މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ޖޭޕީން ހުށައަޅާ ރަނިންމޭޓް މި މަހު ދިހައެއްގެ ކުރިން އިއުލާން ކުރާނެކަމަށް ޖޭޕީއިން ބުނެފިއެވެ.

ކުނޫޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ސަމީރު ވިދާޅުވި ގޮތުގައި އެޕާޓީ އަށް ލިބިފައިވާ ޓައިމް ފުރޭމް ތެރޭން އެޕާޓީގެ މަސައްކަތް ކުރިޔަށް ދާ ކަމަށެވެ. އަދި އެޕާޓީ ދައްކާ ރަނިންމޭޓް ކުރިޔަށް އޮތް ދިހަ ދުވަސްތެރޭ އިއުލާން ކުރެވިގެން ދާނެކަމަށް ސަމީރު ވިދާޅުވިއެވެ.

ސަމީރު އިތުރަށް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ނިންމުން އެ ޕާޓީގެ ގާބިލުކަން އެބަހުރިކަމަށް ވިދާޅުވިއެވެ. އަދި އެހެން ޕާޓީތަކަށް ޖޭޕީގެ ނިންމުންތައް ނިންމަން ވީ ގޮތް ބުނެދޭން ނޭގޭނެ ކަމަށް ސަމީރު ވަނީ ވިދާޅުވެފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީން ވަނީ އެޕާޓީގެ 203 މަގާމަކަށް ކުރިމަތިލުމުގެ ފުރުސަތުވެސް ހުޅުވާލައިފައެވެ.

203 މަގާމުތަކުގެ ތެރެއިން ކޮމެޓީތަކުގެ މަގާމުތަކުގެ ތެރޭގައި:
ކޮމެޓީ އޮފް ފޮރިންއެފެއާސް،
ކޮމެޓީ އޮފް ޑިފެންސް،
ކޮމެޓީ އޮފް ޓުއަރިޒަމް،
ކޮމެޓީ އޮފް ފައިނޭސް،
ކޮމެޓީ އޮފް ހައުސިން އެންޑް އިންފުރާސްސުޓުރަކްޗާ،
ކޮމެޓީ އޮފް އިސްލާމިކް އެފެއާޒް،
ކޮމެޓީ އޮފް އެޑިއުކޭޝަން،
ކޮމެޓީ އޮފް ހެލްތް،
ކޮމެޓީ އޮފް ޖެންޑާ،
ކޮމެޓީ އޮފް ސޯސަލް ސެކިއުރިޓީ،
ކޮމެޓީ އޮފް ޔޫތް އެންޑް ސުޕޯޓް،
ކޮމެޓީ އޮފް ޓުރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން،
ކޮމެޓީ އޮފ ފިޝަރީސް،
ކޮމެޓީ އޮފް ހިއުމަން ރިސޯސަސް އެންޑް ލޭބާ،
ކޮމެޓީ އޮފް އެންވައިރަމަންޓް އެންޑް އެނާޖީ،
ސިވިލް ކޮމެޓީ،

މިމަގާމުތަކަށްކުރިމަތިލުމުގެ ފުރުސަތު ދިހަ ދުވަހުގެ މުހުލަތެއް ދެވިފައިވނެކަމަށް ސަމީރު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. މުހަންމަދު

  އެމްޑިޕީން މަސައްކަތްކުރާނީ ގާސިމަށް ސީދާތާއިދުކުރާ މީހަކަށްނުލިބި ލާދީނީ ނަސީދު ބުނާގޮތްހަދާ ކަހަލަ މީހަކުލެވޭތޯ އެހެންވެ އެބުނާ އަލީހުސޭނެއގެ ނަން ނަގަނަގާފަ އެޖަހަނީ ގާސިމުގެ އަނބިކަނބަލުންވެސް އެމީހުނަކަށް ކަމަކުނުދާނެ އެމީހުނާ ގުލޭ ގޮތްކުޑަ ލަދުކުޑަ އަނގަ ހުތުރު މީހަކު އެމީހުނަށް ކަމުދާނީ މިހާރު ގާސިމްގެ އަނބިކަބަލުން ނަގުލޭގޮތުން ހުތުރުހާގޮތްގޮތަށް އެއްޗެހިކިޔާ ފާޑުފާޑު ގެ ފޮޓޯ އަޅާފަ އެހުންނަނީ

 2. ފާތުން

  ރަނިންމޭޓަކަށް ޖަރުމަމު މީހަކު ލާންފެނޭ

 3. ކެރީ

  ޕްރީޕެއިޑް ޝިއުނާ

 4. ހަނާ

  އެނގިދާނެތާ! އެކަމަކު މަށަކަށް ކަމަކު ނުދޭ ޖަޒީރާ ދިރިއުޅުމެއް. މަށަށް ހަމަ ކަމުދަނީ، ސިޓީތަކުގެ ތަރައްޤީއާޢި ތަމައްދުނާއި، ތަހުޒީބު. ފަހަތަށް ގޮސް 40 އަހަރު ފަހަތަށް ސޮއްސާލަން ބޭނުންވާ ބަޔަކަށް ސަޕޯޓް ކުރެވޭނެ ގޮތެއްނެތް. ވ.ސަލާމް.

