އިންޑިއާއަށް ބޭސްފަރުވާއަށް ދަތުރުކުރަން ޖެހޭ ދިވެހިން ވިސާ ހޯދުމަށް ކުރިމަތިވެފައިވާ ދަތިތައް ހައްލު ކުރުމަށް އެގައުމުގެ ސަރުކާރާއި ވާހަކަ ދައްކަވަމުން އަންނަ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އިންޑިއާއަށް ބޭސްފަރުވާއަށް ދާން ބޭނުން ވެފައި ތިބި ދިވެހިންނަށް ވިސާ ނުލިބޭތީ މީގެ ކުރިން ވަނީ ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީ ކައިރީ ކަންބޮޑުވުން ވެސް ފާޅުކޮށްފައެވެ. އޭރު ދިވެހިން ވަނީ ވިސާ ހޯދުމަށް އިންޑިއާ އެމްބަސީއަށް ހުށަހަޅަން ޖެހޭ ލިޔުންތައް ހުށަހަޅަން ރޭގަނޑުން ފެށިގެން ޖެހިގެން އަންނަ ދުވަހު އޮފީސް ހުޅުވުމާއި ހަމައަށް ކިއުގައި ތިބެފައެވެ.
މިކަމާއި ގުޅިގެން ޝާހިދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، ބޭސް ފަރުވާ ކުރުމަށް އިންޑިއާއަށް ދާން ބޭނުންވާ ދިވެހިންނަށް ވިސާ ހޯދުމުގައި ކުރިމަތިވަމުންދާ ތަކުލީފުތައް އެނގިލައްވާ ކަމަށާއި މިހާތަނަށް ވެސް އިންޑިއާގެ ބޯޑަރު ބަންދުކޮށްފައި އޮތުމުން، ދިވެހިންނަށް ވިސާދެމުން އަންނަނީ އިންޑިއާ ސަރުކާރުން ހަމަޖައްސާފައިވާ ޚާއްސަ އުސޫލެއްގެ ދަށުން ކަމަށެވެ.
ޝާހިދު ވިދާޅުވީ، އިންޑިއާ ވިސާގެ ކަންކަން ހައްލު ކުރުމަށް އެގައުމުގެ ސަރުކާރާއި މެދުކެނޑުމެއްނެތި މިހާރު ވެސް ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.
"މިހާރު ކުރިމަތިވެފައިވާ އުނދަގޫތަކަށް ހައްލެއް ހޯދުމަށް އަޅުގަނޑު މި އަންނަނީ މެދުކެނޑުމެއްނެތި އިންޑިއާ ސަރުކާރާ ވާހަކަދައްކަމުން. ވަރަށް އަވަހަށް ޙައްލެއް ލިބޭނެކަމަށް ޔަޤީން ކުރަން." އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރައްވަމުން އަންނަ ޝާހިދު ވިދާޅުވިއެވެ.
ވިސާ ހޯދުމުގައި ދިވެހިންނަށް ދަތިތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި އިންޑިއާ އެމްބަސީން ވަނީ ދިވެހިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން އޮންލައިންކޮށް ވިސާއަށް އެދެވޭ ގޮތް ވެސް ހަދާފައެވެ.
މަނިކުފާނުގެ ޤައުމެއްނޫންތޯ އެއީ. އެހެންވީމާ އަވަސްކޮށްދެއްވާ!
ހައްލު ހޯދަން ޤައުމުގެ ބާކީ އޮތްބައި ވިއްކާ ނުލައިފިއްޔާ ކިތައްމެހާވެސް ރަނގަޅު.
އުދުހޭ ދޫނީގެ ދެފިޔަ ވީމަ ވާގޮތް ހޭހޭ
އަމިއްލަ ޤައުމުގައި އެމްބަސީ ހުރެ އަވައްޓެރި ކަމުގައި ލާހައްދެއްނެތި އެކަމަކު ވިސާގަނޑު ހޯދަން ކުރާ ބޮޑު ނޮހޮރުއްޕާން
މިކަންވެސް ބޮލުގައި އަޅުވާނީ ކުރީސަރުކާރުގެ
ވެރިކަމާއި ހަވާލުވި ދުވަހުން ތިހެން ކިޔަމުން އައީ ، ބޭނުންހުރިހާކަމެއް ފުދި އަދިވެސް ކަމެއް އޮތީތަ ބޭނުންވާ ، މުޅި ޤައުމު ދިރުވާލާފި ، ކަލޭ ޖަލުން ނޫން އެހެންތާކުން ނުފެނޭ
އިންޑިޔާއަށް ދިވެހި ދައުލަތް ހަވާލުކޮއްފާ، ދެން ކޮން ހައްލެއްގެ ވާހަކަ ދައްކާކަށް؟ ހެޔޮނުވާނެ ކަމެއްް އެއީ...
