ދިވެހިރާއްޖޭގައި ފުރަތަމަ ހޮވި ރީތީގެ ރާނީ، ނިޔާވެއްޖެއެވެ. ރާއްޖޭގެ ފުރަތަމަ ރީތީގެ ރާނީ އަކަށް ހޮވިފައިވަނީ ހއ. ބާރަށަށް އުފަން، ރަމްލާ އަޙުމަދެވެ.
ރަމްލާ ނިޔާވީ އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު 10:30 ހާއިރު އެވެ.
އޭނާއަށް އެއްވަނަ ލިބުނު ރީތީގެ މުބާރާތް ބާއްވާފައިވަނީ ދިވެހި ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް، ސުމުއްވުލް އަމީރު، މުޙައްމަދު އަމީން ދީދީގެ އިސް ނެންގެވުމުގެ މަތިންނެވެ. މި މުބާރާތް ބޭއްވުމަށް، ރާއްޖޭގެ އެކި ކަންކޮޅުތަކުން ހޮވާލެވިފައިވާ އަންހެން ކުދިން ވަނީ މާލެ ގެނެސްފައެވެ.
މުބާރާތުގެ ބައެއް ފޮޓޯތަކާއި ވީޑިޔޯތައްވެސް މިހާރު ފެންނަ ހުރިއިރު، މި މުބާރާތް ބާއްވާފައިވަނީ 1953 ވަނަ އަހަރުއެވެ. ލިބެން ހުރި މައުލޫމާތަށް ބަލާއިރު، މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ދެ ކެޓަގަރީ އަކަށް ނުވަތަ ދެ ބަޔަކަށް ބަހާލައިގެންނެވެ. އެއީ، ހަގު އުމުރުގެ ބަޔާއި ދޮށީ އުމުރުގެ ބައެވެ.
މުބާރާތުގެ އެއްވަނަ ރަމްލާ ހޯދާފައިވާއިރު، ދެވަނަ ހޯދާފައިވަނީ ހއ. ހަތިފުށީ، ރާމިޒާ އިބްރާހީމް އެވެ. ތިންވަނަ ހޯދާފައިވަނީ އާމިނަތު ނަމަކަށް ކިޔާ އދ. އޮމަދޫ އަށް ނިސްބަތްވާ އަންހެނެކެވެ.
ރީތީގެ މުބާރާތުގެ ފަނޑިޔާރުންގެ ގޮތުގައި ރައީސް އަމީނުގެ އިތުރުން، އެދުވަސްވަރު މާލޭގެ ކަމުވޮށިގެންވާ އެހެން ބޭފުޅުން ހަރަކާތްތެރިވިއެވެ. މި ތާރީޚީ މުބާރާތް ޝަރަފުވެރިކޮށްދެއްވާ، އެއްވަނަ އަށް ދިޔަ ރަމްލާ އަށް އިނާމު ހަވާލުކޮށްދެއްވީ އެދުވަސްވަރު އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރެވެ.
ލޯބި ހުރިހާ އެއްޗެއްވެސް ފަތަހަ ކުރާނެ އަދި ހާއްސަކޮށް ރީތިކަމާއި އަހްލާޤުން
ޢެހެންވިއްޔާ ސަންދޯއް މަތީ ރީތީގެ ރާނީގެ ފޮތިގަނޑު ައަޅުވާފަތާ ވަޅުލަނވާނީ ﷲ އަކްބަރ މަރވުމުންވެސް ކޮންކަހަލަ ލަގަބެއްތަ މިދެނީ
ތިދެން ބޮޑު ވަރު. މީހަކު ދުނިޔޭގަ އުޅުނުއިރު ޙާޞިލްކުރި ކަމެއްގެ ލަޤަބު އެމީހާމަރުވުމުން ބުނުންވެސް ނޯންނަނީތަ.
ހޫން އަމީން ނިންމާފަ ހުރި ކަން ކަން ދޯ
މަލާމާތް ކޮއްލީމަ ވަރައް އުފަވޭދޯ ތިހެންތި ކޮމެންޓް ކުރަނީ؟
ތިޔަކަން ހިނގާ ދިޔަގޮތާއި އަދި އޭގެ ފަހުން އަތިރީގެއަށް ތިޔަ އަންހެން ކުދިންތައް ވައްދައިގެން ގަތް ސަކަރާތް ވަރަށް ގާތުން ދުށް މީހަކު އެވާހަކަ ކިޔައިދިން. އަހަރެން ވަރަށް ލަދުވެތިވަން ވެރިކަމުގެ ތަޚްތުގައި ތިބި ބަޔަކު އެފަދަ ދަށުދަރަޖައިގެން ކަންކަން ހިންގިކަމަށް ބުނާތީ.
ތިދެން ކޮންވާހަކައެއް، ކޮންމެ މީހަކަށްވެސް އެނގޭނެ ތިމާގެ އަމިއްލަ ނަފްސު މިނެލާ ކިރާލީމަ ތިމާމީ ވަކިކިހާވަރެއްގެ މީހެއްކަން
އަތީރީގޭގަ ކަމެއްވީޔާވީ. މިލުޔުމުގަ މިއޮތީ މީހަކު ނިޔާވި ވާހަކަ. ދިރިތިބި މީހުން މަރުވެފަ ތިބިމީހުނަށް އިހްތިރާމް ކުޑަވާގޮތަށް ބުންޏޭ ބުންޏޭ ކިޔުމަކީ ވަކި ކޮންފެންވަރެއްގެ ކަމެއް.؟ މިފަދަ ވަގުތެއްގަ ތިކަހަލަ ވަހަކަ ދައްކަބަޔަކަށް ދިވެހިން ނުވަމަ!
ރަމްލާއްތަ އަކީ ވަރަށް ރަގަޅު މީހެއް..ފުރާނަ އަށް ހެޔޮ ރަހުމަތް ލައްވާށި
..ފުރާނަ އަށް ހެޔޮ ރަހުމަތް ލައްވާށި