އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެއާއި ލަންކާ ބައްދަލުކުރާ މެޗަށް ހާއްސަކޮށް 1،600 ޓިކެޓް ރައީސް އޮފީސް ބޭނުމަށް ނެގި ކަމަށް ބުނެ ދެކެވެމުންދާ ވާހަކަ އެ އޮފީހުން ދޮގުކޮށްފިއެވެ.
އެ މެޗަށް ހާއްސަކޮށް މެޗުގެ މިއަދު ހެނދުނު ޓިކެޓް ވިއްކަން ފެށިތާ ދެ ގަޑިއިރުގެތެރޭ 5000 ޓިކެޓު ވިކި ހުސްވެ އާންމުން މުޒާހަރާ ފެށިއެވެ.
ކައުންޓަރުން އޭރު ބުނީ ޓިކެޓު ހުސްވީ ކަމުގައި ބުނެ އާންމުންގެ ގިނަ ބަޔަކު އެ ތަނުގައި ނުރުހުން ފާޅުކުރަން ފެށިއެވެ. އަދި ޓިކެޓުތައް ވިއްކަން ފެށުމުން ނޫނީ އިޖްތިޖާޖް ހުއްޓާނުލާނެ ކަމަށް ބުނެ ބުންޏެވެ. އަދި ލައުޑް ސްޕީކަރާއި ޝިއާރުތައް ލިޔެފައިވާ ކަރުދާސްތައް ވެސް ހިފައިގެން އެ ސަރަހައްދުގައި އިހުތިޖާޖް ކުރިއެވެ.
ގަލޮޅު ދަނޑު ސަރަހައްދުގައި އެއްވެ ތިބި އާންމުންގެ ގިނަ ބަޔަކު ވަނީ ފުޓުބޯޅަ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އިސްތިއުފާއަށް ވެސް ގޮވާފައެވެ.
މިގޮތަށް ވާހަކަދައްކަމުން ދަނިކޮށް އެފްއޭއެފް އިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ކުޅުންތެރިންނާއި އާއިލާ އާއި އެފްއޭއެމްގެ ސްޕޮންސަރުންނާއި ކްލަބްތަކަށް 2500 ޓިކެޓް ވިއްކި ކަމަށެވެ.
އަދި ފަހުން މީޑިއަތަކުން ވަނީ އެ މަޗަށް ހާއްސަކޮށް ވިއްކަން ނިންމި 5000 ޓިކެޓްގެ ތެރެއިން 1600 ޓިކެޓް ރައީސް އޮފީހުން ނެގި ކަމަށް ބުނެ ރިޕޯޓްކޮށްފައެވެ.
އެކަން ދޮގުކޮށް ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ، އެއީ ދޮގު ވާހަަކަތަކެއް ކަމަށެވެ.
ރާއްޖެއާއި ލަންކާ ބައްދަލު ކުރާ މެޗު އޮތީ މާދަމާ ހަވީރު 4:00 ޖަހާއިރުއެވެ. މިއީ ރާއްޖެ މި މުބާރާތުގައި ކުޅޭ ތިންވަނަ މެޗު އަދި ލަންކާ މި މުބާރާތުގައި ކުޅޭ ހަތަރުވަނަ މެޗެވެ.
ތި ޓިކެޓްތައް އެނބުރޭނެ އެކި ތަންތާ ކޮންމެ ޓިކެޓެއްގެ ފަހަތަކު ފުލުހަކު ނެތޭނުން ތި ޓިކެޓް ކަޅުބާޒާރުން ގަންނަ މީހުން ރުފިޔާ ތި ބަހަނީ ކޮރަޕްޓް މީހުންނަށް ކަމަށް ވެދާނެ ރިޕްލޭއާއި އެއްކޮށް ގޭގައި ޓީވީން ހަމަޖެހިލައިގެން ބަލާލީމަ ކިހިނެތްތަ ވަނީ
ގެންދިޔަ
ކޮންމެ ކަމަކުންވެސް ވައްކަން
ބެޭބެ ވެސް ދޮގުހަދަނީތަ !!!
ރައީސް އޮފީހަކުން ނުނަގާ ، ގުޅާފަ ބުނީމަ އެފް.އޭ އެމުން ހަވާލު ކުރީ އޮފީހުގެ މުވައްޒަފަކާ، އެއގޮތަކަށްވެސް ރައީސް އޮފީހަކުން ނޫން ޓިކެޓް ނެގީ ، މިސަރުކާރުގެ ވާހަކަ ހުންނަ ގޮތް ރައްޔިތުންނަށް ނޭނގޭތީ ހައިރާންވޭ.