮކްރަސީއެއް ނޫން.
ސިޔާސީ ޕާޓީއެއްގެ އިސް މަގާމަކަށް އެކަކު ކުރިމަތިލުން ތީ އަހަރެމެން ބަލައިގަންނަ ޑިމޮކްރަސީއެއް ނޫން. ތީ 100 ޕަރސެންޓް ޚުދުމުޚުތާރު..
ޖަގައް އަޅާފަ ދޭނީ ........................
ްޙެޔޮނުވާނެ މަ ވައްދަ ބަލަ ތިޔަ ޕާޓީއަށް. ތިޔަޕާޓީގައި ތަބަކަކަށް" ލާފައި ދޭނެ އެއްޗެއް ނޯންނާނެކަން ކަށަވަރުވީ ޕާޓީގެ ރައީސްކަން ކާނަލް ރިިޓަޔަޑް ނާޒިމަށް ދެއްވީ ޑެމެކްރެޓިކް އުސޫލުން ވަރަށް ވާދަވެރި އިންތިހާބެއްގައި ވާދަކުރައްވެމަށްފަހު ކަމަށްވާތީއެވެ. ކަންދިމާކުރިގޮތުން ޕާޓީގެ މެމްބަރުންނަކަށް އެމަގާމަށް ކުރިމަތިލުމުގެ ފުރުސަތުވަނީ ބަންދުކޮށްފައެވެ. އެހެންކަމުން އެމަގާމަށް އެއްވެސް މެމްބަރަކު ކުރިމަތި ނުލެއްވުމުން އޮޓޯއިން ނާޒިމަށް ގޮޑި މިލްކުވީއެވެ. ކީހާއެއްޗެއް ފަރިއްސައްވީ ނޫންތޯއެވެ. ތިޔަ ރިރާޒްވެސް ވިދާޅުވަމުން އައީ ރަގަޅު ޕްލެޓްފޯމެއް ލިބުމުނުހާ އަވަހަކަށް މަރުޙުމް ޑޮކްޓަރު އަފްރާޝީމްއަލީގެ ގާތިލުން ހާމަކުރައްވާނެކަމަށެވެ. އެންމެފަހުން އެވާހަކަވެސް ބިލާހަކަށެވެ. ރައްޔިތުންނޭ މިހާތަނަށް ޔާމީނުއަބުދުލްގައްޔޫމުގެ ކަހަލަ ވެރިއެއް ދިވެހިންނަށް ލިބިފައެއްނުވެއެވެ. ކުރިމަގުގައި ވެސް މިވަރުގެ ޗޮއިސްސެއް ނެތެވެ. މިއީ ހައްތާވެސް މަށަށްބޮޑުބައި އަޅާޕާޓީތަކެވެ. ދިވެހި ރާއްޖޭގައި ބޭރުގެ އެއްވެސް ސިފައިންގެ މީހަކަށް ފުރުސަތުނުދޭނެކަމަށް ފިސްތޯލަ ޕާޓީ ބުނަނީ ދިވެހިން އޮޅުވާލުމަށްޓަކައެވެ. މިސަރުކާރަކީ މިވެރިންގެ މަދަދާއި އެކު އެކުލެވިގެންވާ ކޯލިޝަނުން ވެރިކަމެކެވެ. މިސަރުކާރުންވެސް ބުނަމުން އަންނަނީ ރާއްޖޭގައި ތިބެނީ އިންޑިޔާގެ ޓެކްނީޝަނުންކަމަށެވެ. އެއީ ސިފައިންނޫންކަމަށެވެ. ފިސްތޯލަމެންވެސް އެކިޔަނީ ހަމަ މިއެވެ. ދިވެހިންނޭވެ! ހޭއަރާށެވެ. 2023 ގައި ޅައެެއްޗެއް ނާޅާނާށެވެ. ހަމަ އެހެންމެ ޓެސްޓްތައް ހަދާނީ ލެބްތަކުގައެވެ. ގައުމެއްގެ ރައީސަކު ރައްޔިތުން ހޮވަނީ މާޒީގައި އެމީހަކީ ކާކުތޯ ހުރިހާ އެންގަލަކުން ވަރަށް ރަގަޅަށް ބެލުމަށްފަހުގައެވެ. މިގޮތަށް ބެލުމަށްފަހު މެޖޯރިޓީ އިއްތިފާގުވާ މީހާ ގައުމުގެ ވެރިއަކަށް ހޮވާށެވެ.
މޮޅުވާހަކަ ދައްކާނެ ކަމެއްނެތް! އަފުރާސީމު މައްސަލަ ތަހުގީގު ނުކުތެވުން.ބަގާވާތެއްކުރި އެވަރުމީހަކު މޮޅުވާހަކަ ނުދައްކާ ،،މޯލްޑީސް ބަގާވާތުޕާޓީ،،
އެމްއެންޕީ ތަބަކަށް ލައިގެން ދޭންއުޅުނަސް ދޭކަށް ތިއްކެއްހާ ވަރުވެސް ހުރިނަމަތާ ދެވޭނީ.
އަޅުގަނޑުމެން އަތުގައި ނެއް ތިޕާޓީ އަށް ދޭނެ ވޯޓެއް.