މާލޭގެ މިސްކިތްތަކުގެ ފެންޑާގައި ދެ ޖިންސުގެ މީހުން ނިދާފައި ތިބޭ މައްސަލަ ބޮޑުވެ އާއްމުންގެ ފާޑުކިޔުން އަމާޒުވާން ފަށައިފިއެވެ. މަސްޖިދުއްތަޤުވާނުގެ ފެންޑާގައި އަންހެނުންނާއި ފިރިހެނުން ނިދާފައި ތިބި މަންޒަރު ފެންނަ ފޮޓޯތަކެއް މިއަދު މީސްމީޑިއާގައި ވަނީ ދައުރުވާން ފަށާފައެވެ.

މަސްޖިދުއްތަޤުވާންގެ ޖަމާއަތްތެރިއެއްކަމަށްވާ އަހުމަދު މުނައްވަރު ހިއްސާކުރި އެ ފޮޓޯތަކުން ހަތަރު މީހަކު ފެނެއެވެ. ފޮޓޯ އިން ފެންނަނީ އެ އެންމެން ވެސް އެ މިސްކިތުގެ ފެންޑާގައި ނިދާފައި ތިބި ތަނެވެ. ނިދާފައި ތިބި މީހުންގެ ތެރޭގައި އަންހެނަކު ވެސް ހިމެނެއެވެ. އެ ފޮޓޯތައް ހިއްސާކޮށް އޭނާ ވަނީ އެ ފޮޓޯ އިން ފެންނަނީ ގައުމުގެ ހާލަތުކަމަށް ވެސް ބުނެފައިވެއެވެ. އަދި "އަންހެނުންނާއި ފިރިހެނުންނާއި ހަމަހަމަވީ ތޯއްޗެއް" މިހެން ވެސް އޭނާ ވަނީ އެ ފޮޓޯ ހިއްސާކުރަމުން ބުނެފައެވެ.

މުނައްވަރު "ވަގުތު" އަށް ވިދާޅުވީ، އެ މިސްކިތުގައި މިގޮތަށް މީހުން ނިދާތާ މަހަކަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށެވެ. އެ މިސްކިތުގެ ފެންޑާގައި ނިދާ މީހުން އާއްމުކޮށް އެތަނަށް އަންނަނީ ރޭގަނޑު 11 ޖަހާކަށްހާއިރު ކަމަށާއި ބައެއް ދުވަސް ދުވަހު މީހުން ފަތިސް ނަމާދުން ފައިބައިގެންދާއިރު ވެސް އެތަނުގައި މީހުން ނިދާފައި ތިބޭކަމަށް އޭނާ ވަނީ ބުނެފައެވެ.

"އެއީ ހަމަ ކޮންމެ ރެއަކު ވެސް ހާލަތު. ނޭނގޭ ކޮންބައެއް ކަމެއް. ފުލުހުންނަށް ވެސް އަންގާފައި ވާނީ. މަހަކަށް ވުރެ ގިނަ ދުވަސް ވެދާނެ. 11 ޖަހާކަށްހާއިރު އަންނަނީ. ބައެއް ދުވަސް ދުވަހު ފަތިސް ނަމާދަށް އައިސް މީހުން ގޮވީމަ ދާނެ. ގޮވިޔަސް ހޭނުލާ ދުވަސް ދުވަސް ވެސް ދޭ. ދެން މިއަދު މި ފޮޓޯ ލާން ޖެހުނީ އަންހެނަކު ވެސް މި މީހުންނާއި އެކު އޮތީމަ. ކުރިން ވެސް މިހެން ނިދާ މައްސަލަ ސަމާލުކަމަށް ގެންނަން ފޮޓޯ ލިން." އޭނާ ވިދާޅުވިއެވެ.

