16:44

އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެއާއި ލަންކާ ބައްދަލުކުރާ މެޗަށް ހާއްސަކޮށް އެފްއޭއެމް އިން އިތުރު ދޭން ނިންމި 1000 ޓިކެޓް ގަންނަން ފަސް ގަޑިިއިރު ކުރިން ކިއު ހަދާފައި- ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެއާއި ލަންކާ ބައްދަލުކުރާ މެޗަށް ހާއްސަކޮށް އެފްއޭއެމް އިން އިތުރު ދޭން ނިންމި 1000 ޓިކެޓް ގަންނަން ފަސް ގަޑިިއިރު ކުރިން ކިއު ހަދާފައި- ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެއާއި ލަންކާ ބައްދަލުކުރާ މެޗަށް ހާއްސަކޮށް އެފްއޭއެމް އިން އިތުރު ދޭން ނިންމި 1000 ޓިކެޓް ގަންނަން ފަސް ގަޑިިއިރު ކުރިން ކިއު ހަދާފައި- ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެއާއި ލަންކާ ބައްދަލުކުރާ މެޗަށް ހާއްސަކޮށް އެފްއޭއެމް އިން އިތުރު ދޭން ނިންމި 1000 ޓިކެޓް ގަންނަން ފަސް ގަޑިިއިރު ކުރިން ކިއު ހަދާފައި- ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެއާއި ލަންކާ ބައްދަލުކުރާ މެޗަށް ހާއްސަކޮށް އެފްއޭއެމް އިން އިތުރު ދޭން ނިންމި 1000 ޓިކެޓް ގަންނަން ފަސް ގަޑިިއިރު ކުރިން ކިއު ހަދާފައި- ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

15:52

އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެއާއި ލަންކާ ބައްދަލުކުރާ މެޗަށް ހާއްސަކޮށް 1،600 ޓިކެޓް ރައީސް އޮފީސް ބޭނުމަށް ނެގި ކަމަށް ބުނެ ދެކެވެމުންދާ ވާހަކަ އެ އޮފީހުން ދޮގުކޮށްފި

15:34

އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެއާއި ލަންކާ ބައްދަލުކުރާ މެޗަށް ހާއްސަކޮށް އެފްއޭއެމް އިން އިތުރު ދޭން ނިންމި 1000 ޓިކެޓް ގަންނަން ފަސް ގަޑިިއިރު ކުރިން ކިއު ހަދައިފި

14:33

އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެއާއި ލަންކާ ބައްދަލުކުރާ މެޗަށް ހާއްސަކޮށް އިތުރު ޓިކެޓްތަކެއް ވިއްކަން އެފްއޭއެމް އިން ނިންމައިފި

14:00

އެސްއޯ ފުލުހުން ޝީލްޑާއެކު މުޒާހަރާ ކުރާ ސަރަހައްދަށް ނުކުމެއްޖެ

13:49

ދިވެހި ގައުމީ ފުޓްބޯޅަ ޓީމު ގަލޮޅު ދަނޑުގައި ކުޅޭ މެޗުތަކަށް ހާއްސަކޮށް ވިއްކާ ޓިކެޓުގެ ޑިމާންޑް އަބަދުވެސް ބޮޑު. މިދިޔަ އޭއެފްސީ ޗެލެންޖް ކަޕާއި ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖެ ކުޅުނު މެޗުތަކުގެ ޓިކެޓު ނުލިބިގެން ވެސް ގިނަ އާންމުން ނުރުހުން ފާޅުކޮށް އެފްއޭއެމް އާ ދެކޮޅަށް މުޒާހަރާކޮށްފައިވޭ.

13:46

ސާފް ޗެމްޕިއަންޝިޕަށް ގޮނޑި ބަރީގެ ޓިކެޓެއް ވިއްކަނީ 100ރ. އަށް. އަދި ސިޑިބަރީގެ ޓިކެޓުގެ އަގަކީ 75 ރުފިޔާ. "ވަގުތު" އާ ވާހަކަ ދެއްކި ބައެއް މީހުން ބުނި ގޮތުގައި ގޮނޑި ބަރީގެ ޓިކެޓު އެއްގޮތަކަށް ވެސް މިއަދު ނުވިއްކާ.

