ރާއްޖޭގައި އުޅޭ މީހުންގެ ތެރެއިން ނަފްސާނީ ބަލިތަކަށް ހުށަހެޅެމުންދާ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށް މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސްއިން ބުނެފިއެވެ.

ޖެންޑަރ އިން މިފަދައިން ބުނެފައިވަނީ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހާއި ގުޅިގެން އެމިނިސްޓްރީން ނެރުނު ބަޔާނެއްގައެވެ.

ޖެންޑަރ އިން ބުނީ، ރާއްޖޭގައި ނަފްސާނީ ބަލި ތަޙައްމަލުކުރަމުންދާ 161 މީހަކަށް ދައުލަތުގެ ބެލުމުގެ ދަށުގައި ކ.ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ފަރުވާ ދެމުން އަންނަކަމަށެވެ.

ނަފްސާނީ ބަލިތަކުގެ ސަބަބުން ފަރުވާއަށް ބޭނުންވެގެން ގިނަ ބަޔަކު ރިޕޯޓުކުރަމުން އަންނަކަމަށާއި އެހީތެރިކަމަށް އެދޭ މީހުން އިތުރުވުމުގެ ސަބަބުން ފަރުވާ ދިނުމުގައި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމަށް ވެސް ޖެންޑަރު އިން ވަނީ ބުނެފައެވެ.

އަދި ކޮވިޑް-19 އާއި ގުޅިގެން ގެވެށި އަނިޔާ އިތުރުވެފައިވާ ކަމަށާއި މިފަދަ ކަންކަމުގެ ޝިކާރައަކަށްވީ މީހުންނަށް ވެސް ނަފްސާނީ ގޮތުން އެހީތެރިކަން ފޯރުކޮށްދޭންޖެހުނު މިންވަރު އިތުރުވެފައިވާ ކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ. އަދި ނަފްސާނީ ބަލި ތަޙައްމަލު ކުރަމުން ދިޔަ މީހުންގެ ހާލަތު ކޮވިޑުގެ ސަބަބުން ގޯސްވެފައިވާ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ، ފްރޮންޓްލައިންގައި މަސައްކަތްކުރާ ގިނަ ސިއްޙީ ޚިދުމަތްތެރިންނާއި އިޖުތިމާޢީ ޚިދުމަތްތެރިންނާއި ސްކޫލް ދަރިވަރުންގެ އިތުރުން އެކަނި ދިރިއުޅޭ މީހުންނަށް ނަފްސާނީ ގޮތުން ބޮޑު އަސަރެއްކޮށްފައިވާ ކަމަށެވެ.

ރާއްޖޭގައި މިފަދަ ހާލަތްތަކަށް ހުށައެޅި އެހީތެރިކަމަށް އެދުނު ފަރާތްތަކަށް މިނިސްޓްރީން ސައިކޯ ސޯޝަލް ސަޕޯޓް ފޯރުކޮށްދީފައިވާކަން އެމިނިސްޓްރީން ފާހަގަކުރައްވައެވެ.

ދުނިޔޭގައި ފާހަގަކުރާ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހާއި ގުޅިގެން ޖެންޑަރ މިނިސްޓްރީން ބުނީ، މިފަދަ ދުވަހެއްގައި އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހެނީ ނަފްސާނީ ބަލި ތަހައްމަލު ކުރަމުންދާ މީހުންނަށް އާއިލާތެރޭގައާއި ރަހުމަތްތެރިންގެ ފަރާތުންނާއި މުޖުތަމައުގެ ތެރެއިން ބޭނުންވާ ލޯތްބާއި އަޅާލުމާއި އޯގާތެރިކަން މިހާރަށްވުރެ ބޮޑަށް ޚާއްސަ އިސްކަމެއް ދީގެން ފޯރުކޮށް ދިނުމަށް ކަމަށެވެ.

މިއަހަރުގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރުމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ ޝިއާރަކީ، "މެންޓަލް ހެލްތު ކެއަރ ފޯރ އޯލް: ލެޓްސް މޭކް އިޓް އަ ރިއެލިޓީ" މިއެވެ. މީގެ ދަށުން މިބަލި ތަޙައްމަލްކުރާ ހުރިހާ ފަރާތްތަކަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގުޅިގެން މަސައްކަތް ކުރުމަށްވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. Anonymous

    ރާއްޖޭގަ ނަފުސާނީބަލި އެންމެގިނައިންޖެހިފަ ތިބީ ޖެންޑާ މިނިސްތްރީމީހުންނައް ވީމާއަވަހައްފަރުވާހޯދާ

  2. ސަގީފް

    ރައްޔިތުންނައް ނަފްސާނީ ބަލިވެސް ޖެހޭގޮތް ގިނަވާނެތާ.. މި ގައުމުގަ ރައްޔިތުން ހަނާވަމުން މިވެރިކަމުގައި ފަނާވަމުންދާ ކަމުގަވާނަމަ. ތިޔައީ ވަރައް ސާފު ހެތްކެއް ރާއްޖޭގެ އިޖުތިމާއީ ހާލަތު މިވެރިކަމުގެ ދަށުގައި ވެއްޓެމުންދާކަމުގެ. ނިރާއްޖޭގައި މަޖިލީސް މެމްބަރުންނާއި ވެރިކަން ކުރާމީހުންނާއި މަހުޖަނުން ފިޔަވައި ދެން ތިބި އެންމެން މިދަނީ މިސަރުކާރުގެ ދަށުގައި ހަނާވަމުން.