މިކަމާއި ގުޅޭގޮތުން މާލޭ ސިޓީ ކައުންސިލްގެ އެސިސްޓެންޓް ކައުންސިލް އޮފިސަރ ހަސަން ލުތުފީ "ވަގުތު" އަށް ވިދާޅުވީ، ފާއިތުވި ދުވަސްތަކުގައި މިސްކިތުގެ ފެންޑާގައި މީހުން ނިދާ ކަމުގެ ޝަކުވާ އެ ކައުންސިލަށް ވަރަށް ގިނައިން ލިބެމުންދާ ކަމަށެވެ. އުސޫލު ހަމަޖެހިފައި އޮންނަ ގޮތުން މިސްކިތްތަކަކީ ކައުންސިލްތަކުގެ ބެލުމުގައި ހުންނަ ތަންތަނަށް ވުމުން އެތަންތަނުގައި މީހުން ނިދާ މައްސަލަ ފުލުހުންނަށް އެކި ފަހަރު މަތިން ހުށަހަޅާފައިވާނެ ކަމަށް ވެސް ކައުންސިލުން ވިދާޅުވެއެވެ.

"ހަމައެކަނި އެ މިސްކިތަކު ނޫން. މާލޭގެ އެކި ހިސާބުތަކުގައި ހުރި މިސްކިތުގައި އެކަން އެބަ ހިނގާ. ފުލުހަށް ވެސް އަންގާފައި ވާނީ. އެކަން މިކުރަނީ މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައިވާ ކުދިން ގިނައިން. ގޮވީމަ އެކުދިން ދޭ ގިނަ ފަހަރު. " އޭނާ ވިދާޅުވިއެވެ.

މިގޮތަށް މިސްކިތުގައި ނިދާފައި ތިބޭ މައްސަލަ އާއްމުންނާއި ކަމާއި ބެހޭ ފަރާތްތަކުން ރިޕޯޓް ކުރުމުން ފުލުހުން ގޮސް އެފަދަ މީހުން އެތަންތަނުން ފޮނުވާލާފައިވެސް ވެއެވެ. އެހެންނަމަވެސް މި މައްސަލައަށް އެކަށީގެންވާ ހައްލެއް ލިބޭ ގޮތް ވަނީ ނުވެފައެވެ. އަދި މިގޮތަށް މިސްކިތުގައި ނިދާފައި ތިބޭ ގިނަ މީހުން ތިބެނީ މަސްތުގެ ހާލަތުގައި ކަމަށް ވުމަކީ އާއްމުންގެ އިންތިހާ ކަންބޮޑުވުން އޮތްކަމެކެވެ.

އެ ފޮޓޯ މީސްމީޑިއާގައި އާއްމުވުމާއި އެކު އެއީ ކުރީ ސަރުކާރުން ކުރި ކަމެއް ނަމަ ސަރުކާރު ހިންގާ އެމްޑީޕީއިން އެކަމަށް ވަރަށް ފާޑުކިޔާނެ ކަމަށް ބުނެފައެވެ. އެހެންނަމަވެސް މި ސަރުކާރުގައި އެފަދަ ކަމެއް ވުމުން ޒިންމާ ނުނެގޭ ކަމަށް ބުނެ އާއްމުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. މިސްކިތްތަކުގެ ފެންޑާގައި ނިދުމަކީ ފަހަކަށް އައިސް އާއްމުވެފައިވާ ކަމެކެވެ. އާއްމުން ވަނީ އެކަން ނުހުއްޓުވެނީ ކީއްވެތޯ ސުވާލު އުފައްދާފައެވެ. އަދި މިސްކިތުގައި އެގޮތަށް ނިދުމަކީ މިސްކިތްތަކުގެ ހުރުމަތް ކުޑަކޮށްލާ ކަމަކަށް ވާއިރު އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް އާއްމުން ދަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

35 ކޮމެންޓް

  1. މަސީހު

    މަސްތުވާތަކެތި އަދި އެހެނިހެން ކުށްކުށުގަ ޖަލަށް ލާފަވާ ގިނަ ބަޔަކު ވަނީ ދޫކޮށްލާފަ. ދެން ވަންނާނެ ތަނެ ނެތުނީމަ ސަލާމް ޖަހައިގެންނާ ވައްކަންކޮށްގެން ކަނީ. ނިދާނެ ތަން ނެތުނީމަ މިސްކިތު ފެންޑާގަ ނިދަނި. މިކަން ހައްލުކުރުމަށް ގާނޫނަށް ވުރެ ބޮޑަ އިހުލާސްތެރި ވެރިން ބޭނުންވަނީ. ޕާޓީ ސިސްޓަމް ތެރޭގަ މިކަން ހަ އްލުނުވާނެ.

