ދުނިޔޭގައި ނިރުބަވެރި ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ރާއްޖޭގެ އަމީރުކަމުގެ މަގާމަށް އައްޔަންކޮށްފައިވާ ކަމަށް ބުނާ ޏ. ފުވައްމުލައް މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީން 30 ދުވަހުގެ މުއްދަތަކަށް ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގައި ދައުލަތުގެ ވަކީލް އެދިވަޑައިގަތީ ހައި ކޯޓުގެ ނިންމުމުގެ ކުރިން އޮތް ގޮތަށް އަމީން ޖަލުގައި ބަންދު ކުރާ ގޮތަށް ބަންދު އަމުރު ބަދަލުކޮށްދިނުމަށެވެ.

ހައި ކޯޓުން އަމީންގެ މައްސަލާގައި ނިންމީ މައުޟޫއީ ގޮތުން އެ މައްސަލަ ބެލެން ނެތް ކަމަށާއި އޭނާ ޖަލު ބަންދުން ދޫކޮށްލުމަށެވެ. އެއަށް ފަހު ގޭބަންދުގައި ދުވަހުގެ ބައެއް ހޭދަކުރާ ގޮތަށް އަދި މާލެއިން ފުރުން މަނާކޮށް މޮނިކޮން އަމުރެއް ނެރުނެވެ.

ދިފާއީ ވަކީލުން އެދިވަޑައިގަތީ ހައި ކޯޓުގެ މޮނިކޮން އަމުރު ދެމެހެއްޓުމަށެވެ. އެ ގޮތުން އެ އަމުރު މި މަހުގެ 19 ވަނަ ދުވަހަށް ހަމަވާއިރު، އެ އަމުރު ބަދަލު ކުރަން ޖެހޭ ޒަރޫރީ ހާލަތެއް ދައުލަތަށް ދެއްކިފައި ނުވާ ކަމަށް ދިފާއީ ވަކީލް ވިދާޅުވިއެވެ.

ދެ ފަރާތުން ދެއްކި ވާހަކައަށް ރިއާޔަތް ކުރުމަށް ފަހު، މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވިދާޅުވީ އަމީންގެ މައްޗަށް ކުރަނީ ބޮޑެތި ކުށްތަކުގެ ތެރެއިން ކުށެއްގެ ތުހުމަތު ކަމަށާއި ތުހުމަތު ކުރެވޭ ވަރަށް އެކަށޭނަ ހެކި ވެސް ހުރި ކަމަށެވެ.

އެހެންވެ ބަންދު ކުރަން ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާން ކުރާ ހާލަތްތައް ވުޖޫދުގައިވާ ކަމަށް ގަބޫލު ކުރެވޭތީ 30 ދުވަހުގެ މުއްދަތަކަށް ކަސްޓޯޑިއަލް ޖަލެއްގައި އަމީން ބަންދު ކުރަން އަމުރު ކުރެއްވިއެވެ.

އަމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއަކީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ.

އަމީނަކީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ޓެރަރިސްޓުންގެ ލިސްޓުގައި ހިމަނާފައިވާ މީހެކެވެ.

އެމެރިކާއިން ބުނާ ގޮތުގައި އަމީނާކީ ސީރިޔާގެ އިތުރުން އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ ވަރަށް އިސް މީހެކެވެ. އޭނާގެ މައިގަނޑު މަސައްކަތަކީ އައިއެސް ޖަމާއަތަށް މީހުން ރެކްރޫޓް ކުރުން ކަމަށް އެ ގައުމުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ޢަޒު

