ހަތަރު މަސް ދުވަހުގެ ދުވަހުގެ ސަސްޕެންޝަނެއްގައި ހުންނެވުމަށް ފަހު، މިއަދު ރަސްމީ މަސައްކަތަށް ނުކުންނަވައި ސާފް ޗެމްޕިއަންޝިޕް މުބާރާތުގެ މެޗުތަކުގެ ޓިކެޓް ފަސޭހައިން ލިބޭނެ އިންތިޒާމެއް ރާވަވައިދެއްވާނެ ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިއްޔެ ހެނދުނު ކިއޫގައި ޖެހިގެން އެތައް އިރަކު ތިބުމަށް ފަހު ޓިކެޓް ހުސްވެގެން އަނެއްކާ ވެސް ރޭގަނޑު އަލުން ކިއޫގައި ޖެހިގެން ޓިކެޓް ނަގަން ޖެހުމުން ސަޕޯޓަރުންނަށް ދިމާވި ދަތި އުނދަގުޅަށް މައާފަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ދިވެހި ފުޓުބޯޅަ އެސޯސިއޭޝަން (އެފްއޭއެމް) އާއި ވާހަކަ ދައްކައިގެން ވީހާ ވެސް ގިނަ ބަޔަކަށް މިހާރަށް ވުރެ ފަސޭހައިން ޓިކެޓް ލިބޭނެ ގޮތް ކުރިއަށް އޮތް މެޗުތަކަށް ރާވައިދޭން މަސައްކަތް ކޮށްދެއްވާނެ ކަމަށް މަހްލޫފް ވިދާޅުވިއެވެ.

"ﷲ އަށް ޙަމްދު، ހަތަރު މަހަށް ފަހު އަލުން އެނބުރި ރަސްމީ މަސައްކަތުގައި،" މަހްލޫފް ލިޔުއްވާފައިވެއެވެ.

ގަލޮޅު ދަނޑު ސަރަހައްދުގައި އިއްޔެ ހެނދުނު ޓިކެޓު ވިއްކަން ފެށިތާ ގަޑިއިރެއް ނުވެ ޓިކެޓު ހުސްވި ކަމަށް ބުނެ ކައުންޓަރު ބަންދު ކުރިއެވެ. އެހާ އަވަހަށް 4،000 އެއްހާ ޓިކެޓް ހުސްވާނެ ގޮތެއް ނޯންނާނެ ކަމަށް ބުނެ އެ ސަރަހައްދުގައި އެއްވެ ތިބި އާންމުން ނުރުހުން ފާޅުކޮށް އިހްތިޖާޖް ކުރަން ފެށިއެވެ.

އެފްއޭއެމްއިން ފަހުން ނެރުނު ނޫސް ބަޔާނުގައި ބުނީ މެޗަށް ވިއްކާ 5،000 ޓިކެޓުގެ ތެރެެއިން 2،500 ޓިކެޓު ދޫކުރީ އެފްއޭއެމްއާއި ފުޓުބޯޅަ ކްލަބްތަކުގެ އިސް ބޭފުޅުންނާއި އެ ބޭފުޅުންގެ އާއިލާ މީހުނާއި، ކުޅުންތެރިންގެ އާއިލާ މީހުނަށް ކަމަށެވެ.

އެހެންނަމަވެސް ފަހުން ރޭ ވަނީ އިޖްތިމާއީ މަރުކަޒު ސަރަހައްދުން އިތުރު 1،000 ޓިކެޓް ވިއްކާފައެވެ. އެއީ އޮފިޝަލުންނަށް ޚާއްސަ ކުރި ޓިކެޓްތަކުގެ ތެރެއިން 1،000 ޓިކެޓެވެ.

ސާފް ޗެމްޕިއަންޝިޕް މުބާރާތް ކުރިއަށް ދަނިކޮށް މަހްލޫފްގެ ސަސްޕެންޝަން އުވާލާފައި މިވަނީ، މަހްލޫފްގެ މައްޗަށް ތުހުމަތު ކުރެވޭ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު މައްސަލާގައި ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވި ފަހުން އެ އޮފީހުގައި މައްސަލަ ބާއްވައިގެން އުޅޭތާ ހަތަރު މަސް ދުވަސްވެ އޭގެ ޚަބަރެއް ނެތުމުންނެވެ.