    83
    2
  2. ކޭ

    ހަމަހަމަ ވެގެނެއްނޫން ތިވަބާގަ ޖެހޭ ކޮންމެ މީހެއްވެސް ވަންނާނެ ތަނެއްނެތި ޖެހޭނީ ތިހާލެއްގަ ދުނިޔަވީ ހަލާކަށް އަންހެނުންނާ ފިރިހެނުން ހެއްލޭނެ.

    48
    2
  3. ހިޔާލު

    މިސްކިތްތަކުގެ ޙުރުމަތްތެރިކަން ރައްކާތެރި ކުރުމަށްވެސް ނުކުޅުދެނީ ތޯ ، މާއްވެގެންވާ އިސްލާމްދީނޭ ކިޔާފަ ވާހަކަ ދެއްކީމާ ނިމުނީ ތޯ ؟ ކޮބައިތޯ އިސްލާމިކް މިނިސްޓްރީ ؟ ހޯމް މިނިސްޓަރ އަކީވެސް އިސްލާމީ ޢިލްމު އުނގެނިގެން ހުރި ބޭފުޅެކޭ ކިޔާ އަޑު އިވޭ؟ އިސްލާމްދީނަށް އިޙްތިރާމެއްވެސް ނެތީތޯ؟ މިސްކިތްތަކުގައި މަސްތުވުންފަދަ ބޮޑެތި މުންކަރާތްތައް ހިންގާއިރު ހުއްޓުވޭނެ ބާރެއްވެސް ނެތީތޯ ؟ އީމާންކަމުގެ ލޭ ހިނގާ ޒުވާނުން ވެއްޖެ މިފަދަ މުޑުދާރު މުންކަރާތްތައް الله އަށްޓަކައި ހުއްޓުވާން ނުކުންނަން

    62
    3
  4. އަލީ

    ފުލުހުން ޑިއުޓީ އަދާނުކުރަނީ!

    64
    1
  5. ސައްލެ

    މާލޭކޮޅުން މާތިޔާގިކޮށް ހަކުރު ލިބޭކަމަށް ވަނީ އެހެންވެ ރަށަށް ނުދާނެކަމަށް ބުނަނީ މާލޭގަ ވައްކަން ކޮއްގެލް ލާރި ހޯދައިގެން ބޮނީކަމަށް

    47
    3
  6. މަންޑެ

    މާލޭކޮޅުން މާތިޔާގިކޮށް ހަކުރު ލިބޭކަމަށް ވަނީ އެހެންވެ ރަށަށް ނުދާނެކަމަށް ބުނަނީ މާލޭގަ ވައްކަން ކޮއްގެލް ލާރި ހޯދައިގެން ބޮނީކަމަށް އެމީހުންބުނީ

    25
    4
  7. ޞާރި

    ކުރީ ސަރުކާރުގެ ސަބަބުން ވާކމެއް ތީ... 2023 ގަ ތިކަން ހައްލުވާނެ

    50
    8
  8. ޚާރު

    ދެމަފިރިން ކުރާކަންތަށް ވެސް ކުރާނެ ތިވަރުން ދަންޏާ

    54
    4
    • ދެމަފިރިން

      އަހަރުން ކިޔަވަނީ ގްރުއާން އިނގޭތޯ!

  9. ސަލާމް

    ތިކަމަކީ ކުރީގެ ސަރުކާރުގެ ސަބަބުންވާ ކަމެއް.ތިކަމުގެ ޒިންމާ ނަގަންޖެހޭނީ ކުރީގެ ސަރުކާރުން.