13:45

އެތަނަށް ދިޔަ ބައެއް މީހުން ބުނީ، އެމީހުން ރޭގެ ފަތިހުން ފެށިގެން ތިބީ ކިއުގައި ކަމަށް. އެމީހުން އެގޮތަށް ބުނި އިރު، ޓިކެޓު ވިއްކަން ފަށާފައި ވަނީ ހެނދުނު 10 ޖެހި އިރު. އަދި ޓިކެޓު ވިއްކަން ފެށިތާ އެއް ގަޑިއިރަށް ވުރެ ގިނަ އިރު ފަހުން ޓިކެޓު ހުސްވެފައިވާ ކަމަށް ކައުންޓަރުގައި ޓިކެޓު ވިއްކަން ތިބި މީހުން ބުނެފައިވޭ. އޭރު ޓިކެޓު ދީފައި ވަނީ ކިއުގައި ތިބި ފަސްދޮޅަހަކަށް މީހުންނަށް ކަމަށް އެމީހުން ބުނޭ. ކޮންމެ މީހަކަށް ވެސް ދޫކުރުމަށް ހަމަޖެހިފައި ވަނީ ފަސް ޓިކެޓު.

13:40

ޓިކެޓު ނުލިބިގެން އާންމުން މުޒާހަރާގައި. --- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް
ޓިކެޓު ނުލިބިގެން އާންމުން މުޒާހަރާގައި. --- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް
ޓިކެޓު ނުލިބިގެން އާންމުން މުޒާހަރާގައި. --- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

13:38

ޓިކެޓު ނުލިބިގެން އާންމުން މުޒާހަރާގައި. --- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

13:36

ކައުންޓަރު ކައިރީގައި ފުލުހުން މަޑުކޮށްލައިގެން. --- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް
ކައުންޓަރު ކައިރީގައި ފުލުހުންނާއި އާންމުން މަޑުކޮށްލައިގެން. --- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

13:26

ފުލުހުން ކައުންޓަރު ކައިރީގައި ފޯރިމަރަނީ. --- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް
ފުލުހުން ކައުންޓަރު ކައިރީގައި ފޯރިމަރަނީ. --- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

13:25

މުޒާހަރާ ކުރާ ސަރަހައްދުގައި މުހަންމާ. --- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

13:23

މުޒާހަރާ ކުރާ ސަރަހައްދުގައި ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހަންމާ) އެބަހުންނެވި. މުޒާހަރާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި މިއީ ސިޔާސީ ކަމެއް ނޫން. ގައުމީ ކަމެއް.

13:20

މުޒާހަރާ ކުރާ މީހުން ދަނީ އެމީހުންނަށް ރާއްޖެ-ލަންކާ މެޗުގެ ޓިކެޓު ނުލިބެނީސް އެ ސަރަހައްދު ދޫކޮށް ނުދާނެ ކަމަށް ތަކުރާރުކޮށް ބުނަމުން. ބައެއް މީހުން ބުނާ ގޮތުގައި ޓިކެޓުތައް ވަނީ ބައްސާމް ބޭނުންވާ ބަޔަކަށް ބަހާލާފައި.

13:18

ކައުންޓަރު ކައިރިއަށް ނުދެވޭނެ ހެން ފުލުހުން މިހާރު ވަނީ ބެރިކޭޑް ޖަހައި ބަންދުކޮށްފައި. މިހާތަނަށް އައިއިރު އެއްވެސް ހަމަނުޖެހުމެއް ހިނގާފައެއް ނުވޭ.

13:13

އެއްވެފައި ތިބި މީހުންނާ ފުލުހުންނާ މަޝްވަރާ ކުރަނީ. --- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް
އެއްވެފައި ތިބި މީހުންނާ ފުލުހުންނާ މަޝްވަރާ ކުރަނީ. --- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

13:12

އެސަރަހައްދުގައި އެސްއޯ ފުލުހުން މިހާރު ދަނީ ހަރަކާތްތެރިވަމުން. އަދި އެއްވެފައި ތިބި އާންމުންނާއި ފުލުހުންނާ ދަނީ މަޝްވަރާ ކުރަމުން.

