މާލޭގައި މިރޭ ހިންގި މާރާމާރީއެއްގައި މީހަކު ޒަހަމް ކޮށްލައިފިއެވެ.

ފުލުހުން މީޑިއާ އޮފިޝަލް "ވަގުތު" އަށް ވިދާޅުވީ، މާލޭ ކަރަންކާ މަގުގައި މާރާމާރީއެއް ހިނގާފައިވާ ކަމުގެ މައުލޫމާތު އެއިދާރާއަށް ލިބިފައިވަނީ މިރޭ 19:27 އެހާކަންހާއިރު ކަމަށެވެ.

މި މާރާމާރީގައި އަނިޔާވެފައިވަނީ ދިވެހި ފިރިހެނަކަށް ކަމަށް ފުލުހުން ވިދާޅުވިއެވެ.

މާރާމާރީގައި ދިވެހި ފިރިހެނަކަށް އަނިޔާވެފައިވާއިރު، އެއީ ކޮން އުމުރެއްގެ މީހެއް ކަމާއި އޭނާއަށް ލިބިފައިވާ އަނިޔާގެ މައުލޫމާތެއް ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މާރާމާރީ ހިނގާފައިވަނީ މާލޭގައި ހުންނަ "ދައުރު" ނޫހުގެ އޮފީސް ކައިރީގައެވެ. މާރާމާރީ ހިންގިތާ ކުޑައިރުކޮޅެއް ތެރޭ އެމްބިއުލާންސްގައި އަނިޔާވި މީހުން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް މައުލޫމާތު ވަނީ ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޓިނުވަގު

    ޝުކުރިއްރާ ރަ އީސް ޔާމިން

    5
    20
    • Anonymous

      އަހާ. ސީދާ ބޮޓެއް ދޯ މީ. ކުރީ ސަރުކާރު ކުރީ ސަރުކާރު.

      2
      1
  2. ނަސީ

    މީދެން ކިހާދެރަކަމެއް ލޭއޮހޮރުވާލުމަކި މިހާރު އެއްވެސް ކަމެއް ނޫން ، މީވަރައްނުރައްކާތެރި ކަމެއް މިކަން ސަރުކާރައް ހައްލުނުވެއްޖިނަމަ އާމުންނައް މިކަމުގެ އަސަރުކުރާނެ ،އަދިބޮޑެތި ގެއްލުން ތަކާ ކުރިމަތިލާން ޖެހިދާނެ ،