    50
    18
  10. Anonymous

    ފުލުހުން ރޭގަނޑުގެ ޑިއުޓީ އަދާކުރާ ނަމަ ތާ؟ އަދާކުރޭބާ؟

    45
    1
    • ކޮމިޝަނަރު

      އާން ކުރޭ... ހޭލައިގެން ސައިކަށް އަރަން އަންނައިރު އިންނާނެ ސްޓިކާ ޖަހާފަ...
      ޓު ޕްރޮޓެކްޓް އެންޑް ސާވް މައި ފޫޓް....

  11. ކަލްޓް

    ތީ ސަރުކާރުން ގަސްތުގަ ކުރުވާ ކަމެެއް، މިސްކިތް ކައިރި ނަމަދާ ގޮސް ސައިކަލު ޒޯނުން ބޭރު ގަ ބެހެއްޓި އަސް ، ފުލުސް މީހާ އަށް ފެނޭ! ނުޖެހޭ ގުޅާ ކަށް، ތިމީހުން އަތުން މީރާ އަށް ލާރި ވަން ނާނެ ނަމަ ތިމީހުން ނިއްކުރީ ގަ ސްޓިކަރ ޖެހީސް، މިސަރުކާރުން ދިވެހިން ވ ނިކަމެތި ކޮއްފި!

    62
    1
  12. ކޮރަލް

    ޑްރަގް ބޯމީހުން މިސްކިތް ތަކަށް ވަދޯމައްސަލަ ތައް ނޫސްތަކުގަ ޖަހާ އިރު ހައްދު ފަހަނަ އެޅި މީހުން ނޭ ނުޖަހަ އެވެ. ދެން ހައްދު ފަހަނަ އެޅުމަކީކޮބާ ތޯ އެވެ؟

    45
  13. މޮޅުމޮޔަ

    މާރިޔާ ބުނާނެ އެއީ ޤައުމީ ބަތަލުންނޭ، އެމްސީ ބުނަނެ އެކަމާ އަޅައި ނުލާށޭ މުޒާހިރާ ކުރާމީހންނަށް ނުހައްގުން އަނިޔާދެވޭތޯ ބަލާށޭ

    44
    3
  14. 😣😣

    މިސަރުކާރު އައިފަހުން މިފަދަ އެތައްކަމެއް ވެއްޖެ. އަދަބެއްނުދެވޭ ފިޔަވަޅެއްނޭޅެ. ކިހާދެރަކަމެއތަ!😠😠

    46
    1
  15. ސަންފަ

    މަސްތުވެގެން ހުރެ މިސްކިިތާ ކައިރި ވެސް ނުވާން ޤުރުއާން ގައި އަންގަވާ ފައިވަނީ. ތިޔަ ފެންޑާތަކަށް ނުވަދެވޭ ގޮތަށް ދަގަޑުން ފްރޭމް (ޖާލީ) ހަދާފަ ހަރުކުރަން ފެނޭ. ޢެހެން ހަދައިގެން ވެސް ހަމަ ހޭގަ ތިބޭ މީހުން އެބަ ޖެހޭ ތިޔަ ބައިގަނޑު މިސްކިތްތަކުގަ ނުނިދާނެ ގޮތެއް ހޯދަން. މަސްތުގެ ހާލުގަ ހުރެ މިސްކިތަށް އަރައިގެން ނުވާނެ. އެރިޔަ ދީގެންވެސް ނުވާނެ.

    46
    4
  16. ބަބޫ

    ﷲގެ ގެކޮޅުތީ. ވަންނާނެ ތަނެއްނެތި ނިކަމެތިކޮށް އުޅޭމީހުންނަށް ހިމާޔަތަކަށް މިސްކިތް ވާންޖެހޭނެ. އެއީވެސް އިންސާނުން. މަގުމަތީގަ މީހުންޖަހާ ރަތްކުޅުތަކުގެ މަތީގަ ނިދުމަށްވުރެ މިސްކިތަށް ވަދެ ނިދުންވެސް ރަނގަޅު. އިންސީނިއްޔަތު ކަމެއްވެސް ނެތީތަ. ތިހާ މޭކަރަންޏާ އެމީހުނަށް ކާއެއްޗެއް ދިއްކޮށްލަބަލަ. ނޫނީ ތިގޭގެ ފެންޑާގަ ނިންދަވަބަލަ. އެމީހުން އެތަނުގައި ނުބައި އަމަލެއް ހިންގާނަމަ ހުއްޓުވަންވީ އަދި ނެރެންވެސް ވީ. ހަައެކަނި ޕޭމަޓްމަތީ ނިދަން ޖެހޭތީ މިސްކިތުގެ ފެންޑާއަށް ނިދަން ވަނުމަކީ މައްސަލައެއްނޫން.