13:11

މުޒާހަރާ ކުރާ ބައެއް މީހުން އޮށޯވެގެންނާއި އިށީނދެގެން. --- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް
މަޖީދީ މަގުގައި މުޒާހަރާ ކުރަނީ. --- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

13:07

ޒުވާނުން މުޒާހަރާ ކުރަމުން ދަނިކޮށް މިވަގުތު ސަސްޕެންޝަންގައި ހުންނެވި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގަ އެންމެ ގިނަބަޔަކު ސަޕޯޓުކުރާ އަދި ކުޅޭ ކުޅިވަރަކީ ފުޓުބޯޅަ ކަމަށްވީ އިރު، އެއަށް ކުރާ ހަރަދު ނިސްބަތުން ބޮޑުވަނީ އެ ސަބަބާ ހެދި ކަމަށް. ނަމަވެސް މިސަރުކާރުން އެހެން ކުޅިވަރުތައްވެސް ނިސްބަތުން ތަފާތުނުުކޮށް، ހަރަދުކޮށް އަދި އެހީތެރިވާކަން އެސޯސިއޭޝަންތަށް އަދި އެތުލީޓުން ހެކިވާނެ ކަމަށް ވިދާޅުވި. މުޒާހަރާ އަށް އިޝާރާތް ކުރައްވައި މަހްލޫފް ވިދާޅުވީ އެ ފެންނަނީ ފުޓްބޯޅަ ފޯރި ކަމަށް.

13:04

މުޒާހަރާ ކުރާ ބައެއް މީހުން ބުނެފައި ވަނީ އެމީހުންނަށް ރާއްޖެ-ލަންކާ މެޗުގެ ޓިކެޓު ނުލިބެނީސް "ގުޑާވެސް ނުލާނެ" ކަމަށް.

13:01

ޓިކެޓު ނުލިބިގެން މިއަދު އާންމުން މުޒާހަރާ ކުރަނީ. --- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް
ޓިކެޓު ނުލިބިގެން މިއަދު އާންމުން މުޒާހަރާ ކުރަނީ. --- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

13:01

ޓިކެޓު ނުލިބިގެން މިއަދު އާންމުން މުޒާހަރާ ކުރަނީ. --- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

12:59

ބައެއް މީހުން ތުހުމަތު ކުރާ ގޮތުގައި، އެފްއޭއެމްގެ ވެރިން ވަނީ ޓިކެޓުތައް ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުން ހިމެނޭ ގޮތަށް ބަހާލާފައި. އަދި އެންމެ ފަހުން ޓިކެޓު ނުލިބުނީ ނިކަމެތި ރައްޔިތުންނަށް ކަމަށް އެމީހުން ބުނޭ.

12:57

12:57

ގަލޮޅު ބޯޅަ ދަނޑު ސަރަހައްދުގައި މުޒާހަރާ ކުރާ މީހުންގެ އަދަދު ވަނީ ކުރިއަށް ވުރެ ގިނަވެފައި.

12:56

ނުރުހުން ފާޅުކުރާ މީހުންގެ ތެރޭގައި ގިނައީ ޒުވާނުން. އެމީހުން ތަކުރާރުކޮށް ދަނީ އެފްއޭއެމް ވެރިންގެ އިސްތިއުފާ އަށް ގޮވަމުން.

12:50

ޓިކެޓު ނުލިބިގެން އާންމުން މުޒާހަރާގައި. --- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް
ޓިކެޓު ނުލިބިގެން އާންމުން މުޒާހަރާގައި. --- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

12:48

ޓިކެޓު ނުލިބިގެން ދިވެހިން މުޒާހަރާ ކުރަނީ. --- ވަގުތު އިމޭޖަސް

12:46

މުޒާހަރާ ކުރާ މީހުން ގޮވަމުން ދަނީ "ކޮބާހޭ، މަގޭ ޓިކެޓު" އަދި ބައްސާމްގެ އިސްތިއުފާ އަށް.

