ހުޅުމާލޭ ކައިރިން ނަގޫރޯޅިއެއް އުފެދިއްޖެއެވެ.

ހުޅުމާލޭ ބޭރުން އުފެދިފައިވާ މި ނަގޫރޯޅި ފެންނަ ވީޑިއޯއެއް މިހާރު މީސްމީޑިއާގައި ދައުރުވަމުން އަންނައިރު، މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފައިވަނީ އެފަދަ މައުލޫމާތެއް އަދި ލިބިފައި ނުވާ ކަމަށެވެ.

އެހެން ނަމަވެސް ނަގޫރޯޅިއެއް އުފެދުން އެއީ ވެދާނެ ކަމެއް ކަމަށް މެޓުން ވަނީ ބުނެފައެވެ.

މީސްމީޑިއާގައި މިހާރު ދައުރުވަމުން އަންނަ ވީޑިއޯއިން ފެނިގެން ދަނީ ހުޅުމާލޭ ބޭރުން ނަގޫރޯޅިއެއް އުފެދިފައިވާ މަންޒަރެވެ. އަދި އެސަރަހައްދުގައި ވިއްސާރަ ވިލާތަކެއް އުފެދިފައިވާ މަންޒަރު ވެސް ވީޑިއޯއިން ފެނިގެން ދެއެވެ.

ރާއްޖޭގެ ސަރަހައްދުގައި ނަގޫރޯޅި އުފެދުން މިއީ އާ ކަމެއް ނޫނެވެ. މީގެ ކުރިން ވެސް އެކި ރަށްތައް ކާރި މިފަދަ ނަގޫރޯޅި އުފެދިފައިވާ ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ. އެހެން ނަމަވެސް މިފަދަ ނަގޫރޯޅިތަކުގެ ސަބަބުން ބަޔަކަށް ނުވަތަ ތަނަކަށް ގެއްލުން ވެފައެއް ނުވެއެވެ.

އިތުރު ތަފްސީލް އަންނަނީ...

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ބަބޫ

  މެޓް އޮފީން ބަންދިކޮއްލަން ފެނޭ. އެމީހުންނަށް އެއްކަމެއްވެސް ނޭގެ. ވައިގަދަވީމަ އެލާޓު. މަޑުވީމަ އެލާޓު އުވާލަން އިގެނީ. މޫސުން ކުރިޔަށް ލަފާކޮށްލަންވެސް ނޭގެ. ބޭކާރު ލާރި ދައުލަތުން ަނީ

  • ދޯދި

   ތީ ނަގޫ ރޯޅިއެއްވެސް ނޫން

 2. މިސް

  ކޮބާ ވީޑިއޯ؟

 3. އަހްމަދު

  މެޓް އޮފީހަށް މޫސުމާބެހޭ މިފަދަ މައުލޫމާތު އާންމުންތޯ ދޭންޖެހެނީ. އެފަދަ މައުލޫމާތެއް އަދި ނުލިބެޔޯ؟ އެއޮފީހުން ކުރާ ކަމަކީ ކޮބައިތޯ؟ އެހެންގައުމުތަކުގައި އެފަދައޮފީސްތަކުން ކުރިއާލާ ކަންކަން އަންގަމުންދޭ. މިރާއްޖޭގައި މޫސުމްގޯސްވެ ކަނޑު ގަދަވާނެކަން މެޓްއޮފީހަށް އެނގެނީވެސް ވިއްސާރަވެ ކަނޑު ގަދަވެ ދޯންޏެއް ބަންޑުން ޖަހާލީމާ.

 4. ފަހުމީ.

  މިފަދަ ނަގޫރޯޅީގެ ސަބަބުން މީހުންނަށާ ތަންތަނައް ގެއްލުން ނުވަނީ އިސްލާމްދީނައް ފުރިހަމަޔައް ކިޔަމަންވާ މަދުބަޔަކު އުޅޭތީ ނަމަވެސް މިހާރުދަނީ ހެޔޮލަފާ ރަނގަޅު މީހުން ނެތެމުން މިހާރު ިިިިިިިިިިިިިިިިި މިއޮތީ ފަހުޒަމާން މަހުރަމަކާނުލާ ހަމަހަމަ ފުރުސަތު ދޭޒަމާން ދެންއޮތީ ތިފަދަ ނަގޫރޯޅިޔާ ދެންއަންނަ މުސީބާތަކާ ބައްދަލު ކުރަންޖެހޭ ހާލަތު މީލައްކަވާހަކަ ވިސްނާބަޔަކައް އެނގޭނީ