އައްޑޫ ސިޓީގައި ހަރަކާތްތެރިވާ ގޭންގުތަކުގެ އަދަދު ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު (ސީޕީ ހަމީދު) ހާމަކުރައްވައިފިއެވެ.

އައްޑޫގައި ހަރަކާތްތެރިވާ ގޭންގުތަކުގެ އަދަދު ސީޕީ ހާމަކުރެއްވީ އައްޑޫ އަށް ކުރެއްވި އެއް ދުވަހުގެ ދަތުރުގެ ތެރެއިން ނޫސްވެރިންނާ ބައްދަލުކުރައްވައެވެ.

އެ ބައްދަލުކުރެއްވުމުގައި ސީޕީ ވިދާޅުވީ، ކުށްތަކަށް އަރައިގަންނަ ގްރޫޕޭ ކިޔާ ވައްތަރުގެ 12 ގްރޫޕް އައްޑޫގައި ހަރަކާތްތެރިވާ ކަމަށެވެ. އެގްރޫޕުގެ މީހުންގެ މެދުގައި ހިނގާ ކަންތައްތަކާ ގުޅިގެން އެއްބަޔަކު އަނެއް ބަޔަކަށް މާރާމާރީ ހިނގާ ކަމަށާއި މާރާމާރީގެ މައްސަލައަކީ އައްޑޫގައި ބޮޑު މައްސަލައެއް ކަމަށް ސީޕީ ވިދާޅުވިއެވެ.

މާރާމާރީގެ މައްސަލަތަކުގެ އިތުރުން އައްޑޫގައި މަސްތުވާތަކެތީގެ މައްސަލަ ވެސް ބޮޑުކަން ފާހަގަ ކުރައްވަމުން ސީޕީ ވިދާޅުވީ، އެކަމުގައި ޅަ އުމުރުފުރާގެ ކުދިން ވެސް ހިމެނޭ ކަމަށެވެ. އެގޮތުން މަސްތުވާތަކެތި ބޭނުންކޮށްގެން އެ ތަކެތި ވިއްކަން އެކުދިން އުޅޭކަން ސީޕީ ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑުމެންނަށް އެނގޭ ގޮތުގައި ގާތްގަނޑަކަށް 1،540 މީހުން އައްޑޫ ސިޓީގައި މަސްތުވާތަކެތި ބޭނުންކުރާ ކަމަށް އަޅުގަނޑުމެންނަށް އެނގިފައިވޭ" ސީޕީ ވިދާޅުވިއެވެ.

މީގެ އިތުރުން ސީޕީ ވިދާޅުވީ، ތަކުރާރުކޮށް ގޭގެ އަށް ވަދެ އަދި ދަނޑުގޮވާމުންނާއި ކުދި ކުށްތައް ތަކުރާރުކޮށް ކުރާ 19 މީހަކު ވެސް ފާހަގަކުރެވިފައިވާ ކަމަށާއި އެކަންކަން ހައްލުވާނީ ގާނޫނުން އެފަދަ ކުށްތައް ކުރާ މީހުންނަށް ދޭން ޖެހޭ އަދަބުތައް ދެވިގެން ކަމަށެވެ.

ސީޕީ އައްޑޫއަށް ކުރެއްވި ދަތުރުގައި އައްޑޫސިޓި ކައުންސިލާއި ބައްދަލުކޮށްވަނީ ކްރައިމް ޕްރިވެންޝަނާއި އައްޑޫ ސިޓީގައި ފުލުހުން ދެމުންގެންދަަވާ ހިދުމަތްތައް އިތުރަށް ފުޅާކޮށް ހަރުދަނާ ކުރުމާއި ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. Anonymous

    ތިކުރެވުނީ ލައްކަ މަސައްކަތް. ދެން ހުތިހާ ކުދިންގެ މުސާ ބޮޑުކޮށްލާ. 3 މަހު ޗުއްޓީދީ. ޗުއްޓީން ނުކުމެ ދެން އަނެއްކާ ޑްރާމާ ކުޅެލާ. މިވެރިކަމަކީ ވަށްކަމާ ދޮގުހެދުމާ މަކަރާތް ހީލަތުން ދިވެހި ގައުމު އަޅުވެތިކުރުން ނޫން ކަމެއް ކުރާބައެއްނޫނެއްނު.
    ދުވެހިންނަށް ވަރިހަމަވާނެ ކޮންމެ ގޮތެއްވެސް. ދަރަނި ފޯނެއް ދީފަ ބައިތިއްބާ ފބ އަށް ވަދެ ތިބެދާނެ. ގާފިލު ބައެއް ދިވެހިންނަކީ.

    10
  2. މިތުރާ

    ގޭންގުތަކޭ! 😅🤣😂 މަގުމަތީގަ އުޅޭ ކުށްކުރާމީހުން، ގާނުނު އޮންނަނީ ފޮތުގަ ، އާ އްމުން ރަ އިޔިތުމީހާ އަށް އިންސާފު ނުލިބޭ، މޮޅުމީހާ އަށް މޮޅުގޮތް ދެރަމީހާ އަށް ދެރަގޮތް ! މިކުޢްކުރާ ބަ އިގަޑު ރޫޅާލަން އިންޑިޔާ އިން އަސްކަރީ މަނަވަރެ އް ގެނެސްގެން ނަމަވެސް ރަ އްޔިތުންނަށް އަމާން ދިރި އުޅުމެ އް ހޯދާ ދޭންވެ އްޖެ އެއ އްނުން،

    11
  3. އަޙްމަދު

    އައްޑޫގައި އުޅޭ ގޭންގުތަކާއި މަސްތުވާތަކެތި ބޭނުންކޮށް ވިއްކާމީހުން އައްޑޫ އާއްމު ރައްޔިތުންނަށް އެނގޭ! ސުވާލަކީ އެމީހުންނަށް އެކަމުގައި މިޔަވަޅު އެޅޭނެތޯ! އަނެއްސުވަލަކީ ތިމީސްމީހުން އެނގޭއިރު ސަރުކާރުން ތިކަން ހުއްޓުވަން އަޅަނީ ކޮން ފިޔަވަޅެއްތޯ!