ބަލަ އިންޑިއާމީހުން ބޭނުން އިރަކު މިގައުމައް އާދެވެންޏާ ދިވެހންނައްވެސް އެގޮތހއް ކަންކުރވެންވާނެ އެކަމައް ކަލޭ ނުޖެހޭނެ މިގައުމުން ބައެއް އިންޑިއާޢައް ވއްކާކައް ޢައްދާރު ދިވެހިންތިބީ ނިދާފަ ކަމައްކަލޭހީނުކުރާތި
ނޮވެމްބަރ 15 ގަ އިންޑިއާ ހުޅުވާލާ ތޫރިސްޓުންނަށް އޭގެ ފައިދާ ނަގަން އެއުޅެނި ދެން ނުޖެހޭނެ ވިސާ ނަގާކަށް. ގުނބޯ ހެއްދުމުގެ ލާމަސީލް
އެހެން ވީމަތޯ މަނިކުފާނުގެ ފައިޕުޅުގަބޮސް ދިނީމައެންބަސީޔައް ގުޅުވާފަ މީނަޔަށްވިސާދޭށެ ވިދާޅުވީމަ ލަހެއްފަހެއްނެތިއެންބަސީންވިސާއެދޫކުރަނީ
ހުރިހާރަޔަތުންވެސް މިބޭފުޅާގެ ފާގަބޮސްދޭންވީ އޭރުނ ތިކިން ތިކިޔާވިސާވެސް ލިބޭނެ
މިރާށްޖެއަންނަ އިންދިޔާމީހުން ނުޖެހޭނެ ވިސާޔެއް ވިޔަފަރި ހުށްދަޔެއް ހޯދާަކަށެއް އެމީހުނަތް ހުރިހާކަމެއް ފުރީގައުމެމީ
ޢިންޑިއާގެވިސާހައްލުކުރާތާ40ޢަހަރު ނަމަވެސް އެމީހުންބޭނުންކޮއްމެކަމެއްރާއްޖެއިންހަމަޖެހޭ ޥެރިކައަމައްއައްނަނީ އެމީހުންއެޖެންޑާއާއެކު ކޮއްމެފަހަރަކުއެމްޑީޕީގެލީޑަރުން
އޮންލައިންކޮށް ވިސާއަށް އެދެވުނީމަ ވަރަށް ފަސޭހަވީ ތޯއްޗެއް! އޮންލައިންކޮށް ވިސާއަށް އެދޭ ވާހަކަ ބުނީމަ ހީވަނީ ވަރަށް ފަސޭހަ ކަމެއްހެން އެކަން ކުރަން އެތަކެއް ތަކުލީފެއް އުފުލަންޖެހޭ އަދި އެލިޔުން ހިފައިގެން ބަލިމީހާ ގޮވައިގެން އެމްބަސީއަށް ދާންޖެހޭ ޗުއްޓީއަށް 30 ދިވަސް ވިސާ ޖަހަން 15 ދުވަސް އިންޑިއާއަށް ގޮސް ބޭސްފަރުވާ ފެށޭއިރު ޗުއްޓީ ހަމަވެފައި އޮންނަނީ
އިންޑިޔާ އުޅެނީ ހުޅުވާލަން، ސާހިދު މިއުޅެނީ ވަގުތު ދިމާކޮށްފަ މެޑަލް ޖަހަން.
ތިޔަ ހައްލު ވަރަށް ހިތިވާނެ ބަލަންތިބެމާ ބަހީ.
ހައްލު ހޯދަން ހައްލު ހޯ ދަން މީ ބޮޑު ބޭބެޔޯ މިފަދަ އުނދަގޫ ބޮޑު ބޮޑުބޭބެ އެއް ދުވަހަކުވެސް ނުދެކެން.. ތީ ބޮޑު މުސީބާތެއް...
އިންޑިއާ އެ އުޅެނީ ޓޫރިސްޓުންނަށް ހުޅުވާލަން. ދިވެހިންނަށް ހިލޭ އޮން އެރައިވަލް ޓޫރިސްޓް ވިސާ ލިބޭ ގައުމެއް. ޝާހިދު ބޭނުންވަނީ އެކަމުގެ ކްރެޑިޓް ވެސް ހޯދައި އެއީ ވެސް މީނާ ކޮށްދިން ކަމެއް ގޮތުގައި ދައްކަން.
