ހުޅުމާލޭގައި ދެންމެ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.
މަންޒަރުދުއް މީހަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ އެކްސިޑެންޓް ހިނގީ ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅުވައި ދިނުމަށް އަޅާފައިވާ ބުރިޖެއް ކައިރިން ކަމަށެވެ. އެކްސިޑެންޓް ހިނގީ ސައިކަލަކާއި ޓެކްސީއެއް ޖެހިގެންނެވެ.
އެކްސިޑެންޓްގައި އަނިޔާވި މީހާއަށް މިހާރު ގެންދަނީ ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.
އެކްސިޑެންޓް ހިނގި ސަރަހައްދުގައި ތިބި މީހުން ބުނާ ގޮތުގައި އެކްސިޑެންޓްގައި އަނިޔާވި މީހާ އަށް ބޮޑެތި އަނިޔާތަކެއް ވެފައިވާ ކަމަށް ބެލެވެއެވެ.
މިއެކްސިޑެންޓާއި ގުޅޭ ގޮތުން އަދި މިހާތަނަށް ފުލުހުންގެ ބަހެއް ނުލިބެއެވެ.
ތިތަނުން މީހުންތަށް އެކްސިޑެންޓްގައި މަރުވާން ފެށުމުގެ ކުރިން ހައްލެއް ހޯދަން ހަމަ ނުވިސްނާބާ؟؟؟ ވ ނުރައްކާ ގޮތަކަށް ހުރި ތަންތަންތީ. ދެން އަހަރުމެންގެ ތެރެއިން ބައެއް މީހުންނަކީ ތިމާއަށް ތިމާ ފެނިފަ ތިބޭ ބައެއް