ރިޔާސީ އިންތިހާބަށް އިދިކޮޅު ކޯލިޝަނުން ނެރޭނެ ރަނިން މޭޓަކާއި މެދު ބަހުސްތައް ގިނަވެ އިދިކޮޅު ކޯލިޝަނުގެ ތެރޭގައި އަނެއްކާވެސް ދެބަސްވުންތައް ގިނަ ވެއްޖެއެވެ.

ގުޅިފައިވާ އިއްތިހާދުން އެއްބަސްވެފައި ވަނީ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ކެނޑިޑޭޓޭއް ނެރުމަށެވެ. އަދި ރަނިން މޭޓެއްގެ ގޮތުގައި ޖޭޕީގެ ބޭފުޅެއް ހަމަޖެއްސުމަށެވެ. އެމްޑީޕީގެ ރިޔާސީ ޓިކެޓު އިބްރާހިމް މުހައްމަދު ސޯލިހުއަށް ދީފައިވާއިރު، އަދި ޖުމްހޫރީ ޕާޓީއިން ރަނިން މޭޓަަށް ބޭފުޅަކު ހަމަޖައްސާފައި ނުވެއެވެ.

އެހެން ނަމަވެސް އެ ޕާޓީގެ ލީޑަރު ގާސިމްގެ ހަނގު އަނބިކަނބަލުން އައިޝަތު ނަހުލާ ރަނިން މޭޓަށް ހަމަޖެއްސުމަށް އެ ޕާޓީގެ ބައެއް ފަރާތްތަކުން ތާއީދު ކުރެއެވެ. ދެބަސްވުންތައް އުފެދިފައި ވަނީ އައިޝާ އަކީ ގާސިމްގެ އަނިބަކަނބަލަކަށް ވާއިރު ޕާޓީގެ ތެރޭގައި އެހެން އިހުލާސްތެރި ކުޅަދާނެ މީހުން ތިއްބައި އައިޝާއަށް ފުރުސަތު ދޭން ޕާޓީގެ ތެރެއިން ބާރު އަޅަމުންދާތީއެވެ.

އިދިކޮޅު އެމްޑީޕީގެ އިސް އެކްޓިވިސްޓުންނާއި އެހެނިހެން ފަރާތްތަކުން މިހާރު ބުނަމުން ދަނީ ޖޭޕީއިން އަމަލު ކުރަނީ އެ ޕާޓީ އަކީ ވަކި މީހެއްގެ ތަރިކަ މުދަލުގެ ގޮތުގައި ކަމަށެވެ. އަދި ޕާޓީގައި ގިނަ ދުވަހު މަސައްކަތް ކުރި މީހުންނަށް ވުރެ ގާސިމް އިބްރާހިމަށް މުހިންމީ އާއިލާ ކުރިއެރުވުން ކަމުގައެވެ.

https://twitter.com/amshakir/status/1013856794601406464

މީގެ އިތުރުން ބައެއް ފަރާތްތަކުން ބުނަމުން ދަނީ ޖޭޕީއިން ރަނިން މޭޓުގެ ގޮތުގައި އައިޝާ ކަނޑައަޅައިފި ނަމަ މި އަހަރުގެ އިންތިހާބުގައި ހުންނާނީ ވޯޓު ނުލައި ކަމަށެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ވެސް ވަނީ އައިޝާ ރަނިން މޭޓަކަށް ހެދުމާާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އޭނާ ވިދާޅުވީ އައިޝާއަކީ ރަނިންމޭޓުގެ މަގާމަށް އެކަށީގެންވާ ބޭކަނބަލެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީގެ ފަލްސަފާ ގަބޫލު ކުރާ ނަމަ އެ ޕާޓީގެ "ވެރިމީހާ" އަށް ތަބާ ނުވެ ރަނިން މޭޓު ހޮވުމަށް ޕާޓީގެ ކައަުންސިލަށް ފުރުސަތު ދޭން ޖެހޭ ކަމަށް ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަނަށް ގިނަ ބައެއްގެ ފާާޑުކިޔުން ވެސް އަމާޒުވެފައި ވަނީ ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުގެ ފިކުރުގެ ތަފާތު ކަމުންނެވެ. ކޯލިޝަނުން އިންތިހާބު ކާމިޔާބު ކުރި ނަމަވެސް އެއަށް ފަހު ޕާޓީތަކަށް ސިޔާސަތުތަކާއި ބެހޭގޮތުން އެއް ގަލަކަށް އެރޭނެ ކަމާއި މެދު ގިނަ ބަޔަކު ސުވާލު އުފައްދައެވެ.