 5. އައިމިނަ

  މިމީހުންގެ މެނިފެސްޓޯގަ އަދި ނެތް ކަމުދާ އެއްކަމެއްވެސް. ތައުލީމެއް، ސިއްހަތެއް، ތަހުޒީބީ މުޖުތަމައެއްގެ ސިފައެއްނެތް. ހަމައެކަނި، މަސްތުވުމާއި، އިސްލާމްދީނުން ގެއްލި ހަލާކުވާފަދަ މިނިވަންކަމާއި، ކޮރަޕްޝަނާ ފަސާދަ ރަމްޒުކުރާ ގޮތަށް، ފަޅުތަށް ކައުންސިލަރުންގެ ބާރަށް ދޫކޮށްލުމާއި، ރައްޔިތަކަށް ފައިދާވާނެ އެއްކަމެއްވެސް އަދިނެތް މެނިފެސްޓޯއެއް ގެންގުޅޭބައެއް. ކަމަކު ނުދޭ.

 6. Anonymous

  ޖޭ.ޕީއަކީ، ހަމަ އަބަދުވެސް ސަޕޯޓިންގ ޕާޓީއަށްދޯ މިވަނީ. އަމިއްލައަށް ކޮޅަށް ތެދުވެ ހިންދެމިލެވޭނެ ކަމުގެ އުއްމީދެއްނެތް ޕާޓީއެއް. މިޕާޓީގަވެސް މެންބަރުން ތިބީމަ މައަޖައިބުވަނީ.

 7. ނައިބުތުއްތު

  އިބޫއަކީ އިންތިގާލީ ރައީސެއް. އިންތިގާލީ ރައީސުންނަކީ ދިވެހިރައްޖެއަށް ބޭނުންވާ މީހުންނެއްނޫން. ރާއްޖެއަށް ބޭނުންވާނީ 5 އަހަރު ދުވަހުގެ ދައުރަކަށް އިންތިޚާބުކުރެވޭ ރައީސެއް. އެއީ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް. އިންޝާﷲ

 8. ގާސިމް

  ރަނިންމޭޓަކައް ސަމީރު

 9. ޖިހާދު

  ސަމީރު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ނިމުންވަރައް ހިތިވާނޭ ތިމަންނަ ނުނަގައިފިއްޔާ

 10. ފާގަ

  މިހާރު ޖޭޕީ އަކީ އެމް.ޑީ.ޕީ ގޮތްޕެއް. ޖޭޕީގެ ކައުންސިލް ކޮންޓްރޯލް ކުރަނީ ކޯލިޝަން ނިވާފަތްގަނޑަކަށް ހަދައިގެން އެމް.ޑީ.ޕީ. ގާސިމުއަށް ތަނެއްދޮރެއް ނާންގާ ގާސިމްގެ ފައިދަށުން އެމް.ޑީ.ޕީ އިން ޖޭޕީ ދަމައިގަންނާނެ.

 11. ހޭބަލި

  ރަނިންގްމޭޓަކަށް ކަންބަޅި ބަކައްޓެއް ލާން ފެނޭ، އޭރުން ބޭނުން އިރަކު ކަތިލަން ފަސޭހަވާނެ، މަސްވެސް އެހާމެ މީރުވާނެ.

 12. ދޮންކަލޯ

  ހިންނަވަރު ރައްޔިތެއް ވެރިކަމަށް ގެންނަން މިއުޅެނީ، ގާނޫނުގައި ނެތް ކަމެއް އެސޮރުގެ ބޮލަށް ފައްތާ ދޮޅުއަހަރުން ނަޝީދު ވެރިކަމަށް ގެންނަން މީނަލައްވާ މާފު ދޭނަމޭ ހިތާ. ބަލަ ދިވެހިންގެ ބޮލަކަށް ތިހެން ޗިޕެއް ނުޖެހޭނެ. ތިއީ ލާދީނީ ބައިގަނޑެއް. މިގައުމު އިންޑިޔާގެ އަޅުވެތި ކަމުގެ ދަށަށް ގެންދަން މަސައްކަތްކުރި ހާއިނުން ތިއީ.

 13. ޙަބޭސް

  އިބޫއަކީ ގުޅިފައިވާ ޕާޓީތަކުގެ ޕޮޕަޓެކޭ ބުނަނީ މިހެނވެގެން
  ޢިބޫގެ ރަނިންމޭޓަކީ އިބޫ ނުދަންނަ މީހެއް އެއްގަލަށް އަރަންވެސް ބޭނުމެއް ނުވޭ ތިފެށެނީ ބޮޑު ހަނގުރާމައެއް ކުޅިބަލަނަން ތިބެނވީ

 14. ސަރަގު

  ޖޭޕީއިން ރަނިންމޭޓްް އެއް ދައްކަންވާނީ ގާސިމް ގެ ރިސޯޓް ތަކުގެ މުއައްޒަފުންގެ 4މަހަށްވާ ސާވިސްޗާރޖް ދައްކާ ހަލާސް ކޮަށްފަ. އޭރުންދޯ ވޯޓް ލެވަޭނީ،؟؟؟؟

 15. މާރިޔާ

  ސަމީރުކަލެއައްކެރޭނެތާއނނގެބރއައްޖަހަން