ވިސާއާ ނުލާ ދިވެހިންނަށް އިންޑިއާ ދަތުރު ކުރެވޭ ގޮތް އަލުން ހަމަޖައްސައިފިއެވެ.

ކުރިންވެސް ވިސާއާނުލާ ދިވެހިންނަށް ދަތުރު ކުރެވޭ އިންޑިއާގައި ފިޔަވަޅުތައް ވަރުގަދަކޮށްފައި ވަނީ ކޮވިޑް-19އާ ގުޅިގެންނެވެ. ނަމަވެސް ކޮވިޑްގެ ހާލަތު ރަނގަޅުވުމާއެކު އިންޑިއާ ހުޅުވާލަން އެ ގައުމުގެ ސަރުކާރުންވެސް ވަނީ ނިންމާފައެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ވިދާޅުވީ، އޮކްޓޯބަރު 15 ވަނަ ދުވަހުން ފެށިގެން އިންޑިއާއަށް ބޭސްފަރުވާގެ ބޭނުމަށާއި، ވިޔަފާރީގެ ބޭނުމަށް އިތުރުން، ފަތުރުވެރިއެއްގެ ގޮތުގައި ދާން ބޭނުންވާ ދިވެހިން ވިސާ ނަގަން ނުޖެހޭނެ ކަމަށެވެ.

"ރާއްޖެވެގެން ދަނީ ކޮވިޑް-19ގެ ފިޔަވަޅުތަކަށް ފަހު އިންޑިއާއަށް ވިސާއާ ނުލާ ދަތުރު ކުރެވޭނެ ފުރަތަމަ ގައުމަށް". ހައިކޮމިޝަނުން ވިދާޅުވިއެވެ.

އިންޑިއާއަށް ބޭސްފަރުވާއަށް ދާން ބޭނުން ވެފައި ތިބި ދިވެހިންނަށް ވިސާ ނުލިބޭތީ މީގެ ކުރިން ވަނީ ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީ ކައިރީ ކަންބޮޑުވުން ވެސް ފާޅުކޮށްފައެވެ. އޭރު ދިވެހިން ވަނީ ވިސާ ހޯދުމަށް އިންޑިއާ އެމްބަސީއަށް ހުށަހަޅަން ޖެހޭ ލިޔުންތައް ހުށަހަޅަން ރޭގަނޑުން ފެށިގެން ޖެހިގެން އަންނަ ދުވަހު އޮފީސް ހުޅުވުމާއި ހަމައަށް ކިއުގައި ތިބެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޑައިވަރޭ

    ތެންކިޔޫ ޔޫއެން ޕްރެސިޑެންޓް މރ ޝާހިދު

    9
    39
  2. ނަސީ

    ސާހިދު މިއުޅުނީ ކެރެޑިޑް ނަގަން ވެގެން އެހެންނޫނަސް އިންޑިޔާ ހުޅުވާ އިރައް ތިކަން ހަމަޖޭނެކަން ރައްއިތުން އެގޭ

    40
    11
  3. ކޮއްޕަންސ

    ދެންބުނާ އގްރިމެންޓެއްގައި ސޮއިނުކޮށްފިއްޔާ އަނެއްކާވެސް ގަދަ އަވީގައި ދިވެހިން ކިއޫގައި ޖެހެންޖެހޭނެ

    25
    3
  4. ޢަހޫ

    މިހާރު ސުކުރު ކުރުމެއްވެސް ނޯވޭދޯ ހާދަހާ އޮޅިފައޭ މިތިބެނީ މާދަން ވެސް ސުނާމީއެއް އަރާ މުޅި ތަން ފުނޑުނީމަ ހުންނާނެ ހޭއަރާފަ

  5. ހާލިދު

    ތިއޮތީ އެއެްކަލަ ބުނި ތަން އައިސްފަ. ކުޅުނުގޭމް ޝަހިދް މޮޅުވެގެން ނިމިފަ. ދިވެހިރާއްޖެ ވިއްކައިގެން ތިބި ހާއިނުން ގެ ސްޓާންޓްތީ. މާތްﷲ މި އައްދާރު ހާއިނުން ނިކަމެތި ބައްޔަކުން ބަލިކުރައްވައި މިބައިމީހުންގެ މައްޗައް ހެޔޮލަފާ ސޯލިހް ވެރިން މިންވަރުކޮށްދެއްވާށި. އާމީން.

    5
    1
    • ޢަހުމަދުވަގާރު

      ދުވަހަކު ތި ގޯތށް ތިކަން ނުވޭ

  6. ނ

    15 ގައި ހުޅުވާލަނީ އެމީހުން ފްރީ ވިސާދޭ ހުރިހާ ގައުމަކަށް...ޖީވަން ގެ ބައި އަބަދުވެސް ޝާހިދު ކުޅެލާނެ

  7. ކައުންސެލަރު

    މަލިކުމީހުންވެސް އިންޑިޔާއަށް އަރަން ވިސާނަގާކަށް ނުޖެހޭ. މަލިކުމީހުންނާ އަހަރެމެންނާ ކޮބާ ތަފާތަކީ؟ އެއީ މިވީގޮތަކީ. ގޮޓް އިޓް؟

  8. ދިވެހި

    އިންޑިއާއިން ދިވެހިންނަކަށް ހެވެއް ނޭދެނެ. މި ލުޔާއިއެކު އިނޑިއާ އަށް އެތެވީމަ ޖެހޭދުއްޕާން މާބޮޑުވާނެ

  9. މޮހޮނާ

    2018 ގައި ސޮއިކުރި އެގްރިމެންޓް އެއް ‘ ޝާހިދު ބޭނެން އުޅެނީ // ކްރެޑިޓް ނަގަން ‘