  އިންސާނުންގެ ޙައްގަކީ ޝައްކާ ވަހުމާއި ތު
  ހުމަތަށް ނިގުޅައި ގަނެވޭ އެއްޗެއްނޫން ހަރުކަށި ފިކުރޭ ކިޔައިގެން މީހުންނަށް އަނިޔާ ދިނުމުގެ ބަދަލުގަ މަޑުކަށި އިސްލާމްދީނާއި ދެކޮޅު ލާދީނީމީހުންގގެ މަޑުކަށިކަން ފިލުވާލަދޭންވީ ތުނބުޅި ހުރެފަ 5ވަގުތު ނަމާދުކުރާ މީހުންނަކީ ޓެރަރިސްޓުން ކަމަށް ނިންމުމުގެ ކުރިން ތިމާމެންނަކީ ކިހާވަރެއްގެ ނުރައްކާތެރި ބަެއްތޯ ބަލާލުން ބުއްދިވެރި އެހެނީ އިސްލާމް ދީން ހުއްދަ ނުކުރާ ގޮތައްވާހަކަ ދެއްކުމާ ހަޖޫޖެހުމާ ރސއވ ފުރައްސާރަ ކުރުމާ މިކަންކަމަށް ހިއްވަރު ދީފަ އއކަލޭގެފާނުގެ ސުންނަތަށް ތަބާވާ މީހުން ފަހަތުން ޗާބޫކު ހިފައިން ދުވުމަކީ ދެރަވަރު ލަދުވެތި ކަމެއް މުސްލިމުވެރިންނަކީ ނިކަން ސީދާ ސާދާ މަގު ޙިޔާރު ކުރާބައެއް

  7
  1
  • ޏަން

   ތުމްބުޅި ދިގުކޮއްފަ ފަސވަގުތު ނަމާދު ކުރުމަކުން ނުފުދޭ
   ޓެރަރިސްތުން ހިމާޔަތް ކޮއްގެންފަހުން ދެރަވާނީ ހަމަ ދިވެހިން
   ބޭކާރު ވާހަކަ ނުދައްކާ
   މިމީހުނަކީ އަހަރެމެންގެ ލޮބުވެތި ދީން އޮޅުވާލައިގެން އުޅެ މުނާފިގު ނުބައި ބައިގަންދެއް
   އެކަމްގެހިތި އިރާގް ފަދަ ގައުމުތަކުގެ ރައްޔިތުން ދަންނާނެ

   1
   2
 2. އިސްމާޢީލް

  ދެއަހަރު ފާއިތުވާއިރު ކުޝެއްސާބިތުނުވެ ތުބުޅިހުރީތީ ޓެރަރިސްޓަކަށްވެ ޖަލުގައި އޮތުމަކީ އިންސާފްތޯ ހައިކޯޓުން ނެރުނުއަމުރު ހަމައެމައްސަލައިގައި ދަޝުކޯޓުން އެހެންއަމުރެއްނެރެ ބަންދުކޮށްފައި ބޮޑެތި ޑުރަގްނެޓްވޯކްތައް ކޯޓުތަކުން ދޫވެ ހަމައެވިޔަފާރިގައި އިންސާފު އުތުރުއަރަނީ

 3. Anonymous

  ތާކުންތާކު ނުޖެހޭ ކަންކަން ބޮލުގައި އަޅުވައި ފްރޭމް ކޮއްފައި ތިވަނީ

  5
  1
 4. ރަން ރީނދޫ

  މިއީ އަނިޔާ ވެރިކަމުގެ އިންތިހާ.މިފަދަ ކަންކަމުން ޓެރަރިޒަމާއި ހަރުކަށިކަމަށް ހިއްވަރުލިބޭ. ކުށް ސާބިތު ކުރެވޭ ވަރުގެ ހެކި ނެތުމުން ވާނުވާ ޖަހާ ބަންދުކުރަނީ. މީހަކު ގެ ފިކުރު ހުންނަ ގޮތަކުން މީހާ ކުއްވެރިއެއް ނުވާނެ.

 5. ޢަހު

  ފުރަތަމަ ތުނބުޅިގެ ވާހަކަ ދައްކާއިރު ފިރިހެނުން ތުނބުޅި ބަހައްޓަންޖެހޭކަން ނޭނގެނީތޯ؟

  2
  1