12:45

ޓިކެޓު ކިއުގައި ތިބެގެން ޓިކެޓު ނުލިބުމަކީ މައްސަލައެއް ކަމަށް ކައުންޓަރު ކައިރީގައި ތިބި މީހުން ދަނީ ބުނަމުން. އަދި ލައުޑް ސްޕީކާ ގެންގުޅޭ މީހާ ދަނީ ކައުންޓަރު ކައިރިއަށް ގޮސް އަޑު އުފުލަމުން.

12:43

މަޖީދީ މަގުގައި އިށީނދެގެން ތިބި މީހުން ވަނީ ލައުޑް ސްޕީކާ ހިފައިގެން އިހްތިޖާޖް ފަށާފައި.

12:40

ފުލުހުން ޓިކެޓު ކައުންޓަރު ކައިރީގައި. --- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް
ފުލުހުން ޓިކެޓު ކައުންޓަރު ކައިރީގައި. --- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

12:38

މިވަގުތު ޓިކެޓު ދޫކުރާ ކައުންޓަރު ވަނީ ބަންދުކޮށްފައި.

12:37

12:37

ޓިކެޓު ނުލިބުނު މީހުން ދަނީ އެފްއޭއެމްގެ ރައީސް ބައްސާމް އަލީ ޖަލީލާއި އެ ތަނުގެ އިސްވެރިންގެ އިސްތިއުފާ އަށް ވެސް ގޮވަމުން. އެމީހުން ބުނާ ގޮތުގައި ގިނަ އަދަދެއްގެ ޓިކެޓުތައް ބައްސާމް ބޭނުންވާ ބަޔަކަށް ވަނީ ބަހާލާފައި.

12:36

ޓިކެޓު ނުލިބުމުން ނުރުހުން ފާޅުކުރަނީ. --- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

12:34

ދިވެހި ސަޕޯޓަރުން ނުރުހުން ފާޅު ކުރަނީ އޮލިމްޕަސް ކުރިމަތީގައި ހުރި ކައުންޓަރު ކައިރީގައި ތިބެ. ބައެއް މީހުން މިވަގުތު ދަނޑުގައި ތިބެ ހަޅޭއްލަވަމުންދާ އިރު، އެއް ބަޔަކު މަޖީދީ މަގުގައި އިށީނދެގެން ވެސް އެބަތިިބި.

އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެއާއި ލަންކާ ބައްދަލުކުރާ މެޗުގެ ޓިކެޓު މިއަދު ހެނދުނު ވިއްކަން ފެށިތާ ދެ ގަޑިއިރުގެތެރޭ 5000 ޓިކެޓު ވިކި ހުސްވެ އާންމުންގެ ގަލޮޅު ދަނޑުތެރެއަށް ވަދެއްޖެ އެވެ.

އިތުރު ތަފްސީލް އަންނަނީ..

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ޢަލީ

  ތިދަނޑު ވީ ތަޅާލަން 5000މީހުނަށް ވަދެވޭ ދަނޑަކީ ރާއްޖެއަށްވެސް މިހާރު ކުޑަތަ ދަނޑެއް އަދި ޕާކިންގ ބިލްޑިންގަކަށް ބަދަލުކުރަންވީ ގުރައުންޑުގައި ކުއްޔަށްދޭ ފިހާރަތައްލާފަ ޒަމާނީފެނވަރުގެ ޕާކިން ބިލްޑިންގު އަށް ހަދާފަ ހުޅުމާލޭގައި 50،000 މިހުން ނުވަތަ 80،000 މީހުންގެ ދަނޑެއް ހަދާދޭނެ ސަރުކާރެއް ބޭނުންވޭ އެބަ

 2. އަލީމޫސާ

  ކޮބާ މަގޭ ޓިކެޓް.!!

 3. އަނިލް

  ތިހެންވެއްޖެއްޔާ ތިޔައީ މަހުލޫފު ކުރުއްވާކަމެއް ފުޓްބޯލައަށް ފޯރިއޮތްކަން ދައްކަންވެގެން މިއަށް
  ވުރެން ބޮޑަށް ފުޓްބޯޅައަށް ފޯރި އޮތް ދުވަސް ވަރު އޮތެވެ. މިގޮތަ ހައިޖާނެއް ނުއުފައްދަ މިހާރު މިއީ ދެއްކުމަށް ކުރާކަމެކޭ، ފުރަތަމަ މަހުލޯފް މި އާޓިކަލަށްވެސް އޮތީ ސިޔާސީ ކޮއްފައި، ސަރުކާރުން އެހެން ކުޅިވަރުތަކަޢްވެ ހަރަދުކުރެއޭ ކިޔައިގެން ބަލަ ކަލޭ މިހަރު ކައި އުޅެނީ ހަލާލު ފައިސާއިންތަ ކޮސްނުގޮވާ ހިތުން އިބޫ ރުއްސާއިގެން ތިގޮތަށް ރައްޔިތުންގެ
  ފައިސާ ކައިގެން ތިއުޅެނީ