މީގެ ކުރިން ވެސް އިދިކޮޅު ކޯލިޝަންގެ ތެރޭގައި ހުޅުރޯވެ ކޯލިޝަން ރޫޅެން ކައިރިވެފައި ވެއެެވެ. މީގެ ކުރިން ދެބަސްވުންތައް އުފެދުނީ ކޯލިޝަނުން ނެރޭ އެއް ކެނޑިޑޭޓާއި މެދުއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ކޮފީ

    އެއުޅެނީ އެމް.ޑީ.ޕީގެ ޕަޕެޓް އަލީ ހުސޭން ނެރެންވެގެން.

  2. ޏޫސްކިޔާމީހާ

    ޢައިޝާ ކަމަނާ ދުރުގައި ހުރެގެންވެސް ތިޔަކަނތައް ކުރެވޭތޯ ބައްލަވާ .ތިޔައީ އަންނިޔައް ވުރެ ރަނގަޅު މީހަކަށް ވާން މަސައްކަތް ކުރޭ ޕާޓީގައި އިޚުލާސް ތެރި ބޭފުޅުން އެބަތިއްބެވި އެއިން ފިރިހެން ބޭފުޅަކަށް ރަނިން މޭޓުގެ ފުރުޞަތު ދެއްވުން އެދެން
    ޢެހެންނޫނީ ކަމަނާގެ އިޚުލާްސް ތެރިކަމެއް ހަމަ ނެތޭދަންނަވާނީ

  3. Anonymous

    ޖޭޕީން ވަކިން މީހަކު އިންތިހާބުގައި ވާދަ ކުރަން ފެންނަނީ. މިފަހަރު ޖޭޕީގެ ފަހަރައް ހަދަމާ

  4. Anonymous

    އެމްޑީޕީން ކެމްޕޭނު ކުރާމީހަކުތަ ނެއްލަންވީ. އައިސާ ވީމަ ކަމުނުދަނީ ކީއްވެ. ތޮއްޔިބު

    • ނައްލަ

      އެމްޑީޕީ ކެމްޕޭނު ޖައްސަނީ އަލީ ހުސޭނު ނެރެން...އެއީ ވަރަށް ވަގުމީހެއް...ވަގު ފިރިއެއް...އަމިއްލަ އާއިލާ ނުބެލެހެއްޓޭ މީހެއް.

  5. Anonymous

    ތޮއްޔިބު ވޯޓު ނުދިނަސް އޯކޭ. އަލީހުސޭނު އަކީ ކުރިންވެސް މިހާރުވެސް އެމްޑީޕީ މީހެއް . ޢަހަރެމެންނައް އައިސާ ހަމަ ބެސްޓް

  6. ތިމަންނަ

    ކަމަނައަށް ދަންނަވާލަން ، ފިރިކަލުންގެ އެދުން ފުއްދަވައިދެއްވަން ކިތަންމެ ބޭނުންވިއަސް ކަމަނާއަކީ " އަދި " ސިޔާސީ މައިދާނަށް ވަރަށް ޅަ ، އެއްވެސް ތަޖުރިބާއެއް ތަމްރީނެއް ނުލިބި ހުރި ބޭފުޅެއް ، ވީމާ ، ގައުމު އިސްކުރައްވާ ތިޔަކަމުން " މިފަހަރު " ފޭވުމަށް ދަންނަވާލަން.....

  7. ބުޝްރީ

    ޖޭޕީން ރަނިންމޭޓަކަށް އައިޝާ ނެރުމުގެ ވިސްނުން އިންޖިނިއަރ ކޮށްގެން އުޅެނީ ސީދާ އަންނި. މިހާރުވެސް އައިޝާ ކައިރިއަށް އެތައް ވަފުދެއް ފޮނުވައިގެން ބޮލަށް ޗިޕް ޖަހައިފި. މަގުސަދުގެ ތެރޭގައި ހިމެނެނީ
    1. ސިޔާސީ ގޮތުން އެއްވެސް އުރުއްޕެއް ނެތް ސިޔާސީ އިލްމެއް /ހިލްމެއް ނެތް ސިޔާސީ ގޮތުން ބަލިކަށި މީހަކަށް ޖޭޕީގެ ނައިބު ރައީސް ވުން
    2. ގާސިމް އެންމެ ފަހު ވަގުތުވެސް އެމްޑީޕީ ކޮޅު ދޫކޮށްފައި ޔާމީނާއި ޑީލް ހަދައި ޔާމީނު ކޮޅަށް އެރިޔަ ނުދީ ގާސިމް ހިފެހެއްޓުން އިންތިހާބު ނިމި އިބޫ އަށް ކާމިޔާބު ވަން ދެން.