    24
    56
    • ބަކަރި

      ބާބޫ އަހަންނަކަށް ނުކެރޭނެ ގޭގެ ފެންޑާގަ ނިންދަވަން ހޭލާއިރު އަންހެނުންވެސް ވަގައްނަގާފާނެ އެހާ ކޮލެޓީ ބައެތްގެ ވާހަކަތިބުނީ

      9
      2
    • މަންޖެ

      ބާބޫ ނިކަން ތިގެއިން އެތްކޮޓަރި ދެޖިންސުގެ ކުދިންކޮޅައް ދޭންވީންނު

      13
      1
    • އެދުރު

      މަސްތުވުމަކީ ނުބައި އަމަލަކަށް ނުވަނީތަ ؟ އަޖައިބު

  17. މޮޅުވެރިކަން

    އެމްޑީޕީ އާއި ކާނަލް ނާޒިމާއި އިމްރާނާއި މަޢުމޫނު ކޯލިޝަންގައި ދީނުގެ ޙާލަތު

    11
  18. މޮޅުވެރިކަން

    ފުޅުހުން ޑިއުޓީއަށް ނުކުތީމަ ދިމާވނީ މުޅިންވެސް އިމްރާނު ރޭޕްކޮއްފައިވާ އަންހެނުން އެހެންވެ މިހާރު ނުނިކުމޭ

  19. ށުވޭސް

    ނުނެރޭތި ހައްޤު ގެއްލޭނެ އެހެންނޫނީ އިޚްމާލެއްވާނެ މައިންބަފައިންގެ މައްސަލައެއް ނޯންނާނެ ، ނިދާފައި ތިބިމީހުންގެ އުމުރު ބެލުމަށްފަހު ވިހޭއިރު ވެރިކަމުގައި ހުރި މީހެއްގެ ޒިންމާއެއްކަމަށްނިންމާ ، ނޫސްވެރިން ނިކަންރަނގަޅަށް އެވެރިޔަކަށް އަޅާލަބަލަ، އެއީ ނޫންތޯ ވެރިން ޒިންމާދާރު ކުރުވުމަކީ

  20. ރަދީފް

    ބްރޯ.މަސްޖިދުއް ތަޢާވުން

  21. ފޮނުވާލާ....

    ކިހާބޮޑު ނޮހޮރުއްޕާނެއް! މިހާރު މީދަލަށްވުރެ މިމީހުންގެ އުނދަގޫ ބޮޑުވެއްޖެ އެވެ. މިކަހަލަ ގޮތެއްފޮތެއް ނެތް މީހުންނަށް ހަދަންވީ ގޮތަކީ، އެހެން ރަށްރަށަށް ނޭރޭ ގޮތަށް، އެމީހެއްގެ ރަށަށް އެމީހަކު ފޮނުވާލަންވީ އެވެ.