 4. ލާހި

  ތިދެން ބޮޑުވަރު ޓިކެޓް ވެސް ލިބޭނީ ވިއްކަން ހަމަޖެހިފައިވާ މިންވަރަކަށް ، މެޗް ލައިވު ކުރާއިރު މެޗް ބެލުމަކީ އެހާ އުދަގޫކަމެއް ނޫން ދަޑަށް ނުދެވުނަސް !

 5. ލަތީތު3

  ޓުވިޓާގައި އުޅޭ ބައެއް ބޮލުރޮދިން އެބަ ކިޔާ އެފްއޭއެމް އާއި ދެކޮޅުހެދުމަށް ގައުމީޓީމަށް ސަޕޯޓު ނުކުރާނަމޭ. މިކަހަލަ ދެއުޅިއެއް ނުވާ މީހުންވެސް މިގައުމުގައި އުޅޭ

 6. ނެތީދޯ

  މިޒަަމާނުގައި މީހުން ކުރާ ކަމެެއްތޭ ފިޒިކަލީ ކައުންޓަރެއް ހަދައިގެން ކަރުދާސް ޗާޕް ކޮށްގެން ޓިކެޓް ވިއްކުމަކީ ކޮބާތޭ މިސަރުކާރުގެ ތިމާވެށި ހިމާޔަތް ކުރުުމުގެ ސިޔާސަތު ދެކޮޅު ޖެހިފައި ނެތްދޯ މިސަރުކާރުގެ ތިމާވެށި ސިޔާސަތު ވެސް އެއީ ވާނުވާ ނޭގޭ ސިޔާސަތޭ އެއީ މީހުން ޖޫރިމަނާ ކޮށްގެން ފައިސާ ގަނޑު ބަނޑުފުޅުއަޅުއްވަން ދަންނަ ތިމާވެއްޓޭ އެކޭ މިސަރުކާރުގައި ހުންނަނީ ކިއެއްވެތޭ ޑިޖިޓަލް ޓިކެޓް ވިއްކާ ގޮތަށް ތިމާވެށި މިނިސްޓަރު މެން މިކަން ނުރޭވީ ނެތީ ދެން ޑިޖިޓަލް ސިޔާސަތެއް ވެސް މިސަރުކާރުގައި ނެތީ ނެތީ ނެތީއޭ ދެލޯ ފުޅާ ޑިޖިޓަލޭ މެން ލޯ ބޮޑު ކަޅު އައިނު އަޅައިގެން މާލެ ތެރެ އެނބުރެނީއޭ...

 7. ބުނެދެގަ

  ރާއްޖޭ މެޗްގެ ޓިކެޓް ހުސްވެ ހޫނުވުމުން މިރޭ އިތުރު 1،000 ޓިކެޓް ވިއްކަނީ ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ މަމެން ސަރުކާރަށް ގޮވާލަމޭ ފަސޭހަޕޭ އިން ތިޔާ ޓިކެޓް އޮންލައިން ކޮށް ގަނެވޭނެ ގޮތް ހަދަން ނުޖެހޭނެއޭ ގަލޮޅު ދަނޑަށް ޓިކެޓް ނަގަން ކިޔޫ ގައި މަޑުކުރަން ދާން މިސަރުކާރުގެ ޑިޖިޓަލް ސިޔާސަތު އެއީ ދެން ދެއުއިޅި އެއް ނުވާ ކައްޕަޅި ސިޔާސަތު ނޫންތޭ ރައްޔިތުންގެ ވިންދާއި ގުޅިފައިވާ ގައުމީ ޓީމްގެ ޓިކެޓް ގަންނަން މަމެން މިތިބީ ރޭ ދަންވަރު ކިއޫގައި ޖެހިގެންނޭ ފެނެއް ނުވެރޭ ހެދުނު ނުކަން މެންދުރު ނުކަން ފާޚާނާ އަކަށް ނުދަން ދެން ކިހިނެއް މަމެން ހަދަނޫ ތަމެން ބުނަންވީއޭ އިނގޭތޭ...