    11
  4. ޙހހހ

    ބަލަ ޤާނޫނު އަންނަ ދުވަހެ އް އަންނަންދެން ރަ އްޔިތުން މި ބިރުވެރިކަމުގަ އި ތިބެންވީތަ ، މިހާރުވެސް ފުލުހުން ބޭނުމި އްޔާ ބަންދުކޮށް ބެހެ އްޓުމުގެ ބާރު އޮވޭނޫންތަ ، އަބަދު ޤާނުނުގެ ބޮލުގަ އި ނާޅުވާ ، ކަލޭމެން ތިމަޤާމުތަކަށް އަންނަން ކީ ތިޅެމެ އްނޫން ، ބަޔަކަށް ނުވެގެން އައ އީ ، ދެން މިހާރު ކީކޭ ކިޔަނީ ތި ، ދުވަސް ކޮޅަކުން ކު އްވެރިވާނީ މަސްތުވާތަކެތި ކަންނޭނގެ ، ނޫނީ މާރާމާރީ ހިންގަން ބޭނުންކުރާ ތަކެތި

  5. މުޙައްމަދު

    ކުޑަކުދިންގެ މައްސަލަތަކުގައި އޮންނަ ހަރުކަށި ޤާނޫން މަސްތުވާ ތަކެއްޗާއި ވައްކަމަށް ނޯންނަންޖެހޭ ސަބަބަކީ ކޮބާ؟ ނިސްބަތުން ކުޑަ އާދައިގެ ކަމެއްނޫން މިއީވެސް. މަޖިލީހަށް ހުވާ ކޮށްގެން އަންނަ މީހުންނަކީ ތިމާމެން ކުރާ ވައްކަމާއި މުޑުދާރުކަން ފޮރުވާފައި ދެންތިބި މީހުންނާ ފޮށުން. ކޯޓްތަކުގެ ގާޒީން ތިބެނީ ވަކިމީހެއްގެ ކޮޅަށް ވިކި ހުސްވެފަ. ފުލުހުންގެ އިސް ސަފު އޮންނަނީ ސިޔާސީ އައްޑަތަކުގެ ހިޔަލުގަ. ރައްޔިތުން ރެއާދުވާލު ބިރުވެރިކަމުގަ. ކޮންކަމެއް ރަގަޅުވާނީ.

  6. ނަޖްވާ

    އެއްވެސް ލީޑަރސިޕް އެއް ނެތް މީހެއް! ހުސް ސަޅި އަނގަ ތަޅާ މީހެއް!

  7. ޝަބްނަމް

    އައްޑޫއޭ ބުނާއިރު ހީވަނީ ބައްރެއްގެ ވާހަކަ ދައްކަނީހެން. ތި ދައްކަނީ ކިރިޔާ 3 އަކަމޭލު ހަމަ ނުވާ ތަންކޮޅެއްގެ ވާހަކަ. ކިރިޔާ 40 ހާސް ވަރަކައް މީހުން އުޅޭތަނެއްގެވާހަކަ. ދެންވެސް ތިޔަތިބެނީ ގޭންގުތަކުގެ އަދަދު ގުނަން. ބަލަގަ ރައްޔިތުން ބޭނުންވަނީ ގޭންގުތަކުގެ އަދަދުބަލާކަށެއްނޫނޭ.. ރައްޔިތުން ބޭނުންވެގެން އުޅެނީ ކުޑަކުޑަަ ގޮޅިއެއްވަރު ތަނެއްގަ އުފެދިގެން އުޅޭ ކުދި ކުދީ ގޭންގުތަކެއް ހިފާ ހައްޔަރު ނުކުރެވުގެން އުޅެނީ ކީއްވެގެންތޯއެވެ. މިއީ އިޓަލީގެ ސިސިލީއެއްނޫން ބޮޑެތި ޑުރަގު ކާޓެލްތަކާއި ހަތިޔާރު ވިއްކާ ގޭންގުތައް ތިބޭ. މިތާ އުޅެނީ މަސްތުވެގެން ތެޅިބޭލޭ ޕާޓޭކޮޅެއް. ކީއްވެތޯ ފުލުހުންނައް މިކުޑަތަން ސާފުނުކުރެވިގެން އުޅެނީ. މިއީ މެކްސިކޯއެއްނޫން.

    5
    1
  8. ޝަޒޫ

    ދެން ކިޔާ މިވެނި އެވެނި ރަށެއްގައި މިވެނި އެވެނި އަދަދަކައް ގޭންގު އެބަތިއްބޭ. ބަލަގަ ކަލޭމެނައް ގޭންގަކާއި ފަޅިއެއްވެސް ތިއުޅެނީ ހިފާހައްޔަރު ނުކުރެވިގެން. މާމޮޅެތި ވާހަކަ ދައްކާނެކަމެއް ނެތް.