ޝާހިދު އަކީ ކޮމްޕިއުޓަރެއް ތަ މުޅި ދުނިޔޭގެ ހުރިހާ ޤައުމެއްގެ ހުރިހާ ކަންތައް ބަލަމުން ވިސާ ގެ ކަންތައް ބަލަން؟ ޕައިލެޓުންނަށް ވެސް ފްލައި ކުރަން ވަކި ގަޑި އެއް އޮވޭ. އެހެން ނޫނީ ޕައިލެޓް ގެ ސިކުނޑި އަށް ބުރަ ބޮޑުވެގެން މަތިންދާ ބޯޓް ދުއްވަން ލޮޅުން އަރާނެ. ވެރިއަކު ނެތީމާ ވިސާ ކަންތަކުގައި ލަންކާ ގައާއި އިންޑިއާ ގައި ތިބި ދިވެހިންނަށް އެ ޤައުމު ތަކުން ހަދަނީ ހަދާނެ ގޮތެއް. ފޮރީން މިނިސްޓަރަކު ނެތީމާ މި ދެ ޤައުމުން އެޑްވާންޓޭޖް ނަގާ ކިތަންމެ ވަރަކަށް ވެސް!
މިހާރު މިއޮތްވަރަށް އިންޑިޔާއީ ގުޅުން ނޯންނައިރުވެސް ދިވެހިންނަށް އެއްވެސް ދަތިކަމެއްނެތި އިންޑިޔާއަށް ގޮސްއައިސް އުޅެވޭ! މިހާރު އިންޑިޔާއަށް މިޤައުމު ގޮސް ހުސްވާއިރުވެސް ވިސާނުލިބިގެން ގަނޑުތެޅެންޖެހެނީ! ކޮބާތޯ މިގުޅުމުން ދިވެހިންނަށް ލިބޭ ފާއިދާ! ކުރިން އޮށްގޮތް މާރަނގަޅު! ސްކޫލް ޗުއްޓީގެ ކުރިން ވިސާގެ ކަންކަން ހައްލުކޮށް ދެއްވާނެ ކަމަށް އުއްމީދު ކުރަން!!!
އެތައް ބާރަކާއި ޖާހެއް އަދި ފައިސާއެއް ތިހެންކިޔާގެން ނަގާފަވީ ، ވެރިކަމަށް އައިދުވަހުވެސް ތިހެންކީ ، ހެޔޮނުވާނެ އަދވެސް ހިތް ނުފުނުފުރެނީތަ ، މީނަގެ މައްޗަށް ހިޔާނަތްތެރިއެއްގެ ދައުވާ އުފުލާ ޖަލުގައި ބާއްވަން ފެންނަނީ ، މިވަރު ނުލަފާ މީހެއް މި ދިވެހި ފަސްގަނޑުމަތީގައި ނުދެކެން
ތިއީ ހާދަހާވާ ބޮޑު މަސައްކަތެކޭ.. ތިވަރައް މަސައްކަތް ނުކުރައްވާ.. ވަރުބަލިވެސް ވާނެނޫން..
ޝާހިދު އަށް މަގޭ ޖީބުން ޙަރަދު ކޮށްފަ މަޤާމު ހޯދީ. މަ ހީކުރީ އާ ފޮރިން މިނިސްޓަރަކު ލާނެ ކަމަށް. ހައްތާ ވެސް ކާފަ އަށް މަސް. އަހަރެން އިންޑިއާގަ މިޖެހެނީ ގަނަތެޅެން. ހާދަ އުނދަގުލޭ ވިސާ ކަންތައް. ވެރިއަކު ނެތްކަން އިންޑިއާ އޮފިޝަލުންނަށް އިނގި، ހަދަނީ ހަދާނެ ގޮތެއް.
ކޯންޗަކަށްތޯ ތިޔަވީ. ސޯލިހުބުނި އެންމެގާތް ބައިވެރިއަކީ އިންޑިއާއޭ. ދެންކީއްކުރަން އިންޑިއާއަށް ސަލާންޖަހަންޖެހެނީ. ވިސާހޯދަންވެސް އާދޭސްކުރަންދޯ މިޖެހުނީ. ރީއްޗެއްނު. ރާއްޖެއާ އެއްވެސް ގުޅުމެއްނެތް ގައުމަކުންވެސް ވާހަކަދައްކައިގެން ކަންކަން ކޮށްދޭނެ. ތިތިބީ އިންޑިއާގެ ދަށުވެފާ ތިބިވަރު. އެމީހުންބުނިގޮތަކަށް ހަދަންޖެހުނީ. އާދޭސްކުރަން ދެން ފަހަތުން ދުވެލަ ދުވެލާތިބޭ.އިންޑިއާ ފަސްޓް. އިންޑިއާ އައުޓް*
ސާކް ޤައުމުތަކަށް އޮންނަ "އޮން އެރައިވަލް" ވިސާ ކޮބައިތޯ؟