 8. ޙހހހ

  ދިވެހިންވެސް ދެން ތަންކޮޅެއް ހޭލުންތެރިވެ ކެތްތެރިކަން އިސްކޮށްބަލަ ، އެކަމަކު އުޅޭގޮތުން ހީވަނީ މާ ވިސްނޭބައެކޭ ، ސްމާޓްފޯން ހިފާގެން ޓިކޮޓޮކްހަދާ. މަސްހޫރު ބްރޭންޑްގެ ހެދުންލާ. ސެންޓްތަޅާލައިގެން ، އެކަމަކު މިތިބޭ އުޅޭހާލު ކަމެއްވާއިރަށް

 9. ކަނޑާލާ

  ތިޔާ ގައި ޑިޖިޓަލައިޒްޑް މިނިސްޓަރު ޖެހޭނީ އިސްތިއުފާ ދޭން ކަމަށޭ މަމެން ދެކެނީ ތިޔާއީ މިސަރުކާރުގެ ޑިޖިޓަލް ސިޔާސަތު ފެއިލް ވުމުން ދިމާވާ ބޮޑެތި ދުއްތުރާ ތަކާއި ނުހޮރައްޕާން ތަކޭ ކިހާ ދެރަކަމެއް ނޫންތޭ ދެން ރަތްދަކަ އަވީގައި 8 ގަޑިިއިރު ތިއްބާ ތިޔާ ބުނަނީ ޓިކެޓް ކައުންޓަރު ބަންދުވީއޭ މިކަން މިހެން ނުވާނެ ނޫންތޭ އޮންލައިން ޕޯޓަލް އެެއް މެދުވެރިކޮށް މިކަން ކުރާނަމަ އެހެން ނަމަ އައިޑީ ކާރޑް ނަމްބަރު ޖެހުމުން ކާރޑަކަށް އެއް ޓިކެޓް ދިން ނަމަވެސް މިނުހޮރައްޕާނާއި ދިމާނުވާނެއޭ ރައްޔިތުން މިތަކްލީފް އުފުލަން ޖެހުނީ އެއީ ޑިޖިޓަލް މިނިސްޓަރު ފެއިލްވުމުންނޭ އޭނާ ޖެހޭނީ ގެއަށް ކަނޑާލަންއޭ އިނގޭތޭ ތަމެން ދެން ގެއަށް ކަނޑާލާ އިނގޭތޭ ކަނޑާލާ ކަނޑާލާ ބައްލަވާއޭ އެއްވެސް ބައްލަވާ އެއް ނޯންނާނެއޭ ތަމެން ގެއަށް ކަނޑާލާ ދެން...

 10. ކޮރަލް

  ކިއު އަށް 2000 މީހުން ދިޔައީމަ 5 ހާސް ޓިކެޓް ހުސްވި ގޮތެއް ބަލަން ޖެހެ އެވެ.

 11. ޠމ

  ތިހާ ވަރު ދައްކާފަ މިސް ކިތަށް ވެސް ދާނަމަ ދޯ

 12. މުރާދު

  ގައުމަށްރީތީ ނަންހޯދައިދިނުމަށް މިހާބޮޑުގުރުބާނީއެއް ގައުމުގެރަށްޔިތުންވަމުންދާއިރު ގައުމުގެ
  ދަރިންރުޅިގަދަވެ މުޒާހިރާކުރާކުރަންޖެހޭމިންވަރަށްދަނީ މިކަންކުރަންޖެހޭފެންވަރަށް ގާބިލްކަމައެކު
  ނުކުރެއްވޭތީކަމުގައި ބެލެވޭ ވީމާ. ގައުމުގެ އެއްބައިވަންތަކަން ނުއްލޭގޮތަށް ބައްލަވާ