  22. ރަތްޔިތުއަހަންމަދު

    މިއީ ސަރުކާރުތަކުންގަސްތުގަ ކުރާކަމެއް ހިމާޔައްކޮއްފަތިބޭދޫނިތީ ޑުރަގުން ޒުވާނުން ސަލާމަތްވެއްޖެއްޔާ މިބޭފުޅުންގެ ވަޒީފާތަކުގައި ތިބޭނީ ކިޔަވައިގެން ނުކުންނަޒުވާނުން އެހެންވީމަދުރަލާރާވައިގެން ހިންގަފައިވާކަމެއްތީ ޑުރަގަކީ ހަގީގަތުގަ ބިންތައްހިސޯރުކޮއް ގޯތިނުދެނީވެސް ހަމަ އެހެންވެގެން އެއީ ކުރީޒަމާނުގައި ސަރުކާރުތަކުން 18 އަހަރުވީމަގޯތިދެނީ އެއީޒުވާނާޔައް ސަރުކާރުންދެއްވާ ވަޒީފާއެއް އެއްކަލަޒުވާނާމަހައްފަރައްގޮސް އެގޯތިގަ ގެދޮރުއަޅައިގެން ޒަވާޖީހަޔާތެއް ފައްޓައިގެން އަރާމްދިރިއުޅުމެއްގަ އުޅެމުން އައީ ޑިމޮކްރަސީއޭކިޔައިގެން ރައްޔިތުން އަޅުވެތިކޮއް ގެވަޅުނުދީ ބިކަކުރީ ދެން ރައްޔިތުންކުރާމަސަތް ކަތުން %6 ޖިޒީނަގައިގެން ވެރިން އެފައިސާއިން އަރާމްގަ ފިނިކޮޓަރިތަކުގަ ޚިއްތޯ ކުރާނީ މާތްﷲ އާވަކިލް

    8
    1
  23. ޙހހހ

    ސިޔާސީ މީހުންގެ ގެ ކައރީގައި ސެކިއުރިޓީއަށް ހުރީމަ ލިބޭ ފައިސާ ގިނަކަމަށްވަނީ ، މިސްކިތްތަކަކީ އިބްރާހިމް މުހައްމަދު ސޯލިހް އިސްކަންދޭ ތަންތަނެއް ނޫންކަންނޭނގެ ،

    12
  24. ސ

    ދެން ވޯޓެއް ނުދޭނަން. ..

  25. އަތޯލާ

    މި ސަރުކާރުގެ ލާދިނީ އެޖެންޑާ ތަފާތުވާނެ.

  26. ޖޫނީ

    ފުލުހުން އިތުރު ކުރިޔަސް ޤާބިލްކަން އިތުރެއް ނުވޭ، އިޚްލާޞްތެރިކަން އިސްކުރުން ވެސް މުހިނމުކަމަށް ގިނަބަޔަކު ދެކެއެވެ.

    1
    1
  27. މީ

    އަސްތަޤްފިރުﷲ

  28. ރމޒ

    މީ މާބޮޑު މައްސަލައެއް ނޫން މިހެން އުޅެނީ ވަރަށް މަދުބައެއް ތަފާތު ސަބަބު ތަކާހުރެ އެކަމުގެ ހައްލުވެސް ކަމާބެހޭ ފަރާތަށް ހަމަ ރަނގަޅަށް އެނގޭ ހައްލުކުަރަން މަސަކަތް ނުކުރަނީ ނުވަތަ ވަކިބަޔަކު ވެރިކަމުގަ ތިބީމަ މީސްތަކުންގެ މެދުގައި ނަފުރަތު އުފަށްދަން ހައްލުނުކުރަނީ ނޫނީ އެމީހުންގެ ވެރިންގެ ހުރި ދޯދިޔާކަން ހާމަކުރަން މިފަދަކަންތަށް ހައްލު ނުކުރަނީ
    އަދަށް ވުރެ ހެޔެ ވިސްނުން މިފަދަ މީހުންނަށް މާތް ﷲ ދެއްވާށި މި ބަލިކުދިންނަށް ޝީފާ ދެއްވާށި
    އާމީން

    1
    1
  29. އަލީ އަހުމަދު

    މިޤަވްމުގެ އާންމުންނަށް މިހާރު ހީވޭ، މި ޤަވްމުގަ ފުކުހުންނޭ ކިޔާ ޖަމާޢަތެއް އޮތުމުގެ މާބޮޑު ބޭނުމެއް އޮތްހެންނެއް، ފުލުހުން އިސްޓިކާ ޖަހާފައި ބަޖެޓަށް ލާރި ހޯދައިދިނީމަ އެމީހުންގެ ޒިންމާ ނިމުނީ

  30. ޖުލައި

    ސްޓިކާ ޖެހުނީމަ ފުލުހުންގެ ވާޖިބު އަދާކުރެވުނީ