ރައީސް އިބްރާހީމް މުހަންމަދު ސޯލިހުގެ ދައުވަތަކަށް ރާއްޖެ ވަޑައިގެންނެވި އދ. ގެ އާންމު މަޖިލިހުގެ 76 ވަނަ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރާއްޖެއަށް ކުރެއްވި ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ ފުރާވަޑައިގެންފިއެވެ.
ޝާހިދަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން އަލްވަދާއު ދެންނެވީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރެވެ.
އދ. ގެ އާންމު މަޖިލިހުގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ޝާހިދު ރާއްޖެ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އޭނާ އަށް ހޫނު މަރުހަބާއެއް ވަނީ ދަންނަވައިފައެވެ. ޝާހިދު ރާއްޖެއަށް ރަސްމީ ދަތުރެއް ކުރައް ދައުވަތު އެރުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިފަހުން ނިއު ޔޯކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
މި ދަތުރުފުޅުގެ ބައެއްގެ ގޮތުން ރައީސް ސޯލިހާއެކު ޝާހިދު ވަނީ ރަސްމީ ވާހަކަތައް ބާއްވައިފައެވެ. އަދި ރައީސް ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ދެއްވި ޖާފަތެއްގައި ޝާހިދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މިއަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވަނީ ޝާހިދު ކޮށްދެއްވި ގައުމީ ޚިދުމަތް ފާހަގަކުރުމުގެ ގޮތުން، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަގަބު އަރުވައިފައެވެ.
މި ދަތުރުފުޅުގައި ޝާހިދުވަނީ މިހާރު ކުރިޔަށްދާ ސާފް ޗެމްޕިއަންޝިޕް 2021ގައި، ރާއްޖެއާއި ބަންގްލަދޭޝް ބައްދަލުކުރި ފުޓްބޯޅަ މެޗު ވެސް ބައްލަވާލައްވައިފައެވެ.
އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ގޮނޑި ޝާހިދަށް ލިބިވަޑައިގަތީ ގިނަ ގައުމުތަކެއްގެ ރުހުމާއެކުގައެވެ. ދުނިޔޭގެ 193 ގައުމުގެ ތެރެއިން 143 ގައުމުގެ ވޯޓު ހޯއްދަވައިގެންނެވެ. މިއީ މިހާ މަތީ ޝަރަފެއް ދިވެއްސަކަށް ލިބުނު ފުރަތަމަ ފަހަރުވެސްމެއެވެ.
ރާއްޖޭގެ ފޮރިން ސާވިސް އޮފިސަރެއްގެ ގޮތުގައި ޝާހިދު ޚިދުމަތް ކުރައްވަން ފެއްޓެވީ 1983 ގައެވެ. އޭނާ ވަނީ އެމެރިކާގެ ދަ ފްލެޗާ ސްކޫލުން، އިންޓަނޭޝަނަލް ރިލޭޝަންސް އިން މާސްޓާސް ޑިގްރީ ހާސިލު ކުރައްވައިފައެވެ. ފޮރިން ސާވިސް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވިތާ 10 އަހަރު ފަހުން ރާއްޖޭގެ އިންޓަނޭޝަނަލް އެފެއާޒްގެ ޑިރެކްޓަރުގެ މަގާމު ވެސް އަދާކުރެއްވެވިއެވެ.
ޚާރިޖީ ދާއިރާގައި ހުރި އެންމެ ތަޖުރިބާކާރު އެއް ބޭފުޅާ ކަމަށްވާ ޝާހިދު ވަނީ 1987 އިން 1994 އަށް ބޭއްވި އދ. ގެ ހުރިހާ އާއްމު މަޖިލީހެއްގައި ބައިވެރިވެވަޑައިގެންފައެވެ. މި ހުރިހާ ތަޖުރިބާއާއެކު ފޮރިން މިނިސްޓަރު ކަމަށް ޝާހިދު ފުރަތަމަ ވަޑައިގެންނެވީ 2007 ގައެވެ. އޭގެ ކުރިން، 2005 އިން ފެށިގެން ހުންނެވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ. އަދި ދެ ވަނަ ފަހަރަށް ފޮރިން މިނިސްޓަރު ކަމާ ހަވާލުވެވަޑައިގެންނެވީ ނޮވެމްބަރު 17، 2018 ގައެވެ. ވޭތުވެދިޔަ ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި ޝާހިދު ވަނީ ބުރަ މަސައްކަތްތަކެއް ކުރައްވައިފައެވެ.
ކޮބާހޭ ފޮރިން ކަލޭގެ. އޭނާ ވީތަނެއް އެނގޭ މީހަކު އެބަހުރިތަ؟
ފައްޅި ސާހިދު މިގައުމަކައް ބޭނުމެއްނެތް..ފުރަތަމަ ތައުބާވޭ.
ނަސީބެއް ތީނާ ފުރިކަން ދައުލަތުން އެތައް ޚަރަދެއް ކޮށްފި ކުރުބާގައި ޖާފަތް ބާއްވާ މީނާގެ ޖާހަށް ފޮތި ދަމާ އެތައް ޚަރަދެއް ހިނގައިފި ވީކަމެއް ހަރާން އިންޑީޔާ ވިސާގަނޑުވެސް ފައހި ކޮށް ނުދެވުނު އެންމެ ކުރީ ޒަމާނުގޮތަށް ކިއުގައި ޖެހިގެން އުޅޭން ޖެހެނީ އެހެން އެންބަސީ ތަކުން އޮންލައިނު ވިސާދޭއިރު އެތަނަށް ދާކަށް ނުޖެހޭ... މިއީ އަރަތެއްތަ. ތީމުގެ ކައިރީގައި ދަމާފައި އޮތް ފޮތިގަނޑެއްގައި އޮތީ
އދ.ގެ ރިޔާސަތު ދިވެހިރައްޖެއަށް ލިބުމީ މުޅި އިންސާނިއްޔަތަށް ލިބުނު އައު އުންމީދެކޭ
ހެޔޮ ނުވާނެ މިކަހަލަ ކުފުރުގެ ބަސްތައް ލިޔޭކަން މުޅި އިންސާނިއްޔަތައް ލިބުނު އުންމީދަކީ ރަސޫލާ އިސްލާމްދީނައިގެން ފޮނުއްވުން ....
އައީމެޑަލް ބަލަ އެވެ. މެޑަލްލިބުނީ ގައުމީ ޓީމް އަކަށް ނޫނެވެ. ޝާހިދު އަށެވެ. އެދިޔައީ މެޑަލް ހިފައިގެންނެވެ.
އދ ހާއްސަ މަޖިލީހުގެ ރައީސް ރާައްޖެވަޑައިގަތީ ރާއްޖޭގެ ފޮރިންމިނިސްޓަރ ދެއްވި ދައުވަތަކަށްބާ ! މިހެން ބުނަންޖެހުނީ ރާއްޖޭގެ ފޮރިންމިނިސްޓަރގެ އަނބިކަނބަލުންނާ އދ ހާއްސަ މަޖިލީހުގެ ރައީސް ޝާހިދު ބައްދަލުކޮށްލެއްވި ވާހަކަ ދެކެވޭތީ
މީކާކުތަ ދެން މާވެގަނެގެން މިއުަލެނީ. ރައިސްހެދިގެން މިގައުމުގައި އުޅޭނެކަމެއްނެތް. ފޫހި މީހާގަނޑެއް!