ރިޝްވަތުގެ ތުހުމަތު މަހްލޫފްގެ މައްޗަށް ކުރަނީ އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގައި އޭރު ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި މަހްލޫފް ހުންނެވިއިރު އޭރު ސަރުކާރާ އެއްކޮޅަށް، އެސްއީޒެޑް ބިލެއް ފާސްކުރަން އޭނާގެ އެކައުންޓަށް 33،000 އެމެރިކާ ޑޮލަރު ޖަމާވެފައިވާކަށް ތަހުގީގަށް އެނގިފައިވާތީ ކަމަށް ބުނެއެވެ.

މި ކަން ދޮގު ކުރައްވަމުން މަހްލޫފް ވިދާޅުވީ، އޭނާއަށް އެ ބިލަށް ވޯޓު ދެއްވަން އެއްވެސް ފައިސާއެއް ލިބިވަޑައިނުގަންނަވާ ކަމަށާއި ބިލަށް ވޯޓު ދެއްވީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ތްރީ ލައިން ވިޕަށް އަމަލު ކުރެއްވުމަށް ކަމަށެވެ. މީގެ އިތުރުން، އޭރު ޕީޕީއެމްގެ ފަރާތުން އޭނާއަށް ދެއްވި ހަމައެކަނި އެއްޗަކީ މެލޭޝިއާގައި ހުންނެވުމުން ރާއްޖެ ވަޑައިގަންނަވަން ޓިކެޓެއް ކަމަށް މަހްލޫފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ވޮވް..

    ސާބަހޭ މަހުލޫފޫ.. ތިކަހަލަ ޔޫތު މިނިސްޓަރެއް ބޭނުންވޭ މި ދިވެހިރާއްޖެ އައް. ތިކަން ކާމިޔާބު ކޮއް ހަޤީގަތަކައް ހަދައިދޭނެ ކަމައް އުންމީދު ކުރަން.

    1
    3
  2. އެންމެ ކުރި

    1980 ގެ އަހަރު ތަކުގައި މިއަށް ވުރެ ފަސޭހަ ދަނޑުގެ 4 ގޭޓުން ޓިކެޓް ވިއްކާ އެއްކަމެއް ވެސް މިސަރުކާޜުން ފަސޭހަ ގޮތަކަށް ނުކުރާނެ ދައުލަތް ހިންގަން ނޭގެނީ މިތަން ސަރުކާރަށް ނުފެންނަނީތަ މަހުލޫފަށް އެކަނިތަ ފެންނަނީ ކޮބައިތަ ބޮޑު މުސާރަ ނަގާ ރައީސް ގެ އެކްޝަން ކޮމެޓީ އެމީހުން ގެ ކަމަކީ މުލިއާގެ އާއި ރައީސް އޮފީހާ ދެމެދު ހިނގުންތަ މެންދުރު ފަރިއްކުޅުއްވުންތަ އެކްޝަން ކޮމެޓީ ފެއިލް ވެއްޖެ.... ހުރިހާ ތަނެއްގައި ކިއު އިންޑީޔާ އެންބަސީ ދޮށުގައި ވެސް ކިއު

  3. އަން

    އެމް އެމް ޕީ އާރު ސީގެ ލާރިގަނގުވެސް ފަސޭހައިން ލިބުނެއްނު. އަދި ސަރުކާރަށް ބިރުދައްކާގެން ފަސޭހައިން ސަލާމަތްވެގެންނުން ތިޔަހުރީ.
    ނަމަވެސް ފަސޭހައިން ޓިކެޓް ލިބޭނެގޮތް ކަލެޔަކަށް ނުހެދޭނެ. ބޮޑުވަގު

    4
    1
  4. ޅަބޭ

    މި މަހުލޫފަކީ ރާއްޖޭގެ ސަޅިބައިސާގެ އައްޕަ.

    2
    1
  5. ސައިންސް

    ޔެސް. ހަދަން ޖެހޭނެ ގޮތަކީ މަހުލޫފަށް ބައި އެޅެން ޖެހުން އަދި އެވެސް ޑޮލަރުން

    1
    1
  6. އިބްރީމް މުހައްމުދު ސޯލިހާ

    ކަލޭ ބުންޏަސް ތަން ނެތް ތަނެއްގާ ކިހިނެތްތަ މީހުން ވައްދާނީ

    1
    1