  3. ހުސޭނު

    މުޅި ރާއްޖެ މިއޮއް ނަފްސާނީވެ ހުސްވެއްޖެ / ހެޔޮވެރިކަމުން ހަމަ ///

  4. ފައިޒާ

    އެޖެންޑާ 19 އަކީ ވެސް ނަފްސާނީ ބަލި ޖެހިފައި އޮތް އެޖެންޑާއެއް! އެއީ ޔި ވާ ގޮތަކީ. އިސްތިއުފާ ދީ ފައި ފައިބާ އެމްޑިޕީ ބައިގަނޑު! ގައުމު ސުންނާފަތި ވީ ފަތުއަޑުކިޔާފައި،

  5. ޝަރަފިއްޔާ

    ސަލާމަތުން ހުރީ މަދު މީހެއް // ގުރައިދޫގަ ޖާގަނެތީ // ތިބޭ ދަރީންވެސް އުޅެނީ ފުރާޅުމަތީ // ޙިޔާތަކުގަ ބަނދެން ނުބައި ބޭސް ދެނީ // މަައިން ބަފައިން ނާ އަވަށްޓެރީންވެސް ނަފްސާނީ // މަޖްލިސް ތެރޭވެސް ގިނައީ އެބައި’ނުކިޔާ އެއްޗެއް ނެތް / ނުދަށްކާ ތަނެއް ނެތް // ނުފެނޭތޯ ؟؟؟؟
    ޤައުމު ހަލާކު ވެއްޖެ // އިސްތިއުފާ !! އިސްތިއުފާ //

  6. ނަފްސަނީ

    އެހެންނުވާނީކީއްވެގެންތޯ މުސްކުޅިއުމުރައްދާއިރު މިޖެހެނީ އަމިއްލަގެދޮރުން ނިކުންނައް ދަރިންނައްޓަކާ އެހެންނޫނީ އެދަރިން ނެރެލީމަ މީސަރުކާރުތަކުން ފުލެޓް ވިޔަފާރި ފެއްޓީމަ މީސްތަކުންނައްް ނަފްސާނީގޮތުންދިމާވާކަމެއް ގުދާރުބިންދާލައިގެން ހޯދާރުފިޔާކޮޅު މަސްނިމޭއިރު ފުލެޓްކުއްޔައް ސަރުކާރަށް ސަރުކާރުން ބިންތައް ހިސޯރުކޮއް މުއްސަދިންނައް ބިންތައް ދޫކޮއް އެބިންތަކުގައި ފުލެޓް އަޅައިގެން ރައްޔިތުންނައް ރިޔަލް ސުޓޭތްބިޒްނަސް މީރައްޔިތުމީހާ ނިކަމެތިކޮއް ފަސޭހަކަމާއެއކުވޯޓްހޯދަން ކުޑަކުދިން ހިޔާށއުފެދުނީވެސް އެހެންވީމަ މައިމީހާ ބޯހިޔާވަހިކަމެއް ނެއްތާނގައި ދަރިޔަކައް ކިހިނެއްތޯ ދެވޭނީ ބޯހިޔާވަހިކަމެއް މަޖްބޫރުން ދަރިން ދޫކޮއްލަނީ ތިޔަހިޔާއައް ކީއްތޯކުރާނީ ކާކުތޯވިސްނަނީ މިކަމާ

  7. ސސ

    ރާއްޖޭގައި ގިނައިން ތިބީ މުޅިންވެސް ނަފުސާނީ ބަލީގެ މީހުން !

  8. އާދަމުގެދަރި

    ނަފުސާނީ ބައްޔެއް ނޫން. ރާއްޖޭގައި ނަފްސާނީ ބައްޔޭ މިކިޔަނީ އެބައްޔަކަށް ނޫން. ރަނގަޅުގޮތަކީ މިންވަރަށް އީމާން ނުވުމުގެ ބަލި އަންނަނީ އިތުރުވަމުން. ދީނާ ދުރަށްދިއުމުގެ ބަލި އަންނަނީ އިތުރުވަމުން.

    1
    2
  9. ޓައްޕު

    ޓތިކަން ރަނގަޅު ކުރަން އެދޭނަމަ ބޯހިޔާ ވަހިކަން ރައްޔިތުންނަށް ހޯދަދީ މިނިވަން މާހައުލެއް ކުޑަކުދިންނާ ޒުވާނުންނަށް ހޯދައިދީ އިގްތިސާދީ ގޮތުން ބާރުވެރިކުރުވަން ޖެހޭ އަދި ދެވޭ ތައުލީމަކީ ބިނާކުރަނިވި އެއްޗަކަށް ހަދާ އިންސާނިއްޔަތައް އިސްކަންދޭ ތަރުބަވީ ތައުލީމެއް ފޯރުކޮށްދީ އަގީދާ ވަރުގަދަ ކުރަން ޖެހޭ

  10. ޙވ

    ކެނަރީ ގެ ސޮރުގެ ވާހަކަ ދޯ

  11. ހަލީމު

    ދިވެހިންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނަފުސާނީ ބައްޔަކީ ތި ޖެންޑަރ.