    3. އައިޝާ އަކީ ގާސިމްގެ އަނބިންގެ ތެރެއިން ގާސިމްގެ މައްޗަށް އެންމެ ނުފޫޒު ގަދަ މީހާ ރަނިން މޭޓަކަށް ވެއްޖިއްޔާ ގާސިމް އަށް މަޖްބޫރު ވާނެ އެމްޑީޕީ ކެންޑިޑޭޓް ހޮވުމަށް ޖާނާއި މާލުން ހޭދަ ކުރަން.

  8. މިހަާރު

    ގާސިމޫ ކަލޭ ގެ ދުވަސް ތިޔަ ދިޔައީ ..... ހެޔޮނުވާނެ އައްނިޔާ ގުލެން

  9. މަސްކާށި

    އައިޝާ ޔަކަށް ނޭގޭނެ ރަނިންމޭޓް ކިޔަނީ ކީއްވެކަންވެސް.
    އެވަރުމީހަކައް ރަނިންމޭޓްކަން ދިނީމަ ވާނީ ކިހިނެއް

  10. ހުސޭނުބޭ

    ކޯޅުންތައް މައިތިރި ކުރުމަށް ދެން އެއިން ކޮންމެ މީހަކަށް ކުޑަ ފައިސާކޮޅެއް ދިނުމުން އޯކޭވާނެ.

  11. މުރާދު

    ގާސިމަކަށް ނުކެރޭނެ އަންނި އަށް ބާރު ލިބޭ ވެރިކަމެއް ގެންނާކަށް. އެއީވެސް އެއްގޮތަކަށްވެސް ގާސިމަށް ކުރެވޭނެ ކަމެއް ނޫން. އެމްޑީޕީ ވެރިކަމެއްގައި ގާސިމް އޮންނަން ޖެހޭނީ އުމުރަށް ޖަލަށް. އެމްޑީޕީގެ ވެރިކަން ވައްޓާ އެމީހުން ހާލުގަ ޖައްސާލި މޭސްތިރިއަކީ އަދި އެކަމަށް އެންމެ ބޮޑަށް ފަންޑު ކުރީ ގާސިމް ކަމަށް ވާތީ އެއީ އެމްޑީޕީން ކޮންމެ ދުވަހަކު ކޮޅުން ވެސް ބަދަލު ހިފާނެ ކަމެއް. ޔާމީނު ވެއްޖިއްޔާ ގަސިމް ޖަލަށް ލައިގެން އުޅެނީ އެންމެ ތިން އަހަރަށް. އެމްޑީޕީ ވެރިކަމެއްގައި ގާސިމް އޮންނަނީ އުމުރުގެ ބާކީ އޮތްބައޮި ނިމެން ދެން . މިނޫން ގޮތެއް ނުވާނެ. ޔާމީނު އެވަނީ އެންމެންނަކީ ވެސް ޖަލަށް ލެވިދާނެ ބައެއްކަން ކަށަވަރު ކޮށްދީފައި.

  12. ޜާޒީ

    ޑރ. ޟައުސޫމް އެންމެ ކަނމުދަނީ

  13. މީނާ

    ޖޭޕީންވެސް ކެންޑިޑޭޓެއް ނެރެބަލަ. ނުޖެހޭ ފަހަތަށްޖެހޭކަށް.

  14. މާރިޔާ

    ގާސިމްގެބާރުހިގަންޖެހޭނެ އައިޝާއައްފުރުސަތުދޭންޖެހޭނީ

  15. އަސްލަމް

    ޖޭޕީން ވަކިން މީހަކު އިންތިހާބުގައި ވާދަ ކުރަން ފެންނަނީ. މިފަހަރު ޖޭޕީގެ

  16. ސުނީތާ

    ޙަމައައިޝާއައްދޭންޖެހޭނީ

  17. ސުނީތާ

    ގާސިމޫ ކަލޭ ގެ ދުވަސް ތިޔަ ދިޔައީ ..... ހެޔޮނުވާނެ އައްނިޔާ ގުލެން ވިދާޅުވިންނޫތޯމުއުމިނެއްގެގަޔައް2ކަށިނުޖެހޭނެވާހަކަ

  18. ބުރުމާ

    ޖޭޕީ އިން ނެރެންބޭނުންވާ މީހަކު ނުރެވެނެޖެހޭ ސަބަބަކީ ކޮބާ؟ ކަލޭމެން ބޭނުންވާ މީހެއްތަ ޖޭޕީން ހަމަޖައްސަންޖެހެނީ، އެކަމު ޑިމޮކްރެޓިވް ޕާޓީ ޔޯ..، ކޮންކަހަލަ ޑިމޮކްރަސީއެއް