ރާއްޖޭގައި އުޅޭ ބިދޭސީން ކުޑަ އުޖޫރައިގަ އިތުރު ފަސް އަހަރު މަސައްކަތް ކުރުވަން މިނިމަމް ވޭޖް ބޯޑުން ކަނޑައަޅައި އިކޮނޮމިކް މިނިސްޓްރީއަށް ލަފައަކަށް އެދިފައިވާ ކަމަށް އެ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އިކޮމޮނިކް މިނިސްޓްރީން މިފަދައިން ވިދާޅުވެފައިވަނީ އެންމެ ކުޑަ އުޖޫރައާއި ގުޅިގެން އެ މިނިސްޓްރީން އެކަން ބަލަމުންދާ ކަމަށް ބުނެ އާއްމު ކޮށްފައިވާ ބަޔާނެއްގައެވެ.
އެގޮތުން އެ ބަޔާނުގައި ބުނެފައިވަނީ ބިދޭސީ މަސައްކަތްތެރިންނަށް އެންމެ ކުޑަމިނުން ދޭން ޖެހޭ އުޖޫރައިގެ އަދަދާއި ގުޅޭގޮތުން އިތުރަށް ދިރާސާކުރުމަށްފަހު ފަހުގެ މުއްދަތެއްގައި ލަފައެއް ދިން ކަމަށާއި ބިދޭސީ މަސައްކަތްތެރިންނަށް އެންމެ ކުޑަމިނުން ދޭން ޖެހޭ އުޖުރައަށް އަމަލުކުރަން ފެށުމަށް ގާނޫނުގެ 62 ވަނަ މާއްދާގެ (ކ) ގައި ބަޔާން ކުރާ މުއްދަތު 5 އަހަރު ދުވަހަށް އިތުރު ކުރުމަށް ލަފާ ދީފައިވާ ކަމަށެވެ.
ބިދޭސީން އެންމެ ކުޑަ އުޖޫރައިގައި އިތުރު ފަސް އަހަރު މަސައްކަތް ކުރުވުމަށް ލަފާ ދީފައިވާއިރު، ކުދި ފަންތީގެ ވިޔަފާރިތަކަށް ގަޑިއަކު 24.04 ރުފިޔާގެ ނިސްބަތުން މަހެއްގެ މައްޗަށް 4.333 ހަފްތާގެ ނިސްބަތުން، މަހެއްގެ މައްޗަށް 5،000 ރުފިޔާ ދިނުމަށާއި މެދު ފަންތީގެ ވިޔަފާރިތަކަށް ގަޑިއަކު 33.65 ރުފިޔާގެ ނިސްބަތުން މަހެއްގެ މައްޗަށް 4.333 ހަފްތާގެ ނިސްބަތުން، މަހެއްގެ މައްޗަށް 7،000 ރުފިޔާ، ކުދި އަދި މެދުފަންތީގައި ނުހިމެނޭ ވިޔަފާރިތަކަށް ގަޑިއަކު 42.79 ރުފިޔާގެ ނިސްބަތުން މަހެއްގެ މައްޗަށް 4.333 ހަފްތާގެ ނިސްބަތުން، މަހެއްގެ މައްޗަށް 8،900 ރުފިޔާ ދިނުމަށް ލަފާ ދިން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މީގެ އިތުރުން ޕަބްލިކް ސެކްޓަރުގައި، 6 ގަޑިއިރު މަސައްކަތް ކުރާ ދާއިމީ މުވައްޒަފުންނަށް މަހަކަށް 7،000 ރުފިޔާ، ނުވަތަ 6 ގަޑިއިރަށްވުރެ މަދުން މަސައްކަތް ކުރާ ފަރާތްތަކަށް ގަޑިއަކު 33.65 ރުފިޔާ ދިނުމަށް ލަފައަށް އެދިފައިވާ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިނިސްޓްރީން ބުނީ، މިނިމަމް ވޭޖު ބޯޑުން އަރުވާފައިވާ ލަފާ ގާނޫނުގެ 62 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން އެ މިނިސްޓްރީން ދިރާސާ ކުރަމުންދާ ކަމަށާއި ދިރާސާއަށް ފަހު ރާއްޖޭގައި މަސައްކަތް ކުރާ މީހުންނަށް އެންމެ ކުޑަ އުޖުރަ ދޭން ޖެހޭ މިންވަރު ކަނޑައަޅައި އާއްމު ކުރާނެ ކަމަށެވެ.
ބިދޭސީ ކިޔާފަ އެކަމަޑޭޝަން، އާއި ފުޑް މަނީ ދީފަ އަތޮޅުތެރެއިން، އަންނަ ކުއްޖާ މާލޭ މީހުން ބާތިއްބާ ތަނަކަށް 3000ރ ދީފަ އަމިއްލައަށް ކާފަ، ދެން އޮންނާނީ ކޯއްޗެއް. ދިވެހިންނަށްވެސް އެކަމަޑޭޝަނާއި ފުޑް ދޭން މަޖުބޫރު ވާންޖެހޭނެ. ނޫނީ ހަމަ ހަމަ ނޫން.
ތިވީގޮތުން ދެން ވަޒީފާތަކަށް ނަގާނީ ހުސް ބޭރު މީހުން
މަޖުލިސް މެންބަރުންނަށް މުސާރަދިނުން ފަސްއަހަރަށް ލަސްކޮއްލަން ފެނޭ
މިފައްޔާޒު މިކުޅުއްވަނީ ލޮންރޯލެއްބާވައޭ ހިތައްއަރައޭ...
ހާދަ ވަރަކަށް ބޭރުމީހުންނާއިގެން ތި އުޅެނީ.. އަހަރުމެންނާއިގެން އުޅެބަލަ
ދިވެހިން ދިވެހިންގެ ގޮތުގައި އަބަދަށް! ތަފާތުނުކުރާނެ ހަމަ އެއްކަމެއްވެސް ނެތީތަ؟
ފުރަތަމަ، މިނިމަމް ވޭޖެއް ހަދަން މިއުޅެނީ ކީއްވެ؟ ހަދަން ޖެހުނެ ސަބަބާއި، ހާލަތް ބިދޭސީންނަށް ކުރިމަރި ނުވޭތަ؟
މިނިވަން ވޭޖުގައި ބިދޭސީން ދޭސީން ބަލައި ވަކިނުކުރެވޭނޭ މިއީ ނަސްލީ ތަފާތު ކުރުމަށްވުރެންވެސް ގޯސްކަމެއް މަސައްކަތްކުރުވަނީ އުޖޫރަ ދޭގޮތަށް އެހެންވީއްޔާ ކުރުވާ މަސައްކަތަށް އުޖޫރަ ކަނޑައާލާފަވެސް ދޭސީބިދޭސީން ތަފާތު ނުކުރެވޭނެ!